ކުޅިވަރު / ދެވަނަ ޑިވިޝަން ފުޓްބޯޅަ

އަރާޝް އާއި ޝަފްލޭގެ ދެ ލަނޑުން ޓެންޓް މޮޅުވެއްޖެ

މުބާރާތުގެ ފުރަތަމަ މެޗުގައި ޓެންޓް ސްޕޯޓްސް ގެ ފުރަތަމަ 11.-- ފޮޓޯ: ޓެންޓް ސްޕޯޓްސް

މުހައްމަދު އަރާޝް އައްސަދާއި އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ގެ ލަނޑުން ދިވެހި ސިފައިންގެ ކުލަބް ބަލިކޮށް، އެފްއޭއެމް ދެވަނަ ޑިވިޝަނުގައި މިއަހަރު ވާދަކުރާ ޓެންޓް ސްޕޯޓްސް ކުލަބް ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފި އެވެ.

ގިނަ އަހަރުތަކެއް ވަންދެން ތިންވަނަ ޑިވިޝަން ކުޅުމަށް ފަހު، ދެވަނަ ޑިވިޝަންގައި އަލަށް ވާދަކުރާ ޓެންޓް ސްޕޯޓްސް ކްލަބް ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެޓީމު ވަނީ ކްލަބް ޕީކޭ ބަލި ކޮށްފަ އެވެ.

އިއްޔެ ހަވީރު ކުޅެން އޮތް މެޗު މޫސުން ގޯސް ވުމުގެ ސަބަބުން މިއަދަށް ފަސްކޮށް، ޓާފް ދަނޑުގައި ހަވީރު ކުޅުނު މެޗުގައި ޓެންޓް ސްޕޯޓްސްގެ ފުރަތަމަ ލަނޑު 40 ވަނަ މިނިޓުގައި ޖަހައިދިނީ އަރާޝް އެވެ. ފުރަތަމަ ޑިވިޝަނުގެ ޓީސީ ސްޕޯޓްސް ކުލަބުން ކުޅެން ފަށައި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ކުޅުނު އަރާޝް ވަނީ ފުރަތަމަ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. އަދި ދެވަނަ ލަނޑު ޖެހިގެން އައި މިނިޓުގައި ޖަހައިދިނީ، ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބްތަކަކަށް ކުޅުނު ފޯވާޑް ޝަފްލޭ އެވެ.

ދިވެހި ސިފައިންގެ ކުލަބްގެ ފުރަތަމަ މެޗުން އެޓީމު ވަނީ އޮޓަމެޓިކް ފައިދާ ދެ ގޯލާ އެކު ތިން ޕޮއިންޓް ނަގައިފަ އެވެ. އެއީ އިދިކޮޅުން ނުކުންނަން އޮތް ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބްގެ އޮފިޝަލުން ދަނޑަށް ހާޒިރު ނުވުމުގެ ސަބަބުންނެވެ.

އާމިރުގެ ދެވަނަ ހެޓްރިކުން ބިސްބުރަށް ފުރަތަމަ މޮޅު

ކެޕިޓަލް ސިޓީގެ ދެވަނަ މެޗުގައި އެޓީމު ވަނީ ހަވީރު ގަލޮޅު ދަނޑުގައި ބިސްބުރު ސްޕޯޓްސް ކުލަބް އަތުން 4-1 އިން ބަލިވެފަ އެވެ. މި މެޗުގައި ބިސްބުރު ސްޕޯޓްސްގެ އިރާން ފޯވާޑް އާމިރު މެމާރީ މެންސާ ވަނީ ހެޓްރިކް ހަދައިފަ އެވެ.

ބިސްބުރު ސްޕޯޓްސް މިއަދުގެ މެޗަށް ނެރުނު ފުރަތަމަ 11.-- ފޮޓޯ: ބިސްބުރު ސްޕޯޓްސް

އާމިރު ވަނީ ބިސްބުރު ކުޅުނު ފުރަތަމަ މެޗުގައި ވެސް ހެޓްރިކް ހަދައިފަ އެވެ. ނަމަވެސް ފަހަތުން އަރައި އެ މެޗް ކާމިޔާބު ކުރީ އިދިކޮޅުން ނުކުތް ޖޭޖޭ ސްޕޯޓްސް ކުލަބެވެ. ބިސްބުރު ސްޕޯޓްސްގެ ދެވަނަ މެޗު އެޓީމު ކާމިޔާބުކުރީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބާ ވާދަކޮށް 4-1 އިންނެވެ.

މެޗުގެ ތިންވަނަ މިނިޓުގައި އާމިރު ވަނީ ފުރަތަމަ ލަނޑު ޖަހައި ބިސްބުރު ސްޕޯޓްސް އަށް ކުރި ހޯދައިދީފަ އެވެ. އަދި 27 ވަނަ މިނިޓުގައި ދެވަނަ ލަނޑެއް ޖަހައި ލީޑް ފުޅާ ކޮށްދިން ނަމަވެސް އޭގެ ދެ މިނިޓް ފަހުން ކެޕިޓަލް ސިޓީގެ އާދަމް ނަސީމް ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދީފަ އެވެ.

ދެވަނަ ހާފުގައި އާމިރު އޭނާގެ ހެޓްރިކް ފުރިހަމަކުރި ލަނޑު ޖެހީ 61 ވަނަ މިނިޓުގަ އެވެ. އަދި ބިސްބުރު ސްޕޯޓްސްގެ ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށް ޖަހައިދިނީ އެޓީމުގެ އިރާން ފުލްބެކް މުޖްތަބާ ރަޝީދީ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454