މަންޓާ އެއާގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަނީ: އެ އެއާލައިނުގެ ހަރަދުގައި ކެބިން ކްރޫން ތަމްރީން ކުރަން ހުޅުވާލައިފި
25 އޯގަސްޓް 2022 - 15:30
މަންޓާ އެއާއިން ސްޕޮންސާކޮށްގެން ކުރިއަށް ގެންދާ ކެބިން ކްރޫން ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ އެއާލައިނުން ބުނި ގޮތުގައި ހަ ހަފުތާގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 25 މީހަކަށެވެ. ބައިވެރިވާން ބޭނުންވާ މީހުން އަންނަ އާދިއްތަ ދުވަހުގެ ކުރިން އެޕްލައި ކުރަން ޖެހެ އެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ވެފައި، ޖީސީ އޯލެވެލްގެ ތިން މާއްދާއިން މަދުވެގެން "ސީ" ފާސް ލިބިފައިވާ މީހުންނަށެވެ. އަދި އެއްވެސް އެހީއަކާ ނުލާ 50 މީޓަރަށް ފެތުމުގެ ގާބިލުކަން ހުރުމާއެކު އިނގިރޭސިންނާއި ދިވެހިން ފަރިތަކޮށް ލިޔަން ކިޔަން ދަންނަން ޖެހޭނެ ކަމަށް ވެސް މަންޓާ އެއާ އިން ބުންޏެވެ.
It's time to kick-start your career in Aviation with Manta Air ATO #CabinCrew Inital Training - Apply Now!#jobopportunity #Aviation #Cabincrew #Training #license #Seaplane pic.twitter.com/s8n7mkYIpo
— Manta Air (@MantaAir) August 22, 2022
މަންޓާ އެއާއިން ބުނީ އެ ތަމްރީނު ފުރިހަމަކުރާ ބައިވެރިންނަށް އެ އެއާލައިނުން ވަޒީފާ ހަމަޖެހޭނެ ކަމަށެވެ.
ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ނަމަ، [email protected] އަށް މެއިލް ފޮނުވައިގެން ނުވަތަ 7997278 އަށް ގުޅައިގެން އެޕްލައި ކުރެވޭނެ އެވެ.
މި އަހަރުގެ ޖުލައި މަހު ފެށި ކެބިން ކްރޫ ތަމްރީނުތަކަށް ފަހު އިއްޔެ ވަނީ އެ ބެޗުގެ ބައިވެރިން ދަސްވެނިވެފަ އެވެ. އެއީ ފަސް ހަފުތާގެ މުއްދަތަކަށް، 14،000 ރުފިޔާ ބައިވެރިއަކު ދައްކައިގެން ފުރިހަމަ ކުރި ތަމްރީނެކެވެ. އެ ތަމްރީނުތައް މިފަހަރު ހުޅުވާލާފައި މިވަނީ މުޅިން ހިލޭ ފުރިހަމަކުރެވޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރީލް
25 August 2022
ތީ ކުޑަހުވަދޫ މީހުން މުޒާހަރާކުރީމަ ލިބުނު ނެގަޓިވް ޕީއާރުން އަރައިގަތުމަށް ޖައްސާ ސްޓަންޓެއް