21 ޖުލައި 2022 - 10:52
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން މިހާތަނަށް ރަޝިޔާގެ ގާތްގަނޑަކަށް 15000 ސިފައިން މަރުވެފައިވާ ކަމަށް، އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ) އިން އިއްޔެ ބުނެފި އެވެ.
އެމެރިކާގެ އަސްޕެން އިންސްޓިޓިއުޓްގެ ފަރާތުން އަހަރަކު އެއްފަހަރު ބާއްވާ ސިލްސިލާ ފޯރަމްގެ ތެރެއިން މިއަހަރުގެ އަސްޕެން ސެކިއުރިޓީ ފޯރަމްގައި އިއްޔެ ވާހަކަ ދައްކަވަމުން، ސީއައިއޭގެ ޑިރެކްޓަރ ވިލިއަމް ބާންސް ވިދާޅުވީ ރަޝިޔާގެ 45000 ސިފައިން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ޔޫކްރޭން ސިފައިންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށާއި، ނަމަވެސް ރަޝިޔާ ސިފައިންނަށް ވުރެ މަދު ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭން ސަރުކާރުން މިދިޔަ މަހު ބުނެފައިވާ ގޮތުން، މިހާރު ކުރަމުންދާ ހަނގުރާމައިގައި، އެގައުމުގެ އިރުމަތީ ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގައި، އެ ގައުމުގެ ސިފައިންގެ ތެރެއިން ދުވާލަކު އެވްރެޖް ގޮތެއްގައި 100 އެއްހާ ސިފައިން މަރުވެ އެވެ.
ވިލިއަމް ބާންސް ވިދާޅުވީ ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްގެން ހާސިލުކުރަން ބޭނުންވި އެއްވެސް ކަމެއް މިހާތަނަށް ހާސިލްނުވި ކަމަށެވެ. އެ ގޮތުން، ހަނގުރާމައިގެ އެންމެ ކުރީކޮޅުގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފައި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ވެރިކަން ވައްޓާލަން ކުރި މަސައްކަތް ނާކާމިޔާބުވި ކަން ބާންސް ފާހަގަކުރެއްވި އެވެ.
"ޕުޓިން މުޅި ދުނިޔެއަށް ގޮން ޖެއްސެވީ، ލޭ އޮހޮރުވުން ބޮޑު ހަނގުރާމައެއް ފަށައިގެން ޔޫކްރޭންގެ އަސްކަރިއްޔާ ބަލިކޮށްލުމުގައި އޭނާ ކާމިޔާބު ހޯއްދަވާނެ ކަމަށް. އަދި ވިލާތުގެ ގައުމުގެ ސަރުކާރުތަކާއި ރައްޔިތުން ވެސް ބަލިކޮށްލައި އެންމެ ފަހުން އެމެރިކާ ވެސް ރަޝިޔާގެ ފައިބުޑަށް ތިރިކުރެވޭނެ ކަމަށް އޭނާ އުންމީދުކޮށްގެން އެ ހުންނެވީ،" ބާންސް ވިދާޅުވި އެވެ.
ޖުލައި 19، 2022؛ އީރާންގެ ވެރިރަށް ތެހެރާންގައި ބޭއްވި، ތުރުކީ ވިލާތާއި އީރާނާއި ރަޝިޔާގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން (ވ) ތެހެރާނަށް ވަޑައިގަތުމުން، އީރާންގެ ރައީސް އިބްރާހީމް ރައީސީ، ޕުޓިން އަށް މަރުހަބާ ދަންނަވަނީ. --އޭއެފްޕީ
"ހުޅަނގުގެ ގުޅިފައިވާ އިއްތިހާދު ބައިބައިކޮށްލެވޭނެ ކަމަށް، އަދި ޔޫކްރޭން ރައްޔިތުން ބައިބައިކޮށްލެވޭނެ ކަމަށް، ހަނގުރާމަ ފެށުމުގެ ކުރިން ޕުޓިން ލަފާކުރި ކުރުންތައް މުޅިން ގޯސް. އަދި މިހާރު ހަނގުރާމަ ކުރަމުންދާ އިރު އޭނާ ޖައްސަވާ ހިސާބުތައް ވެސް މުޅިން ގޯސް."
