03 ސެޕްޓެމްބަރ 2022 - 12:48
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތައް އޮންލައިންކޮށް، އެ ހޮސްޕިޓަލުގެ ގެސްޓް ޕޯޓަލް އިން މިހާރު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެޕޮއިންޓްމެންޓް ހެއްދުމާއި ފައިސާ ދެއްކުމާއި އޮންލައިންކޮށް ރިޕޯޓު ނެގުމުގެ ހިދުމަތްތައް ވެސް އެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް ހުޅުމާލޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލުން ބުންޏެވެ. މެޑިކަލް ރިޕޯޓުތައް އެ ޕޯޓަލްގައި ހުންނާނީ ތަރުތީބުން ކަމަށާއި އެންމެ މަތީގައި އަބަދުވެސް އެންމެ ފަހުގެ ރިޕޯޓުތައް ފެންނަން ހުންނާނެ ކަމަށް ޓްރީ ޓޮޕުން ބުނެ އެވެ.
އެ ހޮސްޕިޓަލުން ބުނިގޮތުގައި، އެ ޕޯޓަލް މެދުވެރިކޮށް، ޑޮކްޓަރުންގެ ވަނަވަރާއި އެ ޑޮކްޓަރުން ފަރުވާ ދޭ ބަލިތައް ވެސް ފެންނަން ހުންނާނެ އެވެ.
Welcome | Guest Portal
ޓްރީ ޓޮޕްގެ ގެސްޓު ޕޯޓަލް.
ޓްރީ ޓޮޕުން ބުނީ، ރަޖިސްޓަރީ ކޮށްގެން ބޭނުންކުރެވޭ އެ ޕޯޓަލަކީ އެއީ ރައްކާތެރި ޕްލެޓްފޯމެއް ކަމަށެވެ. ގެސްޓް ޕޯޓަލް ވެބްސައިޓުގެ އިތުރުން އެ ޕޯޓަލްގެ އެޕްލިކޭޝަން "ޓްރީ ޓޮޕް ގެސްޓު ޕޯޓަލް" އެޕްސްޓޯރާއި ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަމްޖަމް
04 September 2022
ރަޖިސްޓްރީ ނުކުރެވޭ އިންވޭލިޑް އައި-ޑީ.ކާޑޯ
ޑޮކް
03 September 2022
މި ޒަމާނުގަ ރަޖިސްޓްރީ ކުރަން ގުޅަން ޖެހޭތީ ވަރަށް ދެރަ...