ވެލާނާ އެއާޕޯޓްގައި ހަދާފައިވާ އާ ފިއުލް ފާމް: ތިން ޓޭންކުގައި 45 މިލިއަން ލިޓަރުގެ ތެޔޮ ރައްކާކުރެވޭނެ -- ފައިްލ ފޮޓޯ: މިހާރު
06 ޖުލައި 2022 - 11:22
އެމްއޭސީއެލްގެ އާ ފިއުލް ފާމް ބޭނުން ކުރަން ފެށޭވަރު ވާނީ އަންނަ ސެޕްޓެމްބަރުގެ ތެރޭގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހުޖޫބު ވިދާޅުވީ، އާ ފިއުލް ފާމާ އެކު ވަރަށް ގިނަ ކަންކަން ހައްލުވާނެ ކަމަށެވެ.
"މި ވަގުތު އަޅުގަނޑުމެންގެ ކެޕޭސިޓީއަކީ 13 މިލިއަން ލީޓާސް. އާ ފިއުލް ފާމާ އެކު އަޅުގަނޑުމެން ސްޓޯރޭޖް ކެޕޭސިޓީ އިތުރުވާނެ. އެކަމަކު މިހާރު ވެސް ބަލަމުން ދަނީ މިފަދަ މައްސަލަތައް ދިމާވެދާނެތީ އޭގެ ތެރެއިން ޓޭންކް ވިޔަސް ބޭނުން ކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލް އިން ފްލައިޓުތަކަށް ޖެޓް ފިއުލް މި ވަގުތު ވިއްކަނީ ކޮންޓްރޯލް ކޮށްގެންނެވެ. ތެޔޮ ކޮންޓްރޯލްކޮށްގެން ވިއްކަނީ އާ ސްޓޮކް އައުމުގައި ޑިލޭތަކެއް ހުރުމުންނެވެ. އާ ސްޓޮކް މި މަހުގެ 15 ހިސާބުގައި އަންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މީގެ ކުރިން ވެސް ފިއުލް ފާމު ހުޅުވަން އެމްއޭސީއެލް އިން އެކި ތާރީހުތައް ދީފައިވެ އެވެ. މަހުޖޫބު ވިދާޅުވީ، އެތަން ހުޅުވުން އެހާ ބޮޑަށް ލަސްވީ، ކޮވިޑާ ގުޅިގެން އެތަނުގެ މަސައްކަތްތައް މަޑުޖެހިފައި އޮތުމުން ކަމަށެވެ.
އެއާޕޯޓުގައި އަލަށް ހަދާ ފިއުލް ފާމަކީ 45 މިލިއަން ލީޓަރުގެ ކެޕޭސިޓީގެ ފިއުލް ފާމެކެވެ. އެ ފާމްގައި ތެޔޮ ރައްކާ ކުރަން ތިން ޓޭންކް ހުންނާނެ އެވެ. މިހާރު އެއާޕޯޓުގެ ފިއުލް ފާމް ކެޕޭސިޓީއަކީ އެންމެ 15 މިލިއަން ލީޓަރެވެ. އާ ފިއުލް ޓޭންކުތަކާ އެކު، ފިއުލް ފާމް ކެޕޭސިޓީ 60 މިލިއަން ލީޓަރަށް އިތުރުވާނެ އެވެ.
އާ ފިއުލް ފާމާ އެކު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 1.5 މިލިއަން ލީޓަރު ދޫކުރެވޭނެ ގާބިލްކަން ލިބޭނެ އެވެ. ފިއުލް ފާމު ސަރަހައްދުގައި ތެޔޮ އުފުލާ ބޯޓުތައް ކައިރި ކުރުމަށް ހާއްސަ ފާލަމެއް ހުންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޗީ
07 July 2022
ރާއްޖެ މިހަތަނަށް ނުދެކޭވަރުގެ ސްލޯ ވެރިޔެއް. ކޮންމެ ކަމެއްވެސް ކަނޑާލަނީ ކޯވިޑް އަށް. ނަޝީދު މަޖްލިސް ހުޅުވައިގެން ކުރީމަ މިވަރުވެސް މިވީ. ޔާމީނު 2018 ގައި ފޭބިއިރު ޓާމިނަލް ފިޔަވާ ހުރިހާ ތަނެއް ހުރީ ނިމިފަ. މަމޮޅު ވާންވެގެން ދޮން މީހަކު ގެނެސް ލައިގެން ވީކަމެއް ހަރާން. ޓީއެމްވޭ ދަށުވެފަ އޮތް ވަރުން ސީޕްލޭން ޓާމިނަލް ވެސް އަދިވެސް ނުނެގޭ.
