ރައީސް މުއިއްޒު މިއަދު ހެނދުނު ހިތާދު އަށް ވަޑައިގެން އެ ރަށު ކައުންސިލާ ބައްދަލުކުރައްވައި އެ ބޭފުޅުން ބޭނުންވާ ކަންތައްތަކުގެ ނޯޓު ނަންގަވަނީ.--- ފޮޓޯ: ރައީސް އޮފީސް
13 އޯގަސްޓް 2025 - 11:37
ބ. ހިތާދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތާދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ހިތާދޫ ކައުންސިލް ރައީސް އަބްދުލް އަޒީޒް މުހައްމަދު ވަނީ ބިން ހިއްކުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައިދީ، އެ ސަރަހައްދުން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަދައި ދިނުމަށް ސަރުކާރުގައި އެދިފަ އެވެ.
ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ މިއަދު ހަވާލުކުރި އެވެ.
އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
ހިތާދޫ ބިން ހިއްކުން އެމްޓީސީސީއާ މިއަދު ހަވާލުކުރިއިރު، ކެންދޫގައި އާ ބަނދަރެއް ހެދުމާ އެކު، އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް ރައީސް މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ. އަދި އެ އަތޮޅު ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ހަވާލުކުރީ އެމްޓީސީސީއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްފަސް
13 August 2025
ކޮންމެ ރަށެއްގައި ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްދިނުމަށް ސިޔާސީ މީހުން ވާ ވައުދުތަކަކީ ރައްޔިތުންގެ ޖަޒުބާތާ ކުޅެގެން، ވޯޓްހޯދައި، ސިޔާސީ ބާރު ދަމަހައްޓަން ޖައްސާ ސްކޭމެއް. ހަގީގަތަކީ މެޖޯރިޓީ ދިިވެހިން މިއަދު ބޭނުންވަނީ ހަމަ "ހުޅުމާލެ" އެއްގައި އުޅެންް. ކުދިކުދި ރަށްރަށުގައި ހިންގާ ދެމެހެއްޓުންތެރިކަމެއް ނެތް ޕްރޮޖެކްޓްތަކުގެ ބަދަލުގައި އެ ފައިސާއިން ރަށު އެންމެންނަށް މާލެ ސަރަހައްދުގައި ފްލެޓް އެޅޭނެ. ހުރިހާގޮތަކުންވެސް މިގޮތް މާ ރަނގަޅު.
ކީކޭޗަކިޔަނީ
13 August 2025
ދެން ރަށްތައް ފަޅު ކުރަންވީ؟؟