އަލީ ޒާހިރު: ބޭންކަށް 2.3 މިލިއަން ދައްކަން އޭނާއަށް އެންގި މައްސަލަ އޭނާގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި --- ފޮޓޯ/މިހާރު
19 އޯގަސްޓް 2022 - 18:05
މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ރުފިޔާ ދައްކަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް އެންގި އެންގުމުގެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
އެމްސީބީއަށް 2.3 މިލިއަން ރުފިޔާ ދައްކަން 2018 ވަނަ އަހަރު އެ ބޭންކުން އަލީ ޒާހިރަށް އެންގީ އޭނާ 2.3 މިލިއަން ރުފިޔާގެ ޗެކެއް ދޫކުރެއްވުމުން، އެ އެކައުންޓުގައި އެ އަދަދަށް ފައިސާ ނެތީސް، އޯވަޑްރާފްޓްގެ ގޮތުގައި ބޭންކުން އެ ޗެކަށް ފައިސާ ދޫކުރުމުންނެވެ.
އަލީ ޒާހިރު އެ ޗެކް ދޫކުރެއްވީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ޖަމާވިކަމުގެ ލިޔުމެއް ބޭންކުން ދިނުމުންނެވެ. އެކަމަކު އޭރު އެ ފައިސާ އެކައުންޓަށް ޖަމައެއް ނުވެ އެވެ. ނަމަވެސް ބޭންކުން އެ ޗެކަށް ފައިސާ ދޫކުރުމަށް ފަހު އަލީ ޒާހިރަށް އެންގީ އޭނާ އެ ފައިސާ ބޭންކަށް ދައްކަވަން ޖެހޭނެ ކަމަށެވެ.
އެ އެންގުން ބާތިލް ކުރަން އަލީ ޒާހިރު ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އެ އެންގުން ބާތިލް ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން އަލީ ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މި ހަފުތާގަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ހައި ކޯޓުން މިދިޔަ ޖޫން މަހު ކުރި ހުކުމުގައިވަނީ އެކައުންޓްގައި ފައިސާ ނެތަސް، ޗެކަށް ފައިސާ ދޫކުރުމުގެ ބާރު ބޭންކަށް އޮންނަ ކަމަށެވެ. އަދި އެ ހާލަތުގައި، އެ ފައިސާ އަނބުރާ ބޭންކަށް ދައްކަން ޖެހޭނެ ކަމަށާއި އެއީ ބޭންކުން ދޭ "ފްރީ ގިފްޓެއް ނޫން" ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަސްޓްލީ
21 August 2022
މީކީ ވަކަމެއް ނޫން ، ޓެކުމެއް ނޫން އަދި ހިޔާނާތެއް ނޫން ތާ
ނިއުޝާދު
20 August 2022
"އަލީ ޒާހިރު އެ ޗެކް ދޫކުރެއްވީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ޖަމާވިކަމުގެ ލިޔުމެއް ބޭންކުން ދިނުމުންނެވެ." ބެންކުގެ ބޭފުޅުން ޒިންމާވާކަށް ނުވޭތަ؟ ފައިސާ ބެންކަށް ނުލިބެނީސް ކީއްވެތޯ އެފަދަ ލިޔުމެއް ދިނީ؟ އެހެންވީމަ އަލީ އެއް ނޫން، އެ ލިޔުން ދިން ބަޔަކު ފައިސާ ބެންކަށް ދައްކަން ޖެހޭނީ.
ނިކަމެތިރައްޔިތުމީހާ
20 August 2022
ގައިމު އަހަރެން 15000ރފ ލޯނެއް ނަގަން ވެސް އެތަކެއް ފޯމެއް ފުރަން! އެވަރުން ވެސް އެތަކެއް ކަމެއް ސާފުކޮއްފަ ނޫނީ އެންމެ 15000 ވެސް ނުދޭ! ސުވާލަކީ އަލީ ނޭދެނީސް އަދި އޭނާގެ އެކައުންޓުގަ މުކޮހެއް ވެސް ނެތީސް ކޮން ސަބަބަކާއި ލައިގެންބާއޭ ބޭންކުން 2 މިލިއަން (މި ދައްކަނީ 200ރުފިޔާއެއްގެ ވާހަކައެއްނޫން!) އަލީއަށް ދޭންވީ؟ އޭނަ ލޯނަކަށް ވެސް ނޭދޭ! އެދުނީ އެކައުންޓުން 2 މިލިއަން ޓުރާންސްފާރ އަކަށް! އެކައުންޓުގަ އެވަރެއް ނެތް! މީގަ ގޯހެއް އެބައުޅޭ!
