ޚަބަރު / ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ

ހަރަދު ކުޑަކުރަން މިނިވަން ދުވަހުގެ ޖަލްސާ އާއި ފުޅަނދުބުރު ކެންސަލް

2019ވަނަ އަހަރު މިނިވަންދުވަހާ ގުޅިގެން މާލޭގެ މަގުތަކުގައި ބޭއްވި ފުޅަނދުބުރުގެ ތެރެއިން --

މި އަހަރުގެ މިނިވަން ދުވަސް ދިމާވަނީ އިގްތިސާދީ ހާލަތަށް ބަލައި، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމާފައިވާ ދުވަސްވަރަކާ ކަމަށް ވާތީ، އެ ދުވަހުގެ ރަސްމީ ޖަލްސާ އާއި ފުޅަނދުބުރުގެ ހަރަކާތްތައް ވެސް ކެންސަލްކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ ތަރުޖަމާނު ހަފްސީ އަބްދުﷲ "މިހާރު" އަށް މިއަދު ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި އެ މިނިސްޓްރީން މި ފަހަރު ބާއްވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު އެކަނި ކަމަށެވެ. އޭގެ އިތުރުން އެހެން އެއްވެސް ހަރަކާތެއް ބާއްވަން ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު ހައެއް ޖަހާއިރު ޖުމްހޫރީ މައިދާނުގަ އެވެ.

ފުޅަނދުބުރުގެ ހަރަކާތްތައް ކެންސަލްކުރި ކަމަށް "މިހާރު" އަށް ނުރަސްމީކޮށް އެނގިފައި ވިޔަސް ރަސްމީކޮށް ހޯމް މިނިސްޓްރީން ވަކި އެއްޗެއް ނުބުނެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުޅަނދުބުރު ކެންސަލްކުރީ ހަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައި އެފަދަ ހަރަކާތެއް ބާއްވަން ކުރިން ނިންމުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ.

މިދިޔަ ޖޫން މަހު ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ހަރަދުކުޑަކުރަން އަންގައި ސަރުކާރުގެ ހުރިހާ އޮފީހަކަށް ސާކިއުލާއެއް ފޮނުވާފަ އެވެ. ހަރަދުކުޑަކުރަން އެ މިނިސްޓްރީން އޭރު އެންގީ ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް ވެސް އިތުރުވަމުން ދާ ކަމަށް ބުނެ އެވެ.

ހޯމް މިނިސްޓްރީގެ ފުޅަނދުބުރުގެ ވާހަކަ މީޑިއާއަށް ތިލަވީ އެ ސާކިއުލާ ނެރުނު ދުވަސްވަރު ކަމަށް ވާތީ، އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް އެ ކަމަށް އަމާޒުވި އެވެ.

މާލެ: ޖުލައި 27، 2019- މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދުބުރުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެނގިފައިވާ ގޮތުގައި، ފުޅަނދުބުރުގެ ހަރަކާތްތައް ކެންސަލް ކުރިޔަސް އެ ކަމާ ގުޅޭ ގިނަ ތައްޔާރީތަކެއް މިނިސްޓްރީންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ވަނީ ވެފަ އެވެ.

މާލޭގައި އެންމެ ފަހުން ފުޅަނދުބުރެއް ބޭއްވީ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހާ ދިމާކޮށް 2019 ގަ އެވެ. އެ އަހަރު ވެސް ފުޅަނދުބުރު ބޭއްވީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުގަ އެވެ. އެ އަހަރުގެ ފުޅަނދުބުރުގައި ސަރުކާރުގެ ފަސް ކުންފުންޏަކުން ބައިވެރިވި އެވެ.

މިނިވަން ދުވަހުގެ ފުޅަނދުބުރަކީ އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ހަރަކާތެކެވެ. އެ ހަރަކާތް ބާއްވާ ކޮންމެ އަހަރަކު ވެސް ފުޅަނދުތައް ބަލައިލުމަށް ގިނަ ބަޔަކު މަގުތަކަށް ނުކުމެ އެވެ.

33 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 3%
icon angry icon angry 28%
icon wow icon wow 3%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްރާފު

24 July 2022

ބަޖެޓް ކޮށްފަ ކެންސަލް ކޮށްފަ ލާރިކޮޅު ޖީބަށް' ތާހިރު ސަރުކާރު

The name is already taken The name is available. Register?

