އާ ސީޕްލޭން ޓާމިނަލްގެ ލޮބީ. ސީޕްލޭން ޓާމިނަލްގައި ރިސޯޓުތަކަށް ގިނަ ލައުންޖުތަކެއް ހާއްސަކޮށްފައިވޭ--ފޮޓޯ:ނިޝާން އަލީ/މިހާރު
07 ޖުލައި 2022 - 15:40
ވެލާނާ އެއާޕޯޓްގައި ހެދި ސީޕްލޭން އާ ޓާމިނަލް، "ނޫވިލު" އިން ހުރިހާ ފަސިންޖަރުންނަށް ހިދުމަތްތައް ދޭން ފަށައިފި އެވެ.
އާ ސީ ޕްލޭން ޓާމިނަލް މިއަދު ވްނީ ނޫސްވެރިންނަށް ވެސް ދައްކާލައިފަ އެވެ. އެތަނުގެ ލޮބީ އޭރިއާގެ ހަރަކާތްތައް މަތީ ތިން ބުރީގައި ތިބެ ބަލައިލެވޭނެ އެވެ. ޑިޒައިން ހަދާފައިވަނީ ރާއްޖޭގެ ކަނޑުގެ ކުލަތައް ރަމްޒުކޮށްދޭ، ދިވެހިވަންތަ ސިފަތައް އެކުލެވޭ، އެހެން ނަމަވެސް، އެންމެ ޒަމާނީ އިމާރާތްތަކުގެ ފީޗާތައް ވެސް ހިމެނޭ ގޮތަށެވެ.
ސީ ޕްލޭނަށް ވަންނަ އިރު ޓީއެމްއޭ އާއި މަންޓާ އަށް ހާއްސަ ކައުންޓަރު ދެ ފަރާތުން ފެނެ އެވެ. އަދި އިމާރާތުގެ ދެ ފަރާތުގައި ފަސިންޖަރުންނަށް ހާއްސަ ލިފްޓްތައް ވަނީ ބަހައްޓައިފަ އެވެ. އެ އިމާރާތުގެ ވާތް ފަރާތުގައި އެސްކެލޭޓާ ވެސް ހުއްޓެވެ.
އާ ސީޕްލޭން ޓާމިނަލްގެ ބިޒްނަސް ލައުންޖު. އެ ލައުންޖުން 235 މީހުންނަށް ހިދުމަތް ދެވޭނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާ ސީ ޕްލޭން ޓާމިނަލްތަކުގެ ބޮޑު ބައެއް ދޫކޮށްފައިވަނީ ރިސޯޓުތަކުގެ ލައުންޖުތަކަށެވެ. މި ވަގުތު ހަ ލައުންޖު ފިޔަވައި އެހެން ހުރިހާ ލައުންޗެއް ވަނީ ރިސޯޓުތަކަށް ވިއްކައިފަ އެވެ. ސީޕްލޭން ޓާމިނަލްގައި ރިސޯޓުތަކުން ލައުންޖުތައް ހަދަމުން އަންނަ އިރު މި ވަގުތު ހަތަރު ރިސޯޓެއްގެ ލައުންޖު އަންނަނީ ބޭނުން ކުރަމުންނެވެ. އެއީ ސޮނޭވާ އާއި އިންޓަކޮންޓިނެންޓަލް އާއި ޖޯލި އަދި ފޯ ސީޒަންސް އެވެ.
55 މިލިއަން ޑޮލަރު: މަޝްރޫއުގެ އަގު
28،000 އަކަމީޓަރު: ހަތަރު ބުރީގެ އާންމު ޖާގައިގެ ބޮޑުމިން
8،836 އަކަމީޓަރު: އެމްއާރުއޯ ފެސިލިޓީ އަށް
100 އަކަމީޓަރު: ވީވީއައިޕީ ބަޔަށް
42 ލައުންޖު: ދެ ލައުންޖު ފިޔަވާ ހުރިހާ ލައުންޖެއް ރިސޯޓުތަކަށް ކުއްޔަށް
އެމްއޭސީއެލްގެ "ވިލު" ބިޒްނަސް ލައުންޖު: 235 ސީޓު
އެމްއޭސީއެލް "ނީރު" ލައުންޖު:315 ސީޓު
އާ ސީޕްލޭން ޓާމިނަލްގައި ފަސިންޖަރުންތަކެއް މަޑުކޮށްލައިގެން
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަންސް ހިންގާ ޓާމިނަލް ރަސްމީކޮށް ހުޅުވުން ލަސްވަނީ، ބަލަން ޖެހޭ މިންގަނޑުތައް ބަލައި ޓެސްޓްތައް ކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެންނަން ކަމަށެވެ.
ސީ ޕްލޭން ޓާމިނަލް ދުވާލެއްގެ މައްޗަށް ބޭނުން ކުރާ މީހުންގެ އަދަދު 4،000 އާއި 6،000 އަށް ދެމެދަށް އަރަ އެވެ. އަދި ލޯ ސީޒަންގައި ދުވާލެއްގެ މައްޗަށް 300 ފްލައިޓް ދަތުރު ކުރާ އިރު ހައި ސީޒަންގައި 600 ފްލައިޓު ދަތުރު ކުރެ އެވެ.
