މާލޭގައި އެތައް ބަޔަކު އެއްޖިންސުން ގުޅުން ހިންގުމަށް ދާދި ފަހުން ދިޔަ ކަމަށް ބުނާ ގޭގައި އެ އަމަލު ހިންގަން ބޭނުންކުރި ކޮޓަރި.
05 އޯގަސްޓް 2022 - 11:44
ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުކުރާ ފިރިހެން ޓީޗަރަކު ސަސްޕެންޑުކޮށްފި އެވެ.
ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އަލަމްގީރާއެކު އިތުރު ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ ދައުރުވާން ފެށިއިރު އޭގެ ތެރެއިން އެކަކީ ވަރަށް ފަހަކާ ޖެހެންދެން ވެސް އިމާދުއްދީން ސްކޫލުގެ ޓީޗަރަކަށް ހުރި ދިވެއްސެއް ކަމަށް ތުހުމަތު ކުރާތީ "މިހާރު" އިން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މިއަދު ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ޓީޗަރަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ސަސްޕެންޑުކުރީ މި ފަހަކާ ޖެހެންދެން ވެސް އިމާދުއްދީން ސްކޫލްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިން ޓީޗަރެކެވެ. އެކަމަކު، މިހާރު އޭނާ މަސައްކަތްކުރާ ސްކޫލެއް އަދި ސާފެއް ނުވެ އެވެ.
އެ ޓީޗަރުގެ ނަމާއި އެޑްރެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
ކުރިން ލީކްވި ވީޑިއޯތަކުގެ މައްސަލައިގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އަދި ޑްރަގް އެންޑް އެންފޯސްމަންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ފުލުހަކު ހައްޔަރުކޮށް، އެ މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކަސްޓަމްސްގެ އޮފިސަރަކު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަލަމްގީރާއެކު، އެތައް ފިރިހެނުންނެއް ޖިންސީ ގުޅުން ހިންގާާފައިވާ ތުހުމަތު ކުރެވުނަސް މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ތިން މީހެކެވެ.
އެކަމަކު، އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުގެ ބައެއް މީހުން ހިމެނޭތީ، އެ މީހުންގެ މައްސަލަ ބަލަމުން އަންނަކަން ފުލުހުން ވަނީ އެ އޮފީސްތަކަށް އަންގައިފަ އެވެ. އަދި ތުހުމަތު ކުރެވޭ ބައެއް މީހުން ވަނީ ވަޒީފާތަކުން ސަސްޕެންޑް ކޮށްފައި ކަމަށް ވެ އެވެ.
އަލަމްގީރާއެކު، ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީހުންނާއި ވިޔަފާރިވެރިން ހިމެނޭ ގޮތަށް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވާން ފެށީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި މިިދިޔަ މަހުގެ 12 ގައި އޭނާ ހައްޔަރުކޮށް، އެ މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޭޖޭމު
06 August 2022
މިއީ ކަލޯ ކޮންތާކުން ހޯދި ސްޓެޓިސްޓިކްްސްތަކެއް
ކޮސް1
06 August 2022
ދިވެހި ފިރިހެނުން އުޅޭ ވައްތަރު، އަބިންނާ ގުޅުން ނުހިންގާ ގޮސް ހިލޭ އަންހެނުންނާ އެކީ ނޫނީ ފިރިހެނުންނާ އެކީ. ދެން ވަރި އިތުރުވާ ވާހަކަ ދައްކާނެ. މީ މި ޤައުމުގެ ފިރިހެނުންުގެ ފެންވަރު، އަދި ތި މަންޒަރު ފެންނަނީ، މި ފިލްމް ކުޅޭތާ ޒަމާންތަކެއް ވެއްޖެ.
