އެމްޑީޕީގެ ބައްދަލުވުމެއް: ކޮންގްރެސް އަށް ގޮފިތައް އިސްލާހު ކުރަން ހުޅުވާލައިފި-- ފައިލް ފޮޓޯ: މިހާރު
06 ޖުލައި 2022 - 18:28
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ މެދު ގޮތެއް ނިންމާ އެ ޕާޓީގެ ކޮންގްރެސްގެ ކުރިން ޕާޓީގެ ގޮފި ހެދުމަށާއި އިސްލާހު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މުހިއްމު ނިންމުންތަކެއް ޝެޑިއުލްކޮށްފައިވާ އެމްޑީޕީގެ ކޮންގްރަސް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހު 19 ގަ އެވެ.
އެ ޕާޓީގެ ސެކެޓްރިއޭޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮންގްރަސްގައި ބައިވެރިވެވޭނީ އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ނިޔަލަށް އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށް ކަމަށެވެ.
އޭގެ ކުރިން ގޮފި އުފެއްދުމާއި މިހާރު ހުރި ގޮފިތައް އިސްލާހު ކުރުމަށް އެދި ހުށަހަޅާ ފޯމު މެއިލް ކުރެއްވުމަށް އެދޭ ކަމަށާއި އެ ތަކެތީގެ އަސްލު މި މަހު 17 ގެ ކުރިން ޕާޓީ އޮފީހަށް ހުށަހެޅުމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެ އެވެ.
އެމްޑީޕީ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެއް އުފެދިފައިވާ އިރު އަންނަ ކޮންގްރަސް އަށް ނަޝީދު ވަނީ ގިނަ ހުށަހެޅުންތަކެއް ހުށަހަޅަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ވެރިކަމަށް އާދެވޭ ގޮތް ބަދަލު ކުރުމާއި ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް އަހަން ވެސް ހުށަހަޅަން ނަޝީދު ވަނީ ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްޑީޕީ ސައިޓު ބަލާލިން
08 July 2022
ސައިޓު ބަލާލިއިރު ނެތް ދީނީ ކަންކަމަށް އިސްކަމެއް މާބޮޑަކަށް. އެކަން ގެނައިމަ ރަނގަޅުވާނެ ކަންނޭގެ ތިހުރިހާ މައްސަލަތައް.
މިސްރު ބޯކިބާ.
07 July 2022
ތިޔަ ބޯކިބާ އޮތީ މިހާރު ކ.އަތޮޅު މާލޭ މީހުންގެ އަތުގައި. ކުރިން ގުންޑާއިންނޭ މަގުމަތިން ވެރިކަން ވައްތާ ނުލެވޭނޭ ކޮން ޑިމޮކްރަސީއެއްހޭ ބުނި އެންމެން މިހާރު ތިބީ ޕާޓީގެ ލީޑަރޝިޕްގައި. ދެން ކިހިނެއް ތިޕާޓީ ރަނގަޅުވާނީ.
އޮނަރަބްލް އަފީފު ދީދީ
07 July 2022
މިވާހަކަ ޤަބޫލު ކުރަން ޕާޓީގެ ބައެއްފަރާތްތަކުން ބޭނުން ނުވިކަމުގައިވިޔަސް އެމްޑީޕީގެ ތެރޭގައި މިހާރު ފެތުރިފައިއޮތް "އެއްރަށްވަންތަ ފިކުރު" ނުވަތަ ހަމައެކަނި ކ.އަތޮޅު މާލޭމީހުން ބާރުވެރިކުރުމުގެ ސިޔާސަތުދަމަހައްޓަން އަހަރުމެން އުތުރާއި ދެކުނުގެ ރައްޔިތުން ތިޔަޕާޓީގައި ދެމިތިބޭކަށްނުޖެހޭ. # މިކަމުގެހެއްކަކަށް ދައުލަތުގެ ޙަޒާނާއާއި މުއްސަދިކަމާއި ވަސީލަތް ޖަމާކޮށްފައިއޮތް ކ.އަތޮޅުމާލެއިން ބިންދޫކުރުމުގެކަންކަމުގައި ޕާޓީ ހަމަހިމޭންއޮތް އޮތުން ފުދޭ.
އޮނަރަބްލް އަފީފު ދީދީ
07 July 2022
އެންމެ މުހިންމުކަމަކަށް ހުށަހަޅަންވީ ޕާޓީތެރޭގައިއޮތް "ގަދީމީފިކުރާއި އުސޫލު ބަދަލުކުރުމަށާއި" އަދި ފުރިހަމަ މާނައިގަ ލާމަރުކަޒު ކުރާން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމުގައި ކަޑައަޅާ ކޮންމެ ރީޖަނެއްގައި އިންތިޙާބީ ރައީސަކާއި ނައިބް ރައީސެއް ހުރުމަށް ކަޑައެޅުމާއިއެކު ޕާޓީގެ ހުރިހާ މެންބަރުން ވޯޓްދީގެން އިންތިޙާބްކުރާ ޗެއަރޕާސަން އެއް ބެހެއްޓުން.
