ދަގަނޑޭ (މ) މިދިޔަ ސީޒަނުގައި ނިއުގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
03 ޖެނުއަރީ 2017 - 10:26
މާޒިޔާގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ލައްވާ އަންނަ ސީޒަނުގައި ކުޅުވަން އެ ކްލަބުންނާއި އޭނާގެ ކުރީގެ ކްލަބް ނިއު ރޭޑިއަންޓުން މަޝްވަރާކުރަމުން އެބަދެ އެވެ.
ދަގަނޑޭ ނިއު އަށް ސޮއިކޮށްފައިވާ ކަމަށް ބުނެ އިއްޔެ ފެތުރުނު ހަބަރެއް ދޮގުކޮށް ދަގަނޑޭ ރޭ ބުނެފައިވާ ގޮތުގައި އޭނާ އަންނަ ސީޒަނުގައި ކުޅޭނެ ކްލަބެއް އަދި ނުނިންމަ އެވެ. ދަގަނޑޭ ބުނެފައިވާ ގޮތުގައި އޭނާ އަންނަނީ ބައެއް ކްލަބްތަކާ ވާހަކަދައްކަމުންނެވެ.
"ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އަހަރެން ކުޅޭނެ ކްލަބެއް ނިންމާނަން،" ދަގަނޑޭގެ ރަސްމީ ފޭސްބުކް ޕޭޖުގައި ލިޔެފައިވެ އެވެ.
މާޒިޔާގެ ސީނިއާ އޮފިޝަލަކު ވަނީ ދަގަނޑޭއާ މަޝްވަރާކުރަމުން އަންނަކަން ޔަގީންކޮށްދީފަ އެވެ. މީގެ އިތުރުން ނިއު އިން ވަނީ ދަގަނޑޭ ގެންދަން އޭނާއާ އެކު ވާހަކަތައް ބާއްވަމުން އަންނަކަން ކަށަވަރުކޮށްދީފަ އެވެ.
ދަގަނޑޭ މާޒިޔާއާ ގުޅުނީ މެލޭޝިއާގެ ޕީޑީއާރްއެމްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ފަހު މިދިޔަ މޭ މަހު އެވެ. އޭނާ ވަނީ މާޒިޔާއާ އެކު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އޭނާ މި އަހަރު އެނބުރި މެލޭޝިއާ ލީގަށް ބަދަލުވާނެ ކަމަށް ވެސް ވާހަކަދެކެވުނެވެ. އެކަމަކު މިހާރު ބެލެވޭ ގޮތުގައި އޭނާ ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ މާޒިޔާ ނުވަތަ ނިއު އިންނެވެ.
ދަގަނޑޭ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނިއު އަށް ކުޅެފަ އެވެ. އެންމެ ފުރަތަމަ 2006-2007 އަށް ނިއު އަށް ކުޅެ އެ ޓީމާ އެކު ދިވެހި ލީގު ކާމިޔާބުކޮށް އަދި އެފްއޭ ކަޕް މިލްކުކުރި އެވެ. އޭގެ ފަހުން ވީބީ އަށް ކުޅުމަށް ފަހު 2012 އަދި 2013 ގައި ނިއު ކުޅުނެވެ. ފަހު އަހަރު އޭނާ ވަނީ ނިއު އިން ރާއްޖޭގެ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފީފު
05 January 2017
އެދުމަކީ އަޝްފާޤް އެބުރި ނިއުއަށް އައުން 59
ސިޔާދު ގޯލްޑްކޯސްޓް
03 January 2017
ދަގޭ ސިޔާދުބޭގެ ހީރޯ ވެލް ކަމް ޓު ނިއު.
ޢަހްމަދު
03 January 2017
މަގޭ އެދުމަކީ އަޝްފާޤް އެބުރި ނިއުއަށް އައުން
ސަންގު
03 January 2017
ދަނގޭ ހެޔޮނުވާނެ ނިއު އަށް ސޮއިކޮށްބަލަ. އަހަރަމެން ސަފޯޓަރުން މިތިބެނި ދަނގޭގެ ސޮއިގެ އިންތިޒާރުގަ.
އާސިފު
03 January 2017
ދަގޭ މިހަދަނީ ހަމަ މެސީ ހަދާހެން. ސޮއި ނުކޮށް ހިފޭއްޓީމާ މުސާރަ ބޮޑުވާނެ. ދަގޭއަށް ވިސްނޭ. ދަގޭހެން އުޅެބަލަ
ޓޮޓީ
03 January 2017
ދަގަޑޭ ނިއުއަށް ކުޅެން ނިންމައިފި ނަމަ ރާއްޖޭ ފުޓްބޯޅަ އެނެއްކާވެސް ފޯރިގަދަވާނެ. ނިއު އަކީ ސަފޯޓަރުންގެ ކުލަބެއް. ނިއުއަށް ކުޅޭ ހުރިހާ ކުޅުންތެރިންވެސް އެއްބަސްވޭ ނިއުގެ ސަފޯޓަރުންގެ ދީލަތި ކަމާއި އޯގާތެރިކަން.
ޑްރައިވަރ
03 January 2017
ދަނގޭ ހެޔޮނުވާނެ ނިއު އަށް ސޮއިކޮށްބަލަ. އަހަރަމެން ސަފޯޓަރުން މިތިބެނި ދަނގޭގެ ސޮއިގެ އިންތިޒާރުގަ.
ރޯނުަައެދުރު
03 January 2017
މިހާރު އަލީ އަޝްފާގް ގެ ވިދުންވަނީ ދައްވެފަ .... ޒުވާން ކުޅުން ތެރިންގެ ވިދުން ވަނީ ގަދަވެފަ.
ޙުޅަފި
04 January 2017
ދަނގޭ ކުޅޭނީ ނިއުއަށް..... ދަނގޭ އަކީ ނިއު.... ނިއު އަކީ ދަނގޭ .......