ަހޯރަފުށި އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޖައްސަނީ--ފޮޓޯ:މިހާރު
31 އޯގަސްޓް 2022 - 20:00
މޯލްޑިވިއަން އެއާލައިނުން ހއ. ހޯރަފުއްޓަށް ކުރަން މިއަދު ތާވަލުކުރި ދަތުރު، އެ އެއާޕޯޓަށް ފަސިންޖަރުންނާއެކު ބޯޓު އުދުހެނިކޮށް، ފަޔާ ޓްރަކް ހަލާކުވެފައިވާކަން ކުއްލި ގޮތަކަށް އެނގުމުން ކެންސަލްކޮށްފި އެވެ.
އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، އެ ރަށަށް ކުރަން އޮތް ދަތުރު ކެންސަލް ކުރަން ޖެހުނީ އެ އެއާޕޯޓުގެ ފަޔާ ޓްރަކް ހަލާކުވެފައި އޮތުމުން ކަމަށެވެ.
އެއާޕޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ހާލަތުގައި، އަލިފާން ނިއްވޭނެ ނިޒާމުތައް ގާއިމުވެފައި ހުންނަން ޖެހެ އެވެ.
ހޯރަފުށި އެއާޕޯޓަށް މިއަދު ދަތުރުކުރި ކިއުޓޫ 470 މަތިންދާބޯޓު އެ އެއާޕޯޓަށް ނުޖައްސައި އަނބުރާ މާލެ އަންނަން ޖެހުނީ އެހެންވެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. މަތީގައި ބޯޓު އުދުހެނިކޮށް، އެ ދަތުރު ކެންސަލްވިކަން ކުއްލި ގޮތަކަށް އެންގުމުން އޭގައި އެ ވަގުތު ތިބި ފަސިންޖަރުން ވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށް ވެ އެވެ. ސަބަބަކީ ފަޔާ ޓްރަކް ހަލާކުވެފައިވާކަން ކަމާބެހޭ ފަރާތްތަކަށް ދުރާލައި އެނގިފައި ނެތުމެވެ.
ހޯރަފުށި އެއާޕޯޓަށް އަލުން ދަތުރުތައް ފަށާނީ ފަޔާ ޓްރަކް މައްސަލަ ހައްލުވުމުން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ. އެ އެއާޕޯޓަށް މިއަދު ދަތުރުކުރަން ހަމަޖެހިފައި ތިބި ފަސިންޖަރުންގެ ދަތުރު މިހާރު ތާވަލު ކޮށްފައި ވަނީ މާދަމާއަށެވެ.
އެ ރަށުގެ އެއާޕޯޓުގެ ފަޔާ ޓްރަކް ހަލާކުވިއިރު، މީގެ ހަފުތާއެއް ކުރިން އެ ރަށުގައި ފަޔާ ފައިޓަރުން ތަމްރީނު ކުރާނެ ފަޔާ ސިމިއުލޭޓަރު ވަނީ ގާއިމުކޮށްފަ އެވެ. އެ ރަށުގެ އެއާޕޯޓު ހެދީ 200 މިލިއަން ރުފިޔާ ހޭދަކޮށްގެންނެވެ
ހޯރަފުށީގައި 2020 ވަނަ އަހަރު ހުޅުވި އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކެއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ވަނީ ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙޙ2022
01 September 2022
ޢަދިވެސް ކޮވިޑޭ ކިޔާފަ މޯލްޑިވިއަންގެ ޓިކެޓް އޮފީސް ނުހުޅުވާ އެޖެންޓުން އަތުން ބޮޑުއަގުގަ ޓިކެޓް ގަންނަންވީ.... ބޮއިހަލަކި
ސަޅި
01 September 2022
އަދިވެސް ތަންތާތިބި ގަޅިބް ތަންތަން ހިންގަން ލާ… ރީގަނަލް އެއަރޕޯޓް
ރަދީފްއޮފިޝަލް
01 September 2022
ދާއިރާގެ މެމްބަރުގެ ހިލަމެއްވިތަ؟؟ ހެހެހެހެހެހެ
ޒިކް
01 September 2022
މެންބަރާ ބެހޭ ކަމެއްތޯ އެއީ؟؟ ފަޔާލޮރީ ހަލާކުވުމަކީ؟ ފޮނުވީވެސް ބާވެ ހަސްނެތިގެން ހަނިމާދޫގަ ހަލާކުވެފަ އޮތް ލޮރީ މަރާމާތުކޮށްފަ ގަނޑެއް..އެ ލޮރީގަނޑު ހުރިހާ ދުވަހު އެ ހެން ގުޅުނީ.. ރަނގަޅުތާ މިހާދުވަހު މައްސަލައެއް ނުޖެހި އޮތް ކަން..
ސަމްސިއްޔާ
01 September 2022
އެންމެ ޓްރަކެއްތަ އޮންނަނީ؟؟
ޗަމްޗަމް
01 September 2022
ފަޔަރ ސިމިއުލޭޝަންގެ ބަޔެއްތޮއްޗެއްނު ތިޔާ، ފަޔަރ ޓުރަކު ގަނޑުވެސް ބޭނުންކުރެވޭ ހާލަތެއްގައި ނެތުން
ޓަވަރ
01 September 2022
އާ އެއްޗެއް ގެންދޭ ތިވަރަށް މަންސަލަ ޖެހޭ އެއްޗެއް ނުވާނެ ބާންވާކަށް.
މޯޑޭ
01 September 2022
އެހެންތާ ވާނި ބާ ފަޔަރލޮރީ މި ގެންނަނި ބޭރުން ފެއިންޓް ކޮށްލާފަ.
ސަލީމާ
01 September 2022
ހެޔޮނުވާނެ މިއީ ކޮންފަދަ ނިކަމެތިކަމެއްތޯ…
ސުބްހާން
31 August 2022
އަނބުރާ މާލެ ގެނައީ ކީއްކުރަން؟ ހަނިމާދޫގަ ޖެއްސިނަމަ. ޖައްސާފަ ފަޔަރ ޓްރަކް ރަނގަޅުވީމަ އަނެއްކާ ފުރާނީ.
ކޫތްރްޕާލީ
01 September 2022
އާން އެހެންޏަ. ދުވާލަކު 1 ދަތުރު ކުރާ ބޯޓެއް ވިއްޔަމީ.
ބަލައު
01 September 2022
ބަލަ މީހުން ހަނިމާދޫއށް ބާލާފަ ބޯޓު ގެންދިޔައިމަ ވީނު. ދެން ލޯންޗެއް ހިފާފަ ހޯރަފުއްޓަށް ގެންގޮސްދޭނީ. މާލެގެނެސް ބޭލީމަ މާލޭގައި ތިބުމުގެ ހަރަދު ފަސިންޖަރުން އަތުން ދާނީ.
ބާބުލް ވަތަން
31 August 2022
ލޮރީ ނެތަސް ފަޔަފައިޓިން ސިމުލޭޓަރު ހުރީ މާ ފުދޭނެ އެއް ނު.