ފުނަދޫ ރައްޔިތުން ހިންގަމުން އައި އިންޖީނުގެ ރަސްމީކޮށް ފެނަކައާ ހަވާލުކުރަނީ ---ފޮޓޯ: ފެނަކަ
25 އޯގަސްޓް 2022 - 10:55
ށ. ފުނަދޫގެ ރައްޔިތުން ހިންގަމުން އައި އިންޖީނުގޭގެ ފެނަކައާ އިއްޔެ ހަވާލުކޮށްފި އެވެ.
ފެނަކައިން ބުނީ އެ ރަށު ރައްޔިތުން 36 އަހަރު ވަންދެން ހިންގަމުން އައިސް، އިންޖީނުގެ ހަވާލުކުރީ އެ ކުންފުނީގެ ޒަމާނީ، ދެމެހެއްޓެނިވި ހިދުމަތްތަކަށް އެ މީހުން އިތުބާރުކުރާތީ ކަމަށެވެ.
މި ނިންމުމާ އެކު ށ. އަތޮޅުގެ އެހެން ހުރިހާ ރަށްތަކޭ ވެސް އެއްގޮތަށް، ފުނަދޫގެ ކަރަންޓު ހިދުމަތަށް ވެސް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.
އެ ރަށަށް ބޭނުންވާ ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ދިނުމަށް ފެނަކައިން ވަނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި 800 ކިލޯވޮޓްގެ ޖެނެރޭޓަރެއް ފުނަދު އަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
އިންޖީނުގެ ރަސްމީކޮށް ހަވާލުކުރުމަށް އިއްޔެ ބޭއްވި ޖަލްސާގައި ފެނަކައިގެ ބައެއް އިސްވެރިންނާ އެކު ފުނަދޫ ގިނަ ރައްޔިތުން ބައިވެރިވި އެވެ. އެ ޖަލްސާ ޝަރަފްްވެރިކޮށްދެއްވީ، ތިމާވެށި މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy