ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ގާސިމް ވާހަކަ ދައްކަވަނީ.
23 އޯގަސްޓް 2022 - 07:56
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރުވިޔަ ނުދީ، އެއީ ފައިނަލް އަދަދު ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލިހަށް އިސްލާހެއް ފޮނުއްވައިފި އެވެ.
މާމިގިލި ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ގާނޫނުއަސާސީ އަށް ހުށަހަޅުއްވާ އިސްލާހުގައިވާ ގޮތުން މަޖިލިހުގެ މެމްބަރުންގެ އަދަދަކަށް ވާން ޖެހޭނީ 87 އެވެ. އެ އަދަދު އިތުރުވިޔަ ނުދިނުމަށްޓަކައި، ގާނޫނުއަސާސީގައި ބުނާ އިދާރީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅައި، އެ އިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރަން ވާނީ އެންމެ މެމްބަރަކު ކަމަށް އިސްލާހުގައި ވެ އެވެ.
އިސްލާހުގައި ގާސިމް ވިދާޅުވީ، އޮގަސްޓް 7، 2008 ގައި އަމަލުކުރަން ފެށި މިހާރުގެ ގާނޫނުއަސާސީގެ ފަހުން ރައްޔިތުންގެ މަޖިލިހުގެ ތިން އިންތިހާބެއް މިހާތަނަށް ބާއްވާފައިވާއިރު، ކޮންމެ ފަހަރަކު ވެސް މެމްބަރުންގެ އަަދަދު ދަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން 2009 ގައި އިންތިހާބުކުރި 17 ވަނަ މަޖިލިހަށް 77 މެމްބަރުން 2014 ގައި 85 އަދި މިހާރު ކުރިއަށް ދާ 19 ވަނަ މަޖިލިހަށް 87 މެމްބަރުން އިންތިހާބުކުރި ކަމަށް ގާސިމް ވިދާޅުވި އެވެ.
އެކަމަކު ކުރިމަގަށް ބަލާއިރު، މެމްބަރުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުން ދާ ނަމަ އެއީ ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލިހަށް މާ ގިނަ މެމްބަރުންނަށް ވާނެތީ އާއި އިގުތިސާދީ އަދި އެހެނިހެން ގޮތްގޮތުން ވެސް އެކަން ގޮންޖެހުމަކަށް ވާނެތީ އަދަދު ހިފަހައްޓަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި މިހާރު ބުނާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑޭ
23 August 2022
ތީ 19 ވަނަ މަޖިލީސްއަށް ހުށަހެޅުނު އެންމެ ރަނގަޅު އިސްލާހު، އަދި މުސާރަ ކުޑަކުރަންވެސް ހުށަހަޅާ
އާނަ
23 August 2022
މަނިކުފާނު 87 މެމްބަަރުންވެސް ގިނަނޫންތޯ؟ ތިޔަ އަދަދު އަދިވެސް ދަށެއް ނުކުރެވޭނެތޯ؟ މިހާރުވެސް ގިނައެއް ނޫންތޯ؟ ކިތަންމެ ގިނަވިޔަސް ނިކަމެތި ރައްޔަތުންނަށްވަނީ ކޮންފައިދާ އެއްތޯ؟ ގޮނޑި ނުލިބޭހިނދު ރައްޔަތުންގެ ފަހަތުން ގައި އަބަދު ތިއްބަވާ. ހޮވުމާއެކު ދެން ފެނިދާނިތީވެ ފިއްލަވައިގެން ތިއްބަވަނީ. އެހެންވީމާ އަދިވެސް 87 އަށްވުރެ މަދުކޮއްލައްވަވާ!
ޖާބިރ
23 August 2022
10،000 މިީހަކަށް މެންމެބަރެއް ކަމަށް އިސްލާ ކުރަންފެނޭ
ވޯލް
23 August 2022
މިއީ ޤާސިމް ރާއްޖެއަށް ކޮށްދެވޭނެ އެންމެ މުހިންމު ކަންތައް މި ވަގުތު. ޝުކުރިއްޔާ.
އެމްސް
23 August 2022
ދާއިރާގެ ރައްވެހިންނަށް ނޫނީ ދާއިރާއަށް ކުރިމަތި ނުލެވޭގޮތް ހެދުން މާ މުހިއްމު!
ގައުމީދޫ001
23 August 2022
މާލޭގެ “ އަސްލު ރައްޔިތުންގެ” އަދަދަށް ބަލައި މާލޭގެ މެމްބަރުން ކަނޑައަޅަައި ދަފްތަރު އެއީ ވަކި ދާއިރާއެއްގޮތުގައި ކަނޑައެޅުން މުހިއްމު.
