ފަސްޓް ނޭޝަނަލްގެ މުވައްޒަފުންތަކެއް. އެކުންފުނީގެ ފަންޑު ހުޅުވާލައިފައިވަނީ ޕްރޮފެޝަނަލުންނަށް--ފޮޓޯ:މިހާރު
14 އޯގަސްޓް 2022 - 14:13
ފަންޑު މެނޭޖްމަންޓާއި އެޑްވައިޒަރީ ހިދުމަތް ދޭ ކުންފުނި "ފަސްޓްް ނޭޝަނަލް" އިން އިންވެސްޓްކުރުމަށް ފަންޑެއް ހުޅުވައިފި އެވެ.
އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން އެ ފަންޑަށް އެންމެ މަދުވެގެން ވެސް އެއް ލައްކަ ރުފިޔާ އިންވެސްޓްކުރަން ޖެހޭނެ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ ޕްރޮޕެޝަނަލުންނަށް ހާއްސަކޮށް ހުޅުވާލި އެ ފަންޑަށް އެއް އަހަރު ދުވަސް ވަންދެން އިންވެސްޓް ކުރުމުން 5.5 ޕަސެންޓުގެ ރިޓާނެއް ނުވަތަ ފައިދާއެއް ލިބޭނެ އެވެ. މިއީ ރާއްޖޭގެ ބޭންކެއްގައި ފައިސާ ރައްކާ ކޮށްގެން ލިބޭނެ ފައިދާއަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.
ފަސްޓް ނޭޝަނަލްގެ ކެޕިޓަލް މާކެޓްސް އެންޑް އިންސްޓިޓިއުޝަންސްގެ މެނޭޖަރު އަހުމަދު ނާސިރު ވިދާޅުވީ އެކުންފުނިން ބޭނުން ވަނީ ރާއްޖޭގެ މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ދިވެހި ރައްޔިތުންނަށް ބޭނުންވާނެ ތަފާތު ހިދުމަތްތަކެއް ތައާރަފް ކުރުމަށް ކަމަށެވެ. އެކުންފުނިން ތައާރަފްކުރާ ހިދުމަތްތަކަކީ އާންމުންނަށް އޭގެ ނަފާ ހޯދޭނެ، އަދި ރައްކާތެރި ޕްރޮޑަކްޓްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެކުންފުނީގެ އިންވެސްޓްމެންޓް ފަންޑުތައް އުފައްދާފައިވަނީ ސީއެމްޑީއޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ފަސްޓް ނޭޝަނަލްގެ މުވައްޒަފުންތަކެއް: އެ ކުންފުނިން ވަނީ އިންވެސްޓްމެންޓެއް ފަންޑެއް ހުޅުވާލާފައި-- ފޮޓޯ: ފަސްޓް ނޭޝަނަލް
"ފައިސާ ރައްކާކުރާ ފަރާތްތަކާއި އަދި ފައިސާ ބޭނުންވާ ފަރާތްތަކަށް ވެސް އެކަށީގެންވާ ފަދަ ތަފާތު ހިދުމަތްތައް މިކުންފުނިން މާލީ ބާޒާރަށް ތަޢާރަފް ކުރަމުން ގެންދާނެ. އަދި ފަސްޓް ނޭޝަނަލް އިން ނެރޭ ޕްރޮޑަކްޓުތަކާއި ހިދުމަތްތަކަކީ ރައްކާތެރި ޕްރޮޑަކްޓުތަކާއި ހިދުމަތްތަކެއްކަން ޔަގީންކަން ދެން،" އޭނާ ވިދާޅުވި އެވެ.
އިންވެސްޓްމަންޓު ފަންޑުތަކަކީ ބޭންކުތަކުގައި ފައިސާ ބަހައްޓާ ފަދައިން ފައިސާ ފަހަށް ރައްކާކުރުމަށް ބޭނުން ކުރެވިދާނެ ވަސީލަތްތަކެކެވެ. އެކަން ކުރެވޭނީ ސީއެމްޑީއޭއިން ހާއްސަ ލައިސެންސެއް ހޯދައިގެންނެވެ. ފަސްޓް ނޭޝަނަލް އަކީ އެ ލައިސަންސާ އެކު ރާއްޖޭގައި އިންވެސްޓްމެންޓް ފަންޑެއް ހުޅުވާލި ފުރަތަމަ ކުންފުންޏެވެ.
