ާމެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު: އޭނާގެ 12 އަހަރުގެ ޖަލު ހުކުމަށް މަތީ ކޯޓުން ވަނީ ތާއީދުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
23 އޯގަސްޓް 2022 - 14:16
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ޚިޔާނާތުގެ ކުށުގައި 12 އަހަރަށް ޖަލަށް ލާން 2020 އަހަރު ކޮށްފައިވާ ހުކުމަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑް (1އެމްޑީބީ) ގެ 210 މިލިއަން ރިންގިޓް (46.8 މިލިއަން ޑޮލަރު) އަށް ޚިޔާނާތްތެރިވިކަން ސާބިތުވެ ނަޖީބް ޖަލަށް ލާން ކުރި ހުކުމްގެ އިސްތިއުނާފްގައި މެލޭޝިއާގެ ފެޑަރަލް ކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. މަތީ ކޯޓުން މިގޮތަށް ނިންމުމާ އެކު ނަޖީބުގެ ހުކުމް ތަންފީޒުކުރަން ފަށަން ޖެހޭނެ އެވެ.
ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ތެންގްކޫ މައިމޫން ތުއަން މާތު ވިދާޅުވީ ނަޖީބް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމަށް ވާސިލްވުމުގައި ރިއާޔަތްކޮށްފައިވާ ހެކިތަކަށް ބަލާއިރު ހުކުމް ރަނގަޅު ކަމަށާއި އެ ހުކުމް ދަމަހައްޓަނީ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށެވެ.
މި ހުކުމް އިއްވުމުގެ ކުރިން ނަޖީބްގެ ވަކީލުން ވަނީ އުއްތަމަ ފަނޑިޔާރުގެ ފިރިކަލުން 2018 ވަނަ އަހަރު ނަޖީބާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ނަންގަވައި، ބެންޗު އުއްތަމަ ފަނޑިޔާރު ވަކިކުރުމަށް ހުށަހަޅުއްވައިފަ އެވެ. އެކަމަކު އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ޕޯސްޓާ އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައާ ގުޅުމެއް ނެތް ކަމަށެވެ.
އެންމެ މަތީ ކޯޓުން ހުކުމާ މެދު ގޮތެއް ނިންމުމުގެ ކުރިން، ނަޖީބްގެ ފަރާތުން ވަނީ އަލުން ޝަރީއަތް ހިންގުމަށް އަމުރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އެކަމަކު އެ ހުށަހެޅުން ކުރިން ވަނީ ބަލައިނުގަނެ އެވެ.
އުމުރުން 69 އަހަރުގެ ނަޖީބަށް 2018 ވަނަ އަހަރު އިންތިހާބުގައި ނާކާމިޔާބުވެ ވެރިކަން ގެއްލުނީ އެތައް ބިލިއަން ޑޮލަރެއް ހިމެނޭ 1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ ސަބަބުންނެވެ. ގައުމުގެ އިންވެސްޓްމަންޓަތަށް ހާއްސަ މި ފަންޑުން ނަޖީބާއި އޭނާގެ ބައިވެރިން އެތައް މިލިއަން ޑޮލަރަކަށް ޚިޔާނާތްވެ އަގުބޮޑު ގެދޮރާއި މުދަލާއި އަގުބޮޑު އާޓް ފަދަ ތަކެތި ވެސް ގަނެފައިވެ އެވެ.
ނަޖީބްގެ މައްޗަށް ހިންގި ދިގު ޝަރީއަތަށް ފަހު އޭނާގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިން އާއި 1އެމްޑީބީ އެކައުންޓްތަކުން ނަޖީބްގެ އަމިއްލަ އެކައުންޓްތަކަށް 10.1 މިލިއަން ޑޮލަރު ޓްރާންސްފާކުރިކަން ވެސް ސާބިތުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
24 August 2022
އެމްެމްޕިއާރުސީ ގެ އެކައުންޓުގެ ޗެކަކުން ޔާމީނުގެ އެކައުންޓަށް ޗެކެއްޖަމާކޮށްފަ ހުރިއްޔާ ޔާމީނު އެ ޒިންމާ ނަގަންޖެހޭނެ. އެހެން ކުންފުންޏެއްގެ ޗެކަކުން އެމްއެމްޕިއާރުސީގެ ފައިސާ ޖަމާ ކުރެވޭނެ ހަމައެއް ނެތް. އެކުންފުނީގެ އެކައުންޓްގަ ހުންނާނީ އެކުންފުނީގެ ފައިސާ . ކޯޓް ހުކުމަކުން ސާބިތު ނުވާހާ ހިނދަކު. މިހާތަނަށް ެއެމްއެމްޕިއާރުސިގެ އެކައުންޓަކުން ޔާމީނުގެ އެއްވެސް އެކައުންޓަކަށް ފައިސާ ޖަމާވެފައެއް ނެތް.
ގުލްޒާރު
23 August 2022
ތީ މެލޭޝިޔާގެ ޔާއްޓޭ. މެލެޝިޔާގެ މައުމޫނަކީ މަހާތީރު.
