ރިޕޯޓް / ޕާޓީތަކުގެ ކޯލިޝަން

ކޯލިޝަންގެ ހަގީގަތާ ދުރުވެވޭކަށް ނެތް!

މި ވެރިކަމަށް އެކުލަވާލި ކޯލިޝަންގެ ލީޑަރުން އެއް މޭޒެއްގައި: ރިޔާސީ އިންތިހާބާ އެކު ކޯލިޝަން ހަގީގަތުގެ ވާހަކަތައް ލީޑަރުން ވަނީ ދައްކަވަން ފައްޓަވާފައި. -- ފޮޓޯ | މިހާރު

އިއްތިހާދު ނުވެ ވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ އެވެ; ވެރިކަމަށް ކުރިމަތިލައްވާ ލީޑަރުންނާއި ޕާޓީތަކުން ރިޔާސީ އިންތިހާބާ ދިމާކޮށް މި ވިސްނުން ކުރިއަށް ނެރެ އެވެ. އެކަމަކު މިއީ ސިޔާސީ ގޮތުން ވަރުގަދަކަން ދައްކަން ވިދާޅުވާ ހަގީގަތާ މާ ދުރު ވާހަކަ އެވެ. އެއް ލީޑަރަކަށް ނުވަތަ ޕާޓީއަކަށް ވެސް އެ ވަރުގެ ތާއީދެއް ރިޔާސީ އިންތިހާބެއްގައި މިހާތަނަށް ފެނިފައެއް ނެތެވެ.

ރިޔާސީ އިންތިހާބުގައި ކާމިޔާބީ ހޯދާ ފޯމިއުލާއަކީ ކޯލިޝަން އެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވެސް އޮތީ ހަމަ އެގޮތެވެ. ތަފާތު ފިކުރުތައް އެކުވެ އުފައްދާ ކޯލިޝަނުން ސަރުކާރު ހިންގުމުގައި ކުރަން ޖެހުނު ތަޖުރިބާތަކުގެ އަޑު މިދުވަސްވަރު ގަދަވެފައިވާ އެއް ސަބަބަކީ އެ ހަގީގަތެވެ.

އާ ގާނޫނުއަސާސީގެ ފުރަތަމަ އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު، އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަމަކީ ވެސް ވަރުގަދަ އިއްތިހާދެކެވެ. އެމްޑީޕީ އިސްވެ ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރުއެމްއާ އެކު ވެރިކަން ކާމިޔާބުކުރީ އެއް ބުރުންނެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް، ޔާމީނާ ދެކޮޅަށް ނުކުމެ މި ކޯލިޝަން އެކުލަވާލީ ވަރުގަދަ އެއްބަސްވުމަކުންނެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ދުވަހު ދެމިއޮތް ކޯލިޝަނެވެ.

މި ވެރިކަން އުފެއްދި ކޯލިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ: އެމަނިކުފާނު އަދިވެސް ވިސްނަވަނީ ކޯލިޝަން ވެރިކަމެއް ކުރެއްވުމަށް. -- ފޮޓޯ | މިހާރު

އިންތިހާބާ ހަމައަށް މިގޮތުގައި މި ކޯލިޝަން ދެމިއޮވެދާނެ އެވެ. ސުވާލު އުފެދެނީ އޭގެ ފަހުން ސިޔާސީ މަސްރަހުގައި އިއްތިހާދުވުން ހިނގާނެ ގޮތަކާ މެދުގަ އެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ކެންޑިޑޭޓް ޔާމީންއާ އެކު ކޯލިޝަނެއްގެ ފުރުސަތު އެބައޮތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް ކެންޑިޑެސީ އިއުލާން ކުރެއްވީ އަނެއްކާ ވެސް ކޯލިޝަން ވެރިކަމެއް ކުރެއްވުމަށެވެ.

އެމަނިކުފާނުގެ ވެރިކަން ދަމަހައްޓައިދިން ޕާޓީތަކާ އެކު ނުކުމެވަޑައިގެން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ. އެކަމަކު ސިޔާސީ މަސްރަހުން ފެންނަ މަންޒަރަށް ބަލާއިރު މި ކޯލިޝަން ދެމެހެއްޓުމަކީ އަދި އެއްބަސްވެވިފައި އޮތް ހިސާބެއް ނޫނެވެ. މި ގޮތުގައި ތިބި ކަމުގެ ޔަގީންކަމެއް ޕާޓީތަކުން ނުދެ އެވެ.

