ފޭދު އާއި ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް އިއްޔެ ވޯޓު ނެގި ސަރަހައްދުގައި، އެ ރަށުގައި އިސްކޮށް އުޅޭ މީހުން ބައިވެރިވަނީ.-- ފޮޓޯ: އައްދު ފޭސްބުކް ޕޭޖު
26 އޮކްޓޯބަރ 2025 - 15:35
އައްޑޫގެ ހުޅުދު އާއި މީދޫ، އައްޑޫ ސިޓީ ކައުންސިލްގެ "އަޅުވެތިކަމުން" ސަލާމަތްވެ އިއްޔެ ލިބުނީ ފުރިހަމަ ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެ ދެ ދާއިރާގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ފޭދު އާއި ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބަލަން އިއްޔެ ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގައިފަ އެވެ. އެ ވޯޓުގައި ހުޅުދު އާއި މީދޫން ނިންމީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާށެވެ. އެކަމަކު، ފޭދޫން ނިންމީ ސިޓީ ކައުންސިލްގައި ދެމިތިބުމަށެވެ.
ވަގުތީ ނަތީޖާ ދައްްކާ ގޮތުން މި ރިފަރެންޑަމްގައި ފޭދޫގެ 4،355 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 2،436 މީހުންނެވެ. ހުޅުދޫއިން 2،874 މީހުންގެ ތެރެއިން 1،069 މީހުން ވަނީ ވޯޓުގައި ބައިވެރިވެފަ އެވެ.
އެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްރަހްމާން "މިހާރު" އަށް ވިދާޅުވީ ކަނޑާއި ފަޅު ފަދަ ހުރިހާ އެއްޗެއް ބޭނުންކުރުމުގެ ފުރުސަތު އެ ވޯޓުން އެ ރަށަށް ފަހިވެއްޖެ ކަމަށެވެ. ވަކި ކައުންސިލެއްގެ މިނިވަންކަން ލިބި، މީދޫ މީހުންގެ ސިކުނޑި ތަންދިން މިންވަރަކުން ތަރައްގީ ކުރުމުގެ ފުރުސަތު ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި ވަކި ކައުންސިލަކާ އެކު، ރަށުގެ ތަރައްގީ އަށް ރަނގަޅު ކަންކަން ކުރެވޭނެ އެވެ.
ހުޅުދޫގެ ރިކަރަންޓަށް މިހާރު ވެސް ހަރަދު ވަނީ 8 ލައްކަ ރުފިޔާ ކަމަށް ވާތީ ސަރުކާރުން ދޭ ގްރާންޓުން ކޮންމެ އަހަރަކު ވެސް ބޮޑު އެއްޗެއް ބާކީވާނެ ކަމަށާއި އޭރުން ރަށުގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަން އަބްދުއްރަހްމާން ފާހަގަކުރެއްވި އެވެ.
އެ ވޯޓުގައި މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު ލިބުނަސް އެ އިންތިހާބުގައި ބައިވެރިވީ އޭގެ ތެރެއިން 1،008 މީހުންނެވެ.
https://t.co/F3Lmk8y9uU pic.twitter.com/pMbOiau1ru
— Elections Commission (@ElectionsMv) October 26, 2025
މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން ވިދާޅުވީ އެ ދާއިރާގެ 100 ޕަސެންޓް މީހުން ނުކުތަސް ނަތީޖާ ފެންނާނީ އެއްގޮތަކަށެވެ.
