ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ އަމިއްލަ ރަށް ނޫން އެހެން ރަށްރަށުން ގޯތި ދިނުމަށް އުސޫލެއް އޮންނަޖެހޭ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
24 އޯގަސްޓް 2022 - 13:03
އަމިއްލަ ރަށް ނޫން އެހެން ރަށްރަށުން ވެސް ގޯތި ދެވޭ އުސޫލެއް އޮންނަން ޖެހޭ ކަމަށާއި އަދި ބަންޑާރަ އުސޫލުން ގޯތި ދިނުމަކީ ދިގު މުއްދަތަކަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ އެހެން ވިދާޅުވީ، ބައެއް ރަށްރަށުން ބަންޑާރަ ނުވަތަ ދިރިއުޅުމަށް ހިލޭ ގޯތި ދިނުމުގެ ސިޔާސަތެއް އޮތްތޯ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ސުވާލު ކުރެއްވުމުންނެވެ. އޭނާ އެ ސުވާލުކުރެއްވީ، މާލޭގެ މީހުންނަށް ހިލޭ ގޯތި ދިނުމަށް ސަރުކާރުން އިއުލާންކުރުމާ ގުޅިގެން އާންމުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، ޒުވާބަކަށް ގޮސްފައި ވާތީ އެވެ.
މިނިސްޓަރު ވިދާޅުވީ، އެ މީހެއްގެ ރަށް ނޫން އެހެން ރަށެއްގެ ބިމަކަށް އެދިގެން އެ މީހާ އަށް އެ ތަން ދިނުމަކީ ރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާކުރާ ކަމެއް ނޫން ކަމަށެވެ. ދިވެއްސަކަށް ރާއްޖޭގެ ކޮންމެ ތަނަކުން ވެސް ބިންކޮޅަކަށް އެދެވިދާނެ ކަމަށް ވިދާޅުވި އެވެ އެކަމަކު، މުސްތަގުބަލުގައި އެކަން ކުރަން ހާއްސަ އުސޫލެއް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލުން ވެސް ގޯތި ދޫކުރާނެ އުސޫލު ކަނޑައަޅައި، ހައުސިން މިނިސްޓްރީ އަށް ފޮނުވާއިރު، ކޮންމެ އުސޫލެއްގައި ވެސް އޮންނަނީ އެ ރަށުގެ މީހާ އަށް ގޯތި ލިބޭ ގޮތަށް ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މާލޭގެ މީހުންނަށް ގޯތި ދިނުމުގެ ކަންތައް ވެސް ކުރިއަށް ގެންދަނީ ހަމަ އެ ބީދައިން ކަމަށް ވިދާޅުވި އެވެ.
"ހަމައެކަނި މާލޭގައި ޖެހުނީމަކާ ނޫން. ނޫނީ އެ މީހެއްގެ ރަށުގައި ޖެހުނީމަކާ ނޫނޭ މިކަން ކުރަން ޖެހެނީ. މުޅި ގައުމާ ދޭތެރޭގައި އެއް ހަމައަކުން ވިސްނައި، ކޮންމެ ރައްޔިތަކަށް ވެސް ކޮންމެތާކުން ވެސް ލިބެން ޖެހޭ. އެކަމަކު ހިލޭ ދޭ ކަމަށް ވަންޏާ އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުމެން ބަންޑާރައިން ދޭ އުސޫލު އޮވެއްޖެ ކަމަށް ވަންޏާ ޔަގީން ކޮންމެ މީހަކު ވެސް ބޭނުންވާނީ އޭނާ އަށް ލިބިފައި އެހެން މީހަކަށް ލިބެން،" މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ އަޑު އަހަން އުނދަގޫ ވާހަކަތަކަކަށް ވެސް ވެދާނެ. އެއްވެސް މީހަކު ބޭނުމެއް ނުވެދާނެ ކަން ނޭނގެ ކައިރި މުސްތަގުބަލެއްގައި ނޫނީ ދުރު މުސްތަގުބަލެއްގައި ވެސް ބަންޑާރަ އިން ގޯތި ދިނުމަކީ ހުއްޓާލަފާނެ ޒާތުގެ ވާހަކައެއް ކަމަށް، އަޅުގަނޑުމެން ސިޔާސީ މީހަކު ވާހަކަ ދެއްކުން ވެސް. އެކަމަކު މިކަން ސަސްޓެއިން ކުރެވެން އަންނާނެ ގޮތަކީ އެއީ [އުސޫލެއް ހެދުން] ކަމަށް އަޅުގަނޑު ދެކެނީ."
އަސްލަމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި އާބާދީ ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވޭއިރު، ބޭނުންވާ ވަރަށް އަބަދަކު ބިމެއް ވެސް ނުހިއްކޭނެ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި މިހާރު ހިއްކާނެ ބިން ވެސް ހުސްވަނީ ކަމަށާއި އެއާ އެކު ބިމުގެ ވިޔަފާރި ވެސް ބޮޑުވަމުން ދާ ކަމަށެވެ. އެ މައްސަލަ އަށް އެދެވޭ ހައްލެއް އަންނާނީ ހާއްސަ އުސޫލެއް ހަދައިގެން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އެ ހުރިހާ ކަމަކަށް ގުޅުވައިފައި އަޅުގަނޑުމެން އެބަޖެހޭ، އިހުޒަމާނުގައި ކަންކުރި ގޮތާ މެދު، އެކަން ކުރި ގޮތް ގޯހީކީ ނޫން، އެ ޒަމާނަށް ބަރާބަރަށް އެކަން ހަމަ ރަނގަޅު، އެކަމަކު މިހާރު ގެންނަންވީ ކޮން ބަދަލުތަކެއްތޯ ބަލަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މާލޭގެ މީހުންނަށް ދޫކުރަން ނިންމި 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗަށް ކުރިމަތިލާން އޮތީ ހުޅުވާލައިފަ އެވެ. އަންނަ މަހު 26 އަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނެ އެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނި ގޮތުގައި މިހާތަނަށް 10،000 އަށް ވުރެން ގިނަ މީހުން ވަނީ ގޯއްޗަށް އެދި ފޯމު ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅޭ.
27 August 2022
ވަކި ބަޔަކަށް ހުޅުމާލޭން ގޯތި ނުދެވިގެން ތެޅިފޮޅެނީ.. ހީވަނީ ކަންނޭންގެ ބޭނުން އެއްޗެއް ހަދާފަ ލައްކަ ދުވަހު ލައްޒަތުގާ އުޅެވިދާނޭ..
އޮނަރަބްލް އަފީފު ދީދީ
25 August 2022
އަޅުގަނޑުމެން ސިޔާސީ މީހުނޭ!!؟؟ ނެޕޮޓިޒެމްގެ ތެރެއިން ޅިޔަން ފަހަރިންނަށް ބަހާ ވަޒީރު ކަމަކީ ސިޔާސީވެގެން ލިބޭ އެއްޗެއްނޫންކަން މާތޮޑާ އަސްލަމަށް ނޭގުނު ކަމުގައިވިޔަސް އަހަރުމެނަށް އެކަން އޮޅިފައެއްނެތް. # ވާހަކަ ގިނަކޮށް ގޮތްކިޔަން އުޅޭނެ ކަމެއްނެތް. ބާކީ އޮތީ 15 ވަރަކަށް މަސްދުވަސް. ވަޒީރުގެ ކެބިންގައިހުރި އަމިއްލަ އެއްޗެހި ނުވަތަ ފޮށި ތަންމަތި ބަދެގެން އަނބި ގޮތްޔަގެ ގެއަށް ވަޑައިގަންނަވަން ތައްޔާރުވޭ.