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި އީރާންގެ ރައީސް އިބްރާހީމް ރައީސީއާ ދެބޭފުޅުން، މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން، ބާންސް ވިދާޅުވީ އެއީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އިތުބާރު ނުކުރައްވާ ދެ ބޭފުޅުން ކަމަށެވެ. އެހެން ނަމަވެސް އެ ދެ ގައުމަކީ ވެސް ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އޮތް ދެ ގައުމު ކަމަށްވާތީ، އެއް ގައުމަށް އަނެއް ގައުމުގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ބާންސް ވިދާޅުވި އެވެ.
"އީރާން ރައްޔިތުންނާއި ރަޝިޔާ ރައްޔިތުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް އިތުބާރުކުރާ ބައެއް ނޫން. އެއީ ހަކަތައިގެ (ތެލުގެ ވިޔަފާރީގެ) ވާދަވެރިން، އަދި ތާރީޚީ ގޮތުން ވެސް އެއް ބަޔަކު އަނެއް ބަޔަކާ ވާދަކުރަމުން އަންނަ ބައެއް. އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދެވެން ހުރި ގޮތްތައް މިހާރު ވަރަށް މަދުވާނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަސްލު ކޮމިޝަނަރ
24 July 2022
ސީއައިއޭގެ ވެރިމީހާއަށް އޭނާގެ ކޯލީޝަންގެ ސިފައިންގެތެރެއިން މަރުވި މީހުންގެ އަދަދު ނޭނގި، ދުޝްމަނުންގެ ލަޝްކަރުން މަރުވި އަދަދު އެނގުމުން އެވާހަކަ ގަބޫލުކުރަންދަތި. ޙަގީގަތަކީ ރަޝިއާގެ ލަޝްކަރުގެ މައްޗަށް ނޭޓޯއަށް ކުރި ނުހޯދުނުކަން. ޢަދި މި ހަނގުރާމަ ހުއްޓުވުމަށް ނުކުޅެދުނުކަން.
ސަލީމު އިދުރީސް
23 July 2022
އަޅުގަނޑު ހަދާގޮތަކޭ މީހަކު ބުނާއެއްޗަކައް އެދެވޭ ރައްދެއް ނުވޭވަރުގެ ވާހަޔެއްވިއާ އަނގަ މައިތިރި ކޮއްގެން ހުންނަނީ! ރައްދު ނުދެވޭނީ އެމިހަކު ބުނާ ވާހަކަ ތެދުކަމުގަވާތީ ނޫނީ ރައްދެވޭވަރު އެކަމުގެ މައުލޫމާތު އަޅުގަނޑު ކިބާގަ ނެތީތާ! ދެން އެމިހަކާ ދިމާލައް ހަތްޕުނޑު ވާހަކަ ދެއްކީމަ އަޅުގަނޑުގެ ރައްޓެހިން އެހެނަރަކުންދެކޭ ނީދޯ! އެކަމަކު ރަދީފުމެނައް ވަނީ އެހެނެއްނޫން! ބުނާނެ އެއްޗެއް ނޭގުނީމަ ހުނިފުޅި ހޯދަން އުޅުން މީހަ އުޅޭ ވައްތަރައް އުޅެނީ!