"ޖެނުއިންކޮށް ދަންނަވާލާނީ ހަމަ އަސްލު ނަތީޖާއޭ. ވޯޓުލެވޭ ހާލަތުގައި ތިބި ރައްޔިތުން ލި ވޯޓަކީ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންގެ ދަރިންގެ ދަރިން ވެސް ރިގްރެޓް ނުކުރާނެ. ކޮންމެ ބަޔަކު ވެސް ބޭނުން ވާނީ މިނިވަންކަން. އަޅުގަނޑުމެން ފުރަތަމަ ގޭތެރެއިން ވެސް، އާއިލާ ތެރެއިން ވެސް ބޭނުންވާނީ މިނިވަންކަން. ވަކިން ގެއަކަށް ދާން. ވަކި ދިރިއުޅުމެއް އާރާސްތުކުރަން. މިއީ އެ ކަހަލަ ކަމެއް. މިނިވަންވި ކަމަށް ދެކެނީ [ކައުންސިލް ވަކިވީމަ]. އަޅުގަނޑަށް ސިފަކުރެވެނީ އަޅުވެތިކަމެއްގެ ގޮތުގައި،" އަބްދުއްރަހްމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށުގައި ޕްރޮޖެކްޓުތަކާއި ޓޫރިޒަމް ހިންގަން ވެސް ރަށުގެ އެކި ފަރާތްތަކުން މަސައްކަތް ކުރަން ބޭނުންވެ އެވެ. ނަމަވެސް، އެފަދަ ކަންކަމަށް ކައުންސިލް ތެރެއިން އެއްބާރުލުން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީދުއަށް ބޭނުންވަނީ ރަނގަޅު ތައުލީމަކާއި އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތައް ކަމަށާއި ވަކި ކައުންސިލަކާއެކު އެކަންކަމަށް ވެސް އުއްމީދެއް އެބައޮތް ކަމަށް އަބްދުއްރަހްމާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ފަދަ ފުރުސަތުތައް ހޯދުމަށް އެ ރަށުން ގިނަ ބަޔަކު ހިޖުރަ ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އާ ބަދަލުން، އެ މީހުން އަނބުރާ ރަށަށް ދިއުމުގެ އުއްމީދު އޮތްކަން މެމްބަރު ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު މީގެ 15 އަހަރު ކުރިން ވުޖޫދުވީއްސުރެ އެ ރަށުގެ ރައްޔިތުން ވަކާލާތުކުރަމުން ދިޔައީ ވަކިވާން ކަމަށެވެ.
އައްޑޫގައި ދެން އޮންނަ ރަށްތަކާއި ވަކިން، ދުރުގައި އޮންނާތީ ހިދުމަތްތައް ހޯދުމާއި ލިބިގަތުމުގައި ހުޅުދޫ އޮންނަނީ ބާކީވެފައި ކަމަށެވެ.
ޝާހިދު ވިދާޅުވީ އެ އުނދަގޫތަކުގެ ސަބަބުން ހުޅުދޫ ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ރުޅިވެރިކަން އަންނަނީ އެ އިރެއްގައި އޮންނަ ސަރުކާރަކަށް ކަމަށެވެ. ލާމަރުކަޒީ ގާނޫނާއެކު ކައުންސިލްތަކަށް ދޭ ބަޖެޓުން އާއްމުންނަށް ހިދުމަތް ދޭން ބާރު އެޅިއަސް، ޝާހިދު ވިދާޅުވީ، އެ ރަށުގެ މީހުން ފާއިތުވި ދުވަސްތަކުގައި ތިބީ އުއްމީދު ގެއްލިފައި ކަމަށެވެ.
"އަތޮޅުގެ ރަށްތަކާ ވަކިން އޮންނާތީ އުނދަގޫވޭ. ވަކި ކައުންސިލަކާއެކު ކުރިއަށް ދިއުމަށް ރަށުގެ އާއްމުން ތިބީ ވަރަށް ބޮޑަށް ކެތްމަދުވެފައި،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައިި ހުޅުދޫ އަދި މީދޫގައި ވަކި ދެ ކައުންސިލެއް ހަދަން އެދޭތާ އެތައް އަހަރެއް ފާއިތުވެދިޔަ އިރު އެއްވެސް ރައީސަކަށް އެކަން ކުރަން ކެރިވަޑައިނުގަތެވެ. ނަމަވެސް، ގާނޫނަށް އިސްލާހު ގެނެސްގެން އެ ފުރުސަތު ދިނީ، ޝާހިދު ވިދާޅުވި ގޮތުގައި، އެ ދެ ރަށުގެ ރައްޔިތުން އެދިގެންނެވެ. "ހުޅުދޫ، މީދޫގެ ރައްޔިތުން ބޭނުންވީ އެ ބޭފުޅުންނަށް ހުރި މި ފަދަ ގޮންޖެހުންތަކާއި އުނދަގޫތަކުން އަރައިގަތުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި. އެ ގޮތުގެ މަތިން މި ނިންމުން ނިންމީ. ވަރަށް އުފާކުރަން އަދި މަރުހަބާ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
