ހުޅުދޫގައި ތަރައްގީ ކުރާ ބަނދަރު ---ފޮޓޯ: އެމްޓީސީސީ
17 ޖުލައި 2022 - 11:13
ސ. ހުޅުދޫ ބަނދަރު ތަރައްގީކުރުމުގެ 90 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.
އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނިގޮތުގައި، ބަނދަރު ސަރަހައްދުގައި ޕޭވްމެންޓް ހެދުމާއި މަަގުބައްތި ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.
ބޭރު ތޮށި ހެދުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ވެސް ވަނީ އެ ރަށަށް ގެންގޮސްފަ އެވެ.
އެ މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރު ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 742 މީޓަރު ސަރަހައްދުގައި އެއްގަމު ތޮށި ލުން އަދި 624 މީޓަރު ސަރަހައްދުގައި ރިވެޓްމެންޓް ޖެހުން ވެސް ހިމެނެ އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy