އިރުފުށި ރިސޯޓް: އެ ރިސޯޓްގެ މައްސަލާގައި 28 މިލިއަން ޑޮލަރު ދޭން ސަންގެ މައްޗަށް ކުރި އަމުރު ވަނީ ބާތިލްކޮށްފައި -- ފޮޓޯ: އިރުފުށި
07 ޖުލައި 2022 - 14:41
އާބިޓްރޭޝަންގެ ނިންމުމަކާ ގުޅިގެން ސަން ޓްރެވަލްސް ކުންފުނިން ހިލްޓަން އިންޓަނޭޝަނަލަށް 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު (430 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ކުންފުނިން ހިންގާ އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާއި ސަން ޓްރެވަލްސްއާ ދެމެދު ހެދި އެއްބަސްވުން ސަން ކުންފުނިން ބާތިލްކުރި މައްސަލާގައި ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ 24 މިލިއަން ޑޮލަރުގެ ބަދަލެއް ހިލްޓަނަށް ދޭން ސަން ކުންފުނީގެ މައްޗަށް އަމުރުކޮށްފަ އެވެ.
އެ ފައިސާ ނުދައްކާތީ ޖޫރިމަނާ އެކު، 29 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ ނިޔަލަށް އެރިއިރު، އޭގެ ތެރެއިން އެއް މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ސަން ކުންފުނިން އޮތީ ކޯޓަށް ދައްކައިފަ އެވެ. ބާކީ ފައިސާ އޮތް 28 މިލިއަން ޑޮލަރު އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އަމުރުކުރި އެވެ.
އެ އަމުރު ސަން ކުންފުނިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އާބިޓްރޭޝަންގެ ނިންމުމެއް ރާއްޖޭގައި ތަންފީޒު ކުރުމުގެ ކުރިން އެ ނިންމުމެއް ބަލައިގަތުމާ މެދު ކޯޓުތަކުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެވޯޑް ބަލައިގަތުމުގެ އަމުރެއް ނެތިީސް އެވޯޑް ތަންފީޒު ކުރުމުގެ މަރުހަލާ ކޯޓުތަކަށް ނުފެށޭނެ ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އާބިޓްރޭޝަންގެ ނިންމުން ކޯޓުތަކުން ބަލައިގަތުމުގެ މައްސަލާގައި ހައި ކޯޓުގެ ކުރީގެ ދެ ހުކުމެއް ދެގޮތަށް އޮތަސް، ސަން ކުންފުނީގެ މައްޗަށް އަމުރު ނެރުނުއިރު އޮތީ އާބިޓްރޭޝަންގެ ނިންމުން ކޯޓުތަކުން ބަލައިގަތުމާ މެދު ގޮތެއް ނިންމަންޖެހޭ ގޮތަށް ކަމަށެވެ.
އެކަމަކު ސަން ކުންފުނީގެ މައްޗަށް އަމުރު ނެރުނީ އާބިޓްރޭޝަންގެ ނިންމުން ބަލައިގަތްކަމުގެ އަމުރެއް ހޯދުމެއް ނެތި ކަމަށްވާތީ ފައިސާ ދައްކަން ނެރުނު އަމުރު ބާތިލްކުރީ ކަމަށް ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަަދު ނިޔާޒް ލިޔުއްވާފައިވާ ގޮތުން ސަން ކުންފުނީގެ މައްސަލާގައި ކުރިން ހައި ކޯޓުން ކުރި ހުކުމެއްގައި އާބިޓްރޭޝަންގެ ނިންމުން ކޯޓުން ބަލައިގެންފައިވާ ކަމަށް ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެކަމާ މެދު އިތުރަށް ވާހަކަ ދައްކަން ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި އަދި މި މައްސަލާގައި އިތުރަށް އެ ވާހަކަ ދައްކަން ފުރުސަތު ދިނުމަކީ ކޯޓުތަކުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފަން ދިން ފުރުސަތެއް ކަމަށް ވެސް ފަނޑިޔާރު ނިޔާޒް ލިޔުއްވާފައިވެ އެވެ.
އެއްބަސްވުން ބާތިލްކުރި މައްސަލަ އާބިޓްރޭޝަނުން ނިމިފައި ވަނިކޮށް ސަން ކުންފުންޏަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން 2017 ވަނަ އަހަރު ހުކުމެއް ކުރި އެވެ. އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ހައި ކޯޓުގެ ހުކުމަށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ތާއީދުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުތާން
07 July 2022
ބަރަބޯ، ވަނދު ބަރަބޯ!
