އިމިގްރޭޝަންގެ އޮފިސަރަކު މީހެއްގެ ޕާސްޕޯޓުގެ ކަންކަން މިދިޔަ ޖޫން މަހު ނިންމައިދެނީ: ބާރު ބޮޑުވެ، ޕާސްޕޯޓުތައް ނިންމައިދިނީ އިތުރު ގަޑި އާއި ބަންދު ދުވަސްތަކުގައި ވެސް ކުރި މަސައްކަތުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
15 އޯގަސްޓް 2022 - 13:07
މިދިޔަ ސްކޫލު ބަންދުގައި 34،000 އަށް ވުރެ ގިނަ ދިވެހިން ރާއްޖެ އިން ބޭރަށް ދަތުރުކުރި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
މި އަހަރުގެ ޖޫން 30 އިން މި މަހުގެ ހަތަކަށް ސްކޫލު ޗުއްޓީ ދިގު ދެމިގެން ދިޔައިރު، އެ ދުވަސްވަރާ ދިމާކޮށް އިމިގްރޭޝަނަށް އާދަޔާ ހިލާފަށް ބާރުބޮޑުވި އެވެ. ފަހު ވަގުތު އެތައް ބަޔަކު ޕާސްޕޯޓް ހައްދަން ހުށަހެޅުމުން އިމިގްރޭޝަންގެ މުވައްޒަފުން އެ ހިދުމަތް ދިނީ އިތުރު ގަޑި އާއި ބަންދު ދުވަސްތަކުގައި ވެސް ކުރި މަސައްކަތުންނެވެ.
"މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން އިމިގްރޭޝަންގެ މީީޑިއާ އޮފިސަރު ވިދާޅުވީ، މި ފަހަރުގެ ސްކޫލު ޗުއްޓީގައި 34,355 ދިވެހިން އެކި ގައުމުތަކަށް ދަތުރުކުރި ކަމަށެވެ. އެއީ ޖޫން 30 ގައި ސްކޫލުތައް ބަންދުވެ، މި މަހުގެ ހަތެއްގައި ސްކޫލުތައް ހުޅުވުމާ ހަމައަށް އެކި ގައުމުތަކަށް ދަތުރުކުރި ދިވެހިންގެ އަދަދެވެ.
ރާއްޖެ އިން ބޭރަށް ދަތުރުކުރި ދިވެހިންގެ އަދަދު އިންތިހާއަށް އިތުރުވިއިރު، އެއާ އެކު ރާއްޖެއިން ޑޮލަރު ބޭރުވި އަދަދު ވެސް އިތުރުވާނެ އެވެ. ކޮންމެ ޓިކެޓަކަށް 500 ޑޮލަރުގެ ރޭޓުން ބެލިޔަސް 17.2 މިލިއަން ޑޮލަރަށް އެ މުއްދަތުގައި ބޭރުވި އެވެ.
އިމިގްރޭޝަންގައި ޕާސްޕޯޓު ނަގަން ގޮސް ތިބި ބައެއް މީހުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އިމިގްރޭޝަންގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އިން ބޭރަށް ދަތުރުކުރި މީހުންގެ އަދަދަކީ 9،500 އެވެ. ނަމަވެސް މި އަހަރު އެ އަދަދު ގާތްގަނޑަކަށް ހަތަރު ގުނަ މައްޗަށް ވަނީ ޖެހިފަ އެވެ.
އިމިގްރޭޝަންގެ ތާރީހުގައި ވެސް އާންމުކޮށް ކޮންމެ ދުވަހަކު އެވްރެޖްކޮށް ހައްދަމުން އައީ 200 އެއްހާ ޕާސްޕޯޓެވެ. އެކަމަކު ޗުއްޓީ ގާތްވެ، މިދިޔަ މޭ މަހު ވަރަށް ބޮޑަށް ބާރުބޮޑުވި އެވެ.
ދުވާލެއްގެ މައްޗަށް 800 ވަރަކަށް ޕާސްޕޯޓް ހައްދަން އެ ދުވަސްވަރު ހުށަހެޅި އެވެ. ގާތްގަނޑަކަށް ކޮންމެ ދުވަހަކު އެ އަދަދަށް ޕާސްޕޯޓް ހައްދަން އެޕްލިކޭޝަންތައް ހުށަހެޅުމުން އިމިގްރޭޝަނުން ވަނީ އިތުރު ގޮތްތަކެއް ހޯދައި ހިދުމަތް އަވަސް ކޮށްފަ އެވެ.
