ގުޅީގައި ހިންގި ބިން ހިއްކުމުގެ މަޝްރޫއުގައި އިތުރުކުރި ބިން. ފޮޓޯ: އެމްޓީސީސީ
12 ނޮވެމްބަރ 2025 - 19:51
ކ.ގުޅީގައި ސަރުކާރުން ހިންގި ބިން ހިއްކުމުގެ މަޝްރޫއުގެ މަސަައްކަތް އެމްޓީސީސީން ނިންމުުމުން އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސަައްކަތް ވެސް ސަރުކާރުން މިއަދު އެ ކުންފުންޏާ ހަވާލުކޮށްފި އެވެ،
ގުޅީ ބިންހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރަން އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިިކޮށްދެއްފީ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ގުޅީގެ ބިންހިއްކުމުގެ މަޝްރޫއު ނިމުމަކީ ވަރަށް ގިނަ ބައެއްގެ ކެކުޅުންތަކަށް ނިމުން ގެނެވި، އެރަށުގެ ގިނަ މައްސަލަތަކެއް ހައްލުވާނެ ކަމެއް ކަމަށެވެ. އެ މަޝްރޫއު ނިމުނީ ވަަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ގުޅިއަށް 10.5 ހެކްޓަރުގެ ބިން އިތުރުކުރުމުގެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަބ އޭޕްރިލްމަހު އެވެ. އެހެންވީމާ އެ މަސައްކަތަށް ހޭދަވީ ގާތްގަނޑަކަށް ހަތް މަސްދުވަހެވެ.
ރައީސް ވިދާޅުވީ ގުޅިއަށް އިތުރުކުރި ބިމުގައި އެރަށު ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކުރުމަށް ސަރުކާރުން ފުރިހަަމަ އެއްބާރުލުންދީ މަގުފަހިކޮށްދޭނެ ކަމަށެވެ.
"އެއީ ގޯތި ގެދޮރު ބިނާކުރުމަށް ޓަކައި ހައުސިން މަޝްރޫއުތައް ހިންގައިދިނުން ކަމުގައި ވިޔަސް، އަދި އިޖުތިމާއީ އުމްރާނީ ތަރައްގީއަށް ބޭނުންވާ ކަންކަމަށް އިސްކަންދީގެން މަސައްކަތްތައް ކުރުން ކަމުގައި ވިޔަސް ސަރުކާރު އޮންނާނީ ތިޔަ ލޮބުވެތި ރައްޔިތުންނާ އެކު ، ދާން ބޭނުންވާ މިސްރާބަށް ދިއުމުގައި ފުރިހަމަ އެއްބާރުލުން ދީގެން،" ރައީސް ވިދާޅުވި އެވެ.
ގުޅީގައި ހިންގި ބިން ހިއްކުމުގެ މަޝްރޫއުގައި އިތުރުކުރި ބިން. ފޮޓޯ: އެމްޓީސީސީ
ގުޅީ ބިންހިއްކައި ނިމުން ފާހަގަކުރަން ބޭއްވި އެ ރަސްމިއްޔާތުގައި އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުުގައި ސޮއިކުރުން ވެސް އޮތެވެ. އެ އެއްބަސްވުުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ގުޅީ ބިންހިއްކުމުގެ މަޝްރޫއު ގައި އެރަށަށް 10.15 ހެކްޓަރުގެ ބިމެއް އިތުރުކުރި އެވެ. ބިން ހިއްކުމުގެ އިތުރުން އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން އެ ރަށުގައި ހިންގި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން، 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓާއި 88 މީޓަރުގެ ގްރޮއިންސް ޖެހި އެވެ.
އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 89 މިލިއަން ރުފިޔާ އަށެވެ.
ކ. ގުޅި އަކީ 814 ގެ އާބާދީއެއް އޮންނަ ރަށެކެވެ. އަދި އެ ރަށަކީ 15 ގެސްޓުހައުސްއާ އެކު ލޯކަލް ޓޫރިޒަމްގެ މަސައްކަތް ވެސް ކުރާ ރަށެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބޫ
13 November 2025
މި ހާރު ތިއޮތީ ގުޅި ބޮޑު ރުނބަޔަކަށް ވެފައެއްނު
ހުސޭނޫ
13 November 2025
ގުޅީ އެންެމަނަށް ގޯތިދީފަ ދިރިއުޅެންރަށަށް ފޮނުވާލަންވީނު
ފަތިހާ
13 November 2025
ގުޅިން ގޯއްޗެއް ލިބިދާނެތޯ؟ އަޅުގަނޑު ބޭނުން ގުޅިން ގޯއްޗެއް ހޯދަން. ގުޅީ ކައުންސިލުން ގޯތި ދޫކުރަން އިއުލާން ކުރާއިރު ރަށުން ބޭރު މީހުންނަށް ކުރިމަތި ލެވޭގޮތަށް ހަދައިދެއްޗޭ.
