ޚަބަރު / ޝިއާއު މަރާލުން

ތުހުމަތުކުރެވެނީ ޝާހިލް އަށް އެކަނި، އޭނާ ހުރީ މަސްތުގެ ހާލަތުގައި: ފުލުހުން

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޝިއާއު އަށް ދީފައިވާ އަނިޔާގެ ތަފްސީލުތައް، އާއިލާގެ އެދުމުގެ މަތިން ހާމަނުކުރަން ނިންމާފައިވާ ކަމަށް

މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ޝާހިލް.

07 އޯގަސްޓް 2022 - 17:31

103 comments

ހ. ޝީރީންވިލާގައި ރޭ ދަންވަރު ޒުވާން އަންހެނެއް ކަމަށްވާ ޝިއާއު މުހައްމަދު ސައީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި މިހާތަނަށް ތުހުމަތުކުރެވެނީ ރޭ ސީނުން ހައްޔަރުކުރި އަލީ ޝާހިލް އަށް އެކަނި ކަމަށާއި ހައްޔަރުކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޝިއާއު އަށް ދީފައިވާ އަނިޔާގެ ތަފްސީލުތައް، އާއިލާގެ އެދުމުގެ މަތިން ހާމަނުކުރަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ އަނިޔާތަކުގެ ތަފްސީލް ދީ އާއިލާ އަށް އިތުރު ހިތާމައެއް ލިބޭކަށް،" ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ޝިއާއުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފަ އެވެ. ބެލެވޭ ގޮތުގައި މާދަމާގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވާނެ އެވެ.

ފުލުހުން ބުނި ގޮތުގައި ޝިއާއު އާއި ޝާހިލް އަކީ ދެމަފިރިން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ކުރި ނަމަވެސް އެކަމުގައި ހަގީގަތެއް ނެތް ކަމަށެވެ. އެކަމަކު އެއީ ދެ ރައްޓެހިން ކަމެއް ނުވަތަ އޮތް ނަމަ އޮތް ގުޅުމެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެޕާޓްމަންޓަކީ ޝާހިލް ދިރިއުޅޭ ނުވަތަ ގޮސް ގޮސް އުޅޭ އެޕާޓްމަންޓެއް ކަމަށާއި އެތަނުން، މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ އާލާތްތަކެއް ފެނިފައިވާ ކަމަށެވެ.

"މިހާރު ވެސް ފުލުހުން އަންނަނީ ސީންގައި ހަރަކާތްތެރިވެ އިތުރަށް ހޯދައި ބަލަމުން،"

ފުލުހުން ބުނި ގޮތުގައި ޝާހިލްގެ ކުށުގެ ރެކޯޑެއް ނެތް ކަމަށެވެ. އެކަމަކު އޭނާއާ ގުޅުވައި، އޭނާ އަކީ އަނިޔާވެރި ކަމަށް ހިތްވަރުދޭ މީހެއް ކަމަށް ބުނެ ބައެއް މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަންކަން ވެރިފައިކުރަމުން އަންނަ ކަމަށެވެ.

ކްރިމިނަލް ކޯޓުން ވަނީ ތަހުގީގު ނިމެންދެން ޝާހިލް ބަންދުކުރަން މިއަދު އަމުރުދީފަ އެވެ. ފުލުހުން އެދިގެން ޝަރީއަތުގެ އެ މަޖްލިސް ބޭއްވީ ސިއްރުކޮށްގެންނެވެ.

ޝާހިލް ރޭ ހައްޔަރުކޮށް، ގެންދިޔައީ ވެސް ހެޒްމެތު ސޫޓް ލައްވައިގެންނެވެ. ބެލެވޭ ގޮތުގައި އެއީ އޭނާގެ ގައިގައި ލޭ ހުރުމުން ހެކި ރައްކާތެރި ކުރުމަށެވެ.

ޝާހިލް އަކީ ރާއްޖޭގެ މަޝްހޫރު ސްކޭޓަރެކެވެ. އެ ކުޅިވަރުން އޭނާ ވަނީ ބައިނަލްއަގްވާމީ ކާމިޔާބީ ވެސް ހޯދައިފަ އެވެ.

103 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 17%
icon angry icon angry 66%
icon wow icon wow 5%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުކޭޓަރު ނޯމީ

09 August 2022

ކޯޗެއްބާ ބޮއެގެން ހުރީ؟

The name is already taken The name is available. Register?