އެ އިދާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑަށް ފަހު ޕާސްޕޯޓް ހެއްދުމުގެ ލޯޑު މާ ބޮޑެވެ. ކޮވިޑްގެ ކުރިން އެންމެ ގިނަވެގެން މަހެއްގެ މައްޗަށް ހުށަހަޅަމުން ދިޔައީ 5،000 އެއްހާ އެޕްލިކޭޝަނަށެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖޫން މަހާއި ޖުލައި އަދި އޮގަސްޓް މަހުގެ ނިޔަލަށް ޕާސްޕޯޓް އެޕްލިކޭޝަން ހުށަހެޅި އަދަދަކީ 5،281 އެވެ. އެކަމަކު މި އަހަރު އެ އަދަދު މާ ބޮޑުތަނުން ވެސް އިތުރު ވާނެ ކަމަށް ބެލެވެ އެވެ.
އިމިގްރޭޝަންގެ ބައެއް ތަފާސްހިސާބުތައް.
ބެލެވޭ ގޮތުގައި ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ވަރު އިތުރުވީ ކޮވިޑާ ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމަށް ފަހު، ހުޅުވައިލުމާއި ސްކޫލު ޗުއްޓީއާ ވެސް ދިމާވެފައިވާތީ އެވެ. އަދި ކޮވިޑަށް ފަހު ބައެއް ގައުމުތަކަށް ދަތުރުކުރެވޭ އަގުތައް ވަރަށް ބޮޑަށް ހެޔޮވުމަކީ ވެސް އެއް ސަބަބު ކަމަށް ބައެއް މީހުން ބުނެ އެވެ.
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި ސްރީ ލަންކާ އަދި ޔޫއޭއީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
16 August 2022
ދެން އަ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްންނަ އަހަރަކުވެސް ދާނީ ތި މީހުން. ކުލީ އަޅުން އުޅޭނީ ކުލި ދެއްކުމުގަ
ސެމި
16 August 2022
ލޯސީޒަންގަ ހޮޓާއަގުހެޔޮ! އެހެންވީމަ ސިއްހީކަންކަމާއި ސޮފިންއަ ގިނައިންހަރަދުކުރެވޭނެ!
ކިމް
16 August 2022
ދިވެހިންއަތުގަ ލާރިއެއް ނެތެއްނު
ޗުއްޓީ
15 August 2022
މީގެ އަނެެއް ސަބަބަކީ ލޯ ސީޒަނާއި ޗުއްޓީ ދިމާވުމުން ރިސޯޓްތަކުގައި މަަސައްކަތް ކުރާ މުވައްޒަފުންނަށްވެސް އާއިލާ ގޮވައިގެން ބޭރަށް ދެވުން، އަނެއްކާ ލޯ ސީޒަން ވީމަ އެއަރލައިން ތަކުގެ ޓިކެޓްތައްވެސް އަގު ހެޔޮވެފަ ދަތުރު ކުރާ މަންޒިލްތަކުގެ ހޮޓެލް ރޭޓްތައްވެސް އަގުހެޔޮވުން. އެކަމަކު ޖޫން ޖުލައިގެ ވިއްސާރައޭ ކިޔާފަ ސްކޫލް ޗުއްޓީ އަހަރުގެ މެދުތެރެއަަށް ބަދަލުކޮށްގެން ކިރިޔާ ސަރުކާރު ވައްޓާނުލީ
ހަސަންދީ
15 August 2022
ވަރަށް އުފާވޭ އެއްދުވަހުން އަނެއް ދުވަހައް ދިވެހި ރަށްޔިތުންގެ އަތްމަތި ތަނަވަސް ވެގެންދާތީ މިފެންނަނީ އުފާވެރި މަންޒަރު އޭރު އަތްމަތި ތަނަވަސްނީ ވަށައިގެން އެބުރޭ މަދު ބައެއް، 34 ހާސްމީހުން ޗުއްޓީއަށް ގާތްގަޑަކަށް 1 ބިލިއަން ދިވެހި ރުފިޔާ ވާނީ ޚަރަދު ކޮށްފައި، އެކަމަކު ފަހަށް ރައްކާކުރުން އަށަގަންނަން ޖެހޭ ޗުއްޓީވެސް ޕުލޭންކޮށްގެން ދާނަމަ ޗުއްޓީ ނިމުމަށްފަހުވެސް ހާސްކަން ކުޑަވާނެ ލިބޭ މިންވަރު މެނޭޖު ކުރުމަކީ މުސްތަޤުބަލް އުޖާލާލާވާނެ ކަމެއް..
ކޮރަލް
15 August 2022
މީހުން ހޭލުންތެރިވީ އެވެ. އަހަރަކު އެއް ފަހަރު ޗުއްޓީއަކީ ނަގަން ޖެހޭ އެއްޗެއްކަން މިހާރު ވިސްނެ އެވެ. މާލޭގަ އުޅޭ ގިނަ މީހުން އުޅެނީ ވ ސްޓްރެސް ކޮށެވެ. އާއިލާ އަށް ވެސް ވަގުތު ނުދެވެ އެވެ. ދެން އަހަރަކު އެއްފަހަރު ޗުއްޓީ އެއް ހަދާލަނީ އެވެ.
