އަމީނީމަގުގައި ވެހިކަލް ދުއްވަނީ: އެ މަގާއި މާލޭގެ އެހެން މަގުތައް ހެދުމުގެ މަޝްރޫއު ސަރުކާރުން މިހާރު ވަނީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އަތުލައިފައި -- ފައިލް ފޮޓޯ: މިހާރު
05 ޖުލައި 2022 - 13:32
މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އަތުލަން ޖެހުނީ ސަރުކާރުން ބޭނުންވާ ގޮތަށް އެ މަސައްކަތް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދައި، ކުޑަ އަގެއް ދީގެން ފެންވަރު ދަށްކޮށް އެ މަގުތައް ހަދަން އުޅުމުން ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލާ ހަވާލުކޮށް އެހާ ގިނަ ދުވަސްވެގެން ދިޔައިރު ވެސް އެ މަސައްކަތް ކުރިއަށް ނުދާތީ ސަރުކާރާއި ރައްޔިތުންގެ ކަންބޮޑުވުންތައް ގިނަވެ، އެކަން ހައްލުނުވުމުން އެންމެފަހުން އެ މަޝްރޫއު މިނިސްޓްރީން ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމީ ކަމަށެވެ.
އަމީނީމަގު ހަދަން ޕްލޭނިން މިނިސްޓްރީން، އާރްޑީސީއާ ހަވާލުކުރީ ސިޓީ ކައުންސިލުން ކަނޑައެޅި އަގަށް ވުރެ ދެގުނަ ބޮޑުކޮށް ކަމަށާއި އޭގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކުރައްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ އަށް ރައްދުދެއްވައި، އަކްރަމް ވިދާޅުވީ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ހަދަން އުޅުނީ ވަރަށް ކުޑަ އަގެއްގައި ފެންވަރު ދަށްކޮށް ކަމަށެވެ.
"ހަމަ ރަނގަޅު އަގެއްގައި މިނިސްޓްރީން އާރުޑީސީ އަށް އެ މަޝްރޫއު ދީފައި އެ އޮތީ. ކޮރަޕްޝަނެއް އޭގައި ނޯންނާނެ. ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ވެސް ބަލަންވީ ކޮރަޕްޝަން އޮތްތޯ. އަދި އެ މަޝްރޫއު އަތުލީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން، އެއާ ހިލާފުނުވާނެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ އަމީނީމަގު ހަދަން އާރްޑީސީއާ ހަވާލުކުރުމުގައި އެއްވެސް ކޮރަޕްޝަނެއް ނޯންނާނެ ކަމަށް -- ފައިލް ފޮޓޯ: މިހާރު
"ސިޓީ ކައުންސިލުން ދީފައި އޮތް އަގު ހެވީ، އެ މީހުން މާ ފެންވަރު ދަށްކޮށް އެ މަގު ހަދަން އުޅުނީމަ. ސަރުކާރުން ބޭނުންވަނީ ފެންވަރު ރަނގަޅުކޮށް، ޒަމީނާކޮށް އެ މަގު ހަދަން."
އަކްރަމް ވެސް ވިދާޅުވީ، އާރްޑީސީއާ އެކު މާލޭ ސިޓީ ކައުންސިލުން ހެދި އެއްބަސްވުމުގައި އަމީނީމަގު މަރާމާތުކުރުން ނޯންނާނެ ކަމަށެވެ. އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު އިއްޔެ ވިދާޅުވީ، އެ ކުންފުންޏާ އެކު ސިޓީ ކައުންސިލުން ހެދި އެއްބަސްވުމުގައި އަމީނީމަގު މަރާމާތުކުރުން ނެތް ކަމަށެވެ.
"އަމީނީ މަގު މާ ބޮޑަށް ހަލާކުވެ، އާންމުންނަށް އުނދަގުލަކަށްވެފައި އޮތީމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންވެވަޑައިގަތީ ވީހާ ވެސް އަވަހަކަށް އެ މަގު ރަނގަޅު ފެންވަރެއްގައި ތަރައްގީކުރަން،" އޭނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ބުނީ އަމީނީމަގު މަރާމާތުކުރަން އެ ކައުންސިލުން އާރްޑީސީއާ ހަވާލުކުރީ 39 މިލިއަން ރުފިޔާ އަށް ކަމަށެވެ. އެކަމަކު، ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ އެކު އެ އެއްބަސްވުން ހެދީ 84 ރުފިޔާ އަށެވެ. އެހެންވެ، އެއީ ކޮރަޕްޝަންގެ އަމަަލެއް ކަމަށް ސިޓީ ކައުންސިލުން ތުހުމަތުކުރެ އެވެ.
