ސުޕްރީމް ކޯޓު: ޔޮޓް ޓުއާސްގެ 22 މިލިއަން ޑޮލަރުގެ މައްސަލަ އެ ކުންފުނިން ވަނީ އެ ކޯޓަށް ހުށަހަޅާފައި --- ފޮޓޯ/މިހާރު
21 ޖުލައި 2022 - 13:05
ޔޮޓް ޓުއާޒް މޯލްޑިވްސްއަށް 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރި މައްސަލަ ޔޮޓް ޓުއާޒް އިން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާޒް އިން ކުރިން ހިންގި ހއ. އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު މޫސުން ގޯސްވެ ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ފައިސާ ދޭން ދެކޮޅު ހެދި މައްސަލަ އެ ކުންފުނިން ކޯޓުން ހުށަހެޅުމުން 22 މިލިއަން ޑޮލަރު ދައްކަން އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން ޔޮޓް ޓުއާޒްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ހައި ކޯޓުން ނިންމީ މޫސުން ގޯސްވެގެން ލިބުނު ގެއްލުންތަކަކީ އިންޝުއަރެންސް ޕޮލިސީގެ ތެރޭގައި ބަޔާންކުރާ ފަދަ ގެއްލުމެއް ކަން ސާބިތުނުވާ ކަމަށެވެ. އަދި ގެއްލުން ލިބުމުން އިންޝުއަރެންސް އެއްބަސްވުމުގައި ބަޔާންކުރާ ކަންކަން އެ ކުންފުނިން ފުރިހަމަ ކޮށްފައިނުވާ ކަމަށް ހައި ކޯޓުން ނިންމި އެވެ.
ޔޮޓް ޓުއާޒް އަށް ފައިސާ ދޭން އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރިޔަސް، އެ ހުކުމަށް އަމަލުކުރުން ހައި ކޯޓުން އޮތީ ކުރިން ހުއްޓުވައިފަ އެވެ. ސިވިލް ކޯޓުގެ ހުކުމް ބާތިލްކުރީ މިދިޔަ އޭޕްރީލް މަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމް
23 July 2022
ޖާބިރައް އެގޭބާ ތިލާރިގަޑުހޯދަން މިހާރުޖާބިރައް އެކިދިމަދިމާއައް ދިންހަދިޔާއައްކިހާވަރެއްޚަރަދު,ވެދާނެކަމައްހީވޭތޯ ޖާބިރަކީމީހުނައްހަދިޔާދިނުމުގާ ނަމޫނާބޭފުޅެކެވެ.
ކަޅުބެ
23 July 2022
ތިޔަކަހަލަ 2 މީހުންރާއްޖޭގައުޅޭނެ, އަޅުގަޑުނުދެންނެވިއަސްތިޔަބޭފުޅުންނައްވެސްއެދެމީހުންއެގޭނެ,އެދެމީހުންއަބަދުވެސްބަލާނީ ސަރުކާރާއެއްކޮޅުވެގެން,ނޫނީދެކޮޅުވެގެން ނޫނީބިރުދައްކައިގެންފައިސާތަކެއްނޫނީރަށެއްނުވަތައެއާރޕޯޓެއްއެކަކުއޭނަބޭނުންވާވަރު,މިދައުރުގައިހަމަކޮއްފި އަނެއްމީހާއެއުޅެނީ ބޮޑުމޮހޮރާބިރުދައްކައިގެންހޯދައިގެން މިހާރުރައްހަދާނެލާރިގަޑެއްކައްވާލެވޭތޯ!ބޮޑުމޮހޮރާނުލިބޭއިރުމަޖިލިސްފެށޭނީ ޖާބިރުރައީސައްބަވާާޑުން ރައްލިބުނީމައެއަޑުކެޑިއްޖެ!
ޞިނީ
23 July 2022
މިލާރިކޮޅު ވެސް ނުލިބި މިދަނީ. ޚޭބަލް ކާރުގެ ހުވަފެނުގަ ކުލަނުޖެހި ދައުރު މިނިމެނީ…
ށޮން
21 July 2022
އިންޝުއަރެންސުން ކައިބޮއި އުޅޭ ބައެއްތީ … އެވެސް ވައްތަރެއްގެ ކަމެއް
އަލީ!
21 July 2022
"ހައި ކޯޓުން ނިންމީ މޫސުން ގޯސްވެގެން ލިބުނު ގެއްލުންތަކަކީ އިންޝުއަރެންސް ޕޮލިސީގެ ތެރޭގައި ބަޔާންކުރާ ފަދަ ގެއްލުމެއް ކަން ސާބިތުނުވާ ކަމަށެވެ." - ދެން އެހެންވީމަ އިންސުއަރެންސު ކުރުމުގެ ބޭނުމެއްނެތެއްނު.
ބޮޑުމީހާ
21 July 2022
ޖާބިރު ވިޔަސް އިންސާފު ލިބެންޖެހޭނެ
އިން ދަ ސަރފް
21 July 2022
އުންމީދުކުރެވެނީ ސްޕްރީމް ކޯޓުން އިންސާފުވެރި ނިންމެވުމެއް ނިންމަވާނެކަމަށް. އަހަރުންނަކަށް ނޭނގެ އިންސާފުވެރި ގޮތަކީ ކޮބައިކަމެއް، ތަފުސީލު ނުއެނގިއެއް.
ހެއްވާ
21 July 2022
މިވެސް ބޮޑު ކުޅިވަރެއް.
ސަޓަނި.
21 July 2022
ބަލަންޖެހޭވަރަށް ނުބަލާ މައްސަލަތައް ނިންމާ ފަނޑިޔާރުންނަށް އަދަބެއް ނުލިބޭހާ ހިނދަކު ނާޖާއިޒު ފައިދާ ނުލިބޭގޮތަކަށް ހުކުމެއް ނުކުރާނެ. އަމުދުން ބޮޑެތި ފައިސާ ގަނޑުގެ މައްސަލަތައް.