މިނިމަލް
15 August 2022
ހާދަ ފުދުންތެރި ދިވެހިން ގިނައޭ، މަމެން 10 އަހަރު ވަނީ އަމިއްލަ ދަތުރަކު ނުދެވިގެން އުޅޭތާ ބޭރަށް، އެވަރަކަށް ނުލިބޭ ލާރިއެއް.
ހަސަންދީ
15 August 2022
ދިރިއުޅުން މާލެއިން އަތޮޅުތެރެއަށް ބަދަލު ކުރި އެތައްބަޔަކު މިފަހަރު ޗުއްޓީ ހޭދަކުރުމަށް މަލޭޝިޔާ، ތައިލޭންޑް ފަދަ ޤައުތަކަށް ދިޔަ، އެމީހުންގެ އަތްމަތި އެތައްތަކުން ތަނަވަސްވި، ލިބޭ އިމްކަމް މެނޭޖުކޮށް ބަޖެޓްކޮށްފިނަމަ ޗުއްޓީ ހޭދަކޮށްލަން ޔުރަޕައްވެސް ދެވިދާނެ، ކޮފީގައި ގިނަވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި އެވަގުތުވެސް އިތުރު އިންކަމަކަށް ހުސްކޮށްފިނަމަ މާބޮޑަށްވެސް ރަގަޅުވާނެ ..
ހައްލު1.1
16 August 2022
ތިކަމުގެ ހައްލަކީ ސޭވްކުރަން ދަސްކުރުން. ދިވެހިންނަކީ ހަރަދުކޮށް ނިމުމުން ސޭވް ކުރާ ބައެއް. ބަދަލުގައި ސޭވް ކުރުމަށް ފަހު ހަރަދު ކުރޭ. ޙެޔޮ މަހަކު 100 ރުފިޔާވެސް. 2-3 މަސް ވާއިރު 200 މަހަކު ސޭވް ކުރަަން ދަސްވާނެ. 2 އަހަރު ވާއިރު އާއިލާ ގޮވައިގެން ޗުއްޓީއަށްް ދެވޭނެ. އަޅެ ކްރިޓިސައިޒް ނުކޮށް މީތި ޓްރައި ކޮށްބަލަ.
ބަބޫ
15 August 2022
ކޮންމެ ޓިކެޓަކަށް 500 ޑޮލަރު ބޭރުވިޔޭ ކިޔައިގެން އެކަމާ ހިތާމަ ފާޅުކުރާއިރު މި ތަނުގަ ގަވާއިދާ ޚިލާފަށް އުޅޭ ބޭރުމީހުން ކޮށްމެ މަހަކު މަދުވެގެން 200 ޑޮލަރު އެބަ ބޭރުކުރޭ. ކާކުބާ އެވާހަކަ ދައްކަނީ. ކޮން ނޫހެއްގަބާ އެވާހަކަ ލިޔަނީ. މުޅި މާލެތެރޭގައި އެމީހުންގެ ވިޔަފާރި. ނޫސްވެރިންނާ ސަރުކާރު ގަދަ ނިދީގައި. މިހާރު ކަންތަށް މިއޮތީ ކޮންޓްރޯލް ނުވާހިސާބުގައި. މި ނޫހުން އިސްނަގައިގެން މިގައުމު ސަލާމަތް ކޮށްދޭން ވީނު؟
އެމްސް
16 August 2022
ރާއްޖޭގަ އުޅޭ ބިދޭސީން މައްޗަށް މަހަކު 200 މިލިޔަން ޑޮލަރ ބޭރުވާނެ!
ދިވެހިމީހާ1
15 August 2022
ރާއްޖެއިން ރަގަޅު ސިއްހީ ފަރުވާ ނުލިބެންޔާ އަދި ސޮޕިންގ ކުރެވޭނެ ގޮތްތައް ނެތިއްޔާ ގައުމުން ބޭރަށް ދެވެން ހުރި ބަޔަކު ދާނެ، އިންސްޓަރގްރާމް ޕޭޖު ތަކުން އެހާ އަގުބޮޑު އެެއްޗެހި ގެނެސްގެން ވިއްކާލެއް، ގިނަފަހަރު 3 ގުނަ އިތުރުކޮށްފަ ވިއްކަނީ.
އުސްމާަނުބެ
15 August 2022
ނިކަން ބަލާލަ ދީބަލަ ، ތިޔަފުރި މީހުންގެ ތެރެއިން މާލެ ކިތައް މީހުން ތޯ އަދި ރައްރަށައް ނިސްބައިވާ ކިތައް މީހުންތޯ .