ާމިނީ ބަސް. މާލޭގެ ތިން ރޫޓަކުން ބަސް ދަތުރު ކުރާނެ--ފޮޓޯ:މިހާރު
04 ސެޕްޓެމްބަރ 2022 - 19:01
މާލޭގައި މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ދޭނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
މިނީ ބަހުގެ ހިދުމަތް މާދަމާ ފަށާއިރު މާލޭގެ ތިން ރޫޓަކުން ދަތުރު ކުރާނެ އެވެ. އެ އިން ކޮންމެ ރޫޓެއްގައި ދަތުރު ކުރާ ބަހެއް ވެސް ބަސް ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ދަތުރެއް ކުރާނެ އެވެ. އެމްޓީސީސީން އެ ހިދުމަތް ފަށާއިރު ކުރިއަށް އޮތް ދެ ހަފްތާގައި ބަހުގެ ހިދުމަތް ދެނީ ހިލޭ އެވެ. އަދި އެއަށްފަހު ބަހަށް އަރާ ކޮންމެ މީހެއްގެ އަތުން 7ރ. ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
ބަހުގެ ކިއުއާރް ޓިކެޓް އާރްޓީއެލް ވެބްސައިޓުން އަދި އެފްލިކޭޝަނުން ހޯދޭނެ އެވެ. އާރްޓީއެލް އެފްލިކޭޝަން އެފް ސްޓޯ އަދި ގޫގުލް ފްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.
އެމްޓީސީސީން ބުނީ އާންމުންގެ އަތުން ޓިކެޓް ނަގަން ފެށި ނަމަވެސް، އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަދި ސްކޫލް ޔުނީފޯމުގައި ތިބޭ ކުދިންނަށް ވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުންޏެވެ.
އާރްޓީއެލް ބަސް އަމީނީ ރޫޓާއި ސޯސަން ރޫޓާއި އޯކިޑް ރޫޓުން ދަތުރު ކުރާނެ އެވެ. އަދި މި ރޫޓުތަކުން މާލޭގެ ހަތަރު އަވަށް ކަމުގައިވާ ހެންވޭރު، ގަލޮޅު، މައްޗަންގޮޅި އާއި މާފަންނުގައި ދަތުރު ކުރާނެ އެވެ. މި ތިން ރޫޓުގައި ޖުމްލަ 40 ބަސް ސްޓޮޕް ހުންނާނެ އެވެ.
މާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި 18 ބަސް ބޭނުން ކުރާނެ އެވެ. އޭގެ ތެރެއިން އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަ ހުންނަ ބަހެވެ. މިނީ ބަސްތަކުގައި 20-22 މީހުންނަށް އިޗީންދެގެން އަދި 10 މީހުންނަށް ކޮޅަށް ދަތުރު ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާނު
06 September 2022
ހުޅުމާލެ ބުރިޖުންވެސް ޓޮލް ނަގަންފަށަން އެބަޖެހޭ، ކޮޅަކަށް 2ރ އިން ފަށަމާ!
މުލޭ
05 September 2022
ބަސް ރޫޓް ހަދާފައި ހުރިގޮތުން މާލޭގެ ދެކުނުފަރާތުން އުުތުރު ފަރާތަށް ދެވޭނެގޮތެއް ނެތް ބަސް ބަދަލު ނުކޮށް. ބަސް ބަދަލުކުރުމުން 14 ރުުފިޔާގެ އިތުރުން އެތައް ވަގުތެއް ހޭދަކުރަން ޖެހިދާނެ. 14 ރުފިޔާ ޚަރަދުނުކޮށް ދެވޭނެ ގޮތަކަަށް ދަތުރު ރޫޓް އެރޭންޖްކުރަން ޖެހޭ. މާލެ ވަށާ ދުއްވާ ބަހެއް އިތުރުކޮށްލަނިކޮށް ޙައްލުވެދާނެ. ޢަނެއްކޮޅުން 7 ރުފިޔާ އަކީ ބޮޑު ޢަދަދެއް ކަމަށް ދެކެން. 5 ރުފިޔާ އަކީ އެކަށީގެންވާ އަގެއް. އަގުބޮޑުނަމަ ފެއިލްވުމުގެ ފުރުސަތު ބޮޑު.
އެމްސް
05 September 2022
މާލޭ ވަށާ ދުވުން ވާނީ ވަރަށް ދަތި ކަމަކަށް، ބާޒާރުމައްޗާއި ހެދި! ބަހުގެ އަގު ވަރަށް ބޮޑު! މަތިންދާ ބޯޓެއްގަވެސް ގިނަ ވާނީ ސީދާ ސީދަލަށް ނުދެވޭ މަންޒިލް!