ހައްގު މިންވަރު ނުލިބޭ ކަމުގެ ކަންބޮޑުވުންތައް

ފުރަތަމަ ދެ ފަހަރު, 2008 އާއި 2013 ގައި ކޯލިޝަން ވެރިކަމުގައި ކުރަން ޖެހުނީ ވަރަށް ހިތި ތަޖުރިބާއެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅި، ޕާޓީތައް ސަރުކާރާ ދެކޮޅަށް ތެދުވެ މާ ބަދަހި ގުޅުމަކަށް އިއްތިހާދު ވަނީ އެވެ.

މި ބިރު ތަކުރާރުކުރަން ޖެހިދާނެތީ މި ވެރިކަން ފެށީ ލީޑަރުންގެ މެދުގައި ވެވުނު އެއްބަސްވުމަކުންނެވެ. ލީޑަރުންގެ އެއްބަސްވުމުގައި އޮތީ ސަރުކާރުގައި ޕާޓީތައް ހިއްސާވާނެ ނިސްބަތް ކަނޑައަޅައިފަ އެވެ. އިންތިހާބުގައި އެކުގައި ވާދަކުރުމުގެ ވައުދެއް ވެސް ލީޑަރުން އެންޑޯސްކުރެއްވި އެއްބަސްވުމުގެ މާއްދާއެއްގައި ވެ އެވެ.

ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ދިނުމަކީ ވެސް ރައްޔިތުންނަށް ވި ވައުދެކެވެ.

އެކަމަކު މި ހުރިހާ އަހުދަކާ އެއްގޮތަކަށް ކޯލިޝަން ކުރިއަކަށް ނުދިޔަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައިން އެއްބަސްވުމަށް އެމްޑީޕީން އަމަލެއް ނުކުރި އެވެ.

އެ އެއްބަސްވުން މާނަކޮށްގެން، ފޯމިއުލާއެއް ހޯދާ ނަމަ މަޖިލީހުގެ ގޮނޑިތައް ވެސް ބަހަން ޖެހެނީ ސަރުކާރުގައި ޕާޓީތައް ހިއްސާވާ ނިސްބަތުންނެވެ. އެއީ، އެމްޑީޕީ އަށް 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ.

އެކަމަކު އެމްޑީޕީން ބޭނުންވީ ހުރިހާ ދާއިރާތަކަކަށް ވަކިން ވާދަކުރާށެވެ. އެއްބަސްވުމުގައި އެގޮތަށް އަހުދެއް ވި ކަމަށް ގަބޫލުކުރަން ވެސް އެ ޕާޓީން ދެކޮޅު ހެދީ އެވެ. ކޯލިޝަނާ ދެކޮޅު ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ އެ ނިންމެވުމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ޖެހިވަޑައިގަތީ އެއްބަސްވެވަޑައިގަންނަވާށެވެ.

މިއީ ލީޑަރުންގެ ފާޑުކިއުމާއި ހިތްހަމަނުޖެހުން އަމާޒުވި މައްސަލައެކެވެ. މީގެ ފަހުން ދެން ކުރަން ފެށީ އެއްބަސްވި ގޮތަށް ހައްގު މިންވަރު ނުލިބޭ ކަމުގެ ޝަކުވާ އެބައޮތެވެ. ވެރިކަން ދަމަހައްޓަވަން ލީޑަރުން އަހުދުގެ މަތީގައި ދެމިތިއްބެވިޔަސް ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. އެކުގައި ދެމިތިބުމުގެ ފަހަތުގައި އޮތީ ގައުމުގެ ހަމަޖެހުމަކަށްޓަކައި 2018 ގައި ރައްޔިތުންނަށް ވީ ވައުދު ކަމަށް ބައެއް ލީޑަރުން ވިދާޅުވެ އެވެ.

މި ކޯލިޝަނާ އެކު ނުކުންނަން ޖޭޕީން އަދި ނުވިސްނާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯލިޝަނާ ގުޅޭ ގޮތުން މީޑިއާތަކަށް އިއްޔެ ދެއްވި އިންޓަވިއުގައި ވިދާޅުވީ އެ ޕާޓީގެ ވިސްނުމަކީ ރިޔާސީ ރޭހަށް ކެންޑިޑޭޓަކު ނެރުމެވެ. އިންތިހާބުގައި ވާދަކުރައްވާނީ އޭނާ ކަމެއް ނުވަތަ އެހެން ބޭފުޅެއް ކަމެއް އަދި ކައުންސިލުން ނުނިންމަ އެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު އޮތް ގޮތުން ރިޔާސީ ކެންޑިޑޭޓަކީ ގާސިމެވެ.