ރައްޔިތުސޮރު
25 August 2022
ރިޔާސީބަޔާނުގަ ރައީސް ވިދާޅުވީ "މާލޭގެ ރަށްވެހިންގެ ތެރެއިން" އެންމެބޮޑަށް ބޭނުންޖެހިފަތިބި މީހުންނަށް ގޯތިކަނޑާ ރޯނުދަމާ.. ބުލާބުލާ... ބުލާ.. އެކަމަކު އެޕްލައިކުރަން އިޢުލާނުކުރިއިރު މާލޭގެ ރައްވެހިންގެތެރޭން އެންމެބޮޑަށް ބޭނުންޖެހިފަވާމީހުންގެ ބޮޑުބަޔަކަށް (ދަފުތަރު އަދި މާލޭގެގޭގޭގެ ރައްވެހިންގެގޮތުގަ ރަޖިސްޓަރީވެފަވާ މީހުންނަށް) އެޕްލައިއެއް ނުކުރެވޭ! ބެލެވެނީ ކޮންމެސް އިދާރީ މައްސަލައެއްކަމަށް! ޤަސްތުގަ ކޮއްފައޮތްނަމަ މިއީ ޑިސްކުރިމިނޭޝަން!
ގައުމީދޫ001
25 August 2022
މާލޭ މީހުންނަށް ހިލޭ ގޯތިދޭން މާލޭ ކައުނިސްލްގެ އިހްތިސާސްދަށުގްއިވާ ފަޅުރަށެއް ހަމަޖައްެސުން މުހިއްމު. ހުޅުމާލެއަކީ ކައުންސިލްގެ ދަށުގައިވާ ތަނެއްނޫން. ޢެއީ ދަުލަތުގެ ކުންފުންޏެއްގެ މިލްކެއް. ޢެކުންފުޏްނީގައި އޮތީ ދިވެހި އެންމެހައި ރައްޔިތުންގެ ހަމަހަމަ ހިއްސާއެއް. ޥީމާ ވަކި ރަށެއްގެ ރަޖިސްޓްރީގައިވާ ބަޔަކަށް އެކުންފުނީގެ އެނެމް އަގު ބޮޑު ރަުއުސުލްމާލުން ބައެއް ބަހާލުމަކީ ކޮރަޕްޝަން އެކުލެވިގެންވާ ނަސްލީ އިމްތިޔާޒުގެ އަމަލެއް.
ރިޔާސީ މުހައްމަދު
25 August 2022
މާލެގެ ދަފްތަރު ބޭނުންކޮށްގެން ގިނަ މެމްބަރުބްތަކެއް މަޖްލީހަށް އިންތިޚާބްވެގެންތިބެ ދަފްތަރުގައިވާ ރައްޔިތުންނާއި މެދު ނަސްލި ތަފާތުކުރުން އެކުލރވޭގޮަތަށް ގައުމުގެ ޕޮލިސީތަޢް އެކުލަވާލުމަކީ ބަލައިގަނެވޭނެކަމެއް ނޫން.
ކަނބިލި
25 August 2022
މި އަސްލަމަކީ ވިސްނުމުގައި މައްސަލަ އުޅޭ މީހެއް. ހާލަތުވަޒަންކުރަން ނޭގޭ ކޮށި މީހެއް
ގަރުބަޗޯވް
25 August 2022
ބޮޑާކަމާއި ކިބުރުވެރިކަމުން ގޮސް ބުއްދިފިލައި ދިޔައީ
މުންޖިޗޭ
25 August 2022
ކާކު ކޮންތާކުން ގެނެސް ބާއްވަންޖެހޭ އުޞޫލެއްތަ! އުޞޫލުތަކާއި ޤަވާޢިދުތަކާއި އެއްޗެހި ހަދައި ރައްޔިތުންނަށް ކަންތައްތައް ކޮށްދޭން ބޮޑެތިވެގެންވާ މުސާރަފުޅު ދީފައި ތިބޭފުޅުން ޢައްޔަންކޮށްފައިވާއިރު، ކަމެއްކުރަންވީމަ އުޞޫލަކާ މަތިކޮށް އެކަން ނުކުރެވޭނެ ބަހަނާ މިދައްކަނީ ނާޤާބިލުކަން އުޞޫލަކުން ފޮރުވޭނެ ކަމަށްތަ، ކަރުގެ ހުރިހާ ނާރެއް ފުއްޕާފަ އެނެމް އެތެރެއިން އަޑުގެނެސްގެން ވާހަކަ ދެއްކިޔަސް ވަމުންދާގޮތް ރައްޔިތުންނަށް ހަމަ އެނގެމުންދަނީ. ސަލާމް.