ތޯހާ ވިދާޅުވީ، އާ ޓާމިނަލް ޑިޒައިން ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ އެންމެ ޒަމާނީ ހިދުމަތްތައް ދިނުމަށް ކަމަށެވެ.
ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާފައި ހުންނާނެ ޕެސެންޖާ އެކްސްޕީރިއަންސް. ވަރަށް ހައި އެންޑް ފަސިންޖަރުންތަކެއް ރާއްޖެ އަށް މިއަންނަނީ. އެ ބޭފުޅުން ރިސޯޓުތަކަށް ވަޑައިގަންނަވާ އިރު މި ލިބޭ އެކްސްޕީރިއަންސް، އެ ހިދުމަތްތައް މި ސީޕްލޭން ޓާމިނަލުން ދެވޭތޯ މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.
އާ ސީޕްލޭން ޓާމިނަލްގައި މިހާރު ވެސް 100 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރަމުންދެ އެވެ. ޓާމިނަލްގެ ބޭނުން އަދިވެސް ފުލް ކެޕޭސިޓީގައި ބޭނުމެއް ނުކުރެ އެވެ. ޓެސްޓުތައް ނިންމައި ޓާމިނަލްގެ ބޭނުން ކުރަން ފެށުމުން އާ ސީޕްލޭން ޓާމިނަލްގައި 150 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ތޯހާ ވިދާޅުވި އެވެ.
އަންނަ ހަފްތާގައި އާ ޓާމިނަލަށް ޓީއެމްއޭގެ ހުރިހާ މަސައްކަތްތަކެއް ބަދަލުކޮށް، ކުރިއަށް އޮތް ދެތިން މަސް ތެރޭ، ކުރީގެ ސީޕްލޭން ޓާމިނަލް ތަޅާލުމުގެ މަސައްކަތްތައް ފެށޭނެ ކަމަށް އެމްއެމްއޭސީއެލް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުބުޑު
07 July 2022
ޔާމީން ބިންގާއަޅަފަ ބެޗީ ! ދެން ޔާމީނުގެ ދައުރެއްގާ ބޮޑުތަނުން ފަތުރުވެރިން އައުން މަދުވާނެ. ދެން ކޮބާ އެމަނިއްޕުޅަށް އޮތް ކުރެޑިޓަކީ.
މުރާސިލް
07 July 2022
ރައީސްޔާމީން ޢަޅާނިންމާ ޓެސްޓް ފުލައިޓް ޖައްސާފައި އޮތް އެންމެ ޒަމާނީ ފެންވަރުގެ ރަންވޭ ބޭނުންކުރަން މި ސުލޯ ސަރުކާރަށް 4 އަހަރު ވީއިރުވެސް ނުފެށުނެވެ. ދެން ތިޓާމިނަލްވެސް ތީ ޔާމީން ވެރިކަން ނިމުނު އިރު ނިމިފައި ހުރި ތަނެކެވެ. އެތަންވެސް އެއުޅެނީ ބޭނުން ކުރަން ނުފެށިގެންނެވެ. މިވަރަށް ސުލޯ އިރުވެސް މިހާރު އެހުރީ ދެވަނަ ދައުރަށްވެރިކަމަށް އަންނަން ފައި ނަގައިގެން ނެވެ. އަޅެ ފަހެ ލަދެއް ހަޔާތެއް ހުރިނަަމަ ދެވަަނަ ދައުރަކަށް ފައިނެގީސް ހެއްޔެވެ؟
ހުރާފީން
08 July 2022
ކަލޯ ރަންވޭ އަޅާ ނިންމާފައޮތީ އެތަނުން ނަގަންޖެހޭ ސީޕްލޭން ޓާމިނަލް ނުނަގާ. އެތަން ބޭނުންކުރަން ހުއްދަލިބޭނީ ޓާމިނަލް ނަގައިގެން. ކުރީގެ ޓާމިނަލް ނެގެންއޮތީ ފަހުގެ ޓާމިނަލް ނިންމައިގެން. އެތާނގައިހުރީ ހަތަރުފާރު. މަސައްކަތްތައް ގެންދިޔައީ އެއްވެސް ޕުލޭނެއް އުސޫލެއްނެތި. ބޮޑުކަޓެއްލިބޭ ކަމެއްވިއްޔާ އަވަސް އަރުވާލައިގެން ކުރީ. އެގޮތަށް ރަންވޭ ކުރަހާލައިގެން އުތުރުގެ އެއާޕޯޓެއްވެސް ހުޅުވި. އެތަން ނިންމީ މިސަރުކާރުން
ސުޕާރީ
07 July 2022
ދުރުވިސްނޭ މީހުންފެނޭތޭ…
ރަސްލީއ
08 July 2022
ބޮޑުކަޓުނެގުމުގެ ލާމަސީލު
ބޮޑުމީހާ
07 July 2022
މިވެރިން 38 ބިލިއަން ދަރަނި ނަގައިފި. އަދި ފެންނަން ހުރީ ސެންޓްރަލް ޕާކުގަ ހެދި ޗާރޖިންގ ސްޓޭޝަނެއް. ޔާމީނު ލޯނު ނަގައިގެން ހިންގެވި މެގަ ޕްރޮޖެޓްތައް ތި ފެންނަނީ. ދެރައީ މިސަރުކާރުން ތިތަންވެސް ކުޑަކުއްޔެއްގަ ދިނީ މަހުޖަނުންނަށް
ބޯބޮޑޭ
08 July 2022
ކަލޯ ލޯފުހެލާފައި ރާއްޖޭގެ ކޮންމެ ރަށެއްގައި ކުރެވޭ އަދި ނިމިފައިހުރި މަސައްކަތް ބަލާލާ. ދޮގުހަދަންވީމަ ކޮބާ އެެއްކަލަ ދީން. އެތަންވެސް ނިންމީ މިސަރުކާރުން. ކުރިން ނިންމާފަ އޮތީ އެތަން ވަކި ބަޔަކަށް ދޭން. ނަމަވެސް ހުރިހާ އެންމެންނަށް އެތަން ދިނީވެސް މިސަރުކާރުން. ދެން ރިސޯޓު ހިންގަނީ މަހުޖަނުން ވިއްޔާ އެތަން ބޭނުންކުރާނީ އެމީހުން. އަހަރެމެންވެސް ރިސޯޓަކަށް ދާއިރު ބޭނުންކުރާނީ އެތަން.