ހިންގުމުގެ ދާއިރާގައި ހުރި ދަތިތަކާ ހެދި އަޅުވެތިކަމުގެ އިހުސާސް، ހުޅުދޫގެ ބައެއް މީހުންނަށް ސިފަވާ ކަމަށާއި އެހެންވެ، އެ ބާރުތައް ރަށަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ސިޓީ ކައުންސިލްގެ ދަށުން ވަކިވިއަސް، ހުޅުދޫއަކީ އަދި ވެސް އައްޑޫގެ ބައެކެވެ. އެ އައިޑެންޓިޓީ ނުގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަސްޓީ
26 October 2025
މީހާރު އުފެދޭ ސުވާލަކީ އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ 2 ރަށް ވަކިވީމާ ސިޓީ ކައުންސިލުގެ ގާނޫނީ ހައިސިއްޔަތުވަނީ ގެއްލިފާ. އަދި މޭޔަރުގެވެސް ގާނޫނީ ހައިއްޔަތު އެހިސާބުން އެއޮތީ ނިމިފަ ކަމަށްވާއިރު އައިރުގާނޫނީ ކޮށް ސިޓީ ކައުންސި ހިންގާނީތޯ އަދިވެސް؟ މިހާރަކު ސިޓީ ކައުންސިލާ މޭޔަރުގެ ލެޖިޓިމަސީއެއް ނެތް
ޖަސްޓީ
26 October 2025
ސީޓީ ކައުންސިލް އުވާލާފަ ހުޅުދޫ އާއި މީދޫން އެ ނިންމީ ދެ ރަށު ވަކި ދެ ކައުންސިލް ހަދަން. އެހެންވީމާ އޮޓެމެޓިކުން ސިޓީ ކައުންސިލް އުވުނީ. އަދި މޭޔަރުގެ މަގާމުވެސް އުވުނީ. ގާނޫނީ ބުރަދަނެއް މިހާރަކު ސިޓީ ކައުންސިލާ މޭޔަރުގެ ނޯންނާނެ. މިހާރު ދެން ހުރީ ވަކިވަކި ރަށްތަކާ ރަށްރަށުގެ އަވަށް ތައް. ނޯމޯ އިލީގަލް ސިޓީ ކައުންސިލް އެންޑް މޭޔަރ. ޑިފޯލްޓް. ނީޑް ޖަސްޓިސް
އޮނަރަބްލް އަފީފު ދީދީ
26 October 2025
ރައީސްގެ ޤަރާރުގައި ބުނެފައިވަނީ "އައްޑޫސިޓީ ކައުންސިލުން" ވަކިވާން ނަގާވޯޓެއްގެ ވާހަކަ އެއްނޫން. އެހެންކަމުން ކުރިން އައްޑޫސިޓީގެ އަވަށްތަކެއްކަމަށް އޮތް ހުޅުދޫ އާއި މީދޫ ވޯޓްލައިގެން ވަކިވީ "އައްޑޫސިޓީ" އިން. ވީމާ ކުރިއަށްއޮތް ތަނުގައި ހުޅުދޫ އާއި މީދޫ ހަމަޖެހިގެންދާނީ އައްޑޫސިޓީގެ އުތުރުން އޮންނަ ދެރަށް ކަމުގައި. އަދި މިދެރަށުގައި އޮންނާނީ ސ.ހުޅުދޫ ކައުންސިލާއި ސ.މީދޫ ކައުންސިލް. އަދި ޤާނޫނު ބުނާގޮތުން ސ.އަތޮޅު ކައުންސިލް ވެސް އުފައްދަންޖެހޭނެ
މަރްމޯލް
26 October 2025
ދެން ފެންނާނީ މީދުބާއީ އާއި ހުޅުދުބާއީ. ކަލޭމެން ތިބޭ ބަލަން
ސައީދު.
26 October 2025
މިކަމުގެ ހަގީގީ ނަތީޖާގެ ހިތިކަން ފެންނާނީ ކުޑަދުވަސްކޮޅެއް ފަހުން ކަމުގައި ގަބޫލު ކުރެވެއެވެ. ހަމަގައިމުވެސް މީގެ ސަބަބުން އިދާރީ ހިންގުމުގެ ހަރަދު ބޮޑުވެ ރަށުގެ ތަރައްގީޔަށް ކުރަންޖެހޭ ހަރަދު ކުރުމަށް ލިބޭ ރިސޯސަސް މަދުވެގެން ދާނެކަން ކަށަވަރެވެ. އަދި ވަކިވެ ގަތުމަކީ ނިކަމެތިކަމެކޭ ބުނެއުޅޭ ބަހުގެ މާނަ މިކުދިންނަށް ވިސްނެން ވަގުތުކޮޅެއް ނަގާނެއެވެ. މިސަރުކާރުން އައްޑޫއަށް ހިތިހުރިގޮތެއް ނުހެދޭތީ ރޭވި ރޭވުން ކޮންމެވެސް ވަރަކަށް ކާމިޔާބެވެ.
