މާލެ އާއި ބައެއް ރަށްރަށުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ގެނައި ބަސްތައް މާލޭގެ ބޮޑުތަކުރުފާނު މަގުގައި ދުއްވާފައި ދަނީ.---ފޮޓޯ: އެމްޓީސީސީ
25 ޖުލައި 2022 - 13:50
މާލެ އާއި އެކި ރަށްރަށުގައި ފަށަން ތައްޔާރުވެފައިވާ މިނީ ބަހުގެ ހިދުމަތް ސްކޫލު ކުދިންނަށް ދޭނީ ހިލޭ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އާރުޓީއެލްގެ ދަތުރުފަތުރުގެ ހިދުމަތުގެ ތެރޭގައި ވަރަށް މުހިންމު ކަމެއް އެބައޮތް ކަމަށާއި އެއީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ސްކޫލު ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެ ގޮތް އޮތުން ކަމަށެވެ.
"ޔުނީފޯމް ސްކޫލު ކުދިންނާއި 65 އަހަރުން މަތީގެ އަދި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބަހުގެ ދަތުރުތައް ހިލޭ ވާނެ،" އާޒިމް ވިދާޅުވި އެވެ.
މާލެ އާއި ބައެއް ރަށްރަށުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ގެނައި ބަސްތައް---ފޮޓޯ: އެމްޓީސީސީ
މާލޭގައި މިނީ ބަހުގެ ހިދުމަތް ވަރަށް އަވަހަށް ފަށަން އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަށް ބޭނުންވާ 12 ބަސް މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.
އާރުޓީއެލްގެ ބަސް ދަތުރުތައް މާލޭގެ އިތުރުން ފުވައްމުލަކާއި އައްޑޫގެ އިތުރުން ލ. އަތޮޅުގައި ވެސް ފަށަން މިހާރު ވަނީ ބަސްތައް ގެނެސްފަ އެވެ. އެ ބަސްތައް އެ ސަރަހައްދުތަކަށް މި މަހުގެ ތެރޭގައި ފޮނުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާާޅުވި ގޮތުގައި އެމްޓީސީސީން ރާވަމުން އަންނަނީ ކޮންމެ 10 މިނެޓަކުން ހިނގާލައިފައި ދެވޭ ހިސާބުގައި ބަސްތައް ބޭއްވުމަށެވެ. އަދި ކޮންމެ 10 މިނެޓަކުން އެތަނަކުން ދަތުރު ކުރެވޭ ގޮތް ހެދުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ.
26 July 2022
ޥެމްކޯ ލޮރީ ކުނިނަގަމުން، ފެން ލޮރީ ފެން ބާލަމުން، ޕިކަޕު ތައް ގުދަން ތަކުން ސާމާނު ހުސްކުރަމުން މިތާ މާލޭގަ ތިޔަ ބަހެއް ދުއްވާނެ ގޮތެއް ކިޔައިދީބަލަ؟ ޙާދަ މޮޅޭ ޕްލޭނިން ކަލޭމެންގެ!
1234
25 July 2022
މިހާރުވެސް މަގޭ ދަރި މެގެންދަނީ މަހަކު 7000 ރުފިޔާ ދީގެން ޓެކްސީގަ ދެކޮޅަށް.
ސުމެއް ދޭއް.
26 July 2022
ކަލެއަކީވާ ހާދަ ލާރި ލިބޭ މީހެކޭ. ކިތައް ގެއާއި އެޕާޓް މަންޓް އަދި ފިހާރަ ކުއްޔަށް ދީފައި ހުރޭތަ ؟ ގައިމު މަސައްކަތް ކޮށްގެން ލާރި ހޯދާނަމަ ތިހެން ލާރި ތަޅާލާކަށް ނުކެރޭނެ. ދަރިއަށް ކޯންޗެއް ކިޔަވާދޭން ސްކޫލަށް ތިފޮނުވަނީ ؟؟
ކޮރަލް
25 July 2022
ކުންފުނި ތަކުގަ ހުރި ޕާފޯމެންސް ނުދެއްކޭ ނާގާބިލް ވެރީން ވަކި ކޮށް އާޒިމް ކަހަލަ ހިންގުންތެރި އަދި ކުރާ ކަންކަން ފެންނަން ހުންނާނެ ކަހަލަ ވެރީން އިސްކުރަން ވީ އެވެ.
ޖަބުލާނީ
25 July 2022
އާޒިމަކީ އަސްލުވެސް ގާބިލުމީހެއް. އެގޭ އެންމެންވެސް.
