29 ޖުލައި 2022 - 21:51
ދުނިޔޭގައި ހަލުކަމާއެކު ފެތުރެމުންދާ މަންކީ ޕޮކްސް ކަމަށް ޝައްކު ކުރެވިގެން ރާއްޖެއިން ޓެސްޓު ކުރި ބިދޭސީ މީހާ އެ ބައްޔަށް ނެގެޓިވް ވެއްޖެ އެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ބަލީގެ އަލާމަތްތައް ހުރެގެން ޓެސްޓު ކުރި މީހާގެ ނަތީޖާ ނެގެޓިވްވެގެން އޭނާ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
"ރާއްޖޭގައި މިވަގުތު މަންކީ ޕޮކްސްގެ އެއްވެސް ކޭސްއެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އެ ބައްޔަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން މީހުން ރާއްޖެއިން ޓެސްޓްކުރި އެވެ. ނަމަވެސް އޭނާ ވެސް ވަނީ މަންކީ ޕޮކްސް އަށް ނެގެޓިވް ވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފައި ވަނީ މިވަގުތު މަންކީ ޕޮކްސް އަށް ޓެސްޓްކުރެވޭނެ ގޮތްތަކާއި ފަރުވާކުރެވޭނެ ބޭހާއި ބަލިން ރައްކާތެރިވުމަށް ދެވޭނެ ވެކްސިން ފަދަ ވަސީލަތްތައް ވަރަށް މަދު ކަމަށާއި ނަމަވެސް ބަލި ފެތުރެން ފެށުމާ އެކު މޮނިޓާކޮށް އެ ބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތައްޔާރީތައް ފަށާފައި ކަމަށެވެ.
"ސާވެއިލެންސް ހަރުދަނާކުރުމާއި ބަލި ޖެހޭ މީހުންނަށް ފަރުވާކުރުމާ ބެހޭ ގައިޑްލައިންތައް ކަނޑައެޅުން ފަދަ މަސައްކަތްތަކާ އެކު ވެކްސިނާއި ބޭހާއި ލިބޭނެ ގޮތްތައް މިދަނީ ބަލަމުންނެވެ،" އެޗްޕީއޭ އިން ބުންޏެވެ.
- ހުން އައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން.
- ހަމުގައި ބިހި ނެގުން (މި އައުޓްބްރޭކްގައި ގިނައިން ފެންނާނީ ކުރިމަތިފަރާތާއި ފުރަގަސް ފަރާތާއި އަނގައިގެ ވަށައިގެން ބިހިނެގުން.
- ބިހިތައް ފުރަތަމަ ނަގާއިރު ހުންނާނީ ފަތިކޮށް. އެއަށް ފަހު ފެންފޮޅަށްވެ ފަޅައިގެންގޮސް ކުރަލާނެ.
- ހުން އައުންފަދަ އަލާމާތްތަކުން ފެށިގެން ގޮސް ބިހި ނަގާ، ކުރަލާ އަދި ކުރައިގެ އާ ހަން އުފެދި ކުރަ ވެއްޓެންދެން ބަލި ޖެހޭ މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވޭ.
- ނޭވާލާ ނިޒާމުގެ ތެރެއިން: ގިނަ ވަގުތު ގާތުން ކޮންޓެކްޓްވުން.
- ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުން.
- ބަލި މީހާ ހެދުމާއި ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުން.
- މާބަނޑު ދުވަސްވަރު ބަލި ޖެހިއްޖެ ނަމަ، ބަނޑުގައިވާ ދަރިފުޅަށް ބަލި ޖެހުމުގެ ފުރުސަތު އޮވޭ.
މަންކީޕޮކްސް އެންމެ ފުރަތަމަ ފެނިފައިވަނީ 1950 ގެ އަހަރުތަކުގެ ތެރޭގައި އެފްރިކާ އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުއްމީދު
30 July 2022
ކޮވިޑް ފެށުނު ދުވަސްވަރު، ރާއްޖެއިން މީހަކު ނުފެންނައިރު ކޮރެއާއިން އައި އަހަރެން ދަންނަ ދިވެއްސަކާ އޭނަގެ އާއިލާ ވިލިގިލީގައި ހުއްޓާ، ހޯދަން އިއުލާންކޮށް، އެމީހުން ހިއުމިލިއޭޓްކުރި ހަނދާން އެބަހުރި. އެއާއިލާއާ މެދު ސަރުކާރުންނާ ހުރީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ދައްކާފަ. ސޯޝަލް މީޑިއާގަ އެތައް ބަޔަކު އެއާއިލާއަށް ވަރަށް ހަޑިހުތުރު އެއްޗެހި ކިޔާފަހުރި. އެގޮތަށް އެހެން އާއިލާއަކަށް ނުަހަދާނެ ކަމަށް ދިވެއްސެއްގެ ހައިސިއްޔަތުން އުއްމީދުކުރަން.
