މެމްބަރު ހަސަން ލަތީފް: އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސާ އެކު މަސައްކަތް ކުރަން ދަތި ކަމަށް އޭނާ ވަނީ ވިދާޅުވެފައި -- ފޮޓޯ/މިހާރު
02 ޖުލައި 2022 - 23:17
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތްކުރަން ދަތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހަސަން ލަތީފް މިރޭ ކުރެއްވި ޓްވީޓެއްގައި، ރައީސް މީގެ ކުރިން ދެއްކެވި ވާހަކަތަކެއްގެ ވީޑިއޯ ހިއްސާކުރައްވަމުން ވިދާޅުވީ ރައީސްގެ ސިޔާސީ ހަޔާތްޕުޅުން އެ މަނިކުފާނަށް އޭނާ ދޫކޮށްނުލެއްވުނަސް، އޭނާއަށް ރައީސާ އެކު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރަން ދަތި ކަމަށެވެ.
ހަސަންގެ ޓްވީޓްގައި ހިމަނާފައިވާ ވީޑިއޯގައި ރައީސް ވިދާޅުވަނީ އެ މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުން ދޫކޮށްނުލެއްވޭނެ ބޭފުޅުންތަކެއް އެބަ ތިއްބެވި ކަމަށް ވިދާޅުވެ އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ނަންތަކެވެ. އޭގެ ތެރޭގައި ހަސަން ލަތީފްގެ ނަން ވެސް ވިދާޅުވެ އެވެ.
ހަސަންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، އަންނަ އަހަރުގެ އިންތިޚާބު ރައީސަށް އެމްޑީޕީއަށް ކާމިޔާބުކޮށްދެވޭނެ ކަމަށް ލަފާނުކުރެއްވޭ ކަމަށެވެ.
ރައީސް އިބްރާހީމް.މ.ސޯލިޙް. ރައީސްގެ ސިޔާސީ ހަޔާތްޕުޅުން ރައީސްއަށް އަޅުގަނޑު ދޫކޮށްނުލެއްވުނަސް, 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސްއާއެކު މަސައްކަތް ކުރާން އަޅުގަނޑަށް ދަތި. އަދި އަޅުގަނޑަށް ލަފާކުރެވެނީ ރައީސްއަށް އެ އިންތިޚާބު MDP އަށް ކާމިޔާބު ކޮށްދެއްވެން ނެތް ކަމަށް. pic.twitter.com/uR1X4KvaQv
— Hassan Latheef🎈 (@HassanLatheef) July 2, 2022
ހަސަން ލަތީފްގެ ޓްވީޓް
ހަސަން ލަތީފް އެގޮތަށް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް ދެވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް. ވިދާޅުވެފަ އެވެ. އެހެން ވިދާޅުވެފައި ވަނީ ދެ ވަނަ ދައުރަކަށް ތައްޔާރަށް ހުންނެވި ކަމަށާއި އެމްޑީޕީގެ ވެރިކަމެއް ބޭނުން ނަމަ ޗޮއިސް އަކީ އެ މަނިކުފާނު ކަމަށް ރައީސް ވިދާޅުވެފައި ވާތީ އެކަމާ ގުޅުވައިގެންގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސްނުހީނާ
03 July 2022
ހެޔޮ، ދަތިއެޅިފަ ހުރޭ! 2023ގަ ރައީސް ސޯލިހު ޔަގީން!
މުހައްމަދ
03 July 2022
އަހަރުމެން އާންމު މެމްބަރުން މިތިބީ ރައީސް ސޯލިހުގެ ފަހަތުގަ ވީމާ ތިކަމާ ރ.ސޯލިހު ވިސްނާކަށް ނުޖެހޭނެ އެވެ. މީ ޕާޓީގެ ތެރެއިން ފީ ހޮވާލަން ސޯލިހަށް ލިބޭނެ ރަގަޅު ފުރުސަތެކެވެ. ރައީސް ނަޝީދަކީ މާޒީ ކަން ބަޔަކަށް އަދިވެސް ގަބޫލް ނުކުރެވެނީ އަދި އޭނާގެ އަމަލުތަށް ހުންނަގޮތުން ޕާޓީގެ އާންމު މެމްބަރުންގެ ސަޕޯޓެއް މިހާރަކު ނެތެވެ. ވަށައިގެން އުޅޭ ދެތިން މީހަކުގެ ސަބަބުނަ ކުރީގެ ރައީސް ނަޝީދައް އެހުންނަނީ ވާނުނާ އޮޅިފަ ކަމަށް ބަބޫލް ކުރެވެއެވެ.