ފަސްޓް ނޭޝަނަލްގެ ފަންޑަށް އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ ހާއްސަ އޮންލައިން ޕްލެޓްފޯމެއް ވަނީ ގާއިމްކޮށްފަ އެވެ. އެ ޕްލެޓްފޯމުގައި ރަޖިސްޓާ ވުމުން ފަންޑާ ގުޅޭ ތަފްސީލީ މައުލޫމާތުތައް އެނގޭނެ އެވެ. އެގޮތުން އެ ފަންޑު ބޭނުންކޮށްގެން ފަސްޓް ނޭޝަނަލް އިން އިންވެސްޓް ކުރާނެ ދާއިރާތައް ވެސް ފަންޑަށް ސަބްސްކްރައިބު ކުރުމުން އެނގޭނެ އެވެ.
Funds - First National
A Fund is a structure to pool funds from various individuals or corporations (Fund Member) and use the accumulated pool of funds to invest in various activities or other financial instruments. Each Fund will have its own objective and investment strategy which will be set and executed by the manager...
ފަސްޓް ނޭޝަނަލްގެ އޮންލައިން ޕްލެޓްފޯމް
މި ފަންޑަށް އެންމެ ގިނަވެގެން އިންވެސްޓް ކުރެވޭނީ 50 މީހުންނަށެވެ. ފަންޑު ހުޅުވާލެވިފައިވާ އިރު މިހާރު ވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށް ފަސްޓް ނޭޝަނަލް އިން ބުންޏެވެ. އިންވެސްޓްމެންޓް ފަންޑުގެ އިތުރުން އެ ކުންފުނިން ވަނީ އިންވެސްޓްމަންޓު ފަންޑެއް ތައާރަފުކޮށް، ހާއްސަ ޕްލެޓްފޯމެއް މެދުވެރިކޮށް ކެޕިޓަލް މާކެޓުގެ އިންސްޓްރޫމަންޓް އިންވެސްޓްކުރެވޭނެ މަގު ތަނަވަސްކޮށްދީފަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު އުފެދުނު ފަސްޓް ނޭޝަނަލް ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ފައިނޭންޝަލް ސެކްޓާ އާ ހަރުފަތަކަށް ގެންގޮސް ރާއްޖޭގެ އިގްތިސާދު ބައިނަލްއަގުވާމީ މާލީ ނިޒާމާއި ގުޅުވާލުމެވެ. އެކަމުގެ މަސައްކަތްތައް އެ ކުންފުނިން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ފަސްޓް ނޭޝަނަލް އިން މި ވަގުތު ދެނީ މައިގަނޑު ތިން ހިދުމަތެކެވެ. އެއީ ސްޓޮކް އާއި ބޮންޑާއި ސުކޫކް އިޝޫ ކުރުމުގައި ކުންފުނިތަކަށް އެހީވުމާއި ފަންޑް މެނޭޖްކޮށްދިނުމާއި ވެލްތު މެނޭޖް ކުރުމުގެ ހިދުމަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
.
23 August 2022
ޝަރިއާ ކޮމްޕްލައިންޓްތޯ؟
ރިޒްމީން
16 August 2022
ވަރަށް އިތުބާރުކުރެވޭ ޓީމެއްތީ. ތިކަންކުރެވެންޏާ ކުރެވޭނީވެސް ތި ބޭފުޅުންނަަށް. ވ ރަނގަޅު ރޭޓެެއް އަދި ވ ރަނގަޅު ފުރުސަތެއް. ހޭޓަރސް ކޭން ހޭޓް އެކަމާ އަޅާނުލާ ފުކެއްވެސް ދޫނުދީ ތިޔަ ދާ ސުޕީޑުގައި ކުރިއައްދެވޭތޯ ބަލާ. ވ.ސަލާމް
ޢަޙުމަދު.
14 August 2022
ތިޔަފަންޑު ވައްތަރީ ސަރުކާރުން އުފެއްދި އެމް.ޓީ.ޑީ.ސީ އާއެވެ. މީވެސް އެތަށްހާސް ބައެއްގެ ހިއްސާ އޮންނަ ކުންފުންޏެއް. ޙިއްސާދާރުންނަށް ލިބެނީކޯއްޗެއްތޯއެވެ.؟ މަދުވެގެން އެއްލައްކަރުފިޔާ 50 މީހުނަށް ބައިވެރިވެވޭ ތި އިންވެސްމަންޓްގައި އޮޅުންނުފިލާ ވަރަށް ގިނަ ކަންކަންއެބަހުރ.ި 1ލައްކަރުފިޔާއިންއަހަރަކު5500ރުފިޔާ ގެ ފައިދާއެއް މިއީ އެއްވެސް އެއްޗެއްނޫ. ބާޒާރުމަތީގައި އުނގުވިޔަފާރި ކުރިއަސް ވިހި ފަންސައިވސް ހާސްރުފިޔާގެ ފައިދާއެއް 1އަހަރުން ނެރެވޭނެ.