އަލިފުޅު3
05 September 2022
އާއްމުކޮށް ބަހުގަ ދަތުރު ކުރާ މީހަކަށް ކޮންމެ ފަހަރަކު 7 ރ ހޭދަ ކުރަން ޖެހުމަކީ މާ ބޮޑު އަގެއް. ޑެއިލީ ޕާސް / ވީކްލީ ޕާސް / މަންތްލީ ޕާސް ގެ އަންލިމިޓެޑް ޓްރެވަލް ތައާރަފް ކުރަންޖެހޭ. މިގޮތުން ޑެއިލީ ޕާސް އެއް 25ރ އަށް ، ވީކްލީ ޕާސް އެއް 100ރ އަށް އަދި މަންތްލީ ޕާސް އެއް 230ރ އަށް ހަދުން ރަނގަޅު ކަމަށް ފެނޭ. ދުނިޔޭގެ އެހެން ގައުމުތަކުގަ މިކަން ކުރަމުން އަންނަގޮތް ދިރާސާ ކުރަން ޖެހޭ.
އެމްސް
05 September 2022
ދުނިޔޭގަ ނިސްބަތުން -/7 ރ އަކީ ވަރަށް ބޮޑު އަގެއް، އެކަށީގެންވާ އަގަކީ -/2 ރ! އެހެންކަމުން ދުވަހު ފާސް -/10 ރ އަށް، ހަފްތާ ފާސް -/50 ރ އަށް އަދި މަހު ފާސް -/100 ރ އަށް ވީމަ ރަގަނޅީ! އެހެން ނޫނީ ސައިކަލުގަ ދާން މާޚަރަދުވެސް ކުޑަވާނެ! ގަބޫލު ކުރަން ޖެހޭ ޙަޤީގަތަކީ ދުވަހު ފާހެއް ގަތަސް އަބަދު ދެކޮޅަށް ދެކޮޅަށް ދުއްވަ ދުއްވާ ހުންނާކަށް އެއްވެސް މީހަކަށް ވަގުތެއް ނުވާނެކަން!
އަލިފުޅު3
05 September 2022
ހިލާލީގެ އާއި ޖަސްޓިސް ބިލްޑިންގް އާ ދެމެދު ހުންނަނީ ކިތައް ފޫޓު / މީޓަރު ބާ؟
އެމްސް
05 September 2022
ހީވާ ގޮތުން އެއީ ސްޓޮޕް އަށް ދީފަވާ ނަމެއް، މިސާލަކަށް ހީނާމާގެ އެއްވެސް މިހާރަކު ނުހުންނާނެ އެކަމަކު އެނަމުގަ ބަސް ސްޓޮޕް އެއް އެބައިން!
ޙޙ2022
05 September 2022
މީރާކާރިން ޖަސްޓިސްއަށް 14 ރުފިޔާ.... 2 ބަހުގަ މިނޫންގޮތެއް ހޯދާދީ.... ބޮއިހަލަކި
މަހާ
05 September 2022
ކޮމެންޓް ކުރާ ކޮންމެ ފަހަރަކު ނިންމާލަން "ބޮއިހަލަކި" ޖެހީމަ ހީކުރަނީ ވަރަށް މޮޅު އެއްޗެކޭ ކަމަށްތަ އެ ބުނެވެނީ
އެމްސް
05 September 2022
ދުވަހު ފާސް -/10 އަށް ވީމަ އޯކޭ، ދޯ؟
އެހެންގޮތެއް
05 September 2022
މިހާރު ވެސް ދެވޭނެ ޓެކްސީގަ
ޕަބްލިކު3
04 September 2022
ޝުކުރިއްޔާ ސަރުކާރު. މިކަން ކާމިޔާބުވެއްޖެއްޔާ އެއީ ވަރަށް ބޮޑު ކުރިއެރުމެއް. ފުލުހުންވެސް މިކަމަށް ވަރަށް ބޮޑަށް ވިސްނައި، ޚާއްޞަކޮށް ކުރީ ކޮޅު މަގުތަައް ވަރަށް ރަނގަޅަށް ބަލަހައްޓަވަންޖެހޭ. އާންމުންވެސް ބަސްތަކަށް ޖާގަދީ އެއްބާރުލުންދޭންޖެހޭ. މުޖުތަމައަށް ފައިދާހުރި ކަންކަމުގައި އެއްބާރުލުން ދިނުމަކީ ނުހަނު ދަރުމައާ ސަވާބު ހުރިކަމެއް. ހެޔޮ އަމަލުކުރުން ފަދައިން.