ހިތާމައި ބޮޑުކަމާއެ

09 August 2022

މިއަދުގެ ހާލަތު. ޙާލަތު ބަދަލުކުރެވޭ ދުވަހެއް ﷲ ދައްކަަށި. އެބައެއްގެ ޙާލަތު ބަދަލުކުރަން ގަދައަޅަ މަސައްކަތް ކުރަންވީ. ﷲ ގެ ވާގިވެރިކަމަށް އެދި ދަންނަވަންވީ. އެކަލާނގެ ބަސްފުޅުގައިވަނީ މިފަދައިން ކަން ހަނދާން ކުރަންވީ.

The name is already taken The name is available. Register?

އައްމަޓީ

08 August 2022

ތިދެން މާކުރިންވެސް އެނގޭކަމެއް، ކޮންމެ ބޮޑުކަމެއް ހިންގާފަ، ބުއްދިހަމަނުޖެހޭ، މަސްތުގެ ހާލުގަ، މީ މިހާރު އާއްމުކަމެއް.

The name is already taken The name is available. Register?

ދިފާއު

08 August 2022

ފުލުހުން އޭނަ ހައްޔަރުކުރި އިރު މަސްތުގެ ހާލަތުގައި ހުރިކަން ސާބިތު ކުރެވުނަސް އެ ޢަމަލު އޭނަ ހިންގީ މަސްތުގެ ހާލަތުގައި ކަމަށް ބުނެ ދިފާއު ވުމަށް ފުރުސަތު ދީގެން ނުވާނޭ

The name is already taken The name is available. Register?

އާބިދާގެ ބަޔާން

08 August 2022

އަދިވެސް ނަޝީދު ބުނާނެ ދޮން މީހުން އުޅެންވާ ގޮތަށް އުޅެންވާނޭ. 24 ގަޑިއިރު ހަމައިގަ ހުންނާކަށް ނުޖެހޭނެއޭ.

The name is already taken The name is available. Register?

ބަޔާނުން

08 August 2022

އޭނަ ޑރއަށް ދިން ބަޔާނަށް ބެލީމަވެސް އެނގޭނެ އެހެން ކަން ބުނެވޭނީ.

The name is already taken The name is available. Register?

ބަޑިތަކުރު

08 August 2022

މަސްތުގެ ހާލަތުގައި އޭނާހުރީ ކީއްވެ ކާކު މަޖްބޫރުކޮށްގެން ހެއްޔެވެ. ދީނީގޮތުންނާއި ގާނޫނީ ގޮތުން ބޮޑުކުށެއްކުރުން އެއީ އެއަށްވުރެ ބޮޑުކުށަކުން ރެކެވެންޖެހޭ ހުއްޖަތަކަށްވާންވީ ކީއްވެހެއްޔެވެ. ވާންވީގޮތަކީ މީހަކު މެރުމުގެ ކުށުގެ އަދަބުގެ އިތުރަށް މަސްތުވާ ތަކެތި ބޭނުންކުރުމުގެ އަދަބުވެސް ލިބެންވީއެވެ. މިވަރުގެ ބޮޑެތި ޖަރީމާ ހިންގީމާ އެއިން ސަލާމްކޮށްދޭ އެއްޗަކަށް މަސްތުވާ ތަކެތި ނުހަދަންވީއެވެ. ކުށްވެރިން ސަލާމަތްކޮށްދީގެން ފައިސާ ލިބޭގޮތަށް ޤާނޫނ

The name is already taken The name is available. Register?

ކޮބައި

08 August 2022

މަސްތުވާ ތަކެއްޗަކީ ހުރިހާ ނުބައިކަމެއްގެ މަންމަކަން ދީނީ ނައްސުތަކުން ވަނީ އަންގަވާފަ. އެކަމަކު އިސްލާމީ މި ގައުމުގައި މިކަން ހަނދާންހުރި ވެރިއެއް، ފަނޑިޔާރެއް އެމްޕީއެއް ހުރިހެން ހީނުވެ. މަސްތުވާ ތަކެތީގެ ބޮޑެތި ބިޔަ މައްސަލަތަކުގައި މީހުން ދޫކޮށްލާހާ ފަސޭހައިން ދޫކޮށްލާ އެއްވެސް އެހެން ކަމެއް މިތާކު ނެތް. ބޮކްސާ ތެރެއިން ފެނުނަސް ޒިންމާވާން ނުޖެހެ. ދެން ވާނެހާ ގޮތް މި ގައުމަށް މި ވަނީ. ވެރިންގެ ލަދެއް ބިރެއް ހަޔާތެއް ކޮބައިތޯ؟

The name is already taken The name is available. Register?