އުދުހޭ
06 July 2022
ގާތްގަނޑަކަށް ނިމިފަ އޮތް ރަންވޭއެއްވެސް އެބައޮތް ބޭނުން ނުކޮށް. ޔާމީނު ކޮށްފައޮތް ކަމެއްވީމާ ބަޔަކު ޖެލަސްވަނީ. ތެޔޮ ރައްކާކުރަން ޓޭންކްތަށްވެސް އެޅަންފަށައި ބޮޑުބައެއް އޮތީ ޔާމީނު ދައުރުގަ ނިމިފަ. މިއީ ކޮންމެހެން ޔާމީނަށް ސަޕޯޓްކުރަނީއެއްނޫން. ކަން އޮތްގޮތް. ޔާމީނަކީ ޚުދުމުހްތާރު ވެރިއެއް، މިނިވަން މުއައްސަސާތަކަށް އިންތިހާއަށް ނުފޫޒު ފޯރުވާ.
ޑެބީ
07 July 2022
އެއަޕޯޓުގެ ކަންކަން އިނގޭނަމަ ތިކޮމެންޓް ނުކުރާނެ. ރަންވޭ ހެދިއިރުވެސް އިންވެގެން ޓީއެމްއޭގެ ޓާމިނަލާ އެކަލަ އިތުރު އިމާރާތްތައް ހުރި. އެތަންތަން ހުސްކޮށްފަ ތަޅައިލާ ބިން ސާފުނުކޮށް ތިރަންވޭ ބޭނުން ނުކުރެވޭނެ.
އައްބެ
06 July 2022
ތިޔަ ތާނގީތައް ބޭނުންނުކޮށް ދަބަރަށް ވާން ދޫކޮށްލާފައި ނުބާއްވައި ތިޔަތަން ބޭނުންކުރަންފެށިނަމަ މިއަދު ތިޔަލޯނުތައް ނަގާކަށް ނުޖެހުނީސް. ލަންކާއަށް ދިމާވެފައިވާ ތެލުގެ ސޯޓޭޖްގެ ފައިދާ ރާއްޖެއަށް ނަގައި އެތައް މިލިޔަން ރުފިޔާއެއްގެ ފައިދާ ނެރެވުނީސް
އޮނަރަބްލް އަފީފު ދީދީ
06 July 2022
ދައުލަތް ދަރަނިކޮށް 4 ބިލިޔަނެއްހާ ޑޮލަރުގެ ދަރަނި ނަގައިގެން ތަރައްޤީ ކުރާ ކ.އަތޮޅު މާލޭ އެއަރޕޯޓުން ދައުލަތަށް ލިބޭ އާމްދަނީއަށްވުރެން ބޮޑު ފައިދާ ތިތަނުގެ ބޭނުން ހިފާ ޓީއެމްއޭ ފަދަ އަމިއްލަ ވިޔަފާރި ކުންފުނިތަކުން ދަނީ ނަގަމުން. # ސީދާ އެއަރޕޯޓް ކުންފުނިން ކުރެވިދާނެ އެތައްކަމެއް ނުކޮށް އެހެން ފަރާތްތަކަށް ނަހަމަ ފައިދާ ނަގަން ފުރުސަތުދީފައި އެބައޮތް. ދަރަންޏަށް ތެޔޮއެޅުންވެސް ހުއްޓާލަންޖެހޭ.
ކޮރަލް
06 July 2022
ޔާމީން ފަށާފަ ހުރި ކަމެއް ނަމަ 2023 އަށް ލަސް ކުރެވޭތޯ ބަލާނެ އެވެ.
ދުމައިން
06 July 2022
ފަށާފައެއްވެސްނޫން. ފިއުލް ފާމް ގާތްގަނޑަކަށް ނިންމާފަ ހުރީ 2018އިގަ. ރަންވޭވަނީ ނިންމާ ޓެސްޓުކޮށް އޭ380 ބޯޓު ޖައްސާ ހުޅުވާވެސްފަ.
ނާިލް
06 July 2022
ރައީސް ޔާމީނުގެ ދުރުވިސްނުންފުޅު. ދެއްތޯ؟