އެއާޕޯޓް ހަދަން ހަވާލުކުރި ޖޭއެމްސީ އަކީ އިންޑިއާގެ ލޯނު އެހީގައި ރާއްޖޭގައި ހިންގާ އެކި މަޝްރޫތައް މިހާރުވެސް ހިންގާ ކުންފުންޏެއް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ ގޮތުގެ ކުރެހުމެއް.
10 އޯގަސްޓް 2022 - 18:45
ހަނިމާދޫ އިންޓަަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު، ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ އެކި މަޝްރޫތައް ރާއްޖޭގައި މިހާރު ވެސް ކުރިއަށް ގެންދާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ދެ ބިލިއަން ރުފިޔާ އަށް ހަވާލުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަޝްރޫއު އެވޯޑުކުރީ 136,625,386.44 ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ކަމަށެވެ.
މިއީ އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ޕްރޮޖެކްޓަކަށް ވާތީ ބީލަށް ހުށަހެޅުމުގެ ފުރުސަތު އޮތީ އެ ބޭންކުން ޝޯޓް ލިސްޓްކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ. ބީލަމުގައި ހަތަރު ކުންފުންޏަކުން ވާދަކުރި އެވެ.
އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެ އެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިސްޓުން އުފުލާ ޑައިރެކްޓް ފްލައިޓްތައް އެ ސަރަޙައްދަށް އޮޕަރޭޓް ކުރެވޭނެ ގޮތެއް ނެތުން ކަމަށެވެ.
"ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން މި މައްސަލައަށް ހައްލު ލިބި، ބޮޑުތިލަދުންމަތީގައި ރިސޯޓުތަކާއި ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ ގޮތުގެ ކުރެހުމެއް.
މި މަޝްރޫއުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމަށާއި ސީދާގޮތުންނާއި ނުސީދާ ގޮތުން އެތައް ހާސް ވަޒީފާއެއް އުފެދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި ވައިގެ ބަނދަރު މެދުވެރިކޮށް ސީދާ އުތުރަށް މުދާ އެތެރެކުރުމަށް ފަސޭހަވެ، އުތުރުގެ ރަށްރަށުގެ ވިޔަފާރިއާއި އިގުތިސޯދަށް އާރޯކަން ލިބޭނެކަމަށް ބުނެފައިވެ އެވެ.
މި އެއާޕޯޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތާޒާކަމާ އެކު އެކްސްޕޯޓްކުރާ ކުންފުނިތަކަށް، ހާއްސަގޮތެއްގައި ބޮޑު ކަންނެލި އެކްސްޕޯޓްކުރާ މީހުންނަށް ލުއިފަސޭހަކަމާ އެކު މަސް އެކްސްޕޯޓްކުރުމަށް ހުޅުވޭ ދޮރަކަށް ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"ރާއްޖޭގެ އުތުރުން ދުނިޔޭގެ މައި ޝިޕިން ރޫޓްތަކުން ދަތުރުކުރާ ބޮޑެތި އާގުބޯޓުފަހަރުތަކަށް ޚިދުމަތްތައްދޭ ޒަމާނީ މެރިޓައިމް ހަބެއް ރާއްޖޭގެ އުތުރުގައި ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންތައް ތަންފީޒުކުރުމުގައި ވެސް ހަނިމާދޫ އެއާޕޯޓް ޒަމާނީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީވެގެން ދިޔުމީ މުހިއްމު ދައުރެއް އަދާކުރާނެ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި އަހަރު ފަހުކޮޅު މި މަޝްރޫއު ފެށޭނެ ކަމަށާއި 2024ގައި މި މަޝްރޫއު ނިމި ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ބަލީ
25 September 2022
ބޮޑު ލޯނެއްނަގައިގެން ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރާާއިރު ހދ. ޢަތޮޅަކީ އެންމެ ރެސޯރޓް މަދު އަތޮޅު. ހއ. އަތޮޅުގަ އޮތީ އެންމެ 3 ރެސޯރޓް. ދެން ހަނިމާދު އަށް އަންނަމީހުން ދާނީ ކޮންތަނަކަށްތޯ؟ ބޮޑައްވަށްތަރީ ތީ ފިއްލަދޫ ގަތިހަދާ ލަގުޒަރީ ގެތަކަށް އަންނަ އިންޑިއާ މީހުންނަށް ހަަދައިދޭ އެއަރޕޯޓަކާ!!