އަބްދޫ
23 August 2022
ޔާމީނުގެ މައްޗަށް ދައުވާކުރަނީ ގާނޫނީގޮތން ޔާމީނު ޒިންމާ އުފުލަންނުޖެހޭ ކަންކަމަށް. އެމްއެމްޕިއާރު ސީގެ ހިޔާނާތުގެ ޒިންމާ އުފުލަންޖެހޭނީ އެތަނުގެ ވެރިމީހާއާއި އޭރުގެ ޓުރިޒަމް މިނިސްޓަރު. ގާނޫނުގަ ބުނަނީ މިހެން. ރައިސުލޖުމްހުރިއްޔާ އެކަން އުފުލަން ނުޖެހޭނެ. ގާނޫނާއިހިލާފަށް ކަންކަން ރެވީމަ އެއަށް ފައްތަން އުނދަގޫވާނެ.
ނަލަ
23 August 2022
ޤާނޫނު މާބޮޑަށް އެގިގެން ތި އުޅުއްވަނީ
އަހުމަދު.
23 August 2022
އަބްދޫ ހިތުންތިޔަބުނީ މޮޅުވާހަކައެއް. ޔާމީނުގެ މަށްޗަށް ދައުވާކުރަނީ ޤާނޫނީގޮތުން ޔާމީނު ޒިންމާއުފުލަން ޖެހޭ ކަންކަމުގަ. މމޕރސ ގެ ފައިސާއަށް ހިޔާނަތްތެރިވެފަހުރި ކަން އެހެރީފެންނަން. ޔާމީނުގެ އެކައުންޓަށް އެކުންފުނީގެ ފައިސާ ވަދެފަހުރިކަން އެހެރީ ފެންނަން. ޢެއީ އޭނަގެ އަމުރަށް ބަޔަކުކަންކުރީމަ. ޝަރީއަތުން ކޮންމެގޮތަކަށް ނިމުނަސް ޚިޔާނާތް ތެރިނުވާކަމަކަށްނުވާނެ. މިލިޔަނުން މިލިޔަނުން ޔާމީނުގެ އ/ކ އަށް ޑޮލަރު / ރުފިޔާ ވަންނަންޖެހޭ ސަބަބެއްނެއް.
އަބްދޫ
23 August 2022
މެލެސިޔާގެ ނަޖީބު ރައްޒާގެކޭ އެއްފަދަ އިން 2008 ނޮވެމްބަރު 11 އިންފެށިގެން 3 އަހަރު ވެރިކަންކުރި ނަސީދު އައި 2 އަހަރުވެރިކަންކުރި ވަހީދުއާއި 5 އަހަރު ވެރިކަންކުރި ޔާމީނު އައި މިހާރު ވެރިކަންކުރާ ސާލިހް ވެސް އެ ދަނީ ގާނޫނުއަސަސީ ގެ 97 ވަނަ މާއްދާ އާއި ހިލާފުވެ 115 އިން ލިބޭ އިހްތިޔާރީ މާނަ އޮލުވާލައިގެން ތިމާ އަށް ސަޕޯޓް ހޯދުމަށް ދަވްލަތުގެ ފައިސާ ހަރަދު ކުރަމުން. މިކަން ހައްލުވެގެން މެނުވީ ރައްޔިތުންނަށް ތިޔާގި ކަމަށްވާސިލްވެވެކަށްނެތް.
ހަސަނު
23 August 2022
މެލޭޝިއާގަ ނުހުންނާނެ ކުޅޭކުޅޭ ސުޕްރީމް ކޯޓެއް.. މެލޭޝިއާގެ ކޯޓުތަކުގެ ނިންމުން ތަކުގާ ޗަސްބު ހުންނާނެ...
އަބްދޫ
23 August 2022
2008 ނޮވެމްބަރ 11 ން ފެށިގެން މިގައުމުގެ އާމްދަނީ އަށް ވެރިކަންކުރާ ފަރާތުން ހިޔާނާތް ވަމުންގެންދޭ އެކަން ބަލާނެ ބަޔަކުނެތް އަލަށް ވެރިކަމަށް އަންނަމިހާވެސް ބޭނުންވަނީ ހިޔާނާތް ވެގެން ސަޕޯޓް ދަމަހައްޓަން .ރައްޔިތުން ބޭނުންވަނީ ވެސް ހިޔާނާތުގެ ގޮތުގަ ވެރިމީހާދޭ ވަޒީފާ އިން ލިބޭ ނަހަލާލު ފައިސާ ބޭނުންކުރަން. ؟ މިގައުމަށް ރަނގަޅެއްނެތް.
މިރައިސް2023
23 August 2022
އަހަ ކޮބާހޭ މި ގައުމުގެ ނަޖީބު. އޭނަ މައްޗަށް ހަމަ ބައިތުލްމާލާ ދިމާލަށް ބަލައިލިކަން ވެސް ސާބިތު ނުވަނީއޭ. އަޖައިބެއް ކަހަލަ ކަމެއް
ޖުހާ.
24 August 2022
ކަލޭމެން އެމްޑީޕީގެ ކޮންމެ މީހެއްގެ އިންނާނީ އެއް ލޯ. އެލޮލަށް ފެންނާނީ ޔާމީނު ވެރިކަމުގެ ހިޔާނާތް. އިބޫގެ ވެރިކަމުގާ ހިންގި ކޮރަޕްޝަނާއި ވައްކަމާއި ނުފެންނާނެ. އެއީ އެ ލޯ އަހަރުވެފަ ހުންނާތީ.