ވިލިމާލެ ފަރަށް ލިބުނު ގެއްލުން ބެލުމަށް އީޕީއޭގެ ޓީމުން ތައްޔާރުވަނީ.-- ފޮޓޯ: އީޕީއޭ
06 ސެޕްޓެމްބަރ 2022 - 15:08
ތިލަމާލެ ބްރިޖުގެ ސާވޭ އަށް ބޭނުންކުރާ ޕްލެޓްފޯމުން ވިލިމާލެ ފަރަށް އެރުމުން ލިބުނު ގެއްލުންތައް ސަރުކާރުގެ ކަމާބެހޭ އިދާރާ އިން ބަލަން މިއަދު ފަށައިފި އެވެ.
އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ މިިދިޔަ މަހުގެ 16 ގައި ފަރަށް އެރި ޕްލެޓްފޯމް މީގެ ހަފުތާއެއް ކުރިން ފުންކޮށް އަދި އެ ތަނަށް އެޅުނު ދަގަނޑު ފަދަ ތަކެތި މިދިޔަ އާދިއްތަ ދުވަހު ނެގުމުން ސާވޭކުރަން ފަށާފައިވާ ކަމަށެވެ.
"މިއަދަށް ކަނޑައަޅާފައިވާ ސަރަހައްދު ބަލައި ނިމުނީ މި. މާދަމާ ވެސް ޖެހިދާނެ އަނެއްކާ ގެއްލުންތައް ބަލަން. އެކަމާ މެދު ގޮތެއް ނުނިންމާ އަދި،" އެފްކޮންސްއާ ގުޅިގެން ހަދާ އެސެސްމަންޓާ ގުޅޭގޮތުން ނައީމް ވިދާޅުވި އެވެ.
A joint survey was conducted today at Villimale House Reef to assess the damages caused to the reef due to the grounding of self elevating platform YUVRAJ. The Director General of EPA took part in today’s assessment. pic.twitter.com/4VRDzVXmim
— EPA Maldives (@EPAMaldives) September 6, 2022
ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާ ވެގެން ވިލިމާލެ ހޮސްޕިޓަލުން ފަރުވާ ދިނެވެ.
ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނިން ބުނީ ފަރަށް އެޅުނު ކުނިތައް ނެގުމުގެ މަސައްކަތް މިދިޔަ މަހުގެ 28 ގައި ފެށި ކަމަށެވެ. އޭރު ވެސް ވަރަށް މޫސުން ގޯސްވެ ކަނޑުގަދަ ނަމަވެސް މަސައްކަތް ކުރި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެކަމަށް ބޭނުންކުރީ އެންމެ އެކަށީގެންވާ މެޝިނަރީސް ކަމަށް އެފްކޯންސް އިން ބުނެ އެވެ.
މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލާ ތިލަމާލެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ މިދިޔަ މަހު ވަނީ އަޅައިފަ އެވެ. އެ ބްރިޖުގެ މަސައްކަތަށް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބޮޑު ސަރަހައްދެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުންޖިޗޭ
07 September 2022
ދައްކަންކުރާ ކަމެއް، ތިޔަ ޓީމުގެ މެންބަރުގެ ކޮއްތުޚަރަދާއި، ޓްރާންސްޕޯޓު ޚަރަދާއި، އެނޫންވެސް ޚަރަދުތައް ބަލަހައްޓާނީ އިންޑިޔާ އެމްބަސީގެ ހިލޭއެހީގެ ދަށުންކަންނޭގޭ، ހުރިހާ ދިމާލެއްގައި އިންޑިޔާގެ ވަކިހިއްޕާލާފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ ފަރުތައްވެސް އެވެރިންގެ ވަކިތަކުން ސަލާމަތްވާނެކަމަކަށް ނުބެލެވޭ، ރާއްޖޭގެ ކަނޑުއަޑިއާއި ޖައްވާ ފަޒާގައިވެސް އެވެރިން ބޭނުންގޮތަކަށް އުޅެވޭ، ދިވެހިން މިއަށްވުރެ އަޅުވެތިވި ޒަމާނެއް ނާދޭ، ވިސްނާފިކުރުކޮށްލަމާ!
ނާޒިމު
06 September 2022
ތިމާވެށީގެ ބައްޕަ އަދިވެސް އޭސީ 25 ލާން ގޮވާ މިކަމާ ކީކޭބާ ބުނަނީ
ވިޖޭ
06 September 2022
ތިޔަ ގެއްލުމުގެ ބަދަލު ލިބޭނެބާ
ކައުންސެލަރު
06 September 2022
"މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ....." ފަރަށް އެރީދޯ ކެކެކެ
ކޮރަލް
06 September 2022
ދައުރު ނިމުމުގެ ކުރީން ބަލާ ނިމޭނެ ކަމަށް އުއްމީދު ކުރަމެވެ.
ޙަބީބު
06 September 2022
ޢެއާޕޯޓުން ސީލިން ފަޅާލާފަ ފިލިމީހާ ހޯދިއްޖެބާ ސުރުހީ ޖަހާފަ ނިންމާނުލާބަލަ ކޮންމެ ކަމެއްގަ ގުޅައިގެން ފުލުހުންނައް އުނދަގޫ ކޮއްގެން ވެސް ޖަ ވާބެއް ހޯދަންޖެހޭ
ސަމީރު12
06 September 2022
ވިލިމާލޭގެ ފަރަށް ވަނީ ވަރަށް ބޮޑެތި ގެއްލުން ތަކެއްވެފް. އެހެނަސް އިންޑިއާއަށް ދައްކަން ދަރާފަވާލެއް ބޮޑުކަމުން މާފު ކޮށްފިން
ހުޅުޅޭ ބޮޑުމީހާ
06 September 2022
ވިލިމާލޭ ފަރަކަށް ނެތް ގެއްލުމެއްވެފައެއް، ގެއްލުންވީ އެފްކޯން އަށް، އެހެންވީމާ ދިވެހި ދައުލަތް 250 މިލިޔަން ޑޮލަރ އިން ޖޫރިމަނާ ކޮށް މިފައިސާ 30 ދުވަސް ތެރޭގަ ދެއްކުމަށް އަމުރު ކޮށްފިން އީ.ޕީ.އޭ