އެމްސް
05 September 2022
ތިކަމުން އެންމެ ބޮޑު ފައިދާއެއް އޮތީ ހަމަ އެމްޓީސީސީ އަށް، އެހެނީ އެހެރަ އަގުތަކަކީ ދުނިޔޭގެ ރިކޯރޑް ވެސް މުގުރޭ ވަރުގެ އަގު ތަކެއް! ދުނިޔޭގަ، 1 ކިލޯމީޓަރ އަށް ބަހެއްގަ ވިއްޔާ ދިވެހި -/1 ރ އަށް ދެވޭ!
އޮނަރަބްލް އަފީފު ދީދީ
04 September 2022
މިނީ ބަސް މާލެއަށް ތައާރަފް ކުރުމުގެ މަޤްސަދަކީ ކޮބައިތޯ!؟ މިއީ ކުންފުންޏަށް ގެއްލުން ނުވެ ސަރުކާރުން ސަބްސިޑައިޒް ކުރަންނުޖެހި ކުރެވިދާނެ މަސައްކަތެއްތޯ ބަލާ ދިރާސާ ކުރެވިފައި ވޭތޯ. # މިކަމަކީ ތޮއްޖެހިފައިވާ މާލޭގެ މަގުމަތި އަމާންކޮށް ވެހިކަލްތަކުން ނިކުންނަ ވިހަގޭހުން ރައްޔިތުނަށް ލިބޭގެއްލުން ކުޑަކުރުމަށް ކުރާކަމެއް ކުގައިވާނަމަ އެކުއެކީގައި ވެހިކަލް މަދުކުރެވޭނެ މަސައްކަތް ފައްޓަވަންވީ ނޫންތޯ. ނަތީޖާ ފެންނާނީ އޭރުން.
އެމްސް
04 September 2022
މީރާ އަށް ފޭބީމަ ތާޖުއްދީން އާއި ކައިރިވާނެ، ސޯޝަލް ސެންޓަރ އަށް ނުވަތަ މާފަންނު ފެރީ ޓާރމިނަލް އަށް ފޭބީމަ ހިރިޔާ އާއި ދުރެއް ނުވާނެ!
ހާއިބްރީ
04 September 2022
ބަސް ދަތުރުތަކަކީ ރަނގަޅު ހެޔޮ ފާލެއްކަމުގަ ދެކެން. ޕަބްލިކް ޓްރާންސްޕޯޓަށް ރައްޔިތުންގެ އިތުބާރު ހޯދާ މާލޭގެ ޓްރެފިކަށް ލުޔެއް ގެނެސްދޭނެކަމަށް އުއްމީދުކުރެވޭ. އެކަމަކު ބަހުގެ ޚިދުމަތް މާދަންވަންދެން ދިނުމަކީ މާލެ ފަދަ ކުށުގެ ވެއްޓެއް އޮތްތަނަކަށް އެހާފައްކާ ކަމެއް ނޫން. "ނައިޓް ލައިފް" ހުއްޓުވޭނީ ދަންވަރަށް މިފަދަ ޚިދުމަތްތަށް ހުއްޓާލެވިގެން.
ރަންދެލި
05 September 2022
މާލެ ސަރަހައްދަކީ ނިސްބަތުން ޒުވާނުން ގިނަ ސަރަހައްދެއް. ވީކް-އެންޑް ދެރޭ ވެސް އަނެއް ދުވަހަށް އިރު އަރަންދެން ބަސް ދުއްވަން ޖެހޭ. ބަސް ދުއްވިޔަސް ނުދުއްވިޔަސް ޒުވާނުން ނިދާނީ އެމީހުން ނިދި އައި އިރަކުން! ދަން ވަންދެން ބަސް ދުއްވުމުން ކުށުގެ ވެށި އިތުރަށް ގޯސްވާނެ ކަމަށް ބުނާ ބުނުމާ އެއްބަހެއް ނުވެވޭ!
އެމްސް
05 September 2022
ބަހަކީ ކުށެއް ނޫން އަދި ކުށަކީ ބަހެއްވެސް ނޫން! އަބަދު އެންމެން ޖަލުގަ ބެއިތިއްބީމަ އޮންނާނީ ޖަލުގެ ވެއްޓެއް!
ޑެލްބޯއި
04 September 2022
މީފީސިބަލް ކަމަކަށް ނުވާނެ. އެެނގިދާނެތާ؟
އެމްސް
05 September 2022
ތިވާނީ އެމްޓީސީސީން ކުރާ އެންމެ ފައިދާ ބޮޑު ވިޔަފާރިއަށް! އެހެނީ ދުނިޔޭގަ ބަސް ފެއަރ ގެ އަގަކީ ކިލޯ މީޓަރ އަކަށް ދިވެހި -/1 ރ ގެ ރޭޓެއް