ޙޙ2022
23 July 2022
ތި ހައްލުކުރެވޭނީ އިންތިގާލި އިންސާފު އޮފީހަށް...ބޮއިހަލަކި
ސަލީމު އިދުރީސް
22 July 2022
އޭތް ބީރުބޮލު މައެއޮތީ ބުނެފަދޯ ލެއްގިކޮމިސަނަރ ބުނިގޮތައް ސޯވިޓު ޒަމާނު ވައްޓަފާޅި ދަބަރު ސިކުނޑީގެ ކޮމާން ޑަރުންލައިގެން މިޒަމާނުގަ ހަނގުރާމަޔެއް ނުކުރެވޭނޭ! ޜޫސީން އެއުޅެނީ ބޮނޑިއެއްބޯށޭ! އަދި ބުނަންތޯ ކިތެމެ ބޭނުމަސް ރޫސީންގެ ވައިގެ ފޮސްއަށް އެމެރިކާ ވައިގެފޯސް ހަމަލާދޭ ފެންވަރައް ހަމަލާ ނުދެވޭނެ ސަބުތައް ވަރައްގިނަ! މިސާލެއް ކޮސޮވޯގެ ވައިޓުމޭން އަޕްރޭސަން!
ކަމާލް
24 July 2022
އެމެރިކާގެ ވައިގެ ބާރު ރަޝިއާއަށްވުރެ އެޑްވާންސް ވެފައި ވަރަށް ގިނަ އެކަމަށް އެއްބަސް އެކަމަކު ރަޝިއާގެ ބިޔަ ބެލެސްޓިކް މިސައިލުތަކާއި ހައިޕްރަސޯނިކް މިސައިލްތަކާއި ނިއުކްލިއަރ އެންމެ އެޑްވާންސް ބޮމާއި މިސައިލާއި އެއަރ ޑިފެންސް ސިސްޓަމާއި އަދި މިނޫންވެސް ބައެއް ހަނތިޔާރުތަކުގެގޮތުން ރަޝިއާ އެމަރިކާއަށްވުރެ މާބޮޑު ތަނަކުން ވެސް ބާރުގަދަ.
ފިކުރުކުރާ
22 July 2022
ރަޝިޔާއިން (15000)ފަނަރަ ހާސް މީހުން މަރުވިކަން ކަށަވަރު ކުރާއިރު ޔުކުރެއިން މަރުވީ ވަރަށް ގިނަ އަދަދެއެއްގެ ބަޔަކު---- އަދަދު ނޭންގޭ/ ޚަބަރު ބުނާގޮތުން) މިވަނީ ކިހިނެއް މަރުވިއަދަދު ޔަޤީން ވާންޖެހެނީ ޔުކުރެއިނުން. އެމެރިކާ ގެ ޖާސޫސުން ދެންހަމަ ހުސްއަގަތަާޅަނީ ލަމަށް ބެލެވެނީ
ބީރުބޮލު ވަޒީރު.
22 July 2022
ދެރައީ މިތާއުޅޭ ސަލީމަށް ތިއަވަރުވެސް ނުވިސްނޭތީ. ބޭބީ ނާސަރީން ފަށައިގެން މިޖެހެނީ ކިއަވައިދެން.
ކަޅުސޮރީ
22 July 2022
ޔުކުރެއިންގެ ސިފައިން މަރުވި އަދަދު ނުއެނގި އެމެރިކާނުންނަށް ރަޝިއާގެ ސިފައިން މަރުވި އަދަދު އެނގުން އެއީ އިރާގެގަ ނުރައްކާތެރި ހަތިޔާރު ހުރިކަމައް ބުނެ ވީ ބޭޒާރެއް
ވަލިޔުއްދީން ޕުޓިން
22 July 2022
ހުސްދޮގު. ތިކަން ސާފުކުރަން ރަދީފް ކައިރީގަ އަހަންޖެހޭނީ.