އަމީނީމަގު ހަދަން ސިޓީ ކައުންސިލާ އެކު އެއްވެސް އެއްބަސްވުމެއް ނަހަދާ ކަމަށް ސަރުކާރާއި އާރުޑީސީން ބުންޏަސް، އެ މަގާއި މާލޭގެ ބޮޑެތި އެހެން ބައެއް މަގުތަކުގައި ތާރުއެޅުމަށާއި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް، "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" އަށް މިހާރުގެ ކައުންސިލުން ގެނައި ބަދަލުތަކާ އެކު، މިދިޔަ އަހަރު އޮކްޓޯބަރު 11 ގައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމެއްގައި ސޮއިކުރި އެވެ.
މާލޭގެ މަގުތަކުގައި އަލުން ގާ އަތުރައި، މަގުތަކަށް ބަދަލު ގެނައުމަށް އާރުޑީސީ އާއި ސިޓީ ކައުންސިލުން ހަވާލުކޮށްފައި ވަނީ ޖުމްލަ 462 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން ތިން މަގެއް ހެދުމަށް ފަހު، މި އަހަރު ފެށުނު ގޮތަށް މަސައްކަތް އަދިވެސް އޮތީ ހުއްޓިފަ އެވެ. ކައުންސިލުން ބުނީ އެ މަސައްކަތް ހުއްޓުނީ ސަރުކާރުން ބަޖެޓް ނުދީގެން ކަމަށެވެ.
އަމީނީމަގުގައި ތާރުއަޅަން މިދިޔަ އާދިއްތަ ދުވަހު ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރުއަޅާނެ ކަމަށާއި އެ މަގުގައި ފެންހިންދާ ނިޒާމަކާއި އަދި މަގުބައްތި ވެސް ބަހައްޓާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުދުބެއްޔާ
05 July 2022
"އަމީނީމަގުގައި ތާރުއަޅަން މިދިޔަ އާދިއްތަ ދުވަހު ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ." ކޮންސްޓްރަކްޝަން އިންޑަސްޓްރީގަ މަހެއްގަ އިންނަނީ 21 ދުވަސް ދޯއެވެ!!!
އީސަދަރި
05 July 2022
ކުދުބެއްޔާ ހަފްތާޔަކު 7 ދުވަހު މަސައްކަތް ކުރަންތަ؟
އީސަދަރި
05 July 2022
އޭރުވެސް މަބުނިން،
ހަމައަގު
05 July 2022
މަގުހެދުން ޚަރަދުކުޑަކުރަން އިތުރަށް 40 މިލިއަން! ވެންޓިލޭޓަރުތައް ވެސް އަގުހެޔޮކަމުން ހަމަ އަގަށް ބަދަލުކޮށްލާ 32 މިލިއަން ރުފިޔާ ދިނީމާވެސް އެ އެއްޗެތި އުފެއްދުމުގައި އެ އުޅެނީ! ޑޮލަރުވެސް ހަމައަގަށް ބަދަލުކޮށްލީމާ އެ ވެސް ތާށިވީ ވީނުން އާދައިގެ މީހަކަށް، ވިޔަފާރިއަކަށް ލިބެނީކީ ނޫން! އެސްޓީއޯ އަށް 4،000،000،000.00ރ ފައިދާވީ ހަފުތާގައި ކާޑުކޮޅު ގަންނަން ވެސް އެތަށް މިލިއަން ޑޮލަރުގެ ލޯނު! ލޯނުންތައްތެޅި އިކޮނޮމީ ގޯސްވެ އަގުތަށް އަތްނުފޯރާ ފަށަށްއަރާތީ އިތުރަށް ލޯނު ނުނަގަން އިޢުލާނުކޮށްފައި އެ ހަފުތާގައި ގުޅިފަޅު ހިއްކާށޭ ކިޔާފައި އެތަށް މިލިއަން ޑޮލަރުގެ ލޯނު! މުވައްޒަފުންގެ އޯޓީކަނޑާލާ، 5،000ރ އަށްވުރެ ބޮޑަށް ޚަރަދު ކުރަންޏާ މާލީ ވަޒީރުގެ ޚާއްސަ ހުއްދަ ހޯދާށޭ ކިޔާފައި އެ ހަފުތާގައި 20 އަކަށް ބޮޑުން ފަސްޓުކުލާގުގައި ރުވަންޑާއަށް!