ހޭހަން
07 July 2022
އެމްޑީޕީ އޮތީ ފަޅިވެ ބައިވެ ފެތިފަ އެއެއްޗެއް ބޯނި ފޮރި އެއެއްޗެއްގަ އަޅަނިމިފަ ފުޅު ބޭނުންވަނީ ވެރިކަން ޚިދުމަތާ ދުރުގަ ހުރެގެން ނަޝިދު ކަނޑުފަޅު ފީނާ ރައްޔިތުންނަށް ފެނިދެނިވެފަ ވިޔަސް ދނަށް ހަޖޫޖަހާ ޚިދުމަތް ކިރަންނޫޅެ އަބަދު ނިޒާމް ބަދަލް ކުރުމުގަ
ހެއްވާކަމެއް
07 July 2022
މުއްދަތު ތަންފުކެއް އަވަހެއްނޫންތަ! ކޮންގުރެހަށް ހަފުތާއަކަށްވީމަ ތިކަންކުރަން މަޑުކުރިނަމަ މާމޮޅުވީސް.
ބަރުދަމާނީ
07 July 2022
ބަރުލަމާނީއަކީ މާމޮޅު ނިޒާމެއްނޫން. އެއީ މިހާރު މިއޮތް ނިޒާމަށްވުރެން ދެރަ، ވައްކަމާއި ކޮރަޕްޝަން ބޮޑު ނިޒާމެއް. ފެންވަރެއް އަގެއް ނެތް މީހުންނަށް ދައުލަތުގެ މަތީމަގާމުތަކަށް ފަސޭހައިން އާދެވޭގޮތަށް އޮންނަން ނިޒާމެއް. ތި ނިޒާމު އޮތީ ޝްރީލަންކާގައި އޮތީ. އެ ގައުމު އޮތް ހާލަތު އެ އޮތީ ފެންނަން. ވޯލްޑް ބޭންކާއި އައިއެމްއެފް އިން އެ ގޮވަނީ އެގައުމުގައި އޮތް ކަރަޕްޝަން ނައްތާލައިގެން ނޫނީ އެހީ ނުދޭނެކަމަށް. ބަރުލަމާނީ ނިޒާމުގެ ހަގީގަތަކީ މިއީ.
ރިޒާސީ
07 July 2022
މިގައުމުގައި މިހާރުއޮތް ކަރެޕްޝަން ވަކިން ސުރީލައްކާއަށް ވުރެން ކުޑައީތޯ ؟ އަދި ދެރައީތޯ ؟ ވަކި ކުޑައެއް ނުވާނެއެވެ. ފެންތައްޓަކައި ނުލައި 4 ކަންނެލި އޮޑީގެފައިސާ އެމް އެމް ޕީ އާރުސި ކާލާފައި އަދި ވެއްޓިލޭޓަރ ފެން ފޮދަކާނުލާއި އެތީބީ ދިރުވާލާފައެވެ. އަދި ކުންފުނި ތަކުން ހިންގާ ބޮޑެތި ކަރެޕްޝަން އިގޭނަމަ ފިތްކަޑާގެންދާނެއެވެ.
މަތީނު
07 July 2022
އެއްވެސް ނިޒާމަކީ ފްލޯލެސް ނިޒާމެއް ނޫން. އެކަމަކު ރިޔާސީ އާ ޚިލާފަށް ބަރުލަމާނީ އަކީ އެކަކުގެ ވެރިކަމެއް ނޫން. އެއީ ބަރުލަމާނުންގެ ވެރިކަން. ރައްޔިތުންގެ މަންދޫބުންގެ ވެރިކަން. ރިޔާސީ އާ ޚިލާފަށް، ރައްޔިތުންގެ މަޤުބޫލުކަން ކުޑަވީމަ ސަރުކާރު އުވާލެވޭ ނިޒާމު. އަދި ސަރުކާރު އުވައިލިޔަސް، މުޅި ދައުލަތް އެފުށްމިފުށަށް ޖެހިގެން ނުދާނޭހެން، ސަރުކާރާއި ދައުލަތުގެ ވެރިޔާ ވަކިން ކަނޑައެޅިފައިވާ ނިޒާމު. ސްރީލަންކާގައި އޮތީ ހައިބްރިޑް ނިޒާމެއް.
ނަރުދަމާ
07 July 2022
ބަރުލަމާނީ ނިޒާމަކީ ތިބުނާހެން މަތިފަޑީގައިތިބޭ މީސްމީހުން ޅަދަށުނުވާގޮތަށް ނިވާފަތްގަނޑެއްގެ ފަހަތުގައިތިބެ ފައިދާނަގަން ރާވާފައިވާ ނިޒާމެއް. ކަމުގެ ޙަޤީޤަތަށްބަލާއިރު ނުރަނގަޅުވަނީވެސް އަދި ކަމުނުދަނީވެސް ނިޒާމެއްނޫނެވެ. ކަންކުރަންތިބޭ މީހުނެވެ. ނިޒާމު ގޯސްހަދާކަށް ނުދަންނާނެއެވެ. ގޯސްހަދަނީ މީހުން. މިރާއްޖޭގެ ރަށްތަކަކާއި ފަޅުތަކެއް ވިއްކާލައިގެން ލިބުނުލާރި ގޯނިގޯންޏަށް އަޅައިގެން ބެހިކަމަށް ރައްޔިތެއްގެ މަނދޫބަކު އިޢުތިރާފުވިއެއްނު! ވީކީއް!
ﷲެންނަ ޚިޔާލު
07 July 2022
ރޫޅި ވިއްސި ވިހާލިވެފަ