ސްކޫލެއްގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތެއްގައި ކުއްޖަކު ބައިވެރިވަނީ: މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާކޮށްގެން 137 މައްސަލަ ހުށަހެޅި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
30 ޖޫން 2022 - 11:16
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 137 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޖެންޑާ މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެ އިދާރާ އަށް ޖުމްލަ 278 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާކޮށްގެން ރިޕޯޓްކޮށްފައިވާ މައްސަލަތަކެވެ.
• ޖިންސީ އަދި ޖިސްމާނީ އަނިޔާގެ 31 މައްސަލަ
• އިހުމާލުވުމުގެ 26 މައްސަލަ
• ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 20 މައްސަލަ
• ބުލީކުރުމުގެ 9 މައްސަލަ
• ނަފުސާނީ އަނިޔާގެ 9 މައްސަލަ
• ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 4 މައްސަލަ
• ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 3 މައްސަލަ
• ނަހަމަ ގޮތުގައި ވިޔަފާރި ފައިދާ އަށް ބޭނުންކުރުމުގެ 2 މައްސަލަ
• އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ބުލީކުރުމުގެ 2 މައްސަލަ
މިދިޔަ މަހު ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތަކެވެ. އޭގެ 49 މައްސަލައެއް މިނިސްޓްރީ އަށް ހުށަހަޅާފައިވެ އެވެ. އަދި ކުޑަކުދިންގެ އަހުލާގާ ގުޅޭ 19 މައްސަލައެއް ވެސް ރިޕޯޓްކުރި އެވެ.
އާއިލީ 31 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ ހުށަހެޅި އެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް މި އަހަރުގެ ކުރީކޮޅު ވަރަށް ގިނައިން ރިޕޯޓްކުރި އެވެ. އޭގެން ބައެއް މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ކަމާބެހޭ އިދާރާތަކަށް އާންމުންގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަކި
02 July 2022
ހިތާމަޔަކީ އަނެކާ އަށް ދެރަ ދިނުމަށް ވެސް މިފަދަ މައްސަލަތައް ޖައްސާތީ... ވ ވާހަކަ
ކިންގް އިލްހާމް
30 June 2022
ކުޑަކުދިންނަށް ލިބެމުންދާ އަނިޔާ ހުއްޓުވުމުގެ އެންމެ އިސްދަޢުރު ފެށިގެން އަންނަނީ ފަރުދުންނާއި ހަމައިން ވީއިރު ވަކިވަކި ފަރުދުން ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ،ފެންނަ މަންޒަރު ތަކާއި އިވޭ އަޑުތަކާއި ލޯމަތިން އެކުދިންނަށް ދޭ އަނިޔާ ފެންނަ ހާލަތުގައިވެސް އަޅާނުލާ ދާދިއުން ނިމުމަކަށް ގެންނަންޖެހޭ މިކަން ހުންޓުވަން އިސްނަގަން ޖެހޭ