އައްޑޫ ސިޓީ ހިތަދޫ ކުޅީގައި ރޯވެ އަނދަނީ -- ފޮޓޯ | އައިމިނަތު އަދާލާ ރަޝީދު
07 ސެޕްޓެމްބަރ 2022 - 19:11
އައްޑޫ ހިތަދޫ ކުޅި ސަރަހައްދުގައި ވަރަށް ބޮޑަށް މިރޭ އަލިފާން ރޯވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝުޖާއު ވިދާޅުވީ ރޯވެފައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލު ކައިރީގައި އޮންނަ އެ ރަށު މާކިޅީގައި ކަމަށެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް އެ ކުޅީގައި ރޯވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަލިފާން ރޯވި ސަބަބެއް އަޅުގަނޑުމެންނަކަށް ނޭނގެ. ވަރަށް ގާތީ ބަޔަކު ރޯކޮށްލީ ކަމަށް. އެހެން ނަމަވެސް ސީދާ އެހެން ބުނާކަށް ނޭނގޭ،" ޝުޖާއު ވިދާޅުވި އެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ -- ފޮޓޯ | އެމްއެންޑީއެފް
އޭނާ ވިދާޅުވި ގޮތުގައި ބޮޑު ސަރަހައްދެއްގައި މިހާރު ވެސް ވަނީ ރޯވެފަ އެވެ. އަދި މިހާރު ވެސް އަލިފާންގަނޑު ފެތުރެމުންދާ ކަމަށާއި ނަމަވެސް، އަލިފާންގަނޑު ނިއްވާލެވޭނެ ކަމުގެ ޔަގީން އެމްއެންޑީއެފުން ދޭ ކަމަށް ވިދާޅުވި އެވެ.
"ކުޅި ސަރަހައްދުގައި ނޫޅޭނެ މީހުންނެއް. އެކަމަކު މިހާރު ވައި ހުރި ގޮތުން ދުމުގެ އަސަރު ކުރާނެ ހޮސްޕިޓަލަށް،" ޝުޖާއު ވިދާޅުވި އެވެ.
އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އަންނަނީ ކުރަމުންނެވެ. އެމްއެންޑީއެފުން ބުނީ ކުޅީގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 5:30 ގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޑިޔައްތޮކިނަބާ
07 September 2022
ކުޅިއަކު ނޫނޭ އަލިފާންރޯވީ. ކުޅީގައި ހުންނަނީ ފެނެވެ. ފެނުގައި އަލިފާން ރޯވޭތަ؟ ކުޅިސަރަހައްދުގައި އޮންނަ ބޯކަށިކެޔޮގަސްތަކުގައޭ ރޯވީ.
އޮނަރަބްލް އަފީފު ދީދީ
07 September 2022
ގޭގޭގައިހުރި ރިކާބީތަކަށް ފެން އަޅައިގެން އަލިފާން ގަނޑު ނިއްވުނު އިރަކުން ނިއްވޭނެ. # ސާކް ސަމިޓަށް އެކުވެރި ދައުލަތަކުން އައްޑުއަށްދިން އަލިފާން ނިއްވާ ލޮރީ ވެސް އާދަކާދައިގެ މަތިން ވަނީ އެއްކަލަ މުޤައްދަސް ރަށްކޮޅަށް ގެންގޮސްފަ.
ށަވިޔަނި
07 September 2022
ބެލެވެނީ ބަޔަކު ކުރިކަމަކަށް.
މުރުސީ
07 September 2022
ރޯކޮށްލުމުން ނޫނީ ރޮލެއްނުވާނެ.