ޓެކްސީގެ ހިދުމަތުގެ އަގު ބޮޑުކުރުމަށް ހުއްދަ ނުދީގެން ޓެކްސީތަކުގެ ދަތުރުތައް ހުއްޓާލައިގެން ހަޅުތާލުގައި. -- ފައިލް ފޮޓޯ: ފަޔާޒް މޫސާ/މިހާރު
24 އޯގަސްޓް 2022 - 09:26
ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުން ލާޒިމްކޮށް ޓެކްސީގެ ގަވައިދަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
އިއްޔެ ގެޒެޓްކުރި ގަވައިދުގައިވާ ގޮތުން ޓެކްސީގެ ހިދުމަތްދޭ ހުރިހާ ވަގުތެއްގައި ޑޭޝް ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން، މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭނެ އެވެ.
އަލަށް ހެދި ގަވައިދަށް އަމަލުކުރަން ފަށާނީ އިއްޔެއިން ފެށިގެން ހަ މަސް ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
މި ގަވައިދުގައި ކާރު ޓެކްސީގެ މިންގަނޑުތަކަށް ގެނައި ބަދަލުގައި ބުނެފައިވާ ގޮތުން ކޮންމެ ޓެކްސީ ކާރެއްގައި ވެސް ދަތުރުތަކުގެ އަގު ލިސްޓު ފެންނަ ގޮތަށް ބަހައްޓަންޖެހެ އެވެ. އަދި ޓެކްސީ ކާރުތައް އެއާކަންޑިޝަން ކޮށްފައި ހުރުމަކީ ވެސް ޝަރުތެކެވެ. ދިމާވާ މައްސަލައެއްގެ ސަބަބުން އެއާކަންޑިޝަން މަސައްކަތް ނުކުރާ ނަމަ އެކަން ފަސިންޖަރުންނަށް ކުރިން އެންގުމާއި އެފަދަ ހާލަތެއްގައި، ވައި ދައުރުވާ ގޮތަށް ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ގަވައިދުގައިވެ އެވެ.
ކާރެއްގައި ޑޭޝް ކެމް ހަރުކޮށްފައި
ގަވައިދަށް މިހާރު ވަނީ "ޕްރައިވެޓް ހަޔަ" ގެ ހިދުމަތް ދިނުމާ ބެހޭ ބައި އިތުރުކޮށްފަ އެވެ. މިއީ ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް މިނިސްޓްރީން އާންމުކުރާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭ ޓެކްސީގެ ހިދުމަތެވެ.
ޓެކްސީގެ ގަވައިދަށް ބަދަލުތަކެއް ގެނެސްފައި މި ވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ފަހުގެ ތައްޔާރީތައް ވަމުން އަންނަނިކޮށެވެ. އަދި ދާދި ފަހުން ވަނީ ޓެކްސީ ޑްރައިވަރުން ޑިމާންޑްކުރުމުން، ހިދުމަތުގެ އަގު ބޮޑުކުރުމަށް ވެސް ހުއްދަ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލަމްގިރި
25 August 2022
ކެމެރާ ހަރުކުރަން ޖެހުނީއޭ ކިޔާފައި އިތުރު ޗާޖެއް ނުކުރިއްޔާ ރަނގަޅު
ޢަރުތަ
25 August 2022
އަނެއްކާ ތިޔަ ކެމެރާއެއް ހަރު ކުރަން ޖެހޭތީއޭ ކިއާފަ ދަތުރަކަށް 10 ރުފިޔާ އިތުރުކުރަން ޓެކްސީ ޑްރައިވަރުން ޑިމާންޑް ނުކުރާނާބެ! ވަރަށް ފާޑެއްގެ ބައެއް ތި ޓެކްސީ ޑްރައިވަރުންނަކީ، ކެމެރާއެއް ގަންނަންދާ -/700 އެއްހާ ރުފިޔާ ކޮންމެ ދުވަހަކު ކުރާ ދަތުރުތަކުން ލިބެންވާނެ ކަމަށް އެމީހުން ދެކޭނީ. މާނައަކީ ކޮންމެ ދުވަހަކުވެސް މިހާރު ލިބޭ އެއްޗަކަށްވުރެ އިތުރަށް 700 ރުފިޔާ ލިބެން ޖެހޭނެކަމަށް އެމީހުން ދެކޭނީ.