ޖަލީލާ
20 August 2022
މީހުންނަށް ހެއްދެވި ނުހެއްދެވި އަށް ގޮވާ ނަގާއިރު އެންމެ ފަހަރަކުވެސް ތިމާގެ ހާލު ރައްޔިތުންނަށް ހާމަވާނެ ދުވަހެއް އަންނާނެކަމަށް ހީކުރީމުތޯ
ޑެބީ
20 August 2022
ފުރަތަމަ ބަލަންވީ މީނަ މިލިއަނުން މިލިއަނުން ފައިސާގެ މުއާމަލާތް ކުރަން އެހާ ލާރި ހޯދީ ކިހިނެއްތޯ.
ޙިނި
20 August 2022
ޕާޓީއިން ޜައްޔިތުންނައް ބަލަދު އަރުވާފަ ތިބޭ ބޭފުޅުން ވިއްޔާ، ދެން ޝޭހު ރުހޭ ކަހަލަ އިންސާފެއް ކޯޓުން ނެރެދެއްވާ ވީހާވެސް އަވަހަކައް
ކަތްދައްތަ
19 August 2022
އައްޔަކީ މަދީނާ ޝޭޚެއް. ކެޔަސް ކާނީ ފޮތުން ފެންނަން އޮތް ކޮންމެވެސް ވިދަކުން ދެމިގަނެވޭނެތީ. ބުނެދާނެ ރިބާ ދޫކުރާ ބޭންކަކުން އެހެން ލިބޭ އެއްޗަކީ ޣަނީމާގެ ތެރޭގައި ގުނޭނެ އެއްޗެކޭ. ޣަނީމާއަކީ ދީނުގައި ހުއްދަ އެއްޗެކޭ. މިވެސް ކުރެވޭ ޖިހާދެކޭ. ވަﷲ އައުލަމް
މުރާސިލް
19 August 2022
ޤައުމުގެ މަތިފަޑީގައި ތިބި މީހުންގެ ފެންވަރަކީ މިއީއެވެ.
އެމްސް
20 August 2022
މަޖިލިސްގަވެސް ތި!
ދިއްދޫމީހާ
19 August 2022
އަލީ ޒާހިރު އެ ޗެކް ދޫކުރެއްވީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ޖަމާވިކަމުގެ ލިޔުމެއް ބޭންކުން ދިނުމުންނެވެ.އެހެންވީމާ ވަރަށް ސާފް ތިޔަ ކަމެއް ކޮއްފަ ތިޔައޮތީ ބޭންކުގަ އުޅޭ މީހަކާ ގުޅިގެންކަން ނަމުގެ ކުރިޔަ އުސްތާޛް ނަޔަސް ހަމައާ އުސޫލް ޤަބޫލްކުރާ މީހަކަށް ވިއްޔާ އިންގޭނެ ތިމާއަ ހައްގު ނޫންް އެއްޗެއްގާ އަތްނުލާ ދެން މިވަރު މީހުން މިތިބެނީ ޤައުމުގެ ރައީސްގެ ޗީފް އޮފް ސްޓާފުންނަ އަދި މިފަޅާއެރީ އެއްކަމެއް އަދި ހުންނާނެތާ ލައްކަ ކަންތައްތައް
އޮނަރަބްލް އަފީފު ދީދީ
19 August 2022
މައްސަލަ އަލީ ޒާހިރަށް ކާމިޔާބުވޭތޯ ނުވަތަ ނޫންތޯ ބެލުމަށްވުރެން މިކަމުގައި ޝައުޤުވެރިކަން މިހުރީ ރާއްޖޭގެ މާލީ ނިޒާމާއި "ނިދީގައި އޮންނަ މަރުކަޒީ ބެންކާއި" ސާފުކޮށް ފެންނާން އޮންނަ ގޮތަށް ގެންގުޅެމުން ނުދާ ބެންކް ތަކުގެ ޤަވާއިދު ތަކާއި ބެހޭގޮތުން ސްޕްރީމް ކޯޓްގެ ބެންޗް ވަރަށް އަދުލުވެރި ޙުކުމެއް އަންނާނެ ކަމަށް.