ކުޅިވަރު / ގައުމީ ވޮލީ މުބާރާތް

ޕޮލިސް ބަލިކޮށް ގައުމީ ފައިނަލުގެ ފަހު ޖާގަ ސިފައިން ހޯދައިފި

ގައުމީ ލީގުގައި ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ވޮލީބޯޅަ މުބާރާތުގައި ޕޮލިސް ކުލަބް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ސިފައިން، ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ތިންވަނަ ސެމީ ފައިނަލް މެޗު ސިފައިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓުގައި ޕޮލިހުން ލީޑުގައި އޮތް ނަމަވެސް ސިފައިން ވަނީ ގޯސްތައް ރަނގަޅުކޮށް 25-20 އިން މި ސެޓް ކާމިޔާބުކޮށްފަ އެވެ.

ދެވަނަ ސެޓުގައި ވެސް ޕޮލިހުން ސިފައިންނާ ރަނގަޅު ވާދައެއް ކުރި އެވެ. އެޓީމުން ލީޑުގައި އޮއްވައި ސިފައިން ފަހަތުން އަރައި ސެޓުގެ ނަތީޖާ އަނބުރާލި ނަމަވެސް ޕޮލިހުގެ އަނޫ ޖޭމްސް އާއި މުއްތުސާމީ އަޕަވޫ އަދި އަކިން އައްމާލްގެ އިތުރުން ޒުވާން ކުޅުންތެރިޔާ، ޝާމިލް މުހައްމަދުގެ މޮޅު ކުޅުމާ އެކު ނަތީޖާ އެއްވަރުކޮށް، 30-28 އިން މި ސެޓް ކާމިޔާބުކުރީ ޕޮލިހުންނެވެ.

ގައުމީ ލީގުގައި ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ދެ ސެޓާ ހިލާފަށް ފަހު ދެ ސެޓު ސިފައިން ކާމިޔާބުކުރީ މާ ބޮޑު ޕްރެޝަރެއް ނެތި، 25-18 އަދި 25-17 އިންނެވެ. ސިފައިންގެ ޓީމުގައި ހިމެނޭ އިންޑިއާގެ މަނޫ ޖޯސެފް އާއި ޝޯން ޓީ ޖޯންގެ އިތުރުން އާދަމް ނަސީމް (އެޑަމް) އާއި ހުސެއިން ޝާހިދު (ޝާޑު) ވެސް ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިއީ މިއަހަރުގެ ވޮލީބޯޅަ ސީޒަނުގައި ސިފައިން އަތުން ޕޮލިސް ކުލަބް ބަލިވި ދެވަނަ މެޗެވެ. އެންމެ ފުރަތަމަ އެސޯސިއޭޝަން ކަޕުގައި މި ދެ ޓީމުގެ ކުރިމަތިލުން 3-2 ސެޓުން ކާމިޔާބުކުރީ ޕޮލިހެވެ. ނަމަވެސް ގައުމީ ލީގުގައި ސިފައިން ވަނީ 3-1 ސެޓުން ޕޮލިސް ބަލިކޮށްފަ އެވެ.

ޕޮލިސް ކުލަބް ތިންވަނަ ސެމީ އިން ޖާގަ ހޯދީ، ފުރަތަމަ ސެމީގައި ކްލަބް ވެމްކޯ ބަލިކޮށްގެންނެވެ. ނަމަވެސް ރޭ ކުޅުނު ތިންވަނަ ސެމީން ބަލިވުމާ އެކު ޕޮލިހުން ސީޒަން ނިންމާލީ، ގައުމީ މުބާރާތުގެ ތިންވަނައާއެކު އެވެ. މެޗަށް ފަހު ތިންވަނަ ހޯދި ޕޮލިހަށް ލޯމެޑަލް ހަވާލް ކޮށްދެއްވީ ވީއޭއެމްގެ އެކްސްކޯ މެމްބަރު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

އެންމެ ފަހުން، 2020 ވަނަ އަހަރު ބޭއްވި ގައުމީ މުބާރާތް ސިފައިން ކާމިޔާބުކުރީ ފައިނަލުގައި ޕޮލިސް ކުލަބް ބަލިކޮށްފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ގައުމީ މުބާރާޓުގެ ފައިނަލުގައި ސިފައިން ނުކުންނާނީ، 2010 ގައި ސީޒަންގެ ތިން މުބާރާތް ކާމިޔާބު ކޮށްގެން ސިފައިން ހެދި ރެކޯޑާ ހަމަކުރަން ނުކުންނަ ސްޕޯޓްސް ކުލަބް ސިޓީއާ ދެކޮޅަށެވެ. ސިޓީ ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީންކުރީ، ސީދާ ތިން ސެޓުން ސިފައިން ބަލިކޮށްގެންނެވެ.

މިއަހަރުގެ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދާފައި ވަނީ ސިޓީ އެވެ. ސިޓީ ވަނީ ދެ މުބާރާތުގައި ވެސް ސިފައިން ވަނީ ސިޓީ އަތުން ބަލިވެފަ އެވެ. ފައިނަލް މެޗު ވާނީ މި ސީޒަނުގައި މި ދެޓީމުގެ ހަތަރުވަނަ ކުރިމަތިލުމަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454