ނެތީމޭނެތީމޭ
26 October 2025
ކޮބާ ނިޒާރު ތަމެންނަށް މިހާރު ހުންނާނީ ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމޭ ނެތީމޭ ނެތީމޭ ނެތީމޭ ނެތީމޭ...
އޮނަރަބްލް އަފީފު ދީދީ
26 October 2025
ސައިރިކްސް ޝަރީފް އާއި ދަތް ކުލިނިކް ހިންގާ ދީދީ އައްޑޫސިޓީގެ ދަށުން ވަކިވެ ހުޅުދޫގައި ސ.އަތޮޅު ކައުންސިލް އުފައްދަން ވޯޓް ދީފި ނަމަ ތިރަށް ތަރައްޤީ ކުރާން ވަޢުދުވި ވަޢުދުތައް ބަހައްޓާފައި "ލޭސަރުކާރުން އައްޑޫ ހަންކޮޅު ތަރައްޤީ ކުރަން ހަވާ އެރުވިގޮތަށް" ހަވައެއް އަރުވާފާއި ވައުދު ފުއްދާލާ ތަރައްޤީ ވެއްޖެކަމަށް ކަޑައަޅާން އަރުވާ ހަވައެއްތޯ ތިއީ؟! ހަވާ އަރުވަނީ ހުޅުމީދޫ ބްރިޖް ގައި ތޯ؟ އެވާހަކަ ވެސް ބުނެލިނަމަ ސެލްފީ ނަގާކުދިންނަށް ފަސޭހަ ވާނެ.
އޮނަރަބްލް އަފީފު ދީދީ
26 October 2025
އައްޑޫސިޓީގެ ހުރިހާ ރައްޔިތުން ބައިވެރިނުކޮށް މާލޭސަރުކާރުން ނެގި "އައްޑޫރައްޔިތުންގެ ޙިޔާލުހޯދުމުގެ ވޯޓް" ގައި ބައިވެރިވުމަށް ފުރުސަތުދިން 9،576 މީހުންގެތެރެއިން ނަތީޖާ ނިކުތްގޮތަށް ބަލާއިރު ވޯޓްލާން ޙާޒިރުނުވި 5066 މީހުންނަކީވެސް "އައްޑޫސިޓީ ރޫޅާލުމާއި ދެކޮޅަށް" ވޯޓް ބޮއިކޮޓްކުރި މީހުންކަމަށް ބެލުމުގެފުރުސަތު އެބައޮތް. މިއީ ޑިމޮކްރަޓިކް ދައުލަތްތަކުގައި މިހާރު ވަރަށްގިނައިން ފެންނަ މަންޒަރެއް. ވޯޓްލާން ނުދިޔަސަބަބު ދެނެގަތުމަކީ މުހިންމު ކަމެއް.
ދިސް
26 October 2025
އައްޑޫ ރައްޔިތުންދަނޭ މިނިވަންކަމުގެ ފޮނި މޭވާގެ މީރުކަން. މޭވާ ބޭނުންވާ ފަރާތްތައް ނުކުތީ. ނުނުކުތީ ކަންފަސޭހަކަމާ ކޮންމެގޮތެއް ވަރިހަމަކުރާ ކަންނެތްގުރޫޕު.
އެލެކްސް އަހަންމަދު
26 October 2025
އަފީފު ދީދީ މިހާދުވަހު އެއުޅުނީ އައްޑޫރައްޔިތުންގެ ބޯތައް ކައިގެން. ކިހާދުވަހަކު އެހާލުގާ އެމީހުން އެހެން އުޅެފި. ދެން މިނިމުނީ. އިއްޔެ މީދޫ ރައްޔިތުން އެހުޅުވާލީ މިނިވަންކަމުގެ މުޅިން އާ ބާބެއް.
ކައްލަބަ މިޔާ
26 October 2025
ކަލޯމެން އައްޑޫ ރައްޔިތު ކަމުން މިއަދުން ފެށިގެން ކަނޑާލާފީމެވެ@ ދެން ތިބޭ އަތް ޖަހަން
ވަށާ
26 October 2025
ކަބިނިވެ.