"މި ކެންޑިޑޭޓް ވެދާނެ ކޯލިޝަނެއްގެ ތެރެއިން ނެރޭނެ މީހެއްތޯ ނުވަތަ ޕާޓީގެ ތެރެއިން ނެރޭނެ މީހެއްތޯ. އަދި އަޅުގަނޑުމެން ކައުންސިލުން ނުނިންމާ," ވޮއިސް އިން އާއްމުކުރި އިންޓަވިއުގައި ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް: އޭނާ ވިދާޅުވަނީ މި ކޯލިޝަންގައި ވެސް އެ ޕާޓީގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް. -- ފޮޓޯ | ޖޭޕީ

ކޯލިޝަން ހަދާނީ އަނެއްކާވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތްޕުޅުގައި ކަމަށް ނުވަތަ އެހެން ބޭފުޅަކާ އެކުގައި ކަމަށް ވިދާޅުވުމަކީ, ގާސިމް ދެކެވަޑައިގަންނަވާ ގޮތުގައި "މިވަގުތަށް ބޭއިންސާފު" ވާހަކައަކަށް ވެދާނެ އެވެ.

ގާސިމް ވިދާޅުވީ އަދިވެސް އޭނާ ހުންނަވަން ބޭނުންވަނީ ކޯލިޝަން ހެދުމުގެ ކަންކަމުގައި ވެސް އިންސާފާއި ހަމައިގެ އުސޫލްގައި ކަމަށެވެ. އެއާއެކު އެ އިންސާފާއި ހަމަހަމަކަން އަދި އަހުދު ފުރިހަމައަށް ދެމެހެއްޓިފައި ނުވާ ކަމުގެ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "ކޯލިޝަނޭ ކިޔާއެއްޗެއް ކޮންމެވެސް ސިފައެއްގައި އެބައޮވެ" އެވެ.

"އެކަމަށްޓަކައި އަޅުގަނޑުމެން އުފާކުރަން. އޭގައި އޮންނާނީ ރަނގަޅާއި ނުބައި. މައިނަސް, ޕްލަސް ކޮންމެ ސަރުކާރެއްގައި ވެސް،" ގާސިމް ވިދާޅުވި އެވެ.

މި ޝަކުވާ މީގެ ކުރިން އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްއާރުއެމްގެ ލީޑަރު ކުރީގެ ރައީސް މައުމޫންގެ ފަރާތްޕުޅުން ވެސް ފާޅުކުރައްވާފައިވެ އެވެ.

ހައްގު މިންވަރު އެއްފަރާތްކޮށްފައި ޕާޓީތަކަށް މުހިއްމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ވެރިކަން ދެމެހެއްޓުމެވެ. ކޯލިޝަން ތަޖުރިބާކުރި އެހެން ލީޑަރުންނާ އެމަނިކުފާނުގެ ތަފާތަކަށް ކަންކަމުގައި މަޝްވަރާ ކުރެއްވުމާއި އަޑުއެއްސެވުން އަދި ގުޅުމަށް އިހްތިރާމްކުރެއްވުމުގެ ސިފަ ފެނުމަކީ އަހުދުމަތީގައި އެކުގައި ތިބެވުނު ސަބަބު ކަމަށް ލީޑަރުން ވިދާޅުވެ އެވެ.

އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވާ ގޮތަށް އަނެއްކާ ވެސް މި ކޯލިޝަން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފެނިދާނެތޯ އެއީ ސުވާލެކެވެ. އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އަދި ސާފެއް ނުވެ އެވެ. އިއްތިހާދު ހިނގާނީ ސިޔާސީ ސަފުން ފެންނަ ލީޑަރުންގެ މައްޗަށެވެ.

އެކަމަކު ހަގީގަތަކީ އިންތިހާބު ކާމިޔާބުކުރަން އަދިވެސް އޮތް ހަމައެކަނި ފޯމިއުލާއަކީ ކޯލިޝަން ކަމެވެ. މިދިޔަ އިންތިހާބާ ހިލާފަށް ލީޑަރުންނަށް ވާދަކުރެއްވޭނެ ސިޔާސީ ހުރަސްތަކެއް ކުރިމަތިކޮށްފައި ނެތުމުން ފުރަތަމަ ބުރުގައި ވަކިން ވާދަކުރައްވާފާނެ އެވެ. ކާމިޔާބު އޮތީ ބިޔަ ކޯލިޝަނަކަށް ކަން ރިޔާސީ އިންތިހާބުގެ ނަތީޖާއިން ހެކިވެ އެވެ. މި ނޫން މަންޒަރެއް، ދެންވެސް ފެނިދާނެ ކަމަކަށް ސިޔާސީ ތަޖުރިބާކާރުން ގަބޫލެއް ނުކުރައްވަ އެވެ.

