ލެ ޕާފިއުމްގެ އާ އަހަރުގެ ޕްރޮމޯޝަންގެ ޕޯސްޓަރު.
31 ޑިސެމްބަރ 2016 - 17:06
އާ އަހަރު ފެށުން ފާހަގަކުރުމަށް، އަގުހުރި އިނާމުތަކެއް ހުށަހަޅާފައިވާ ޕްރޮމޯޝަނެއް ލެ ޕާފިއުމް އިން ފަށައިފި އެވެ.
ޖުވޭސް ކެފޭ ކުރިމަތިން އޮންނަ ގޯޅި، އަސަރީ ހިނގުމުގައި ހުންނަ ލެ ޕާފިއުމްގެ ފިހާރައިގައި ކުރިއަށް ގެންދާ "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަންގައި އެ ފިހާރަ އިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެ އެވެ. އެ ގޮތުން، ވިޔަފާރި ކުރުމުން އެ ފިހާރަ އިން ދޫކުރާ ކޫޕަން ފުރާލުމަށް ފަހު، ފޮއްޓަށް ލުމުން ޕްރޮމޯޝަންގައި ބައިވެރިވޭނެ އެވެ.
Le Perfume
ލެ ޕާފިއުމްގެ ވެބްސައިޓް.
އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް ދެނީ ރާއްޖޭގެ ރިސޯޓެއްގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުން ހިމެނޭ ދަތުރެކެވެ. ދެވަނަ އަށް 2،500 ރުފިޔާގެ ސެންޓް އަދި ތިންވަނަ އަށް 1،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ވަަނީ ހުށަހަޅައިފަ އެވެ.
މީގެ އިތުރުން، "ޕިކް އަ ބޯލް އެންޑް ވިން"ގެ ނަން ދީފައިވާ ބައެއް ވެސް މި ޕްރޮމޯޝަންގައި ވަނީ ހިމަނައިފަ އެވެ. އެ ގޮތުން، އެ ފިހާރައިގައި ހުންނަ ފޮއްޓަކުން ބޯޅައެއް ނަގައިގެން ކޮންމެވެސް އިނާމެއް ލިބޭނެ އެވެ. މި ބައި ކުރިއަށް ދާނީ އަންނަ މަހުގެ 10އާ ޖެހެންދެންނެވެ.
އޮރިޖިނަލް ބްރޭންޑުތަކުގެ ސެންޓް އެންމެ އަގުހެޔޮކޮށް ރާއްޖޭގައި ވިއްކާ އެއް ފިހާރަ ކަމަށްވާ ލެ ޕާފިއުމް އިން ވަނީ އާ އަހަރާ ދިމާކޮށް ތިން އާ ސެންޓެއް ވެސް ނެރެފަ އެވެ. އެއީ ފިރިހެނުންނަށް ހާއްސަ، ލޯމް އަލްޓައިމް އާއި ޖިވާންޗީގެ ޖެންޓްލްމެން އޮންލީ އެބްޒޮލިއުޓް އަދި ޕޯލޯ ބްލޫ އޯ ޑި ޕާފިއުމް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔުނެްތެރިޔާ
09 January 2017
އަސްލު އަގުހެވެއް ނޫން.