މެދު ފަންތީ މީހާ
14 August 2022
މީ ދޫނިޔޭގަތަރަޢްގީވެވަފއިވާ އަދި ވަމުން އަންނަ ޤައުމުތަކުގައި މެދު ފަންތީގެ ރައްޔިތުން ވަރަށް ބޭނުންކުރާ ޚިދުމަތެއް. ރާއްޖޭގަވެސް މިކަަހަލަ ފުރުޞަތުތައް ލިބިގެން ދިއުމަކީ ވަރަށް އުއްމީދުން ފުރިފައިވާ ކަމެއް. ޚިދުމަތް ފުޅާވަމުން ދިއުމުން މިއަށްވުރެ ރަނގަޅު ރިޓާން ލިބޭ ޕްރޮޑަކްޓްސްވެސް ތައުރަފު ކުރާނެ ކަމަށް އުއްމީދު ކުރަން. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ހާމަކޮށް ބޮޑުކޮށް ކުންފުނީގެ އަދި ފަންޑް ތަކުގެ ޕަރފޮމަންސް ފެންނަން ހުރުން މުހިއްމު
ވަރި ގޮއްޔެ
14 August 2022
ބޭންކުން މި އުޅެނީ 3 ޕަސެންޓް ވެސް ނުލިބިގެން އެހެންވީމަ 5.5 ސަޅިއޭ
ބޮޑު ސޯބު
14 August 2022
އާން. މިކަހަލަ ރަނގަޅު ކުންފުންޏެއްގެ ފަނަޑަކަށް ލާރި ނުލާ ތި. އަލްހާނުގެ ވަގު ފަންޑު ކަހަލަ 1000% ރިޓާން ގެރެއްޓީ ފަންޑު ތަކަށް ލާން ރަނގަޅު ވާނީ.
ސޭކު
14 August 2022
މާރުކޭޓުން ދޮންކެޔޮ ގަނެގެން ވިއްކިއަސް ލިބޭނެ މަހަކު 10% ގެ ރިޓަރން އެއް. އަހަރަކު 5.5%ގެ ރިޓަރން އެއް ހޯދަން އެއްވެސް އިތުބާރެއް ނެތް ބަޔަކުގެ ފަންޑެއްގައި އިންވެސްޓްކުރުމުގެ މާނައެއް ނެތް.
ގެއަށް ވަންނަ ރުފިޔާ
14 August 2022
ހަލާލު އެއްޗިހީގައިތަ އިންވެސްޓު ކުރާނީ. މިހެން އަހާލަންޖެހުނީ މިދާކަށްދުވަހު ކީ ހަބަރެއްގައި އޮތް އެމްޕީއެލުން ދައުލަތުގެ ޓީ-ބިލު ގަތް ވާހަކަ، އިންޓަރެސްޓު ލިބޭގޮތަށް. ދެން ކުށްވެރިވާ ބައެއް މީހުންގެ އެކައުންޓު ދޫކޮށްލީމައި ތިޔައިން ސުކީމެއްގައި ބައިވެރިކޮށްފައި، 10 އަހަރު ފަހުން ހުކުމް އަންނަންވާއިރު އޮންނާނީ އެހާ ލާރި ފައިދާގެ ގޮތުގައިވެސް ލިބިފައިތާދޯ. ދެން އެ ލިބުނި ލާރި، އެއީ އަނބުރާ ދައްކާ ލާރިކަމަށް ހަދައި ދޮވެލީމާ އެ ވީ ދޯ ފައިސާ.
ނިކަމެތިރައްޔިތުމީހާ
14 August 2022
އެއްލައްކަ ރުފިޔާއަށް ފޮރެކްސް ޓުރޭޑު އިންވެސްޓު ކުރީމަ 6 މަހުން %300 ޕުރޮފިޓު ލިބޭނެ! ތިޔަ ތަނުން ތިލިބެނީ އަހަރަކުން 5500 ރުފިޔާ! އެއް އަހަރުފަހުން 5500 ގަ އެއްވެސް އަގެއް ނުހުންނާނެ! އެއީ އިންފުލޭޝަން މަތިވެ ރުފިޔާގެ އަގު ވެއްޓިފައިވާނެތީ!
ޥަރިސް
14 August 2022
ރާއްޖޭގެ ހިއްސާގެ ބާޒާރުންވެސް އަހަރަކު 10% ލިބޭ.