ސަލީމު އިދުރީސް

08 August 2022

އަބަދުމީހުން ނުމެރިގެން މިއުޅެނީ ސިކުނޑިއައް ސަހަރާގެ ހިރަފުސް ބުރާފަތިބި ބައެއްބާ!ފުރަތަމަ މިތާ ގާނޫނުގަ އޮތް ހުކުމެއްވެސް ކުރިވެގެން ކުއް މަދުނުވިނަމަތާ ސިއްސޓަމުގޯސްވެ މީހުން މަރާވާކަދައްކާނީ! ކޯޓުތަކުން ނުބައިތާރީހެގަ މައްސަލަ އުފަންވީތި ނުބެލު މަކީ މަރުގެ އަބާ ގުޅޭ ކަމެއްނޫން! މުޖުތަމައު ނަފުސާނީ ގޮތުން ދުޅަހެބަޔެއް ގެގޮތުގަ ތިބެން ޔޯގާ ފަދަ މިޒަމާނުގެ ދިރާސާ ތަކުން ރަނގަޅު ކަމެކަން ސާބިތުވާ ޕުރަގޫމުތައް ހިންގުން މުހިންމު!އެއިރުން ޑުގާދޯޅު؛

The name is already taken The name is available. Register?

ސަލީމޫ

08 August 2022

ޔޯގާކޮށްގެން ލިބޭ ރާހަތު ލިބޭނެ ދީނުގެ ކަންކަން ކޮށްގެންވެސް. އެކަން ދޫކޮށްފަ ޔޯގާއާ ދިމާއަށް ދާކަށް ނުޖެހޭ. ދިރާސާތައް އެބަހުރި ގުރުއާނާ ބެހޭ ގޮތުންވެސް. އެކަމު ބަޔަކު ގުރުއާނުގެ މާނަ ބަލާ އޮޅުންފިލުވާ އެއާ މެދު ވިސްނާ ތެދުމަގު ލިބެން އެދެން ދުއާކޮށް ހެދީމަ ތެދުމަގު ލިބޭނީ. ގުރުއާނުގެ މާބޮޑު އަސަރެއް ކުރާނެހެން ހީނުވޭ ތިމާގެ ހިތްނިޔަތް ރަގަޅު ނުކުރެވޭނަމަ. ކަލާނގެއަށް ތިމާ އަމިއްލައަށް ދުއާކޮށް ކަންކަމަށް އެދެވެން އޮވޭ އަހަރުމެންގެ ދީނުގައި

The name is already taken The name is available. Register?

އަލީ

08 August 2022

ޝެއިހުން މިކަން ހުއްޓުވަން މަސްތުވާތަކެތި ހުއްޓުވަން އަޑުއުފުލާތަން ދެކެން ބޭނުން ކަންމަތީގަ ތިބޭ ކުދިންނަށް ނަސޭހަތްދީ ހަމަމަގަށް އަޅުވަންވީ

The name is already taken The name is available. Register?

އާރީ

08 August 2022

ބައެއް މައިން ބަފައިންނަށް އެމީހުންގެ ދަރިން ފެންނަނި މިފަދަ ކޮންމެވެސް ހިތާމަވެރި އަޑަކާއެކު. އޭގެ ކުރިން ދަރިން އުޅޭނޫޅޭ ގޮތް ނުބަލާތީ ނޫނީ އަޅާނުލާތި ގައިގަ ޓެޓޫ ޖަހައިގެން ހިލޭފިރިހެނުންނާއި އެކު އެއްރޫމްގަ ނިދާގެން ހެއްދެވިހާ ނުބައި ކޮށް އުޅެނި. ވަރަށް ހިތާމަވެރި ކަމެއް. މަރުހޫމާއަށް ހެޔޮރަހުމަތްލައްވާ އާއިލއަށް ކެށްތެރިކަން ދެށްވާށި. އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454