މޮޔަވެއްޖެ
05 August 2022
ޓީޗަރަކު، ނޫނީ، ގުރުއާން ޓީޗަރަކު، ނޫނީ މުދިމަކު. މީ މިގައުމުގެ ހާލަތު. މީ މިހާރަކު ފެށިގެންއުޅޭ ކަމެއްނޫން. ސަގާފީކަމެއް
ހުތްއާދަނު
05 August 2022
ޓީޗަރަކު ތިކަންކުރާތާ އެތައް ޒަމާނެއް ވީއިރު ކީއްވެބާ، މިހާ ދުވަސްވީއިރު ފިޔަވަޅު ނާޅާ ހުރީ
މޮޔަވެއްޖެ
05 August 2022
ނަލަހަސަނާ، މީ ތަފާތު ސަރުކާރެކޭ ކިޔައިގެން ސަރުކާރުގެ ބޮލުގަ މިކަން އަޅުވަންނޫޅޭ. މީ މިއަދަކު ފެށިގެން އުޅޭ ކަމެއް ނޫންކަން ހަސަނަށް ނޭގޭކަމަށް ހެދިޔަސް، މިރާއްޖޭގަ އެއްޖިންސުން ގުޅުންހިންގުން ނޯންނަ ޒަމާނެއް އޮތްހެނެއް ހިޔެއްނުވޭ. މިހާރު މިކަން މިހާބޮޑަށް ފަޅާއަރައިގެން މިއުޅެނީ ޒަމާނަށް އައި ބަދަލަކުން ކޮންމެ މީހަކަށްްވެސް މަންޒަރު ރެކޯޑް ކުރެވިފަ، ފައިސާގެ ދަހިވެތިކަމުގަ މީހުން ބްލެކްމެއިލްކުރަން އެ ވީޑިޔޯތަށް ބޭނުންނުރާތީ.
މުޖުތާޒު
05 August 2022
ސަންގުމަރުމަރު 05 August 2022 އެތައް ދިވެހިންނަކާއި އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރި އާއި އަދި އިތުރު ފިރިހެނަކާއިއެކު ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގާފައި ވަނީ އިމާދުއްދީން ސްކޫލްގެ ހާއްސަ އެހީއަށް ކިޔަވައިދޭ ޓީޗަރެކެވެ އޭނާ ޓީޗަރަކަށް ނުވަނީ ކީއްވެބާ ސަންގުމަރުމަރު ބުނެފާމީނީ އެނަޔަކީ ޓވަރެކޭ
މުޖުތާޒު
05 August 2022
ށަސްޕެންޑުކުރުމުކުން ނުނިމޭ މަސްއަލަ ބަލާނިމެންދެން އޭނަ މީހުންނާއެކަހެރިކޮށް ބަނަދުގަ ބަހައްޓަންޖެހޭނީ
އަހަމަދުފުތާފޭދޫ
05 August 2022
ކިޔާނެ އެކެއްޗެއްވެސް ނެއް. މިގައުމުގެ ކަންތައް ދިޔައީ ދެން. ޢެއްކުޅިޔައްގޮސް ހުސްވެފަ.
ގުރެއިޝާ
05 August 2022
ފޮރުވިފައި އޮތް ނުދައްކާ ވާހަކަ މިވަނީ މުޅިގައުމަށް ފަޅާއަރާ ބޮޑުސިއްރު ހާމަވެފަ. ދިވެހިންގެ މެދުގައި މިފަދަ ފާހިޝް އަމަލުތަށް އިތުވެ އާންމުކަމަކަށް ވެހިނގައްޖެ. ސަރުކާރުން މިކަމާއިމެދު ދެކޭގޮތް އަދި އާންމުން ހޭލުންތެރިކަން އިތުރުކުރަން އަޅާނެ ފިޔަވަޅުތަށް ހާމަކުރުން މުހިންމު
އެޗް އެމް
05 August 2022
އަލަމްގިރި ޖީން ހުންނަ ވަކީލުން، ޝޭހުން، ޓީޗަރުން، މުދިމުން، ފުލުހުން ގެ އިތުރުން އާންމުންގެ ގިނަ ބައެއް އުޅޭ. %5 ވުރެ އިތުރު އަދަދެއް އުޅޭނެ. ކައިވެނިން ބޭރުން ޒިނޭކުރާ ނިސްބަތް %90 މަތީގަ އުޅޭނީ. މަސްތުވާތަކެތި ބޭނުން ކުރާ މީހުން %30 އަށްވުރެ މަދު ނުވާނެ. ކޮރަޕްޝަން ( އެންމެ އާދައިގެ ހިދުމަތުންފެށިގެން ހާކިމާހިސާބުން) ވައްކަން %95ގަ. މިތަނުން އެންމެ ނުރައްކާ ބޮޑީ ކޮރަޕްޝަން. ދެން މަސްތުވުން.
ހެއްވައޭ
06 August 2022
އެޗް އެމް ދަންނަ ދެތިން މީހަކު ކައިވެނިން ބޭރުން ޒިނޭކުރާތީ އެކަން 90% އަށް ތިޔަ އަރުވާލީ ހާދަ މޮޅަކަށޭ.