އޮނަރަބްލްް އަފީފު ދީދީ
13 November 2025
ތިޔަ ބިންހިއްކީ ދިވެހި އެންމެންގެ ލާރިން، ރާއްޖެ ކޮންމެ ކޫދަކަށްވެސް ތިޔަ ރަށުން ބިން ހައްގުވާނެ. ރޭސިސްޓް ގަބީލާވެ ހަމައެކަނި ގުޅިމީހުން އަށް ތިޔަ ބިމުން ހިލޭގޯތި ލިބިއްޖެޔާމުން ވަރަށް ބޭއިންސާފުކޮށް ކޮށްފަ އޮތް ކަމެއްތީ
55555
13 November 2025
އޮނަރަބްލް އަށް ރަސްމާލޭން ލިބިވަޑައިގަންނަވާނެ. ތަރިކައިން ލިބޭ ތަންކޮޅު ލާޖައްސާފަ ރަސްމާލޭން ނެގޭނެ އިނގޭތޯ! ގުޅޭ ކުދިންނަށް ގުޅި ދޫކޮށްލައްވާ. މާލޭންވެސް ގަބީލާ ވެރިކަމުގަ އެބޭޅުން ބިންތަން ނެގިއިރުވެސް ކޯޓަށްވެސް ނުގޮސް ހުންނެވީ ނޫންތޯ؟ މާލޭގެ ބިމު %1 ޕަސެންޓް އަގުވެސް ގުޅީ ބިމުގަ ނުހުންނާނެ.
އޮނަރަބްލް ގުޅިބެ
13 November 2025
ގުޅި މި ބަދަލުކޮށްލީ ދޮލަނގަކަށް . ކ އަތޮޅު ދޮލަގު
ރަންނަ
13 November 2025
ފުށިދިއްގަރު ފަޅާ އެންމެ 250 މީޓަރު ކަނޑުއޮޅިއަކުން ވަކިވާ ރަށަކަށް ތިވަރަށް ބޭކާރު ހަރަދު ކުރާކަށް ނުޖެހޭ ބިން ހިއްކާކަށް. އެދޭތެރޭގަ ރަނގަޅު ފެރީ ނިޒާމެއް ނުވަތަ ކޯޒްވޭ އެއް އެޅީމަ ދާއިމީ ހައްލު ލިބޭނެ. ބިއްލީރި ޓަނަލްވެސް ގުޅާލަން މާ ފަސޭހަ ވާނެތާ
ފފފފ
13 November 2025
ކަލޭމެން ކައިރީ ނާހާ ކުރާ ކޮންމެ ކަމަކީ ބޭކާރު ކަމެއްތަ؟ ބަލަ ގުޅީގެ ރައްޔިތުން ދިރިއުޅެން އެރަށުގެ ރައްޔިތުން އެދުނު ކަމެކޭ އެއީ. އަމިއްލަ އެދުން އިންތިހާއަށް ދިޔައަސް ތިއީ ދެން ފުކެއް ބޮޑުވަރު. މީހަކަށް ހަމަހިލާ އެވެއް އެދިގެން ނުވާނެ.
ހުތްއާދަނު
12 November 2025
މިތަނުންވެސް މާލޭ މީހުންނަށް ބިން ލިބޭތަ
މޯލްޑިވްސް 2.0-
13 November 2025
ރާއްޖޭގެ ހުރިހާ ރަށަކުން މާލޭ މީހުންނަށް ބިން ލިބޭނެ. ރާއްޖޭގެ ހުރިހާ ރަށަކާއި ފަޅުތަކެއް އެއީ މުޤައްދަސް މާލޭ މީހުންގެ ތަރިކަމުދާ.
ގުޅީ
13 November 2025
ގުޅީގެ ފަޅުން ހިއްކާފަ ހެދިތަނެއް. ގުޅީގަ ދިރިއުޅޭ މީހުނަށް ލިބެންވާނެ، ގަންނަގޮތަށް. މާލޭގެ ފަޅޫ ހިއްކާފަ ގޯތި ދިންޒަމާނުގަ އެކަކުވެސް އެކަމާ ދެކޮޅުނަހަދާ. ހުޅުމާލެއަކީ މާލެއެއް ނޫން. ހަމަ ހުޅުމާލެއިންވެސް ގޯތި ގަނެވޭނެ. ހިލޭ ދިނީމަ ގޯސްވަނީ. ގޯތި ދިނުން ހުއްޓާލަން ޖެހޭ މިހާރު.