ކޮބާ. ކޮބާ
03 July 2022
ޢަންނަ ޓާމް ރ. ސާލިޙް، ނިންމާލުމަށް ފަހު ޝާހިދު އަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރ. ނަޝިދު އާއި، ރ. ޔާމިން އެދިވަޑައިގަންނަވަނީ މިގޮތެވެ.އޮމާން ކޮށް ކަންތައްތައް ދިއުމެވެ.
އިރާކޮޅު
03 July 2022
ހަސަނާ ވަރަށް ފުޅާ ދާއިރާއެއްގެތެރޭގައި ހަސަނުމެން މަސައްކަތް ކުރަމުންގެންދަނިކޮށްނޫންތަ ފައްޔާޒު ހޮވިގެން ދަތިދޭތެރެއަކަށް ވަދެވިފައިތިޔައިނީ. އެހެންވީމާ ދަތިދޭތެރޭއިނދެގެން ނުކުރެވޭމަސައްކަތް ކުރެވޭނީ ފަސޭހެދޭތެރެއަށް ނުކުމެގެންނު. ފަސޭހަތަނަށް ނުކުމެބަލަ. އަންނިގެ ދޭތެރެ މިހާރު އެހުރީ ވަރަށް ދަތިވެފައެއްނު. ދެން ޝާހިދަކީވެސް އިންޑިޔާ ޕަޕެޓެއްކަން އެނގޭދޯ؟ އދ މަޖިލީހަށް ޝާހިދު ލީވެސް އިންޑިޔާއިންކަން ދިވެހިންނަށް އެނގޭނުދޯ. ބަރުބަލާނީ ނިޒާމަށް
އަހަމަދުފުތާފޭދޫ
03 July 2022
އަޅުގަނޑަކީ ތާ އަބަދު އިސްލާހައް ވޯޓު ލީމީހެއް ނަމަވެސް ދެން ނަޝިދު އަކައް ވޯޓު ދެވެން ނެއް. އިބޫ ފަހެއްޕުޅުން ދިޔުން އެންމެ ބުއްދިވެރީ. މިހާރު ރައްޔަތުންނައް ވިސްނޭ ތިޔަ ފެމިލީ ބޭފުލް ގެ ހަޔާއްޕުޅު އޮންނާނެ ގޮއް.
އޯންބްރެއިން
03 July 2022
ނަޝީދަށްގޮސް ހުސްވެފަ ހުރި މީހެއް. ރިމޯޓްކޮންޓްރޯލް ޓޯއީއެއް. ނަޝީދު އިބޫއޭ ބުނީމަ އިބޫ، ނަޝީދު ޝާހިދުއޭ ބުނީމަ ޝާހިދު، ނަޝީދު އިބޫއަކަށް ނުވާނޭ ބުނީމަ، ނުވާނެ. ވަކާލާތުކުރަން ހަވާލުކުރީމަ ވާނެގޮތެއް ހިތަށް އަރަނީ.
އަޙުމަދު.
03 July 2022
މުރަނގަ ގަސްދޮށު މާލިމީން އުޅޭ ވައްތަރަށް ހަސަނުމެންވެސް އުޅޭތީ ވަރަށް ދެރަ.
އަހުމަދު.
03 July 2022
ތިބޭފުޅާ އާއި ބޮޑުވަޒީރު ވިސްނަވާގޮތަކަށް ގައުމުގެ ހުރިހާކަމެއް ނުދާނެއެވެ.
ޢިބްރާހިމް
03 July 2022
ތިބޭފުޅާ އަށް ފަސޭހަ ވާނީ ހަމައެކަނި އަންނި އާއި އެކު މަސައަކަތް ކުރަން. އެމްޑީޕީ އަކީ އަންނި ކަމަށް ދެކޭ އެންމެން ރަނގަޅުވާނެ ޖުމްހޫރީ ޕާޓީ އާއި ގުޅެން. އެތާގަ އޮންނަނީ ޕަރައިމަރީއަށް ނުގޮސް ވަކި ކެންޑިޑޭޓެއް ނެރެން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގަ އުޅެންޏާ ޖެހޭނީ ޕަރިމަރީން ހޮވޭ ކެންޑިޑޭޓެއްގެ ފަހަތަށް އަރަން. އެއީ އިބޫ ވިޔަސް ނޫނީ އަންނި ވިޔަސް.
Happy 123
03 July 2022
ކަލޭ ރަނގަލުވާނީ ދެން އެމްޑިޕީ ޢިންވެސް ވަކިވެގެން ދިޔައްޔާ… އަހަރުމެން އާންމު މެމްވަރުން މިތިބީ ރ.ސާލިހު ފަހަތުގައި!