ވިޔަފާރި / ޓޫރިޒަމް

"ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑު ރާއްޖެ އަށް

ދުނިޔޭގެ ތިންވަނަ ހޮޓަލަކަށް ހޮވުނު އިތާފުށި: "ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑު ލިބުނީ ރާއްޖެ އަށް. --ފޮޓޯ: އިތާފުށި މޯލްޑިވްސް

އޭޝިއާގެ އެންމެ ފުރިހަމަ ރަށަށް ދޭ "ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑު ރާއްޖެ އިން ހޯދައިފި އެވެ.

މަގްބޫލް މަންޒިލްތަކާ ގުޅޭ ހަބަރު ގެނެސްދޭ ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަޖައްލާ "ޓްރެވެލް ޕްލަސް ލެޝާ" އިން މިދިޔަ ބުދަ ދުވަހު އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި "ވޯލްޑް ބެސްޓް އެވޯޑްސް 2022" ޝޯގައި އެ އެވޯޑާ ހަވާލުވީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ތިލްމީޒާ ހުސެއިނެވެ.

ޓްރެވެލް ޕްލަސް ލެޝާ މަޖައްލާގެ ކިއުންތެރިންގެ ވޯޓުން ހޮވާ "ވޯލްޑް ބެސްޓް އެވާޑްސް" ގެ ދުނިޔެއިން އެންމެ ފުރިހަމަ ރަށްތަކުގެ ލިސްޓުގެ ދެވަނަ ވެސް ހޯދީ ރާއްޖެ އެވެ.

އެ މަޖައްލާއިން ކޮންމެ އަހަރަކު ވެސް ހޮވާ ވޯލްްޑް ބެސްޓް އެވޯޑްސް ބިނާވެފައިވަނީ ކިއުންތެރިންގެ ސާވޭއަކަށެވެ. އެ ސާވޭގައި ކިއުންތެރިން ދުނިޔޭގެ އެކި ހިސާބުތަކަށް ކުރާ ދަތުރުތަކުގެ ތަޖުރިބާތަކާއި، އެތަންތަނުގެ ގުދުރަތީ ރީތިކަމާއި، ގޮނޑުދޮށްތަކާއި، އެތަނުގެ ހަރަކާތްތަކާއި މީހުންގެ ގާތްކަން އަދި ހުރިހާގޮތަކުން ވެސް އެންމެ ކަމުދާ މަންޒިލްތައް ރޭޓް ކުރަން ޖެހެ އެވެ.

މި އަހަރުގެ "ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑުގައި ރާއްޖެއާ އެންމެ ކައިރިން ވާދަކުރީ އިންޑޮނޭޝިއާގެ ބާލީ އެވެ. އެ ކެޓަގަރީގެ ތިންވަނަ ހޯދާފައިވަނީ ތައިލެންޑްގެ ޕުކޭޓެވެ.

ދުނިޔެއިން ތިން ވަނަ ހޮޓަލަކަށް ހޮވިފައިވާ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިން ވަނީ އެ މަޖައްލާގެ އޭޝިއާގެ އެންމެ ފުރިހަމަ ރިސޯޓް ހޮޓެލްގެ އެވޯޑު ހޯދައިފަ އެވެ. އަދި އެ ލިސްޓުގެ ދެވަނާގައި ވާދަކުރަނީ ރާއްޖޭގެ ވަން އެންޑް އޮންލީ ރީތި ރަށެވެ.

6 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 40%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަންމު

24 July 2022

ކޮވިޑުގެހާލަތުގައި މުވައްޒަފުންނާއިމެދު އެންމެ ނުބައިކޮށް ކަންކުރީ ކޮންރާޑް ނުވަތަ ތިޔަބުނާ މުޅިދުނިޔޭގެ އެންމެ ހޮޓާގިނަމީހުން ،އެތައްބައިވަރު މުވައްޒަފުން އެހެން ކުންފުނިތަކުންވެސް ވަޒީފާއިން ވަކިކުރި،ނަމަވެސް ޓުވަރިޒަމް ބެކްޓު ނޯމަލްވުމުން އަނބުރާ އެ މުވައްޒަފުންނަށް އިސްކަންދީ ވަޒީފާދިން ، ނަމަވެސް ހިލްޓަން ގުރޫޕުން އެމުވައްޒަފުން އެއްކޮށް ބާކީކޮށްލި.މިއީއާދައިގެ ހޮޓަލުގައި ކަން ކުރާގޮތެއްނޫން!ކޮބާ ނަން މަސްހޫރުކަމުގެ ހެޔޮކަމެއް ސްޓާފުންނަށް؟

The name is already taken The name is available. Register?

ބޮޑުމީހާ

23 July 2022

ބެސްޓްވިޔަސް ދިވެހިންނަށް އޮތީ 24 ގަޑިއިރު މަސައްކަތްކޮށްގެން ލިބޭ ފައިސާއިން ކުލި ދެއްކުން

The name is already taken The name is available. Register?

ބިރިޖީ

23 July 2022

ދެވަނަ އަށްވުރެ 3 ވަނަ މޮޅު ފަދަ ގޮތަކަށް މިއޮތީ ލިޔެވިފަ.

The name is already taken The name is available. Register?

ސާމް 2023

23 July 2022

ބައްލަވާ! ރާއްޖޭގެ ފަތރުވެރިކަމުގެ ނަފާ ބޭރު މީހުން އެ ނަގަނީ، އެ މީހުންގެ އަމިއްލަ އެތައް މިލިޔަނެއްގެ ރުފިޔާ ރާއްޖެއަށް ޚަރަދު ކުރުމަށް ފަހު، އޭގެ ޙަލާލު ބައި. އެހެންވީމަ އެ އިންވެސްޓަރުން ކުޑައިމީސް ނުކުރައްވާ!

The name is already taken The name is available. Register?

ހަސަދު

23 July 2022

އެއްވެސް ވަރަކަށް ފަޚުރު ވެރިވާންވީ ކަމެއްނޫން. ފައިދާ ހައެއްކަ މީހުންނަށާ ބޭރު ކުންފުނި ތަކަށް. ދިވެހިން ޑޮލަރަށް ސަލާން ޖެހުމުގައި. މިއީވާ ގައުމެއް.

The name is already taken The name is available. Register?

ޙޙ2022

23 July 2022

ތި ހުރިހާ ޑޮލަރެއް ގެންދަނީ ޔޫރަޕްގެ މަހުޖަނުން....ބޮއިހަލަކި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454