ފެނޭތަ އިބުރޭ
07 July 2022
ގަޓު ރައީސް ޔާމީނުގެ ދުރުވިސްނުން ޝުކުރިއްޔާ ރައިސް ޔާމީން
އެނގޭތަ
08 July 2022
ދުރުވިސްނޭވަރުންތާ ޓާމިނަލް ނުނަގައި ރަންވޭ ނިންމާފައިއޮތީ. އާނ. ވަކި ކަމަކަށް ވަރަށްބޮޑަށް ދުރުވިސްނޭ. ބޮޑެތި ކޮމިޝަންތައް ހިމެނޭ ކަހަލަ ޕްރޮޖެކްޓްތައް ވަރަށް ބާރަށް ގެންގޮސްފައިވަނީ.
ޣަނީ
07 July 2022
ޝުކުރިއްޔާ ރައީސް ޔާމީން. މިސަރުކާރައް މިހާތަނަށް ތި ރިބަންކަނޑަނީ ރައީސް ޔާމީންގެ ޕްރޮޖެކްޓުތައް. ދެން އަތްޖަހާ.
ގުދުގުދާބެއްޔާ
07 July 2022
މިއީ އަބަދުވެސް ދިވެހިން ދައްކާ ދިވެހިންގެ ކަށީގައި ހިފާފައިވާ އާދައެއް! މައުމޫނު ދައުރުނިމި ރައީސް ނަސީދުގައި ނަސީދު ކަމެއްކުރާއިރަށް "ތިޔައީ މައުމޫނު މާކުރިން ކުރަން ނިންމާފައިވާ ކަމެކޭ ބުނޭ" މިހާރު މިފަދަ ތަޢުލީމީ ޒަމާނުގައި ތިޔަފަދަ ވާހަކައެއް ނުހިގާނެ! ވެއްޓޭނީ މީހާގެ އަގު،
ޙަމަތެދެއް
07 July 2022
މިތަން ހުޅުވާއިރު ހިތައްއަރާނެ މިޔާމީނަކީ ވަރުގަދަ ގޮލައެކޭ ، ހާދަފައްކަލޭ މިތަންވެސް ހަދާފައި ހުރިގޮތް !!!!
މިވެސްތެދެއް
08 July 2022
އޭނަ ވަރުގަދައީ ވަކިކަމަކަށް. ދަމައިގަނެވެން އޮތްއެއްޗެއް ޖެހުނުގޮތަކަށް ދަމައިގަތުން. ދެންކުރަންޖެހުނު ހުރިހާކަމެއް ކުރަންޖެހުނީ މިހާރު ތިބިބަޔަކަށް.
ރަނާ
07 July 2022
ރަށްރަޑުގަ މަގުތަކުގަ ތާރު އަޅާ ފެނުގެ ނިޒާމް ހަމަޖައްސައި ދެނީނު އިބޫ ސާލިހު އޭރުން ރައްޔިތުންގެ ރުހުން ލިބޭނީ އެމީހުންގެ ރުހުން ލިބުނީމަ އެއްނު ވޯޓްލިބޭނީ
ކޮތަރޭ
07 July 2022
ކޮބާ މިފަހަރު ޑިޒައިން ބަދަލުކޮށްފައި މުޅިން އާ ޕްރެޖެކްޓެއްގެ ގޮތަށް ތަ ހުޅުވީ. ޔާމީނުގެ ޑިޒައިން ކަޑަވެގެން
ޙޖޖހގ
07 July 2022
ރައީސް ޔާމީން ދިވެހިންނަށް ހޯއްދަވައިދެއްވަނީ 7 ސްޓަރ ފެންވަރުގެ ސަރިސްއާ ތަކެތި ދޯ.