ސަލީމު އިދުރީސް
22 July 2022
ކޮބާ ބީރުބޮ ވަޒީރު މިތާ ލެއްގިކޮމިޝަނަރ ދެއްކިވާހަޔާ ތިއޮތީ އެއްބަސްވެފަ! ހަނގުރާމަ ފެށީމަ ލެއްގިކޮމިޝަނަރ ބުންޏޭނޫން ސޯވިއެޓު ޒަމާނުގެ ދަބަރު ސިކުނޑި ހުރި ކޮމާންޑަރުނާއެކީ ރުސީންއެއުޅެނީ ބޮޑި އެއްބޯށޭ! ކޮންމެގޮތެއް ވިއަސް ތިހުރިހާ ސިފައިން މަރުވެއްޖެނަމަ އަޅުގަނޑު ހިތާމަކުރަން އަދި ނޭގެ ޔޫކުރޭނުން މަރުވި އަދަދެއްވެސް
ވަލްރަސް
22 July 2022
ތިބުނާ ވަޒީރާ، ރަދީފް ދެދުވަހު އެކައްޗެއް ނުކިޔާނެ. އެއްދުވަހު ޕުޓިންނަށް ބެވިއްޔަ، އަނެއްދުވަހު އުޅޭނީ އެވަރު މީހަކު ނެތިގެން.
ބީރުބޮލު ވަޒީރު.
22 July 2022
ސަލީމު! އެއީ ބާ ދަގަނޑާއި ފުއްކައްޓާ ހިފައިގެން ގޮސްގެން ވީކަމެއް ނޫން. އިސް ލީޑަރުންގެ ތަޖުރިބާ ނެތީ. އެގޮތަށް އެމެރިކާގެ ބިމުގެ ފައުޖެއް ޔޫކުރޭނަށް އެރިނަމަ އެތާހުރީހީ ސަންބޯލް ހާދަވަރަކަށް ފޮތިފޮތި ކޮށްފައިހުރި މިނިމަސް ފުނިފުނި. ރަސިއާގެ ހަތިއާރުގެ ފެންވަރު ރަނގަޅުވީމަ ސަލާމަތުން އެނބުރި އާދެވުނީ. އެމެރިކާ އިރާގާއި އަފްޣާނިސްތާނަށް އެރީ ބޮން އަޅާފަ އެތާގެ ބިމުގެ ލަސްކަރު ވެއްޔާ މޮޑެފަ. އެކަމަކުވެސް އެމެރިކާގެ އާމީ އާހިރުގާ ހަފުސްވީ.
ރަދީފްއޮފިޝަލް
23 July 2022
@ވަލްރަސް ، ބުނަންތަ ވާހަކައެއް.ކަލޭ އެބަޖެހޭ ކަންހިނގާ ގޮތް ދަސްކުރަން.
ނުރަބޯ
21 July 2022
ޔަހޫދީންގެ ޕްރޮޕެގެންޑާ.
ސަލީމު އިދުރީސް
21 July 2022
ތިއަކީ ބޮޑު ދޮގެކަމައް އުންމީދު ކުރަން! ގޮތެއް ނެތިގެން ހުދުމުހުތާ ވެރިޔެއްގެ އޯޑަރައް އަމިއްލަ ފުރާނަ ދުއްވާލަން މިނިވަން ގައުމަކަން އަރަންޖެހުން މީހުންގެ ތަގުދީރާމެދު ހިތާމަކުރަން
ބީރުބޮލު ވަޒީރު
21 July 2022
ޔޫކުރޭންގަ އޮތް ފުރެސް ގެރިއްލާ ފޯސްއަކާ ކުރިމަތިލާން ރަސިއާގެ ބިމުގެ ލަސްކަރަށް ކޮމާންޑްކުރި ވެރިން އެއީ ވަރަށް ނުބައި ބައެއް. އެކަމުގެ ސަބަބުން ރަސިއާގެ ވަރަށްގިނަ ސިފައިން މަރުވެ އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ހަލާކުވި. އަސްލު އެމެރިކާއިން ހަދާގޮތަށް ފުރަތަމަ ވައިގެ ހަމަލާދީ ޔޫކުރޭނުގެ ބިމުގެ ލަސްކަރު ހަފުސްކޮށްލާފަ ދެން ރަސިއާގެ ބިމުގެ ލަސްކަރު ފޮނުވިނަމަ ޔޫކުރޭނު ހިފުނިސް. އެމެރިކާގެ ވާހަކަވެސް ނުވާނެ ގަބޫލުކުރާކަށް. ޝުކުރިއްޔާ ސަލީމު