ބައްދަލުވުންތަކުގައި ބައިވެރިވި ރާއްޖެ އަދި ގަތަރުގެ ބައެއް މިނިސްޓަރުންނާއި އުރީދޫގެ އިސްވެރިން ފޮޓޯ އަކަށް ހުއްޓިލައިން ---ފޮޓޯ: އުރީދޫ
16 އޯގަސްޓް 2022 - 10:35
ރާއްޖޭގެ ތިން ވަޒީރަކު، އުރީދޫ މޯލްޑިވްސް އިންތިޒާމު ކޮށްގެން ގަތަރުގެ ބައެއް މިނިސްޓްރީތަކުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި އެވެ.
ތިމާވެށި އަދި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި އާޓްސް، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެ މަޝްވަރާތަކަށް ދޯހާ އަށް ވަޑައިގަތީ އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީ ދެއްވި ހާއްސަ ދައުވަތަކަށް ކަމަށް އުރީދޫން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.
އޭގެ ބޭނުމަކީ އުރީދޫން ބުނިގޮތުގައި، އެ ކުންފުނީގެ ތަސައްވުރާ އެއްގޮތަށް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް، އެކި ސިނާއަތްތައް ހިމެނޭ ގޮތަށް އާންމުންގެ ދިރިއުޅުން މުއްސަނދި ކުރުމަށް ކުރާ ކަންކަމާ ގުޅޭ ގޮތުން ގަތަރުގެ ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމެވެ.
ރާއްޖޭގެ ތިން ވަޒީރުން އަދި އެ ބޭފުޅުންގެ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުން ހިމެނޭ އެ ވަފުދުން ދޯހާގެ މުހިންމު ވުޒާރާތަކާއި މުއައްސަސާތަކާ މިހާރު ވަނީ ބައްދަލުކޮށްފަ އެވެ.
ރާއްޖޭގެ ޓީމުގައި ބައިވެރިވި މިނިސްޓަރުން ---ފޮޓޯ: އުރީދޫ
އެ ބައްދަލުވުންތަކުގައި ގަތަރުން ބައިވެރިވެވަޑައިގަތީ އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރާއި އެންވަޔަރުމެންޓް މިނިސްޓަރާއި ކޮމިއުނިކޭޝަން މިނިސްޓަރު އަދި ހެރިޓޭޖް މިނިސްޓަރެވެ. އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އަދި ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި އުރީދޫ މޯލްޑިވްސްގެ މެނޭޖުމެންޓް ޓީމު ވެސް އެ ދަތުރުގައި ބައިވެރިވި އެވެ.
އުރީދޫއިން އިސްވެ ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވި ޓީމުން ގަތަރުގެ ލައިބްރަރީއަށް ޒިޔާރަތްކުރައްވަނީ ---ފޮޓޯ: އުރީދޫ
އުރީދޫން ބުނީ، ރާއްޖޭގެ ގައުމީ ލައިބްރަރީގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މަޝްވަރާ ކުރުމަށް ގަތަރު ފައުންޑޭޝާނާއި އެހެނިހެން މުއައްސަސާތަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް އެ ކުންފުނިން މެދުވެރިވެގެން ދިވެހި ވަފުދަށް ފަހިކޮށްދިން ކަމަށެވެ.
ގަތަރުގެ ގައުމީ ދާރުލްއާސާރާއި ކަތާރާ ކަލްޗަރަލް ވިލެޖާއި އާޓް ގެލަރީ އާއި ވޯކްޝޮޕްތަކާއި މައުރަޒުތައް ބާއްވާ ތަންތަނާއި ޕާފޯމަންސް އެރީނާތަކުގެ އިތުރުން އެހެނިހެން ސަގާފީ ދާރުލްއާސާރުތަކަށް އެ ވަފުދު ޒިޔާރަތް ކުރި އެވެ.