ކުޅުއްފުށީ ޚަތީބު ބޮޑު މުހައްަދު
11 August 2022
އަޅުގަނޑުމެންނައްޖުމުލަ ތިންކުރެހުމެއް ފެނިއްޖެ: 2018ރިޔާސީއިންތިހާބައް (ޖަޒީރާ ރާއްޖެ) 2019މަޖުލިސް އިންތިހާބައް (އެޖެންޑާ19) 2020ކައުންސިލު އިންތިހާބައް (ރައްވެހިފަތިސް) މިތަނުން އަސްލަކީ ކޮބައިކަމެއް މިހާރަކު ނޭންގޭ.
ކަތީބާ
11 August 2022
އަދިވެސް ނުފެންނާނެ އަސްލެއް. އެ ފެންނާނީ ދެން ރިޔާސީ އިންތިހާބަށް ދައްކާލާ ކުރެހުމުން.
އިސްމާލި
11 August 2022
މި އަހަރު ފަހުކޮޅު ތިޔަ ބިޔަ މަޝްރޫއު ފަށައި އެއް އަހަރު ތެރޭ ނިންމަންޔާ ތިއީ ރެކޯޑަކަށް ވާނެ. ހާއްސަކޮށް އިންޑިއާ ކުންފުންޏަކުން. މި އުޅެނީ ބްރިޖު އަޅަން ފެށި މަސައްކަތްވެސް އަދި ފެނުން މައްޗަށް ނާރައިގެން.
ނަނީ
11 August 2022
އެމީހުންގެ މަގްސަދެއް އޮތިއްޔާ ކިތަންމެ އަވަހަކަށްވެސް ނިންމަފާނެ. އެބުނާ ރޫޓުން ޗައިނާ އުޅަނދުތަކަށް އަވަހަށް ފާރަލާން ބޭނުންނަމަ ވަރަށް އަވަހަށް އެކަންކުރާނެ.
65656
11 August 2022
މި ވެރިކަމުގަ ފުރަތަމަ ކުރިކަމަކީ، ތި އެއަރޕޯޓް އިންޑިޔާއަށް ދިނުން. އެވަރުން ނުވެގެން އެތަން ހަދާދޭންވެސް ނިންމީ ދިވެހި ރައްޔިތުންގެ ފައިސާއިން. ތި ބޮޑު ލޯނަކީ އިންޑިޔާގެ ކުންފުންޏަކަށް އެ އެއަރޕޯޓް ހަދައިދިނުމަށް އިންޑިޔާއިން ނެގި ފައިސާ. ތީގެ ހުރިހާ ފޮނިކަމަކާ މީރުކަމެއް އޮތީ އިންޑިޔާއަށް. ދިވެހި ރައްޔިތުންގެ ބޮލުގަ ލޯނު ދަންތުރަ އަޅުވަމުންދަނީ. ތި ލޯނުގެ ވާހަކަ މީގެ 3 އަހަރު ކުރިންފެށިގެން ކިޔަމުންދަނީ. މިހާރު އަނެއްކާ ހެޑިންގ އާކޮށްލީ ދޯ
ތަމެންދޯ
11 August 2022
ތިހާ ބޮޑު ލޯނެއް ނަގައިގެން ހަނިމާދޫ އެއާރޕޯރޓް ތަރައްގީ ކުރުން އެއީ އެއްގޮތަކަަށް ވެސް ކޮށްގެން ވާނޭ ކަމެއް ނޫނޭ ތިޔާ ލޯން އަނބުރާ ދައްކަން ސަރުކާރުން ހަނިމާދޫ އެއާރޕޯރޓް އިން ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ އަކީ ކޮބައިތޭ އައްޑޫ އެއާރޕޯރޓް އިން ވެސް އަހަރަކު 1200 މިިލިއަން ޑޮލަރުގެ ގެއްލުން ދެން ކުޑަ ކުޑަ އާބާދީ އެއް އޮތް ހަނިމާދޫ އެއާރޕޯރޓް އިންޑިއާ އިން %22 އިންޓަރެސްޓް ރޭޓް ގައި ކިއެއްކުރަން ނަގާ ލޯނެއްތޭ ތިޔާއީ ސީދާ ކަޓް ޖައްސަނީއޭ
ނަދީމް