30 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހޭ

24 August 2022

ކޯލިޝނަކީ ދައުލަތް ވީދާ ކާން އޮންނަ ފުރުސަތަކަށް ވެގެން ނުވާނެ. މިދިޔަ ފަނަރަވަރަކަށް އަހަރު މިދަނީ އެކަހަލަގޮތަކަށް. ސަރުކާރެއް އެކުލަވާލުމަށް ދިން އެއްބާރުލުމުގެ ބަދަލުގެ ގޮތުގައި އެތަށް ފަޅަކާ ގިރއަކާ އެއާޕޯޓަކާ މިންނުކުރެވޭހާ ގިނަ ވަޒީފާތައް ކޯލިޝަން ޕާޓނަރަށް ދެމުންގެންދަން ޖެހުން... އެވަރުންވެސް ހިތްނުފުރިގެން އަބަދު އޮންނަނީ ޝަކުވާ، ބޭނުން ވާ 99 ކަން ކޮށްދީފައި އެންމެ ކަމެއް ނުކޮށްދެވުނަސް އެވީ ސަރުކާރުވައްޓާލަން ނުކުންނަން...

The name is already taken The name is available. Register?

އަމީނަދ

23 August 2022

ބަރުލަމާނީގަ ޕާޓީ ހަދައިގެން ރައޔިތުންގެ ފައސާތައް ކަެިގެން ތިބެގެން މިބުނަނީ ބަރުލަމާނީ ބޭނުމެއްނެތޭ،،، ގާނޫނެއް ބޭނުން. މިހާރު ގާނޫނާ ހިލާފު ހުވަޔާވެސް ހިލާފު

The name is already taken The name is available. Register?

ގޮހޮރު

23 August 2022

މާނައަކީ ފައިސާ އެކެވެނީ އެގޮތަކުން މިގޮތަކުންވެސް ބަރުލަމާނީ ހަދާގެނޭ! މީހަކަށް މޮޔަވީމަ ކިޔޭނުކިޔޭ ވެސް ނޭނގޭނެ!

The name is already taken The name is available. Register?

ޢެޑްމުންޑޯ

23 August 2022

ދުރުވެވިދާނެ ، މިފަހަރުވެސް ވާދަކުރާނީ އެމްޑީޕީ ޕީޕީއެމް ، މިދެޕާރޓީންވެސް ކޯލިޝަން ނުހަދާ ތިބެންވި ! ޢޭރުން އެއްކަލަ ކުދިޕާރޓީތަކުގެ މިންބަރުންވެސް ވޯޓްދޭނެ ފައިނަލް ގައި ވާދުރާ ދެޕާރޓީއަށްވެސް ! ގާސިމާއި އިމްރާނު އަދި ނާޒިމް މެން ކުޅިބަލަން ތިބެންޖެހޭނީ

The name is already taken The name is available. Register?

ދިއްދޫމީހާ

23 August 2022

ކަޅުވެން ވެސް ބޯވާއަ ހަރު ކޮނެދެނީ ބޯވާގެ ފައެއް އެސޮރަށް ކާންދޭމަތިން އެކަމް އެއްފާ ކާންދިނީމަ ކަޅުވެން ކާލަނީ ބޯވާ އެއްކޮން މިބައި މީހުންގެ މިސާލްވެސް ހުރީ މިހެން ދެން މިވާހަކަ ފަޒީނާ އިންސްޓަގްރާމް ސްޓޯރީއަ ނުލާތި..

The name is already taken The name is available. Register?

މާމަމ

23 August 2022

މިއައް ކިޔަނީ ބަހާ އަމަލާ ދިމާނުވުން، ބަރުލަމާނީ ބޭނެމެއް ނޫން އެކަމު ކޯލިޝަން ހަދަން ބޭނުން، އަމިއްލަ އެދުމައްވުރެ ގައުމުގެ މަސްލަހަތު އިސްކުރަންވެއްޖެނުން..

The name is already taken The name is available. Register?

ޙިނި

23 August 2022

ކޯލިޝަން ޕޯސްޓަރުގަ އިބޫގެ ޕޮޓޯ ނުޖަހާ ނަޝީދުގެ ފޮޓޯޖަހާފަ އެހެރީ ކީއްކުރަންބާ؟

The name is already taken The name is available. Register?