އުރީީދޫން ބުނިގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ގަތަރާއި ދިވެހިންގެ ދިރިއުޅުމަށް އިތުރު ކުރިއެރުން ހޯދުމަށް، ހިޔާލު ބަދަލުކޮށް، ގަތަރާއެކު ޕާޓްނަޝިޕްތަކެއް ގާއިމުކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިބިރިންބެއްޔާގެ ކުޑަސޮރު
16 August 2022
މުހުސިން އެތާ ކީއްތައެކުރަނީ؟
ާއުނިމާ
16 August 2022
ޖަޒީރާ ރާއްޖޭގަ ނެތީތޯ ތިކަން ކޮށްލާނެ ތަނެއް ނޫނީ ރަންރީދޫ ފަތިސް ހުރި ރަށެއް! މުޅި ގައުމު ދަރަނިވެރިވާއިރު ލާރި ޚަރަދުކުރާނެގޮތެއް ނޭނގިގެންތޯ، އިޚްލާސްތެރިކަމުގެ ކަންފުޅެއްވެސް ނެތީ
ސޯނޔާ
16 August 2022
ނަސީބެއް ޓްރާންސްޕޯޓް މިނިސްޓަރު ނުގެންދިޔަކަން އެހެންނަމަ ކެއުމުގެ ބިލް
ސެމި
16 August 2022
ވެދާނެ އޭނަައަށް އިންވައިޓްނުކުރީ ކެއުމުގެހަރަދުބޮޑުކަމުންތޯއްޗެ!
އައްބެ
16 August 2022
އުރީދޫގެ މަސައްކަތަށް ސާބަސް. ރާއްޖޭގެ އެމްބެސެޑަރުންނާއި ފޮރިން މިނިސްޓްރީއަށް ނުކުރެވުނުކަމެއް އުރީދޫއިން ކޮށްދެއްވީތީ ޝުކުރިއްޔާ!
ގުދުގުދާބެއްޔާ
16 August 2022
މިއުޅެނީ ސްޓާލިންކް އާއީ ބެހޭ މަސްވަރާ! އޭރުންތާ އިންޓަރނެޓްގެ އަގު ބޮޑު ކުރެވޭނީ! ސައުނާމެންނަށް އަދިވެސް ރާއްޖެއަށް ސްޓާލިންކް ގެ ޚިދުމަތް ދިނުމަށް އެއްބަސް ނުވެވޭ! ދައުލަތުން ފައިސާއެއް ޚަރަދު ކުރާކަމެއްނޫން! ހަމަ އެކަނި ބުނަންވީ އާއެކޭ! އެވަރުވެސް ކޮއްނުލެވޭ ބަޔަކަށް ރައްޔިތުންނަށް ކޮން ޚިދުމަތެއް ކޮއްދެވޭނީ!
ގުދުގުދާބެއްޔާ
16 August 2022
ކޮންތާކު ހުސްދޮގު! އެއުޅެނީ ސްޓާލިންކް ރާއްޖެއަށް އަންނާތީ، އެކަމާ މަސްވަރާކުރަން! ތިއިން ކޮންމެ ކޮންޕެނީއަކީ ވެސް ދިވެހިންގެ ލެއި ބޮއިގެން އުޅޭބައެއް!
ޚުކުފ
16 August 2022
ތިމީހުންނަޢް ކުރި ޚަރަދުން މިރަށުގެ ކަވަރޭޖް ރަނގަޅުކުރިނަމަ ކިހާގިނަބަޔަކަށް ފަސޭހަވީސް
އޭނަ
16 August 2022
ތި ނޫން ވަރެއް ވޭތަ މިނިސްޓަރު ޔުމްނާ އަށް. އެތައް ހާސް ޑޮލަރެއް ހަރަދުކޮށްގެން އަބަދު ކޮންމެވެސް ކޮންފަރެންސް އެއްގައި. މި ފާއިތުވި ތިން އަހަރު އެ މިނިސްޓްރީން ކުރި ކަމެއް ބުނެބަލަ. ނޫސްވެރިން ނިކަން ކެރެންޏާ މިކަން ތަހުގީގުކޮށްބަލަ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުންކޮށްގެން މިދިޔަ ތިން އަހަރު ތެރޭ އެ މިނިސްޓަރު ދިޔަ ކޮންފަރެންސް އާއި ޝޯތަކަށް ހަރަދުވީ ވަރު ހޯދާލަބަލަ ނިކަން ކެރެންޏާ!
ބޮލި މުލައް
16 August 2022
މި މީހުނަށް އުރީދޫން ހަރަދުކުރަންޖެހޭތީ ޢާއްމު ރައްޔަތުންނަށް ދޭ ޚިދުމަތުގެ އަގު ތިރިނުވެގެން މިއުޅެނީ