ސެކްސީ ޑުރައިވަރު
24 August 2022
އާނ ތިޔައީ ވަރަށް ތާއީދުކުރާ ކަމެއް. ތިޔައެއް ކާރުގައި ހަރުކުރުމުން ގައިމު، ޖައްސާފަ ގޮސް ފިލާ މީހުން ފޮޓޮޔަށް އަރައި، ފުލުހުންނާ ހަވާލުކުރެވޭނެކަމަށް ފެނޭ. ތަކާފުލްގެ ޕުރިމިއަމްވެސް އަސްލު ދައްކޮށްލާދޭން ވާނެ ތިޔަ ހަރުކުރީމާ.
އާދަނު33
24 August 2022
ޓެކްސީ ޑުރައިވަރަކީ ކާކުކަން އަންގައިދޭ ލިޔުމެއްވެސް ހުންނަންޖެހޭނެ.
އެމްސް
24 August 2022
ރާއްޖެ ނޫން ޤައުމުތަކުގަ ތިކަންވެސް އޮންނަނީ ތިހެން!
ގާސިމަށް
24 August 2022
ތިކަންކުރުމަށް ސްކީމެއްގެ ދަށުން ޓެކްސީތަކަށް ކަންކަން ހަމަޖެއްސުން މުހިއްމު. ވަރަށް އަތްމަތި ދަތި ޑްރައިވަރުންވެސް އުޅޭނެކަން ދަންނަންވާނެ
އެމްސް
24 August 2022
މާލެއިން ހުޅުމާލެއަށް/ހުޅުލެއަށް ބޮޑު އަގުގަ ދަތުރުކޮށް ރަޢިއްޔަތުން ފެލާ ޑްރައިވަރުން ނިކަމެތިންނަށް ތިޔަކަން ހަމަޖައްސާ ދިނުން ކިހިނެއް؟
ޢަރުތަ
24 August 2022
ހަމަސް ދުވަހުގެ މުއްދަތަކީ ރަނގަޅު "ސްކީމް" އެއް ނޫންބާ! ޑޭޝްބޯޑު ކެމެރާއެއް ހަރުކުރަން.
އެ ޓެކްސީ
24 August 2022
އިއްޔެ ހަވީރު ސޯސަން މަގުން ސައިކަލުގައި ދުއްވާފައި ދަނިކޮށް ކުރިމަތިން ދުއްވާފައި ދިޔަ ކާރު މަޑުކޮށްލުމުން އަހަރެން ވެސް އެ ކާރު ފަހަތުގައި މަޑުކުރީ، މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ހުރި ފިރިހެނަކު އައިސް ކާރުގެ ފަހަތު ސީޓު ހުޅުވާފައި ކާރު ފަހަތުގައި އިން މީހާ އަތަށް ޕެޖެޓެއް ދިނުނަށް ފަހު ފައިސާ ހިފައިގެން އެ ދިޔައީ. ޑްރަގް ވިޔަފާރި ކުރުން ވެސް ހަމަ ހަބޭހުގައި، ރޯމާދުވާލު ބިސީ މަގެއްގައި، ލާރި ހޯދުނު ގޮތަކަށް މީހުން ލާރި ހޯދަނީ ހަމަ.
ސޯލިބ
24 August 2022
ބޯކޮށާ ތަންތަނުގައި އަގުލިސްޓް ބަހައްޓަން މަޖުބޫރު ކުރަންޖެހޭ. މިތަންތަން ހިނގާ ނުހިނގާގޮތް ބަލަނީ ކޮން ތާކުންބާ؟ މިހާރު އަގުނަގަނީ ހިތައް އެރިވަރެއް. އަހަރެން ބޯކޮށަންދާ ތަނުގައި 5މަސްދުވަހުގެ ތެރޭގައި 3ފަހަރަށް އަގުބޮޑުކޮށްފި. އަހަރެންނަކީ ބޯތަލަ މީހެއް. ކޮށާނެ އިސްތަށިކޮޅު އެހާމަދު. 20ރުފިޔާއަށް ބޯކޮށާފާ އޭގެ ދެމަސްފަހުން ކޮށާދިނީ 25ރުފިޔާއަށް. އަނެއްކާ ދެމަސްފަހުން އިއްޔެ ނެގި30ރުފިޔާ. ދެމަހުން ދެމަހުން 5ރުފިޔާ ބޮޑުވޭ.
