މާލޭގައި އެތައް ބަޔަކު އެއްޖިންސުން ގުޅުން ހިންގުމަށް ދިޔަ ކަމަށް ބުނާ ގޭގައި އެ އަމަލު ހިންގަން ބޭނުންކުރި ކޮޓަރި.
05 އޯގަސްޓް 2022 - 19:28
ގްރޫޕް ހަދައިގެން އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ވެސް ސަސްޕެންޑްކޮށްފި އެވެ.
ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ ބަންގްލަދޭޝްގެ އަލަމްގީރާއެކު އިތުރު ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ ވަނީ އާންމުވެފަ އެވެ.
ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަފްސީ އަބްދުﷲ "މިހާރު" އަށް ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެ މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ޖުވެނައިލް ޖަސްޓިސްގައި މަސައްކަތް ކުރިޔަސް އޭނާއަކީ ކުޑަކުދިންނާ މުއާމަލާތް ކުރަން ޖެހޭ މަގާމެއްގައި ހުރި މީހެއް ނޫން ކަމަށާއި އިދާރީ އެހެން މަސައްކަތެއް ކުރާ މުވައްޒަފެއް ކަމަށް ހަފްސީ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ރޭ އާއްމުވި ވީޑިއޯގައި ތުހުމަތުވާ އިމާދުއްދީން ސްކޫލުގެ ޓީޗަރަކަށް ހުރި ދިވެއްސަކު ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭނާއަކީ ވަރަށް ފަހަކާ ޖެހެންދެން ވެސް އިމާދުއްދީން ސްކޫލްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިން ޓީޗަރެކެވެ. އެކަމަކު، މިހާރު އޭނާ މަސައްކަތްކުރާ ސްކޫލެއް އަދި ސާފެއް ނުވެ އެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ކަސްޓަމްސްގެ މުއައްޒަފަކު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ކުރިން ލީކުވި ވީޑިއޯތަކުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އަދި ޑްރަގް އެންފޯސްމަންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ފުލުހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
އެ މައްސަލާގައި އެ ތިން މީހުންގެ އިތުރުން އެހެން މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
އަލަމްގީރާއެކު، ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީހުންނާއި ވިޔަފާރިވެރިން ހިމެނޭ ގޮތަށް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވާން ފެށީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި މިިދިޔަ މަހުގެ 12 ގައި އޭނާ ހައްޔަރުކޮށް، އެ މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރާ
07 August 2022
އަލަމްގިރު ނޫނީ ހައްތަހާވެސް އެޑިޓު! އޭނަވެސް ބުނަންވެއްޖެ އޭގެން އެފެންނަނީ އޭނައެއްނޫނޭ، އެޑިޓެކޭ!
އުދުހޭ
06 August 2022
އެތަށް މަހަކަށް މިކަން ހިނގަމުންދިޔަކަން ޕޮލިހަށް އެނގި ތަހުގީގުކުރަމުންދިޔައިރު އިންޓެލް ރިޕޯޓެއް ނެތްދޯ؟
ފެތޭއުދުހޭ
06 August 2022
އިންޓެލްރިޕޯޓަކީ ނޫހުގަ ޖަހާއެއްޗެއްނޫން
ޤއ123
06 August 2022
ގިރިފަރަށް ހާދަ ބޯޓްތަކެއް އަރައިފިޔޭ ދޯ! ހުރި ހިތާމަ އެއްގެ ބޮޑުކަމާ އެވެ.
ހިމާރުލްގައުމު
06 August 2022
ޖަޒީރާ ވެރިކަން. ބަރަހަނާ ވެރިކަން. ހިންނަވަރު ސާލިހުގެ ތާހިރު މުޑުދާރު ވެރިކަން. ޕަކާސް.
މަޑުމައިތިރި ސާލިމް
06 August 2022
ރަށްރަށުގައި ދިރިއުޅޭ ހުރިހާ ބެލެނިވެރިން ދަރިންތައް މާލޭގެ ސްކޫލްތަކަށް ބަދަލުކުރަން އިލްތިމާސްކުރަން. ދަރިންނަށް ރަގަޅު މަސައްކަތް ދަސްވާނެ. ގޭންގުތަކާއި ގުޅިގެން އާމްދަނީ ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވަން ދަސްވާނެ. ރަގަޅު ކުޅިވަރުތައް ކުޅެން ވެސް ދަސްވާނެ
ކޮރަލް
06 August 2022
ވަޒީފާ އިން ވަކި ނުކުރެއެވެ. ސަސްޕެންޑް ކުރަނީ އެވެ. މިއީ އަރަތެކެވެ.
އަންނިބެ
06 August 2022
ބްރޭކިން ނިއުސް: އަލަން ގިރި އެނދުގެ ބެޑްޝީޓް ބަދަލުކޮށްފި!
ޙިނި
06 August 2022
ލިވާތު ބަލި ފެރުރޭއިރު ސަރުކާރު މުވައްސަސާ ތައް ނިދާފަ.....ސުކޫލުތަކުގަ ކިޔަވާދެނީކޯޗެއްތަ، ދަރިން ތަރުބިއްޔަތުކުރާނެ ލުއިފޮތެއް އަދި ސޯޝަލްމީޑިޔާ ވެސް ބޭނުންކޮއްބަލަ ދަރިންތަރުބިއްޔަތު ކުރަން. އެއްޖިންސުން ގުޅުން ހިންގަން ދަސްކުރަނީވެސް ހަމަ މިމުޖުތަމާ ތެރެއިން، ރަންގަޅު ދަރިން ތަރުބިއްތަޔަތުކުރަން ފިޔަވަޅު އަޅާބަލަ
އެމްސް
06 August 2022
މިހާރު ބޮޑަށް ކުރަނީ އައިފޯނާއި އައިޕެޑްގެ ތަރުބިއްޔަތު!
ސިލޯނު އަލިބެ
06 August 2022
ޢަންނި ބޭނުންވަނީ ފަންޑުކުރީ ކާކުތޯ ބަލަން.
އެމްސް
06 August 2022
އަލަމްގީރުގެ ވެސް ބޮސް ހޯދަން ވާނެ!
ޒބނ
06 August 2022
އަޞާގެބޭފުޅުން ހައުދަހައިވާ ގިނަވެއްޖެއޭދޯ! ކިހާވަރަކުން ދާނެބާ؟