ާއުދުހޭ
07 July 2022
މިގޮތަށް ސިޔާމު ހެޔޮވެރިކަން ކޮށްދޭންތަ ވެރިކަން ހޯދަން މިއުޅެނީ؟ އާދައިގެ މީހެއްގެ މައްސަލައެއްނަމަ ބަލާ ނިމެންދެން އެމީހާ އިންނާނީ ޖަލުގަ.
ކުމާރި
07 July 2022
މިފެންވަރުގެ މީހުން ވެރިކަމަށް ނާދެވިގެން މިއުޅެނީ،،،،، މީނައަށް ވެރިކަން ދީފިނަމަ ދައުލަތުން އަބަދުވެސް ކޮންމެވެސް އާބިޓްރޭޝަންއެއް ނޫނީ ކޮންމެވެސް ކޯޓެއްގަ އުޅެންޖެހޭނީ..
އޮނަރަބްލް އަފީފު ދީދީ
07 July 2022
މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަަދު ނިޔާޒްގެ ނިންމުން ވަރަށް ރަނގަޅު ކަމުގައި ދެކެން. # އިސްލާމީ ޝަރީއާ އާއި މިޒަމާނުގެ ޤާނޫނީ ނިންމުންތަކަށް ބަލާއިރުވެސް "ލަސް ކުރުމެއްނެތި" މައްސަލަ ދިގުދަންމަން ފުރުސަތުނުދީ ދެޙަސްމުންގެ މަސްލަޙަތު ރައްކާކޮށްދިނުމަށް ފަނޑިޔާރުގެއިން ފަނޑިޔާރުން އިސްކަން ދޭންޖެހޭނެ. # ކޯޓްގައި ހިގަހިގާއޮތް މައްސަލައެއް މަތީކޯޓްގެ ނިންމުމެއްގެ ސަބަބުން ކޯޓްގެދޮރުން ބޭރަށް ނަގާ އެއްލާލެވޭނެ ކަމަކަށް ޤަބޫލު ނުކުރަން.
ކުޗީ
07 July 2022
ހިލްޓަން އަށް ތިލާރި ލިބޭނީ އާޙިރަތް ދުވަހުން. އާބިޓްރޭޝަން އެއްގެ ބޭނުމެއް ނެތެއްނު. ސިޔާމު މެން ކަހަލަ މީހުންނާއި މިހިރަ ކޯޓު ތާކާއި ހެދި އިންވެސްޓަރުންގެ އިތުބާރު ގެއްލެނީ. ދެން ސްޕްރީމް ކޯޓުން ގޮތެއް ވޭތޯ ބަލާ ...
ޅޮލް
08 July 2022
އާބިޓްރޭޝަނުން ނިންމާ ނިންމުންތަކުގެ އަމުރާއި ކުރުމުގެ ބާރެއް ރާއްޖެއަށް ލިބިގެނެއްނުވޭ. .
ގަސްވައްޓާ
07 July 2022
ސިޔާމު ވެރިކަމައް ގެނަސްގެން އަހަރެމެން ވާނީ ހޭބުއްދި ސަލާމަތުން ހުރި މޮޔައިންނައް
ޖުހާނާ
07 July 2022
ކެނެރީގޭ ނަޝީދާއި އިބޫ ޞާލިޙު ވެރިކަމަށް ގެނައި ބަޔަކުވެސް އެއީ މޮޔައިން. ެެެ
ކުޅިބަލާ
07 July 2022
މިއޮތީވާ ކުޅިވަރެއް! ތިއެއްބަސްވުމަކީ ދެފަރާތުން ވެފައިވާ ބައިނަލްއަޤްވާމީ މިންގަނޑަށް ފެތިފައިވާ އެއްބަސްވުމެއް. އެއްވެސް މައްސަލައެއްޖެހިއްޖެނަމަ އެއްބަސްވެފައިވާ އާބިޓްރޭޝަންކޯޓުން ނިންމިގޮތެއް ދެފަރާތުން ޤަބޫލުކުރީމަނިމުނީ. އެއީ އެއްބަސްވެފައޮތްގޮތް. ޤަބޫލުކުރެވޭގޮތުގައި ރާއްޖޭގެ ކޯޓުތަކުން ތިމައްސަލަ ބަލައިގަންނާކަށްވެސް ނުޖެހޭނެ. ރާއްޖޭގައި ކޯޓުތަކެއްހުއްޓައި އެހެންތަނެއްގެ ކޯޓަށްގޮސް މައްސަލަނިންމަން އެއްބަސްވާވީ ސަބަބެއް އެބައޮތްބާ؟
ށިޔާމު
07 July 2022
މީގަ މައްސަލައަކީ ރިހާކުރު ފުޅި ވަގައް ނެގި މީހާއަށް މިގޮތައް ސަލާމަތް ނުވިކަން