ފުލިދޫގެ ރައްޔިތުން ބުނީ، އެ ރަށުގައި ބަނދަރެއް ހަދައި ދިނުމަށް ކޮންމެ ސަރުކާރެއްގައި އެދެމުން އައި ކަމަށް.
ފުލިދޫ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ސަރުކާރުގެ ބައެއް އިސްވެރިން މިއަދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އެމްޓީސީސީ
19 ސެޕްޓެމްބަރ 2025 - 17:27
ވ. ފުލިދޫގެ ގުދުރަތީ ރީތި ގޮނޑުދޮށް ހަލާކު ނުވެ، ރައްޔިތުން ބޭނުންވި ގޮތަށް ބަނދަރުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު އަތޮޅެއްގެ 31 ރަށަށް މިއަދު މެންދުރު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުލިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ ފުލިދޫ ބަނދަރުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. އެ މަސައްކަތް ހަވާލުކުރި ކުންފުނި އެމްޓީސީސިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވެސް މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ފުލިދޫ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މިއަދު ހަވީރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ލޯކަލް ޓޫރިޒަމަށް މަޝްހޫރު ފުލިދޫގައި ބަނދަރުގެ ބަދަލުގައި މިހާރު ބޭނުންކުރަމުން އަންނަނީ ޖެޓީ އެކެވެ. ޖެޓީ ހަދާފައިވާ ސަރަހައްދުގައި ރީތި މޫދަކާއި ހުދު ދޮންވެލި ގަނޑެއް އޮވެ އެވެ. އެއީ ގިނަ އަދަދެއްގެ މޫދުގެ ދިރުންތައް ވެސް ޖަމާވާ ސަރަހައްދެކެވެ.
ވ. ފުލިދޫ ފަޅުގައި ލޯންޗުތައް އަޅާފައި.-- ފޮޓޯ: މިހާރު
އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި ގިނަ މީހުން ބުނީ ބަނދަރެއް ނެތް ކަމުގެ އުނދަގޫ ކުރިމަތިލާން ވަރަށް ބޮޑަށް ޖެހޭ ކަމަށެވެ. މިއަދު ފެށި ބަނދަރު ހެދުމުގެ މަސައްކަތަކީ އެ ރަށުގެ ހުރިހާ ރައްޔިތުންގެ ވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށް ވެސް އެ މީހުން ބުންޏެވެ.
"މި ރަށުގެ ގުދުރަތީ ރީތިކަން ހަލާކު ނުކޮށް، ބަނދަރެއް ރައްޔިތުން ބޭނުންވަނީ. އެންމެ ކުރިއްސުރެ، މައުމޫނު އިރުގެ ކުރިން ފެށިގެން މި ރަށު މީހުން ކޮންމެ ސަރުކާރެއްގަ އެދޭ ބަދަރެއް ހަދައިދިނުމަށް. އެކަމަކު އެއްވެސް ސަރުކާރަކުން އެ ކަމެއް ނުކޮށްދިން،" ފުލިދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"މިއީ ރައްޔިތުން ވަރަށް ގިނަ ދުވަސް ވަންދެން ދުށް ހުވަފެނެއް، މިއަދު ހަގީގަތަކަށް ވެގެން މި ދިޔައީ."
ރައީސް މުއިއްޒު މިއަދު ފުލިދު އަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ފުލިދޫގެ އާ ބަނދަރާ އެކު، އެ ރަށަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ރަށަށް ލިބޭ އާމްދަނީ ވެސް އިތުރުވާނެ ކަމަށް ރައްޔިތުން ގަބޫލުކުރެ އެވެ.
- މަސައްކަތަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުން.
- މަސައްކަތުގެ އަގަކީ 63.4 މިލިއަން ރުފިޔާ
- ކޮންޓްރެކްޓުގެ މުއްދަތަކީ 465 ދުވަސް.
- ބަނދަރު ފުންކޮށް 334 މީޓަރުގެ ކީވޯލްއެއް ލާނެ. އަދި 351 މީޓަރުގެ ބޭރުތޮށި ހަދާނެ. މީގެ އިތުރުން 593 މީޓަރުގެ ރިވެޓްމަންޓު ޖަހާނެ.
- ބަނދަރުގެ ޕޭވްމަންޓާއި ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި މަގު ބައްތި އާއި ނެރުބައްތި ޖަހާނެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދުރުމި
20 September 2025
500 މީހުން ގާތްގަޑަކަށް 100 އެއްހާ އާއިލާ 63000000 ރުފިޔާ ހަމަ އެކަނި ބަނދަރަށް އަދި ދެން ބަނދަރު ބެލެހެއްޓޖމުގެ ހަރަދު ކޮންމެ އހަރަކު ބަޖެޓުްން. މި ގައުމަށް އެއްފަސް ކުރަން ކެރޭނެ ވެރިއެއް ބޭނުންވޭ. 200 ރަށް ތަރައްގީ ކުރެވުން އެއީ ވާނެ ކަމެއް ނޫން. ތި ބަނދަރު ހަދާ ލާރި ކޮންމެ އާއިލާ އަކަށް 630000 ރުފިޔާ ދީފައި ބިން ބޮޑު ރަށަކަށް ބަދަލު ކުަރަންވީ. ނޫނީ ވ އަތޮޅުން ބޮޑު ފަޅެއް ހިއްކާފަ ވ އެއްކޮން ބަދަލު ކުރަންވީ
އިސް
20 September 2025
ބަދަރު ހަދަން ޖެހޭތަ ތިރަށުގަ، ގުދުރަތީ ރީތި ބަދަރެއްނު އެއޮތީ. އަރައި ފައިބާން 2 ފާލަން ހަދާލީމަ ބަރާ ބަރު ވާނެ.
ޢެޑްމުންޑޯ
20 September 2025
ތިއުފާވެރިކަން އޮންނާނީ ދެތިން ދުވަހު ، ދެން ތިހައިމާކު ފެންނާނީ ރައީސް ފަހަތްޕުޅުން މ. ޢަތޮޅަށް ދާތަން
ސަލްމާ / ފޭދޫ
19 September 2025
ސޮއިކޮށްލާ ފަހުން ދެން ތިއިން މަޝްރޫއެއް ކުރިއަށް ދާތަނެއް ނުފެނޭ. މިދިޔަ އަހަރު އައްޑޫ ލިންކް ރޯޑު އަލުން ހަދަން ވެސް އާރްޑީސީ އާއި ހަވާލުކޮށް ސޮއިކޮށް ފޮޓޯ ނެގި. އަދި އެއްވެސް އަމަލީ މަސައްކަތެއްް ކުރިއަކަށް ނުދޭ.
ކޮއްކޯ
19 September 2025
އެންމެ މަތީ ފޮޓޯ އިން އެފެންނަ ބޮޑުހިލަ ވެސް ޖެއްސީ މިއަދުތޯ؟
އޯނޯ
19 September 2025
ފުލުދޫގެ ޔުނިކުކަން ގެއްލުނީ
ާތަކުރު
19 September 2025
ފުލިދޫގެ ބިން ހިއްކާފަ ފުލިދޫ ރައްޔިތުންނަށް ގޯތިވެސް ބޭނުންވޭ
ޢަހްމަދދު
19 September 2025
ޙަމަ އެންމެ 500 މީހުންނަށް ކުރާކަންތައް ، ތިޔަށްވުރެ މާރަނގަޅުވީސް ތި އެންމެން އެހެން ރަށަކަށް ބަދަލުކޮށްފަ ތި ފައިސާއިން ގެދޮރު ހަދައި ދިން ނަމަވެސް.