ފޫހި
25 July 2022
ކިހާ ދެރަކަމެއް، ބުނެފީމެއްނު ތިގޮތައް ހެދީމަ ޓެކްސީ ޑްރައިވަރުން ރުޅި އަންނާނެޔޭ.
ދގދސެފ×
25 July 2022
ތީ ވަރަށް ރަނގަޅު ނިންމުމެއް. އެކަމަކު ސްކޫލުކުއްޖެއްތޯ ޔަގީންކުރެވޭނެ ގޮތެއް އޮންނަންވާނެ.
އަލީި
25 July 2022
ޔުނީފޯމް ކުދިންނަށޭ އެބައޮތް ލިޔެފަ. ބަންގާޅައިންވެސް ސްކޫލެއްގެ ޔުނީފޯމްގަ ހުރިއްޔާ ދެވޭނެ.
ދެމެހެއްޓެނިވި
25 July 2022
އާރްޓީއެލް މެދުވެރިކޮށް މުސްކުޅިންނާ ކުޑަކުދިންނަށް ޚިދުމަތް ހިލޭ ދިނުމުގެ ގޮތުން އެސްއޯއީ ތަކުން ސީއެސް އާރުގެ ގޮތުގައި ކޮންމެ މަހަކު ނުވަތަ އަހަރަކު ވަކި ވަރެއް އެމްޓީސީސީއަށް ދިނުމަށް ގޮވާލަން. ތީ ހަމައެކަނި އެމްޓީސީސީގެ ޒިންމާއަކަށް ހެދުން ރަނގަޅެއް ނޫން. ތީ ބީއެމްއެލްގޮތަށް ބޮޑު ފައިދާއެއް ލިބޭ ކުންފުންޏެއް ނޫން.
ޕްރިމިއަމް
25 July 2022
ތިބަސްތައް މަގުމަތީ އެބުރެންފެށީމަ އަހަރުމެން ޖެހޭނީ ސައިކަލްޖަދުއްވުން ހުއްޓާލަން. އެކަމަކު ސަރުކަރުން އެގޮތެއް ބޭނުމެއް ނުވާނެ، މިހާރުވެސް ދެކޮޅު ޖެހެނީ އެމީހުން އެކަށީގެންވާވަރަށް ޕާކުކުރާނެއް ތަނެއް ނުދީގެން ސައިކަލު ނުބައި ތަނެއްގައި ޕާކުކޮށްގެން ޖާހާ އިސްޓިކާތަކުން ލީބޭ ލާރިކޮޅުވެސް ހިމަނައިގެން. ދެން ތި އެއްޗެއްސާހެދި އޮތް ޕާކިންކޮޅުވެސް ދިއައީ
ލޮލީޖާ
25 July 2022
މިހާރައްވުރެ މާބޮޑު ތަފާތެއް މަގުތަކަކުން ނުފެންނާނެ.
ގްޑްލަކް!
25 July 2022
ފުރަތަަމަ ބަހުގެ ޕައިލެޓް ޕްރޮޖެއް ހިންގުމެއް ނެތި، ފީސަބަލް ކަމެއްތޯ ބެލުމެއްނެތި، ބަސްގޯންޏެއް ގެނެސް އަޅާލާފަ ފަހުން ވާނެއެއްޗެއް ވާން ދޫކޮށްލަނީ އެއީ މިހާރު ސަރުކާރުގެ ވިސްނުން ގެންގުޅޭ ގޮއްތަ؟؟.
ވާނުވާ
25 July 2022
އާކަމެއްތަ؟ އެންމެ ކުރިން ފަށައިގެންވެސް އޮތްގޮތް.
ކެންސަލް
25 July 2022
ތި ދުއްވާެނެ ތަނެއް އެބައޮތްތަ އަޅެ. ޕިސް. ކެންސަލް
ރެޓޭ
25 July 2022
ހުރިހާ ސައިކަލްތައް ކަނޑަށް އަޅާލީމައިި ތަން އޮންނާނެ.
ާއަލްފާ ސިއެރާ
25 July 2022
ޢަވައްޓެރި ރަށަކުވެސް ސަރުކާރަށް ޢާމްދަނީ ހޯދުމުގެ ބަދަލުގައި ހެޔޮބޮޑުވެގެން ޓެކްސް ކަނޑާލާ ކޮންމެހެން ބޭނުންވާ ގަހުކާނާ އިންޕޯރޓު ކުރުން ހުއްޓާލި. ރަނގަޅު ކަމެއްބާމީ؟