އެމްސް
24 August 2022
ހުރިހާ ޢާއްމު ވިޔަފާރިތަކުން ބިދޭސީން ބޭރުކުރަން ޖެހޭ! ދިވެހިންގެ ނަންނަމުގަ، ބިދޭސީން ކުރާ ވަގު ވިޔަފާރި ހުއްޓުވާ!
ޢަރުތަ
25 August 2022
ދެން އަގު ހެޔޮކޮށް ތިކަން ކުރެވޭނެގޮތަކީ، އެއްގޮތަކަށްވެސް ބޯކޮށަން ދާނެ ކަމެއްނެތް، ގޮސް ފުރަތަމަ އަހާބަލަ ޝޭވް ކޮށްދެނީ ކިހާ ވަރަކަށްތޯ، އަގުހެޔޮވާނެ ބޯކޮށާ އަގަށްވުރެ، ދެން ބުނޭ އެހެންވީމަ ޝޭވް ކޮށްލާށޭ ކުޑަ ޚަރަދުން ކަން ނިމުނީނު.
ޒާލިމު
24 August 2022
ޔަގީންވާ އެއްކަމަކީ ތިއޮތީ އަނެއްކާ ޓެކްސީ ދަތުރުތަކުގެ ކުލި ބޮޑުކުރަން ޖެހިފައިކަން. ދެން ފެންނާނީ މަޑު މަޑުން ބޮޑުކުރާތަން!
އެމްސް
24 August 2022
ޓެކްސީތަކުގަ މީޓަރު ހަރުކުުރަން ޖެހޭ! ދުނިޔޭގަވެސް މީޓަރ ޓެކްސީ ނެތީ ދިވެހިރާއްޖޭގަ އެކަނިބާ؟
ސަލީމު އިދުރީސް
24 August 2022
ދީނީ އިލުމުވެރިން އެބައްގެ ނުބައިކަމުގެ މައްޗައް ރައްކާތެރިވެ ތިބުމަންގޯވާ ކާފަރު ގައުތަކައް ވުރެ މިތާ ހިޔާނާތުގެ ކަންތައް މަތިވީމަދޯ ތިވަރު ކުރަންޖެހެނީ! ހުޅަނގު ޔޫރަފުގަ ތިވަރު ކުރަންނުޖެހޭ! އެއީ ވަކި އެމިހުން އުފެދުމުގަ ރަނގަޅު ވީމަކާނޫން1 ހެދިފަހުރި ގަވާއިތައްކައް އަމަލު ކުރާމިންވަރު ބޮޑުވީމަ އެކަމަކު މިބުނީ ވަގުން ނޫޅެޔެކޭނޫން! މިހެންވެ މަބުނަނީ ބަޔަކު ރަނގަޅައް އުޅެއް ވަކި މީހަކު ބުނިއެއްޗަކާ ވަކި ފޮތެއްގަ އޮތްގޮތް ބަލަންނުޖެހެޔޭ
ހިރާސް
24 August 2022
ދެން ބުނެބަލަ! ޖުލައިމަހު ފަށަން ބުނި މިނިބަސް ހިދުމަތް ފަށައިގެން އަހަރުމެންނަށް ނުފެނި ކުރިޔަށް އެބަދޭތަ؟ ތިނޫހުން މިކަން ބަލާލަ ދީބަލަ.ދެން ބުނެބަލަ! ޖުލައިމަހު ފަށަން ބުނި މިނިބަސް ހިދުމަތް ފަށައިގެން އަހަރުމެންނަށް ނުފެނި ކުރިޔަށް އެބަދޭތަ؟ ތިނޫހުން މިކަން ބަލާލަ ދީބަލަ
އެމްސް
24 August 2022
އެކަމަށް ގެނައި ބަސްތައް މަގުތަކަށްވުރެ ފުޅާ، ދެނޯ؟
ޢަރުތަ
25 August 2022
މިނީބަހުގެ ދަތުރުތައް ދޯ އަދިވެސް ނުފެށިގެން މިއުޅެނީ، މިއުޅެނީ ރައްޔިތުމީހާއަށް ގޯތި ނުދީގެން، ހަމަ އެކަނި މާލޭ ބޭފުޅުންނަށޯ ގޯތިދެނީ.