1206
13 November 2025
ހުރިހާ ރަށަކުން ބިން ލިބެންވީ މާލެ މީހުންނަށް ތަ؟ މާލޭ މީހުން ނޫން ބަޔަކު މި އުޑުހިޔާވަހި ދަށަކު ނެތީ ތަ؟ މި ދެން ކިހައި ބޮޑު ދުއްޕާނެއް. ރަސްކަން އުވުނު ފަހުން ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވިޔަސް ރަސްމަތިފުށުގެ ގޮތް މާލެއިން ނުކެނޑޭ. ހަމަ ހިލާ ކައިވަތެއް ވެސް މާލެ މީހުންނަށް ނުދޭތި.
ގްރޭޓް ޕީޕަލް
13 November 2025
އާނ. ކީއްވެތަ ނުލިބެންވީ؟ އެއީވެސް ގްރޭޓަރ މާލޭގެ ބައެކޯ. އެހެންވީމަ މާލޭރައްޔިތުންނަށް ދީފަ ބާކީ އޮތިއްޔާ ގުޅީ މީހުންނަށްވެސް ލިބޭނީ.
ޏެލީ
12 November 2025
ތިރަށަށް އެއްފަހަރަކު ދިޔައިން. މުޅި ރައް ހީވަނީ ގޮނޑެއްހެން. ކުޑަކުޑަ ރަށެއް ތާހިރުކޮށް ނުބޭއްވިގެން އުޅެނިކޮށް މިހާރު ބޮޑުކުރީމާ އަދި މާކުނިކަހަން އުނދަގޫވާނެ ދޯ މިރަށުގައުޅޭ މީހުންނަށް. ކުނިއަޅަން ހިއްކިތަނެއް ތޯއްޗެއް
ނަލަރީތި
12 November 2025
ތެދެއް ތިޔަ ބުނީ. މީހުންގެ ހުރި ސިފަޔެއް ރަށުންވެސް ފެންނާނީ.
ޖެލީ 1.1
13 November 2025
މާލޭގައިހެން ސަރުކާރުން މުސާރަދީފައި ސާފުކުރަން ބަޔަކު ލީމައި ސާފުވާނެ.
ބސވަވ
12 November 2025
ގުޅި ދެންވާނީ ރުނބަޔަކަށްތަ؟
ޔޫނުސް22
12 November 2025
ދެން މާދަމާ މީހަކައް 2000 އަކަފޫޓުން ތިޔަބިންތައް ހިލޭބަހާލާ. އަނެއްދުވަހު 2000 އަކަފޫޓުގެ ބިމެއް 4 5 މިލިއަނައް ވިއްކަން އައި.ބޭ. ގަ ޖަހާލާނެ. ދައުލަތުން 89މިލިއަނައް ހިއްކާފަ އޮތް މިބިން ވިއްކާލިއަސް އެއީ އެއްވެސް މައްސަލައެއްނޫން. މައްސަލަ އަކައްވަނީ މާލެއައް އުފަންމީހާއައް 1200އަކަފޫޓް ދިނީމަ. އަމިއްލަ ރައްޔިތުމީހުންނާ ދޭތެރޭ ތަފާތުކުރުން ގެންގުޅޭ ޤައުމެއް މިނޫނިއްޔާ އޮވޭބާ!
ޔޫނުސް 2.2
13 November 2025
އެބަލަ މިހެރަ ޔޫނުސް. މާލޭ މީހުންނަށް ފްލެޓް އަދި ގޯތިދެނީ ސަރުކާރުން މާލޭ މީހުންނަށް ކަނޑައަޅާ މިންގަޑަކަށް ޕޮއިންޓް ޕޮއިންޓް ލިބުނީމައި. ދިރިއުޅުމުގެ ހާލަތު ބަލާ ވަންޒަންކޮށްފައި. މަނާއަކީ މާލެއިން ފްލެޓް އަދި ގޯތި ލިބުނު މީހުންނަކީ ކުރިން ދިރިއުޅެން އެކަށީގެންނުވާވަރުގެ ތަންތަން ކޮޅުގައި އުޅުނު މީހުންނޭ. އެމީހުންނަށް ފްލެޓް އަދި ގޯތިދިނީމައި އެތަންތަން ކުށްޔަށް ދިނުން ނުވަތަ ވިއްކާލީމައި އަނެއްކާވެސް ޖެހެނީ ހަމަ ކުރިން އުޅުނު ހާލެއް ނޫންތަ؟