ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ އަލަމްގީރް.
12 ޖުލައި 2022 - 20:10
ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިން އަދި އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރާ ބަންގްލަދޭޝްގެ އަލަމްގީރް މިއަދު ހައްޔަރު ކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މާފަންނުގައި އޭނާ ދިރިއުޅޭ ގެސްޓް ހައުސްގައި އުޅެނިކޮށް އަލަމްގީރް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މެންދުރުފަހު އެވެ.
އެނގިފައިވާ ގޮތުގައި އޭނާ މިހާރު ވަނީ ގިނަ ބަޔަކާއެކު ޖިންސީ ގުޅުން ހިންގި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސް ވެފަ އެވެ.
އަލަމްގީރް ހައްޔަރުކުރިއިރު، އޭނާ ދިވެހިންގެ ކިބައިން މާފަށް އެދޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި މީގެ ދުވަސްކޮޅެއް ކުރިން އާންމުވި އެވެ.
އެއްޖިންސުން ގުޅުން ހިންގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ލީކުކުރި މައްސަލައާ ގުޅޭގޮތުން ފުލުހުން ކުރިން ބުނީ މިދިޔަ މާޗު މަހުގެ ފަހު ހަފުތާ އިން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ ކަން ކުރި ބަޔަކު ދެނެގަނެވިފައިވާ ކަމަށް، މިިދިޔަ މަހުގެ 27 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި އަލަމްގީރް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުވެފަ އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން، ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހަމަ އެ ކޮޓަރީގައި ހުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވި އެވެ.
ވީޑިއޯތަކާ ގުޅިގެން ފުލުހުން ވަނީ އަލަމްގީރާއި ނާޒިމް އަދި ނަޝީދުގެ ވެސް ޕާސްޕޯޓު ހިފަހައްޓައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކޮށް އަދި ވީޑިއޯތައް 10 މިލިއަން ރުފިޔާ އަށް ވިއްކަން މަސައްކަތްކުރި ކަމަށް ވެ އެވެ. ނަމަވެސް އެ ވީޑިއޯތައް ފަހުން އެ އަގަށް ބަޔަކަށް ވިއްކާލި ކަމެއް ޔަގީނެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިރިގިރި
13 July 2022
ހާދަ ވަރަކަށް ތިގިރި ފޭމަސް ކޮއްލަނީ. ޓާކާ ބޭނުންވަނީމާ ހުރިހާކަމެއްވެސް އިގޭ ބޭބެ ޓާކާ ދެނީތަ
ރޯޒަސް
13 July 2022
ކާނަލް ބުނީ ވަރަށް ކިޔުޓޯ
ވަކީލު ހަލީމް
13 July 2022
މިތިބަވަކީލުންގެ ތެރެއިން މީނަގެދިފާއީ ވަކީލަކަށްދާނީ ހާދަހާވާ ނުބައިމީހެކޭ ހިތަށްއަރާ.
ވާނެވަރު
13 July 2022
ތިއީ ވާނެވަރަކީ. ކޮންމެވެސް ބަންގާޅު ސޮރަކު ކަމެއްގަ ހައްޔަރުކުރެވޭނީ. އެކި ގޮތްގޮތަށް އުދުހެމުން އެކި ކުލައިގެ ކަންކަން ކުރާ ދިވެހިން ތިބޭނީ މިނިވަންކަން މަތީ. ވީޑިއޯއިން ފެންނަނީ ތިމަންނާއެއް ނޫނޭ ބުނެ ނިންމާލާނީ.
އޮނަރަބްލް އަފީފު ދީދީ
13 July 2022
މިފަދަ ކަންކަން ދިމާވުމުން ދައުލަތުން އެންމެ އިސްކަން ދޭންވާނީ އެކަންކަން ހުއްޓުވޭނެ އަދި އެމަގު ހަނިކުރެވޭނެ ގޮތް ހޯދުމަށް. # ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ފަރާތުން މިފަދަ ހުތުރު އެތައް ކަމަކާއި ޖިންސީ ފުރައްސާރަ އާއި ސެކްސްރިންގާއި ޑްރަޤް ނެޓްވޯކް ފަދަ އެތައް ކަމެއްގައި ބައިވެރިވުން އާންމު ވަމުންދާއިރު ކީއްވެގެންތޯ ސަރުކާރުން ބަންގްލަދޭޝް ރައްޔިތުނަށް އޯޕަން ވީސާ ނޫނީ އޮންއަރައިވް ވީސާގައި ރާއްޖެ އެތެރެވުމަށް ހުއްދަ ދީފައި ވަނީ؟!
އަލަމް ނާޒިމް.
13 July 2022
އަފީފު ދީދީގެ ކޮމެންޓަކަށް ބަލަމުން ދަނިކޮށް ވަރަށް ރަނގަޅު ކޮމެންޓެއް އެނެމް ފަހުން ފެނިއްޖެ. ބަރާބަރު ވާހަކައެއް.
އަނެއްފަރާތް
13 July 2022
ބަންގްލަދޭޝް މީހުން ކޮންމެ ކަމެއްގަ ނުބައި ކުރަނީ ކީއްވެތަ؟ އެކަމުގައި އަތުގުޅައިގެން ހަމަ އެއްވަރަށް ކުށްތަކުގަ ބައިވެރިވެގެން ދެން ތިބެނީ ދިވެހިން. ބަންގްލަދޭޝް މީހުން ކުށްކުރީމަ ދިވެހިންގެ ބޮލުން އެކަން ފުހެވޭނީކީ ނޫން. އޭނަ ގުޅުން ހިންގީ ދިވެހިންނާ. އޭނަ އެކަނި ކަމެއްކޮށްލީކީ ނޫން. އެމީހުން މިގައުމަށް އެތެރެނުވިއަސް ދިވެހިންގެ އަނދިރި ފަރާތް އޮވޭ. ވީޑއޯގައެއީ ތިމަންނާއެއް ނޫނޭ ބުނެ އެހިސާބުނެ ނުނިމޭނެ. ދިވެހިން މަގުފުރައްދަނީ އެމީހުންނެއްނޫން
ހަސަންކާރި
13 July 2022
ވިސާ ދޭންޖެހެނީ އެއީ ރާއްޖޭން ސާކް ސަރަަަހައްދުގެ އެއްބަސްވުންތަކަށް ބޯލަންބަންޖެހޭތީ.
ފަޒްނާއައްތަ
13 July 2022
އިބޫ ވެރިކަމުގަ ހުރެގެން ހަމަހަމަ އިންސާފެއް މިޤަޢުމަކު ދުވަހަކުވެސް ޤާޢިމެއްނުކުރެވޭނެ. ބޮޑުންނަށް މޮޅުގޮތް އެއީ އިބޫގެ އޯގާތެރިކަމުގެ ފިލޯސަފީއަކީ
އިމްރާނު
13 July 2022
ދިވެހިސަރުކާރުން ތަންފީޒްކުރާ އަދުލުއިންސާފް ބަލާލިކޮންމެ ދިމާލަކުން މިދަނީ ފެންނަމުން ކޮބައިތޯ އަލަމްގީރުއާއި އެކު ގުޅުންހިންގިކަމުގެ ތުހުމަތު ކުރެވޭ މީހުން އެމީހުނީ ބޮޑުންނަށްވުމުން ހައްޔަރެއް ނުކުރޭ!! ސަފާރީ ރޭޕް ކޭސްގެ ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރު ނުކުރޭ!!ދީނަށް ފުރައްސާރަކުރި މީހުން ފުރުވާލި ފެންނަމުންދަނީ ބޮޑުން ކުށްކުރިޔަސް މިނިވަންކޮށް އުޅޭތަން ޕްރެޝަރެއް ކުރިމަތިވެއްޖެނަމަ ފުރުވާލަނީ
ޝެލަރީ
13 July 2022
މާރޗްމަހު ފަހުކޮޅު ބަލަންފެށިކަމެކޯ އަދިކިރިޔާ މީހާހައްޔަރުކުރީ ހުރިހާޑީލްއެއްހަދާ ދައްކާނެވާހަކަޔާ ނުދައްކާނެ ވާހަކަ ބުނެދީފާ ދެއްތޯ ހައްޔަރުކުރެއްވީ ފިހާރަތަކުން އޭބީބީ ހުރިހާބުރޭކަރެއް ހުސްކޮފަ ދެންތިއްބެވި އިއްޒަތްތެރީން ހައްޔަރުކުރެބޭނީ ދެއްތޯ؟
އިހްސާސް
13 July 2022
މިސޮރު ގަދަކަމުންތަ އަނެެއްކާ އެބޭފުޅުންނާ ބެހުނީ. އެހެންޏާ އެބޭފުޅުން ހަމަ އަރާމުގަ ގޭގަ.
ސޯލިބ
13 July 2022
މިސޮރު އެކަމާ ދެކޮޅު. އެމީހުން ގަދަކަމުން މިސޮރުލައްވާ ކުޅުވަނީ.
އިންސާފުގެމަގު
13 July 2022
ކީއްަވެތަ ނާޒިމު ހައްޔަރު ނުކުރީ