ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ވިނަރެސް ފްލެޓްތައް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
18 އޯގަސްޓް 2022 - 14:26
ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްގައި ހިމެނޭ ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ނެގުމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި އެވެ.
ވިނަރެސްގެ 10 ޓަވަރުގައި 1،344 ފްލެޓް ހިމެނޭއިރު އެ ޓަވަރުތަކުގެ އެންމެ ތިރީ ފްލޯ ހާއްސަ ކޮށްފައި ވަނީ ވިޔަފާރި ބޭނުމަށް ދޫކުރާށެވެ. މި ވަގުތު ހުޅުވާލާފައި ވަނީ މަސް ފިހާރައަކާއި ކާބޯތަކެތި ވިއްކާ ދެ ފިހާރައެއް ހިންގާނެ ބަޔަކު ހޯދުމަށެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ވިނަރެސް ފްލެޓްގައި ވިޔަފާރީގެ ބޭނުމަށް ހާއްސަ ކޮށްފައިވާ ޔުނިޓްތަކުގެ ތެރެއިން ކާބޯތަކެތި ވިއްކާ ފިހާރަ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނިގޮތުގައި ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅޭނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށެވެ. ބިޑް ސެކިއުރިޓީއަކީ 5،000ރ. އެވެ.
އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުން ޕްރޮޕޯސަލް ބަލައިގަންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 1:00 އިން 2:00 އާ ދެމެދުގަ އެވެ. އަދި 2:00 ގައި އެ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ވިނަރެސް ފްލެޓުގެ ކޮމާޝަލް ޔުނިޓުން މި ވަގުތު ދޫކުރަނީ 702 އަކަފޫޓުގެ ދެ ޔުނިޓެވެ. މަސް ފިހާރަ ހަދަން ދޫކުރަނީ 2280.12 އަކަފޫޓުގެ ތަނެކެވެ.
މަސް ފިހާރަ ހިންގަން ޝައުގުވެރިވާ މީހުންގެ ތެރެއިން އޮންލައިންކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން 25 ގެ ނިޔަލަށެވެ. އެޗްޑީސީއަށް ގޮސްގެން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ 25 ވަނަ ދުވަހުގެ މެންދުރު 1:00 އިން 2:00 އާ ހަމައަށެވެ. އޭގެ ފަހުގައި އެންމެންގެ ހާޒިރުގައި ބީލަން ހުޅުވުން އޮންނާނެ އެވެ.
ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ނަގަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލިއިރު، ފައިނޭންސް ކުރަން ފައިސާ ހޯދޭނެ ކަމުގެ ޔަގީންކަން ދޭން ޖެހެ އެވެ. އެހެން ނޫން ނަމަ ޕްރޮޕޯސަލް ޑިސްކޮލިފައި ވާނެ އެވެ.
ކޮންމެ ފަރާތަކަށް ވެސް ދޫކުރާ ގޮތަށް ހަމަޖެހިފައި ވަނީ އެންމެ ޔުނިޓެކެވެ. އެ ތަނުން ކޮމާޝަލް ޔުނިޓްގެ ގޮތުގައި ދޫކުރާ ސީދާ އަދަދު ސާފެއް ނުވެ އެވެ.
އެކަމަކު، އެ ފްލެޓްތަކުގެ މަސައްކަތް ނިންމައި ފްލެޓަށް އެދުމުގެ ފުރުސަތު މިހާރު އެޗްޑީސީން ވަނީ ހުޅުވާލައިފަ އެވެ. އަންނަ މަހުގެ 15 އާ ހަމައަށް ތިން ކޮޓަރީގެ އެ ފްލެޓްތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީސަމީމުހަސަން
21 August 2022
ވިނަރެސް ފުލެޓަށް ރަޖިސްޓަރީ ވާބޭނުން ވޭ7670195މޯބައިލްފޯނުނަންބަރު އައިޑީކާޑުގެ ނަންބަރު އޭ319547
އަލްފް
19 August 2022
އަތޮޅުތެރެއަށް އުފަން މީހަކަށް ކުރިމަތިލެވޭ ބާ؟ ބިޑްކޮށްގެން ވިއްކި ތަންތަނަށްވެސް ކުރިމަތިލުމުގެ ފުރުސަތު ނުދޭވިއްޔަ. ނަސްލީ ތަފާތުކުރުން ސައުތުއެފްރިކާގަ އޮތްމިންވަރަށް މިހާރު މިރާއްޖޭގައި އެބައޮތް ވިއްޔަ
ބަބޫ
18 August 2022
އެޗްޑީސީ އުވާލާ ސުހަލާ އިސްތިއުފާ
ހިތަދޫ 2
18 August 2022
ދޭންވާ މީހުންވެސް ކަނޑާޅާފަ އޮތް ކަން ޖަހާލިނަމަ!
އެއްފަހަރާ
18 August 2022
މިއީ އެއްފަހަރާ މުއްސަނދިވާން އުޅޭބައެއް ނޫންތަ. ވިޔަފާރިކުރަން ތިއަގުގައި ތަންތަން ދޫކުރީގައި ޚިދުމަތް ދޭނީ ކިހިނެތް. ރައްޔިތުން އެފަދަ ޚިދުމަތްތައް ހޯދާނީ ކިހިނެތް. ޚިދުމަތުގެ އަގު ތިރިކުރެވޭނެ ގޮތްތަކާއި ދެމެހެއްޓެނިވި ގޮތަކަށް ވިޔަފާރިކުރެވޭނެ ގޮތްތަކާއި ގައުމަށް ޓެކްސް އިތުރުކުރެވޭނެ ގޮތްތައް ބަލަންވެއްޖެ.