ކަންވީގޮތް
30 July 2022
އޭރު އިޢުލާނު ކޮށްފަ ވާ އުޞޫލުން މަޢުލޫމާތު ދިނުމަށް ދެކޮޅުހަދާ، އަދި ހުރިނެތް ތަނެއްވެސް ނާންގާ، ކަމާބެހޭ ފަރާތްތަކަށް އެއްވެސް އެއްބާރުލުމެއް ނުދިނުމުގެ ސަބަބުން، ވިލިގިލީ ރައްޔިތުންގެ ރައްކާތެރިކަމަށް، ސަރުކާރަށް މަޖްބޫރުވީ، އޭ.ޖީ ގެ ލަފާގެ މަތިން އެމީހުންގެ ނަން ހާމަކުރަން. މީ އަހަރެން އަޑު އެހިގޮތް މިކަން ހިނގިގޮތްކަމަށް. އެއްވެސް ބައްޔެއް ޖެހިގެން ނުވަތަ ޝައްކެއްވެގެންވިއަސް އެމީހުންގެ ވަނަވަރު ހާމަ ނުކުރެވޭނެ މެޑިކަލް އެތިކްސްއަށް ބަލާއިރު
މަރީ..
30 July 2022
މިހާރު ކުދިން އަޅެ ޓިކްޓޮކްގަ ތައިލެންޑް ކުދިން ވަހުށީ ވީޑިއޯ ތައް ހަދައިގެން އިސްތިހާރު މި ކުރާ މަސާޖު ޕާލާ ތަކުގެ ވާހަކަ އަށް ރިޕޯޓެއް ހަދާ ބަލަ. މިހާރު ކުރިއަށްވުރެ ހާދަ އާންމު ވެއްޖެ އެކަންތައްވެސް.
މަކުނުހިޔަޅު
30 July 2022
އަލްހަމްދު ލިއްﷲ. މަންކީފޮކްސް އިން ދުރުހެލިވާހުށި
ކޯވިޑް އަކީ މުޅި އަންސާނިއްޔަތައް ނުރައްކާ ބައްޔެއް!
30 July 2022
މަންކީ ޕޮކްސް މާ ނުރައްކާކަމައް މިރާއްޖޭގައި ވާހަކަ މިދެކެވެނީ އެއްވެސް ހަގީގަތެއްނެތް އިރު. އެހެންވަނީ މިވަގުތު މިބަލި އެންމެ ގިނައިން ފެތުރެނީ އެއްޖިންސުން ގުޅުން ހިންގާ ގްރޫޕް ތެރޭގައިވާތީ! ހަގީގަތައް ބަލާއިރު، ކޯވިޑް އަކީ ސުނާމީ އަކައް ވަންޏާ މަންކީޕޮކްސް އަކީ ކުޑަ ރާޅެއްވެސް ނޫން. މާވޭނުގަ، ބަލަންހުއްޓާ، މިލިއަނުން މަރުވެގެން ގައުމުތަކާ އިގްތިސޯދު ތަކާ ކޮށާމަށާ ނޮޅާލާފަ އެހެރަ ދަނީ ކޯވިޑް. ވަކި ޖިންސީ ގުޅުމަކުން ފެތުރޭ ބައްޔެއްނޫން އެއީކީ!
ށަވިޔަނި
30 July 2022
الحمد لله
އައްލާ
30 July 2022
މި އައުޓްބްރޭކްގައި ގިނައިން ފެންނާނީ ކުރިމަތިފަރާތާއި ފުރަގަސް ފަރާތާއި އަނގައިގެ ވަށައިގެން ބިހިނެގުން. މިޢަލާމާތަށް ކިޔަންވީ ލިވާތުކުޅި ޢަލާމާތޭ
ފޮނިފޮނިޓައްޕު ކުމާރު
29 July 2022
ދެން ލަސްނުކޮށް ނާޒިމް ސައްތާރާ އަނދުން އެބައްޔަށް ޓެސްޓުކުރުވާބަލަ. ކާނަލް ދިޔައީ ބިޒިނަސް މީޓިންއަކަށްވާތީ އޭނާލައްވާ ގަދަކަމަކުން ޓެސްޓެއްނުކުރެވޭނެ. އެކަމަކު އޭނާ އެއްބަސްނަމަ އޭނާވެސް ޓެސްޓުކޮށްލުން ހަމަ ރަނގަޅު.
ކަންއޮތްގޮތް
30 July 2022
ނޫހުގައި އެއޮތީ ލިއެފަ ބަލި އަރާގޮތް. އަޅުގަނޑަށް އަދި ތިބޭފުޅާއަށްވެސް އެބަލި ޖެހުމުގެ ފުރުޞަތު އެބައޮތް، ބަލީގެ އަލާމާތްތައް ވެސް އެހެރީ ލިއެފަ. ޓެސްޓް ކުރެވެނީވެސް އަލާމާތެއް ހުރެ، ބިހި ނެގުމުން އޭގެން ދިޔަ ނަގައިގެން. އެހެންވީމަ އަދި ބަޔަކު ޖިންސީ ގުޅުންތަކެއް ހިންގާއިރަށް، ނުވަތަ ތުހުމަތު ކުރެވޭއިރަށް އެމީހުން މަންކީ ޕޮކްސް އަށް ޓެސްޓް ކުރާކަށް ނުޖެހޭ ނޫންތޯ. މިއީ ޖިންސީ ގުޅުމުން އުފެދޭ ބައްޔެއް ނޫން. އެކަމަކު އެއީވެސް އެބަލި ފެތުރޭ އެއްގޮތް