29 ޖޫން 2022 - 14:03
"އަސްކަރީ ޚާއްސަ ހަރަކާތްތަކެއް"ގެ ނަމުގައި، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލެވޭނެ އޮތީ އެންމެ ގޮތެއް ކަމަށާއި، އެއީ ޔޫކްރޭން ސިފައިން އަމާންދީ ހަތިޔާރު ބެހެއްޓުން ކަމަށް ރަޝިޔާ އިން ބުނެފި އެވެ.
ހަނގުރާމަ ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން، ރަޝިޔާ އަށް ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް، ޖީ7ގެ ގައުމުތަކުގެ ވެރިން އިއްޔެ އެއްބަސްވެވަޑައިގެންނެވި އިރު، ރަޝިޔާ އިން އިއްޔެ ބުނެފައިވަނީ ޔޫކްރޭން ހަތިޔާރު ބަހައްޓައި އަމާން ދިނުމާ ހަމައަށް ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ. ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ޖީ7ގެ ވެރިން އެއްބަސްވީ، ޖަރުމަން ވިލާތުގެ ބެވޭރިއާގައި މިމަހުގެ 26 ވަނަ ދުވަހު ފެށި ވެރިންގެ މަހާސިންތާ ނިންމުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.
މި މަހާސިންތާގައި ޖީ7ގެ ގައުމުތަކުގެ ހުރިހާ ވެރިންވެސް ވިދާޅުވީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އެ ގައުމުތައް އޮތީ ޔޫކްރޭނާ އެކުގައި ކަމަށެވެ. އަދި ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭނަށް ހަތިޔާރު ދިނުމަށް ވެސް އެބޭފުޅުން އެއްބަސްވެވަޑައިގަތެވެ.
ޖީ7ގެ ވެރިން ރަޝިޔާއާ ދެކޮޅަށް އެއް ގަލަކަށް އަރާފައިވާ އިރު، ރަޝިޔާގެ ރިއާސީ ގަނޑުވަރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވި ގޮތުގައި ޔޫކްރޭން ސިފައިންގެ ކުރިމަތީގައި އޮތީ އެންމެ ގޮތެކެވެ. އެ ގޮތަކީ ހަތިޔާރު ބަހައްޓައި އަމާން ދިނުން ކަމަށާއި، ދުވާލު އިރު އޮއްސުމުގެ ކުރިން ވެސް ހުރިހާ ކަމެއް ނިންމައިލުމުގެ ފުރިހަމަ އިޚްތިޔާރު ޔޫކްރޭން ސިފައިންނަށް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕެސްކޯވް ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓައިލުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެކަމަށްޓަކައި ބޭނުންވަނީ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، އޭނާގެ ލަޝްކަރަށް ކުރައްވާ އެންމެ އަމުރެއް ކަމަށާއި، އެއީ ހަތިޔާރު ބަހައްޓައި އަމާން ދިނުން ކަމަށް ވެސް ޕެސްކޯވް ވިދާޅުވި އެވެ. އެއަށް ފަހު ރަޝިޔާގެ ހުރިހާ ޝަރުތުތަކެއް ޔޫކްރޭނުން ގަބޫލުކޮށް ހަނގުރާމައިގެ ހާލަތުން މިންޖުވެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ އިސް ނެންގެވުމަށް ފަށާފައިވާ އަސްކަރީ ހާއްސަ ހަރަކާތްތައް ޔޫކްރޭންގައި ކުރިއަށް ދަނީ ދުރާލައި އެކަން ރާވާފައިވާ ގޮތަށެވެ. އަދި އެ ހަރަކާތްތަކުގެ ލަނޑުދަނޑިތައް ދަނީ ހާސިލުވަމުން ކަމަށާއި، އެއްވެސް ކަމެއް ކަނޑައަޅާފައިވާ އަމާޒުން ކައްސައިނުލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު.