11 August 2022
މީ ހާދަ މޮޅުމީހެކޭދޯ؟
ސައިޚް
11 August 2022
ލިޔުންކޮޅު ވަރަށް ފުރިހަމަ، ހަނިމާދޫ އެއަރޕޯރޓް ތަރައްގީ ކުރީމަވާނެ ގޮތްތަށްވެސް ފުރިހަމަ، ބަލަ އެއޮތީ އައްޑޫގަވެސް އިންޓަރނޭޝަނަލް އެއަރޕޯރޓްއެއް، މީހުންވެސް ގިނަ ދާއިރާއެއް، ލިބޭ މޮޅެއް، ވާފައިދާއެއް އެބައޮތްބާ.؟ ތިހުންނަނީ އިންތިޚާބަށް ވޯޓު ހޯދަން ކުރެވޭ މުހިންމު ކަންކަން، އެއަރޕޯރޓެއް އޮތަސް ހިންގަންނޭންގޭ ގަމާރު އިކޮނޮމިސްޓެއް ހުރީމަ ވާނެފައިދާއެއް ނޯންނާނެ، ހިންގާލަން އައި އިކޮނޮމިސްޓް ބޮލެއްނެތް،
އިސްމާލި
11 August 2022
ހަަމައެކަނި ވޯޓު ހޯދަން ކުރާ ކަމަކަށް ވުރެ އިތުރަށް، މީގެ ބޮޑު މަންޒަރަކީ ރާއްޖޭގެ އުތުރު މިލިޓަރީ އައި އިކޮނޮމިކް ގޮތުން ވެސް އިންޑިއާގެ ދެކުނު ގެ ބައަކަސް ހެދުން. ނަމުގައި ރާއްޖޭގެ އިސްތިޤުލާލު، އެކަމު އެ ސަރަހައްދު ބަލަހައްޓައި، ބޮޑެތި ވިޔަފާރިތައް އިންޑިއާ. އެމީހުންގެ އަވަށަކަށް އައިސް ގޮސް ވާހާ ފަސޭހައިން ދެ ކޮޅަށް ދަތުރުކޮށް ވަޒަންވެރި ވެވޭ. ދިވެހިން ވާނީ ދެވަނަ ދަރަޖައިގެ މީހުނަށް. ޗައިނާ ޓައިވާން ގެންގުޅޭހެން ވާނީ.
މުންޖިޗޭ
11 August 2022
ތަރައްޤީކުރަން ރަނގަޅު، އެކަމަކު ވަކި ބަޔަކު ޕްރޮމޯޓްކުރަންވެގެން ހިންގާ ޙަރަކާތެއްގެ ތެރެއިން ކުރެވޭ ކަމަކާވަރަށް ވައްތަރު، އިންޑިޔާގެ ލޯނުއެހީއޭ ބުނާއިރު އެމީހުން ޗައިނާއިން ކުޑަ އިންޓްރެސްޓް ރޭޓްގައި ހޯދާ ލޯނުން ބޮޑު އިންޓްރެސްޓްގައި އެމީހުންގެ އަތުން ލޯނު ހޯދުމަށްވުރެ ޗައިނާގެ އަތުން ކުޑަ އިންޓްރެސްޓްގައި ހޯދުން ދިވެހިންނަށް މާބޮޑަށްވެސް ފައިދާވާނެ، އެކަމަކު އިޚްލާޞްތެރިކަމެއް ނެތްކަން މިކަމުންވެސް އެނގޭ.
ޚުޑޫ
11 August 2022
ތިވޯލްޑް ބޭންކްގެ ރެޕްރެޒެންޓޭޓިވް ގަނެލަގެން އުޅެހެން ހީވޭ ، އިރު އިރުކޮޅަ ޓެކްސް ނަގާފަ އިންޑިއާ ލޯނު ނަގަން ލަފާތިދެނީ ހަމަހޭގަ ހުންނަވައިގެންތޯ
ޢައްޑު ހަސްނު
11 August 2022
ޢެމްޑިޕީ ވެރިކަމަ އަންނަ ކޮމްމެ ފަހަރަކު އިންޑިޔާއާ އެކީ ސިއްރު ޑިލްތަކެހަދާ.
ރާއްޖެ
11 August 2022
މިތަން އިންޑިއާއިން ލޯނު ނަގައިގެން ހަދާފަ އިންޑިއާ އަށް ދޭ ގޮތަށް އޮތީ. އަހަރެމެން ޖެހޭނީ ލީނު ދައްކަ ދައްކާ ތިބެން.