ހަސަން ކުރުސީ ބިން އަހްމަދު އެލެކްސް

24 July 2022

ވަރަށް ދުރާލާ ތިޔަ ފުޅަނދުބުރަށް ސަރުކާރު ކުންފުނިތަކުން ތައްޔާރުވޭ. ދެތިންދުވަހަށްވެފާހުއްޓާ ކެންސަލްކުރިކަން އިއުލާނުއެކުރީ. ސުވާލަކީ މިކަމަށް އެއާޕޯޓު، ސްޓެލްކޯފަދަތަންތަނުން ކިތައްމިލިޔަން ޚަރަދުކޮށްފިބާވައޭ؟

The name is already taken The name is available. Register?

އޯހިއަރވީގޯއަގެއިން

24 July 2022

ރާއްޖެއަށް މިނިވަންކަން ހޯދައިދިން އެމެރިކާގެ އެވެންޖަރސް އާއި ބެޓްމޭން އަދި ސުޕަމޭން ގެ ހިދުމަތުގެ އަގުވަޒަން ނުކުރުމަކީ ވަރަށް ދެރަ ކަމެއް

The name is already taken The name is available. Register?

އަލިބ

24 July 2022

ތައްޔާރު ނުވެވުނީމަ ދެންވާނީ ކެންސަލްތާ ދޯ

The name is already taken The name is available. Register?

އަބުދޯ

24 July 2022

ޚަރަދަށްވުރެ ބޮޑަށް ތިޔައީ އިސްރާފެކެވެ. ބޮޑުތަނުން ކުޑަކުރަންވީއެވެ.ރައްޔިތަކު ޖަމްއިއްޔާއަކުން ކުރާކަމެއް ނޫނެވެ. ދައުލަތުގެ ބޮޑެތި ކުންފުނިތަކާ މާލިއްޔަތުން ކުރާ ބޮޑު އިސްރާފެކެވެ.

The name is already taken The name is available. Register?

އައިމިނާ

24 July 2022

ކުރިން ބުނި އެތި ކެންސަލް. ދޯ.

The name is already taken The name is available. Register?

އައުޓް އެމީހުން އއުޓް

24 July 2022

އަޅުދާސް ވުމާއި ދިމާޔަށް މިބްރާބު ޖހާފައިވާ ތަން ފެންނަނީ އެހެންވީމަ އެންމެ ދައްކަން އުނދަގޫ ވާހަކަޔަކަށް ވާނީ މިނިވަންކަމުގެ ވާހަކަ އެވާހަކަ ނުދައްކާ ވާނެގޮތް ތި އޮތީ ހޯދިފަ

The name is already taken The name is available. Register?

ސަޓަނބޭ

24 July 2022

މި އަހަރުގެ މިނިވަން ދުވަސް ދިމާވަނީ އިގްތިސާދީ ހާލަތަށްބަލައި، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމާފައިވާ ދުވަސްވަރަކާ ކަމަށްވާތީ، އެދުވަހުގެ ރަސްމީ ޖަލްސާއާއި ފުޅަނދުބުރުގެ ހަރަކާތްތައްވެސް ކެންސަލްކޮށްފިއެވެ. ** ދެން އެކަމަކު ބޮޑު ޚަރަދެއް ކޮށްފައި ބުރު ކެންސަލްވިޔަސް ތައްޔާރުކުރި ތަކެތީގެ މަސައްކަތް ނުނިމި ހުރިނަމަ އެކަންނިންމާލަންވާނީ. ބާކީކުރީމާ އިސްރާފުވާނީ.

The name is already taken The name is available. Register?

ރާއްޖެ

24 July 2022

ލާމަރުކަޒީ ބައްދަލުވުމެކޭ ކިޔާފަ އުކުޅަހުގަ އިހަކަށް ދުވަހު ރާއްޖެތެރޭ ހުރިހާ ކައުންސިލަރުން ގެންގޮސް ބޭކާރު ބައްދަލުވުމެއް ބޭއްވީ. މިނިވަން ކަމެއް ނެތިއްޔާ ޖަލްސާވެސް ނުބޭއްވޭނެ.

The name is already taken The name is available. Register?

PA FAK

24 July 2022

ހަރަދު ކުކުރަން ބޭނުމިއާ ޓީޗަރުންގެ މުސާރަ ދެގުނަ ބޮޑުކުރޭ! ގައުމު ބަނގޫރޫވާ ހަމަޔައް ގޮއްސައޮއްވަ ސީއާސީބޭނުމައް މިކަލަ ވަރައް ގިނަކަންތައް އެބަކުރޭ މީހާނާގާބިލު ވެރިޔެއް އަދިމިގައުމަކު ވެރިކަން ނުކުރޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454