އެމްސް
23 August 2022
ބޮންދުންނަށް އޮތް އެއްވެސް ފުރުސަތެއް ނެތް؟ ބައިމިލިޔަނެއްހާ ބިދޭސީންނަކީ 50 ވަރަކަށް ސިޓީ!
އަހުމަދުބޭ
23 August 2022
މަަށަށް ފެންނަގޮތުގައި ހަދަންވީގޮތަ ތިޔަ ހާސް ހާސް ނުހަދައި މަޖްލިސްގައި ތިބޭނީ 50 މެންބަރުން ކަމުގައި ހަދަންވީ، ކައުސިލްއެއްގައި ތިބޭނީ މަދުވެގެން 2 ކައުންސިލަރ ކަމުގައި ހަދަންވީ ދެން ކޮންމެ ކައުންސިލަކަށް ބޯޑެއް ހަދަންވީ އެތަނެއްގައި މީހުންއުޅޭ ނިސްބަތުން، އަދި ބޯޑުގެ އެލަވަންސް ގޮތުގައި 5000 ރުފިޔާ ރައީސެއްގެ އިންތިހާބީ ދައުރު 8 އަހަރަށް ހަދަންވީ އަދި ކޮންމެ މީހަކަށްވެސް ގިނަވެގެން 2 ދައުރު ދޭންވީ، ހުރިހައި އިންތިހާބެއްވެސް އެއްކޮށްބާއްވަންވީ
އެމްސް
23 August 2022
ދައުރެއްގެ ޢުމުރު ކުރުކުރަން ޖެހޭ! ކަމުނުދާ/ނަތީޖާ ނުނެރެވޭ މީހުން އަވަހަށް ބަދަލުކުރެވޭނީ އޭރުން! ރިޔާސީ ނިޒާމެއްގަ ވެރިއަކަށް ލިބޭ 5 އަހަރު ހަމަ ނުވަނިސް، އެއީ ޤާބިލް މީހެއް ނޫނަސް މިޖެހެނީ ދައުރު ނިމެންދެން ތިބެން! ބަރުލަމާނީ ރާއްޖޭގެ ޙާލަތަށް ބަރާބަރުވަނީ އެހެންވެ! އޭރުން އިންތިޚާބުތަކަށް ހިނގާނެ ޚަރަދުވެސް ކުޑަވީ!
ޝަމްޝީރު
23 August 2022
އެމްސް އެބުނީ ތެދެއް. ބަންގާޅުގެ ޝައިޚް ހަސީނާ ވެރިކަމުގައި އެހުންނަނީ އޭނަގެ ހިންގުންތެރިކަމުން. ބަލަ ބަރުލަމާނުގައި ފައިސާ ހުރިއްޔާ އެގޮނޑިއެއް ގަނެގެން ވެރިކަމުގައި ހުރެވޭނެ. ބޭނުންނޫން ވެރިކަމެއް ވައްޓާލެވޭނެ. ނުވަތަ މެންބަރުން ބޭނުންހައި ކޮރޮޕްޝަނެއް ހިންގެންޏާ ވެެރިމީހާ ބަހައްޓާނެ.
ސަރުސަ
23 August 2022
ފުރަތަމަ 5ހާސް އަށް 2 މެމްބަރުން އޮތުން އުވާލައި. ކޮންމެ 5ހާހަކަށް 1 މެމްބަރަކު ކަމަށް ހެދީމަ ރަގަޅުވާނެ. އޭރުން މިހާރުގެ މަޖިލިހުގެ 20 ގޮޑި މަދުވާނެ. ރާއްޖޭގެ އާބާދީ އިތުރުވުން މަޑުޖެހި ގެން ދަނީ އެހެންވެ ދެން މާބޮޑަކަށް އިތުރެއް ނުވާނެ.
އަންބެ
23 August 2022
މެންބަރުންގެ އަދަދު 26 އަށް ބަދަލުކޮށް ޤާނޫނު ކިޔަވައިގެންތިބި މީހުންނާ އެކިދާޢިރާތަކުން ޕޮލިސީ މޭކަރުންނަށް ކުރިމަތިލެވޭގޮތް ހަދަންވީ!
ހެޑްލައިން
23 August 2022
ތި ފާހެއް ނުވާނޭ
ސަސ
23 August 2022
ރައީސް ކަން ކުރަން ގިނަވެގެން 10 އަހަރު، ސިވިލް ސާވަންޓަކަށް އުމުރުން 65 އަހަރު ވަންދެން. އަހަރުމެންގެ މައްޗައް ގާނޫނު ހަދާމީހާ ވަކި ކޮލިފިކޭޝަނެއް، ވަކި މުއްދަތެއް، އުމުރެއް އޮންނަ ކަމެއްނޫން.