މ. މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައި.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
09 މެއި 2025 - 18:25
މ. މުލީގައި ހެދި އެއާޕޯޓަށް މި މަހުގެ 17 ގައި ދަތުރުތައް ފަށަން ގައުމީ އެއާލައިން މޯލްޑިވިއަން އިން ނިންމައިފި އެވެ.
އައިލެންޑު އޭވިއޭޝަނުން ހިންގާ މޯލްޑިވިއަނުން އާންމުކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން މުލި އެއާޕޯޓުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 1،377ރ. އެވެ. ކޮޅަކަށް ހޭދަވާނީ 35 މިނިޓެވެ.
މޯލްޑިވިއަނުން އަދި ނިންމާފައި ވަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު މުލި އެއާޕޯޓަށް ދަތުރެއް ބާއްވާށެވެ. މާލެ އިން ފުރާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ މެންދުރު ފަހު 3:30 ގަ އެވެ. މުލިން މާލެ އަަންނަ ފްލައިޓް ފުރާނީ ހަވީރު 4:45 ގަ އެވެ.
މޯލްޑިވިއަނުން މިހާރު ވަނީ މ. އަތޮޅުގައި ރީޖަނަލް އެއާޕޯޓްސް އިން އޮޕަރޭޓްކުރާ އަދި މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓުގެ ދަތުރުތަކުގެ ބުކިން އަށް ހުޅުވާލައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އޮގަސްޓް 2021 ގައި ހަދަން ފެށި މުލި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމައި އެ ތަނަށް ޓެސްޓު ފްލައިޓު ޖެއްސީ މިދިޔަ މަހުގެ 25 ގަ އެވެ.
ރީޖަނަލް އެއާޕޯޓްސް އިން ކުރިން ބުނެފައިވާ ގޮތުގައި މުލި އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް، ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރާ މޯލްޑިވިއަން އާއި ވިލާ އަދި މަންތާ އެއާލައިނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މުލި އެއާޕޯޓު މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި 1،812 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހަދާފައިވެ އެވެ. އެ މަޝްރޫއަށް 225 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަގޭ
11 May 2025
ބޭކާރު އެއާރޕޯޓެއް. ތިތަން ވެސް ހިންގުމުގެ ހަރަދު އަންނާނީ މުޅި ރާއްޖެ އެންމެން ގެ ޓިކެޓް އަގަށް ލެވިގެން. އެވެސް ގެއްލުމުގަ މުސްތަގުބަލެއް ނެތި
ޢެޑްމުންޑޯ
09 May 2025
މިމީހުންނަށް ރަގަޅު އެއްގޮތެއްވެސް ނޯންނާނެ ، ހިލޭ ދަތުރު ކުރަން ފްލައިޓެއް ބޭއްވިއަސް ކޮންމެވެސް އެއްޗެހިތަކެއް ކިޔާނެ
ރަދީފްއޮފިޝަލް / ޗީޕަރ ފެއާ ރޭޓްސް
09 May 2025
އެއާލައިންތަކުން ޓިކެޓްގެ އަގު ކަނޑައެޅާއިރު ވަރަށް ގިނަ ފެކްޓާސްތަކެއްހުރޭ.ސަޕްލައި & ޑިމާންޑް އެއީ އެންމެ ފުރަތަމަ އެއްކަން.އުއްމީދަކީ ދަތުރުކުރާ މީހުންގިނަވެ ކޮމްޕެޓިޝަން އުފެދި މުސްތަގްބަލުގައި ޓިކެޓްގެ އަގުތިރިވެ ރައްޔަތުންނަށް ލުއިފަސޭހަވެގެން ދިޔުން. ވ.ވެދުން
1828
09 May 2025
35 މިނެއްޓަށް 1377ރ. ހިޔެއް ނުވޭ ތިވަރުން ދިވެހިން ދަތުރުކުރާނެ ހެންނެއް. ސަބަބަކީ މ.އަތޮޅަކީ މާލެއަށް ޝެޑިއުލް ދަތުރުތައް ކުރާ ބައިވަރު ލޯންޗްތަކެއް އޮންނަ އަތޮޅަކަށްވުން.
ށުޕަރ
10 May 2025
ކަނޑު މަގުން ދަތުރުކުރާ އަގާ ވައިގެ ދަތުރުގެ އަގު އެއްވަރެއް ނުވާނެ. ލާރި ނެތިއްޔާ ކަނޑުމަގުން ދަތުރުކުރާނީ.
ސިޑު
09 May 2025
ޓިކެޓުގެ އަގު ގޯހެއްނޫން، ރެޔާދުވާލު ކޮފީގަ ތިބެގެން ގިނަމީހުން ކުރާ ހަރަދު 1500ރ އިން މަތީގަ އުޅޭނީ..
ައްަސައް
10 May 2025
ކޮފީގައި ތިބެ ބޭކާރު ވާހަަކަ ދެއްކި ވަރަކަށް ލާރި ގިނައިން ލިބެނީ. ދެން އެހެން ޒިންމާއެއް ނޯވޭ. ގައުމުގެ ހާލަތު ގޯސްވަނީ ހަމަ މީހުންނަށް އުޅެވޭ ގޮތުން.
ބޭބެ 11
09 May 2025
ތިދެން ބޮޑުވަރު. 1377ރ އަށް މުއްޔަށް. 1400ރ އަށް ލ ކައްދުއަށް. މުލިން ލ އަށް ހުރޭ މާލެއިން މުއްޔަށް ހުންންވަރު (73 މޭލު). މިހެން ހިސާބު ހެދީމާ ކިހިނެއް ޤަބޫލުކުރާނީ. މޯލްޑިވިއަނުން ލާރި ބޭނުންވިޔަސް މިދެން ބޮޑުވަރު. މުލީ ރައްޔިތަކަށްވެ އެއަރޕޯޓްއަޅާތީ ވަރަށް އުފަލުން މިހިރީ 1000 ރ އަށް ޓިކެޓް ލިބޭނެކަމަށް. އުންމީދުކުރަން ބާރުގަދަ ސިޔާސީ ބޭފުޅަކު މިކަމަށް ވިސްނަވާނެކަމަށް. @މެންބަރު ނާޒިމް، @މެންބަރު އިބޫ ޕްލީޒް
ތދައްތަ
09 May 2025
ބޭބެ ދެން އާދޭ ލ. ކައްދުއަށް
ހޮއްކޮބޭ
10 May 2025
ބޭބެ ދެޓް އިޒް ނޮޓް ހައު އިޓް ވޯރކްސް. ޢޮޕަރޭޓިންގ ކޮސްޓް ހަމަ ހުންނާނީ އެއްވަރެއްގަ ހަމައެކަނި މަދުވާނީ އަޅާ ތެޔޮ އެކަނި. ނޭންގޭ ވާހަކަ ނުދައްކާ.
ކޮކީ
10 May 2025
ދެން އެެންމެ 377/- އެންނު އިތުރުވީ ބޭބޭ!
އާރީ
09 May 2025
ޓިކެޓް ހާދަ އަގު ބޮނޑޭ
ގަތާމް
09 May 2025
ޖަހާފައޭނީ ފެށޭއަގު އެއަގުގަ އިންނާނީ 2ޝީޓްވަރު ފްލައިޓަކުން ލާހިކެއްނޫން މީހަކަށް އެއަގުގަ ޓިކެޓެއް ހޯދާކަށް.