03 July 2022
އެމެރިކާ އަކީ ހަތިޔާރު އެކްޕޯޓް ކޮށްގެން އާމްދަނީ ހޯދާ ގައުމެއް. ކޮންމެ ވެރިކަމެއްގައި ވެސް ކޮންމެވެސް ގައުމެއްގައި ހަމަނުޖެހުން އުފައްދާ ހަތިޔާރު އުފައްދާ ކުންފުނިތަކަށް ވިޔަފާރި ހޯދާދޭނެ. ކެމްޕޭނަށް އެންމެ ގިނަ ފައިސާ ދޭނީ އެކުންފުނިތަކުން. މެމްބަރުންގެ ކެމްޕޭނަށް ޚަރަދުކުރަނީ ވެސް އެކުންފުނިތަކުން. ޔޫކުރޭން ޖެހޭނީ ދާއިމަށް ހަތިޔާރުގެ އަގުއަދާކުރަން. ބަޑިޔަށް ލައްވާ ވަޒަނެއް ގަންނަން ލިބޭނީވެސް އެމެރިކާ އަތުން.
މާޒީ ހަދާންކުރޭ
29 June 2022
ވަރަށް ރަނގަޅު ވާހަކައެއް އެކަމަކު ޒެލެންސްކީ ބޭނުން ވިޔަސް އެމަރިކާ ތިކަމަކަށް އެއްބަހެއްނުވާނެ. އެމަރިކާ ބޭނުންވަނީ ނޭޓޯ ހައްލައިގެން ހަނތިޔާރުދީގެން ރަޝިއާއަށް ގެއްލުންދޭނެ..ސޯވިއެޓް ޔޫނިއަން ދުނިޔޭގެ 1ވަނައިން ވައްޓަންވެގެން ތާލިބާނުންނަށް ހަނތިޔާރުދިންގޮތައް.ދުނިޔޭގެ 2ވަނަ އަސްކަރީ ބާރަކަށް އޮތީ އެމެރިކާއެއިރު. 1991ވަނަ އަހަރު ސޯވިއެޓް ހަލާކުވެ ރަޝިއާގެ ނަމައް ބަދަލުވެ 2 ވަނަޔަށް ވެއްޓުނީ ދެން އެމަރިކާ 1ވަނަޔަށް އެރީ
އިދްރީސް
01 July 2022
ތިބުނީ ބަރާބަރު ވާހަކައެއް ތި ހަމަ ތިކަން ވެގެން އުޅޭ ގޮތް
ބީރުބޮލު ވަޒީރު.
29 June 2022
ޔޫކުރޭނަށް އޮތީ އެންމެ ގޮތެއް. އެއީ ހުރިހާ ސިފައިން ނިކުމެ ޔަހޫދީ ޖޯކަރު ހިފާ ހައްޔަރުކޮށް މިލްޓުރީ ވެރިކަމެއް ގެނައުން. އެއަށްފަހު ހުޅަނގުގެ ނުފޫޒުން ސަލާމަތްވެފައިވާ އިންތިހާބެއް ބޭއްވުން. ޔޫކުރޭނަށް ދެން މާގިނަ ދުވަހަކު ހަނގުރާމައިގާ ހިފަހައްޓާ ނުލެވޭނެ. ރަސިއާ ސިފައިންނާއެކު ބިންމަތީގައި ހަނގުރާމަކުރާ ޗެޗުނިއާގެ އިސްލާމީ ލަސްކަރު އެދަނީ ޔޫކުރޭނު ސިފައިން ޑަޒަން ޑަޒަނުން މަރަމުން. އެއީ މަސްހޫރު ބުލެކް ފޯސް.
އަފްރާސިޔާބު
29 June 2022
ބީރު ބޮލު ވަޒީރު ވަރަށް މައުލޫމާތު އެއްކޮށްފައިވޭ. އަސްލު ބްލެކް ފޯސް އުފެދުނީ ބޮސްނިޔާގެ މުސްލިމުންނާ ދެކޮޅަށް ޔޫރަޕާއި އެމެރިކާ ގުޅިގެން ހިންގި ޖަރީމާގެ ތެރެއިން. އެފޯސް އުފެއްދީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން. އެފޯސް ވުޖޫދަށް އައީ ބޮސްނިޔާގެ މިނިވަންކަމަށް މަސައްކަތްކުރެއްވި އަލީ އިއްޒަތު ބެގޮވިޗް އިރާނުގެ ލީޑަރުންނާ ކުރެއްވި މަޝްވަރާއަކާގުޅިގެން. ޗެޗެންގެ ހަނގުރާމަވެރިންވެސް އެފޯސްގައި ހިމެނޭ. ބޮސްނިޔާގެ ހަގުރާމަ ހުއްޓާލަން ޔޫރަޕަށްމަޖުބޫރުވީ