ޒިކް
05 July 2022
މަގުގަ ތާރު އަޅަން އެކަންޏެއް ނޫން 40 ބޮޑުކުރީ.. ފުލަ ޑީވޯޓަ ނިޒާމަކާ ކޮމްޕްލީޓް ސްޓޯމް ވޯޓަރ ނިޒާމެއް ވެސް ޤާއިމް ކުރާގޮތަށް.. އެނޫން ގޮތަކަށް އަމީނީމަގުގަ ތާރެއް ނޫން ޖަވާހިރު އެޅިޔަސް ފެން ބޮޑުވާނެ
ނިކަމެތިރައްޔިތުމީހާ
05 July 2022
ތެދެއް ހެދެން އޮތަސް މުއިއްޒު ހަދާނީ ދޮގެއް! އެއީ ހަގީގަތެއް. ދެން ބުނެލަން އޮތީ 500 މިލިއަނަށް ދިނަސް ތީގެ ތެރެއިން %75 ދާނީ ކަޓަށް. ހަރަދު ވާނީ ހަމަ 39 މިލިއަނަށް ދާ ވަރަށް.
ބޭހޮއްކޮ
05 July 2022
ލާމަރުކަޒީ ސަލާންބުނި
ކަޅު ހުއްތު
05 July 2022
ތިބުމީ ކުރިން 42މ ދީގެން އަމީނީމަގުގަ ތާރުއަޅަންދިނީ އެއޮތްގޮތައްއޮއްވަ ތާރުފަތުރާލަންތޯ؟ މިފަހަރު 82މރ ތިދިނީ މަގުމަރާތުކޮއްފަ ދެންތާރުއަޅަންތޯ؟ މޫކޭ ވިޔަސް، އަކުރަމް ވިޔަސް ދިވެހިން އަގައިންނުބުނެ ކުޅިބަލަން ތިއްބަސް ތިހާގަޅި ނެހެއްދޭނެ. ތިއޮތީ 42މރ ބައިއެޅޭގޮތައް އިތުރައްދީފަ. ހެޔޮވެރިކަމެއްގަ ތިހަހަލަ ވަގުންގިނަވާނެ
ނިކް
05 July 2022
ކޮބާހޭ 42 މިލިޔަނަށް ދީފަ އޮތް ކަމުގެ ހެކި؟؟ ތަކުރާރުކޮށް އެ މަގު އެއްބަސްވުމުގަ އޮތިއްޔާ ދައްކަން އެދުނު އެކަމު ނުދެއްކުނު.. މުއިއްޒު އަމިއްލަ ބީއޯކިއުއެއް ދެއްކީ އެޔަކުނެތް ދެފަރާތުން އެއްބަސްވެ ސޮއިކޮށްފައެއް..
ރަދީފްއޮފިޝަލް
05 July 2022
ކޮރަޕްޝަންގެ ނިޝާނެއްގެ ގޮތުގަ ކާފުގަ 2 ރޮނގުބުރި ޖެހީމަ ރަނގަޅުވާނެ.އަކްރަމް އެއީ ކޮރަޕްޝަން މިބަސް ވެސް އެނގޭ މީހެއް ނޫން.ހުދު ކާފޫރު.ވ.ވެދުން
އިބްރ
05 July 2022
ޔާމީން އެޅި ބްރިޖް އަގުބޮޑުވެގެން ވާހަކަދެއްކި މީހުން 3 ގުނަވއަގުބޮޑުކޮށް ބުރިޖެއް އަޅާން އެއްބަސްވީ. އެޅޭނެކަންވެސް ނޭނގޭ
ތަފާތު
05 July 2022
ދިގިނާ ފުޅާ މިނާ ފުން މިން އެއްވަރުތޯ؟؟ ޔާމީނު 200 މިލިޔަނަށް އެޅީ 1.5 ކިލޯ މީޓަރު 30 މީޓަރު ފުން ތަނެއްގަ.. މިހާރު 4.5 ކިލޯ މީޓަރު 46 އަދި 52 މީޓަރު ފުންމިނުގަ.. އަގު ތަފާތުވާނެ ދެއްތޯ؟؟
ޙަސަން ކުރުސީ
05 July 2022
އަގުހެޔޮކޮށް ތިޔަ މިނިސްޓްރީއިންދީފައި ހުރި ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެޔޮށް ގެންދަނީ ކިހާ ފެންވަރު ރަގަޅުކޮށް ދޯ؟
ހައްޕު
05 July 2022
މުއިއްޒު ލައްވާ ތިކަން ނުކުރުވިކަން ވަރަށް ރަނގަޅު.އަހަރެއްވާއިރު އޮންނާނީ މުއިއްޒުވެފަ. ދޮގެއްތަ މިއީ?