ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައިފައި: ފަރަށް ގެއްލުން ލިބުނުތޯ އީޕީއޭ އިން އަންނަނީ ބަލަމުން.
17 އޯގަސްޓް 2022 - 11:09
ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އިއްޔެ އަރައި ހިނގި ހާދިސާގައި، އެ ފަރަށް ގެއްލުން ލިބުނުތޯ ބަލަމުން އަންނަ ކަމަށް އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް ވިދާޅުވީ އެ ހާދިސާގައި ވިލިމާލެ ފަރަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ފަރަށް ގެއްލުން ލިބިފައިވާ ނަމަ ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ، އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ، ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ވެސް ދިނެވެ.
އަނިޔާވި މީހުން އެންބިއުލެންސަށް އަރުވާތަން ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.
A vessel used by the bridge contractors, is stranded on the reef at Villimale’ - it continues to be stuck continuously causing damage to the reef! @EPAMaldives @MoNPHImv pic.twitter.com/6xlLjehtF4
— Save the Beach (@SavetheBeachVM) August 16, 2022
އެކަމަކު ފުލުހުން ބުނީ، އެ މީހުންނަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ.
ބްރިޖުގެ މަސައްކަތް ކުރަމުން ދާއިރު، މާލެ/ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރުމަކީ މިހާރު ރައްކާތެރިކަމަށް ނުވާތީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ސަރަހައްދުން އާންމު އުޅަނދުފަހަރު ދަތުރުކުރުން ވެސް މަނާކޮށްފަ އެވެ.
މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލާ ތިލަމާލެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ މި މަހު ވަނީ އަޅައިފަ އެވެ. އެ ބްރިޖުގެ މަސައްކަތަށް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބޮޑު ސަރަހައްދެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނިން ރާއްޖޭގައި މަސައްކަތް ފަށާފައިވާ ތިލަމާލެ ބްރިޖުގެ ފުރަތަމަ ފިޔަވަހި ކަމަށްވާ، މާލެ އާއި ވިލިމާލެ ގުޅާލުން އަންނަ އަހަރު މެދުތެރެ އަށް ނިމޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހައްމަދޫ
17 August 2022
ނަމަނަމަ ބޮޑުވާބިއްކޫރި އަޅައިގެން ނުބަލާތި. ތިބުރިޖު ނުފެށިގެން އުޅެނިކޮށް ބޮޑުޖުރިމަނާއެއް އައިސިއްޔާ ކިހާދެރަ
ރޯޒަސް
17 August 2022
ހުއްދަ ހޯދައިގެން ބިނހިއްކަން މުޅި ފަރު ހަލާކުކޮށްލިއަސް އޯކޭ.. ހުއްދަ ނުހޯދައި އެކްސިޑެންޓަކުންވެސް ފަރަށް އަރައިފިއްޔާ ހޯ ހޯ.. 100 މިލިއަން
ހައިހޫނު
17 August 2022
އެއްވެސް ގެއްލުމެއް ނުވާ ކަމަށް ރިޕޯރޓް ނެރޭނީ ބަލަންތިބޭތި
ހަސަދަވެރިޔާ
17 August 2022
ނުވާނެ އެއްވެސް ގެއްލުމެއް. އެ ޕްލެޓްފޯމް މަޑުމަޑުން ގޮސް ވިލިނގިލީ ގޮނޑުދޮށަށް ބީއްސާލީ..
ހަނޫމާން
17 August 2022
ކީކޭ ބުނާނީ ފަރަށް އެރީޔޯ، ބިލިޔަން ޑޮލަރު ދީފަ ގެންނަ މީހުންގެ ބާޖުގަ ވާ ކަނޑައިގެން ގޮސްސަ މީންނަނީ، ނިކަން ހަދާބަލަ ތި ފަރަށް އެރިތަން ބަލާލަން ޕްލެޓްފޯމެއް ތިއިންޑިޔާ ޖަހާ ސަކަރާތް ބަލަން
ސޯބު
17 August 2022
ހިޔއްނުވެ އިންޑިއާ އެއްޗަކުން ގެއްލުން ލިބިދާނެހެނެއް.
ސެމި
17 August 2022
ޖޫރިމަނާކުރޭ!!
ފުލުސްޓޮޕް
17 August 2022
އީޕީއޭ ބުނާނެކަންނޭގެ ތިޔަ ޕްލެޓްފޯމު ފަރަށްއަރާފައި އޮތީ ބްރިޖުގެ ތަނބެއް ޖަހަން ޖެހޭ ދިމާލަކަށޭ! ވީމާ، އޭތި ފަރަށް ނޭރިޔަސް އެދިމާ ހަލާކުވާނޭ! ވީމާ، ޖޫރިމަނާނުކުރެވޭނޭ! ހުރިހާ ކަމެއް އެހިސާބުން ފުލުސްޓޮޕް!
ޑޮކްޓާރ. ބަނާނާ
17 August 2022
ސ،. ހިތަދޫ ކިނބިވަލު ހޭޅިފަށަށް "ލެއްގި ސީލް" އާއި ދާދި އެއްގޮތަށް އިންޑިޔާއިން ވިލިގިލި އަދި ހިތަދޫގައި ހަދަމުންދާ ދެބުރިޖެއްގެ ޕްލެޓްފޯމް ތިޔާ ލެއްގީ.. ދެންވެސް ތިޔާ އަޅާ ދެބްރިޖް ވެސް ލެއްގުމުގުގެ ކުރިން "ބޯސާ" ޖަހާ ބުރިޖްތައް ހިފެހެއްޓޭނެ ގޮތަކަށް ބުރިޖް އަޅުއްވަން މޯޑީ ޖީ އަށް ދަންވާ ދެއްވާ! ލެއްގި ބްރިޖް ސިޓީ / ބަނާނާ
ކައުންސެލަރު
17 August 2022
ނޫންނޫން. އެއްވެސް ގެއްލުމެއްނުވާނެ. އިންޑިޔާއެންނު. މިހާރު ބުނެފައޮންނާނީ ބާޖު ނަގިލި ކެނޑުމުން އޭގެ ވާ ވަރުގަދަކުރަން އިތުރު 100 މިލިއަން ރުފިޔާ ދެހެރޭ އޭރުންނޭ އަވަހަށް ބުރިޖު ނިމޭނީ. ހަޔާތްކުޑަ!