ޖާނު

23 August 2022

ދޫންޏާ އެ ޕޯސްޓަރަކީ 2018 ގެ ކެމްޕޭނުގެ ޕޯސްޓަރެއް. އޭރުގަ އިބޫއަކީ ފިސަހަރި ލީޑަރެއް ކަމެއް ގިނަ ދިވެހިންނަކަށް ނޭނގޭ. އެނގެނީ ޔާމީނުގެ ބިރުވެރިކަން. މިހާރުގެ ޕޯސަޓަރެއްނަމަ އިބޫ ފެންނާނެ އެންމެ ބޮޑުކޮށް. އެއީ ފިސަހަރި ލީޑަރެއް.

The name is already taken The name is available. Register?

ކުރުނބާ

23 August 2022

ޖާނު ކީއްކުރަން ދޮގުހަދަނީ؟ ތިޔަބުނާކަހަލަ ފިސަހަރި ލީޑަރަކަށްވެގެން ވަހީދުވެސް އުޅުނު 2013ގެ އިންތިހާބަށް ކުރިމަތިލައިގެން އެކަމަކު ލިބުނީ 5 ޕަސަންޓު. ވެރިކަން އޮތީމަ ކޮންމެ މީހަކުވެސް ހީކުރަނީ ވަރަށް ވަރުގަދަޔޭ އެއީ ސިޔާސީ މަގާމާ ޕްރޮޖެކްޓްތައް ރައްޓެހިންނާއި އާއިލާއަށް ބަހާލީމަ ހީވާނެ އެގޮތަށް. އެހުރިހާ ބާރެއް ނެތި އިބޫ އިބޫގެ ގޮތުގަ އެކަނި ނުކުމެއްޖެޔާ ވަހީދަށްވީވަރުވެސް އިބޫއަށް ނުވާނެ. ވަހީދު އަތުގަވާ ޕީއެޗްޑީއެއް އެބޮތް. އިބޫ އަތުގަ ؟ :ޕ

The name is already taken The name is available. Register?

ޙިނި

23 August 2022

ކޯލިޝަން ހަދައިގެން ރަޔިތުންގެ ޖީބުން ކިހާ ޓެކުސް ފައިސާއެއް ހަރަދުވޭތޯ؟ ހަރަދުވާ ފައިސާގެ އަދަދު ބުނެދީ. ކޯލިޝަނުގެ ސިޔާސީ މަގާމުތަކައް ކިހާފައިސާ އެއްހަރަދުކުރޭތަ. ރިޒަލްޓު ނުނެރެވޭ ބޭކާރުވަޒީފާ ދޭން ހަދާ އެއްޗެއް، ގާނޫނު އަސާސީގަ އޮވޭތަ ކޯލިޝަންގެ ވާހަކަ، ނެތްކަމައް ވަންޏާ ކޯލިޝަން ހެދުމަކީ ގާނުނާ ހިލާފުކަމެކޭ ވެސް ބުނެވިދާނެ.

The name is already taken The name is available. Register?

ދޢަހުމަދު

23 August 2022

ކޯލިޝަން ވިސްނުން އެއްކޮއް ދޫކޮއްލަންވެއްޖެ، ކޯލިޝަނުން ވާ ފައިދާއައްވުރެ، ވާ ގެެއްލުން ބޮޑު. ރައްޔިތުންގެ ފައިސާ ކާނެ މީހުން ގިނަވަނީ.

The name is already taken The name is available. Register?

ވަޑިޔައްތޮކިނަބާ

23 August 2022

ސަރުކާރަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ އެއްޗެކެވެ. އެހެންކަމުން ކޯލިޝަންގެ އެއްބަސްވުމާއެއްގޮތަށް ސަރުކާރު ބައި އެޅިއަސް، ރައްޔިތުންގެ މަޖިލިސް ބައި ނޭޅޭނެއެވެ. އެއީރައްޔިތުންގެ ޙައްޤެކެވެ. އެތަނަށް އިންތިޚާބުކުރާނީ ކޮންމެދާއިރާއަކުންވިޔަސް ރައްޔިތުން ބޭނުންވާބައެކެވެ. ކައުންސިލްތަކަށް މިހާރު އެންހެނުންނަށް ވަކިދާއިރާތަކެއް ކަނޑައަޅާފައި އޮންނަނީވެސް ރައްޔިތުންގެ ޙައްޤުތައް ގެއްލޭގޮތަށެވެ. އެގޮތަށް ރައްޔިތުންގެ މަޖިލިސްވާކަށް ބޭނުމެއްނޫނެވެ.

The name is already taken The name is available. Register?

1234

23 August 2022

ދެވަނަ ބުރައްދިއުމުން ވެރިކަމުގެ ދަހިވެތިކަމުގައި ތިބުނާ ކޯލިސަން ހެދީމަނޫންތަ އެހެންވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454