މުލޭ
25 August 2022
ގޯތި ހިލޭ ދޭތީ އެންމެން އެކަމާ ޝަކުވާކުރާތަން ފެންނަނީ. މި މައްސަލަ ކޯޓަށް ވައްދައިގެން މިކަން ހުއްޓުވޭނެ ގޮތަކަށް މަސައްކަތްކުރާތަނެއް ނުފެނޭ. ފުންނާބު އުސް ފައިވާންތަކަށް އަރައިގެންތިބި ގާނޫނީ ވަކީލުން ވެސް ސޯޝަލް މީޑިއާގައި ހުސް އަނގަ ތަޅާތަން ފެންނަނީ. ހުޅުމާލެއަކީ ސިޓީ ކައުންސިލުގެ ތަނެއްނޫން. ވިޔަފާރިއުސޫލުން ހިންގާ ކުންފުންޏެއްގެެ މިލްކެއް. އެކުންފުނީގެ އަގުބޮޑު މުދަލެއް ވަކިބަޔަކަށް ބަހާލެވޭތަ. ދެވޭނެތަ. ނުދެވޭނެ.
ގޯތި
25 August 2022
މާލޭ ރައްޔިތުންނަށް މާލެއިން 5000 ގޯތި ދެވިދާނެ. ސުވާލަކީ މާލޭގައި ތިބީ ގޯތި ހައްގުވާ އެންމެ 5000 މީހުން ހެއްޔެވެ؟ ބާކީ ތިބި މީހުން ރަށްރަށުން މާލެއަށް އައި މީހުންނާ އެއްފަދަ ކުރީމާ މާލޭ ރައްޔިތުންނަށް ހަމަހަމަ ޙައްޤުތަކެއް ކަށަވަރުވޭ ހެއްޔެވެ؟ މާލޭގައި ގޯތި ލިބުނު މީހުން ފިޔަވައި ދެން ތިބި މީހުންގެ ޙައްޤުތައް ނިގުޅައިނުގަނެވޭހެއްޔެވެ؟
ބަނޑުއަޅާ
26 August 2022
ކަލޯ މާލޭގައި ވަޒަންވެރިވެފައި ހުރި ކޮންމެ މީހަކު ވާނީ މާލޭ މީހަކަށް. އެއަށް އިތުރު ބަދަލެއް ގެނެވޭނީ ޝަރުއީ ހުކުމަކުން.
000000
25 August 2022
މާލޭ މީހުންނަށް ހިލޭ ގޯތިދޭއިރަށް ބުރިބުރިއަށް ހަދާފަ ރާއްޖެތެރޭ މީހުންނަށް ކުއްޔަށް ދޭނީ. އެމީހުން އުޅޭނީ ރާއްޖެއިން ބޭރުގަ. ނުވިތާކަށް ދަހިކަމުން މިނަގާ އެޑްވާންސް ލާރިކޮޅުވެސް ނުދޭނެ. ވަޒީފާއަކަށް ނުގޮސް ތިބެވޭނެއެއްނު. ދުނިޔޭގެ އެހެން ގައުމުތަކުގަވެސް އެތަނަކަށް ހިދުމަތްކުރާތާ ވަކި އަހަރެއް ހަމަވީމަ އެތަނެއްގެ އެހެން ރައްޔިތުންނެކޭ ތަފާތެއްނުކުރޭ. މިއުޅެނީ އަމިއްލަ ގައުމުގަ ގެންގުޅޭ ތަފާތުކުރުން.
އެހެންތަ
25 August 2022
ރާއްޱެތެތޭ މީހާ ތި ކުލިދައްކަނީ ހިލޭ ލިބުނު ގޯތީ ގަ ގެސްޓް ހައުސް ހަދާގެންނު މާލޭމީހާ ނޫޅޭ ލަގޮޱިޔައް ކެއްނުވެގެން