މީހަކު ކޮވިޑު ވެކްސިން ޖަހަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 ސެޕްޓެމްބަރ 2022 - 12:15
ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒު ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިއުލާނު ކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ، ހަތަރުވަނަ ޑޯޒު ޖަހާނީ ބޫސްޓާ (ތިންވަނަ ޑޯޒް) ޖެހި ފަހުން ހަތަރު މަސް ވެފައިވާ މީހުންނަށް ކަމަށެވެ. އެ ފަދަ މީހުންނަށް މިއަދުން ފަށައިގެން ފައިޒާ ވެކްސިން ޖަހައިދޭން އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.
ހަތަރުވަނަ ޑޯޒް ޖަހާނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށާއި އަތޮޅުތެރޭގައި ނަމަ ސިއްހީ މަރުކަޒުތަކުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އުމުރުން 12 އަަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒު މިހާތަނަށް ފުރިހަމަ ނުކޮށް ތިބި މީހުންނަށް ވެސް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖަހައިދޭނީ އެޗްޕީއޭ އިން ބުނިގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް އަދި ދަމަނަވެށިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
08 September 2022
ކުދިންނޭ ކިދިންނޭ ހިތުގެ މައްސަލައިން ދުރުވާން ބޭނުންނަމަ ބޫސްޓަރ ނުޖަހާތި
ބަރުބާދު
08 September 2022
ތީގެ ޖަހަންޖެހެނީ ކިތައްޑޯޒްކަން ބުނެދިނިއްޔާ ދެންތިކަމާ އުޅެވޭނީ، ދެއިރު ކާ ބޭހެއްގޮތަކައް ތިޔަކަމެއްނުވާނެ. ބަޔަކު ވެކްސިންތަކެއް ހިލޭ މިގައުމައް ދިނަކަސް.
ބުއްދިވެރިޔާ
08 September 2022
ތިޖަހައިގެން ކިތައް މީހުން މިހާރު ކުއްލިމަރުގައި އެމަރުވަނީ. ތިކަމުގެ ޒިންމާ ތި އެޗްޕީއޭ އިން އުފުލަންޖެހޭނެ! ބޮޑު ޖަރީމާއެއް. ކިތަަައް ފުރާނަ ދިޔައިމަތޯ ހޭވެރިކަން އަންނާނީ!!!
ޙޙ2022
08 September 2022
ތި ޖަހާ ނިމޭއިރަށް ބުނާނެ 5 ވަނަ ޑޯޒްޖަހަންް....ބޮއިހަލަކި
ރެޓޭ ކިންގް
08 September 2022
ރެޓާ ކަހަލަ މީޙުން ބޫސްޓު ކޮށްފަ ބަހައްޓާ. ރާކަނި ކެވިފާ ހުންނާނީ
ދިއްދޫމީހާ
08 September 2022
ތިޔަ ވެކްޝިން ކޮންތާކަށްބާ ޖަހަންވީ؟ މިހާރު ހަށިގަނޑުގާނެތް ތިޔަ ވެކްޝިން ޖަހާނެތަނެއް…
ފފފފފ
08 September 2022
އެމެރިކާ މީހުން ހަދިޔާ ކުރީމަ ދެން ޑަސްބިން އަށް އަޅަނީ ދޯ؟
ތުނިޔަ
08 September 2022
ކިހާބޮޑު ކަމެއް މިވެސް ދެން!
ރަދީފު ބިން ރަފައިދާ
08 September 2022
މިކަން އަދިވެސް ނިންމާކަށްނުވޭތަ؟
ރެޓޭ
08 September 2022
ބޭނުން ނެތިއްޔާ ނުޖަހަބަލަ. ޖަހަން ބޭނުން މީހުންވެސް ބައިވަރު އެބަ ތިބި.
ކުއްޓި
08 September 2022
ކާކު ތިޖަހާންއުޅެނީ؟
ސީސީ ޓީވީ
08 September 2022
ރެޓޭ އެއްނު ނުޖެހިގެންއުޅެނީ.
ކޮން ރޭޓެއް
08 September 2022
ރޭޓާ. ތިޖަހަން ބޭނުންވަނީ ކީ ނޫން. މަޖުބޫރުކުރަނީ، ނުޖައިފިއްޔާ އަސާސީ ޙައްޤުތަކުން މަޙުރޫމްކުރަނީ ގަދަ ބާރު ދައްކައިގެން. މިފަހުން ކުއްލި ކުއްލި އަށް ޒުވާނުން މަރުވާ ސަބަބެއް ރޭޓަށް އެނގޭތަ؟
96568
08 September 2022
އަހަރެމެން ޖަހަން ބޭނުންވެގެންނެއްނޫން ޖެހީ. މަޖުބޫރު ކުރީ. ގުދުރަތީ ގޮތުން އިންސާނާގެ ގައިގައި ލައްވާފައިވާ ދިފާއުކުރުމުގެ ބާރު ކެނޑިގެންދާން އެދޭނީ ކާކު؟
ޚިީނދބދބ
08 September 2022
އަހަރެން ބޭނުން ޖަހަން
ފާރެކ
08 September 2022
މާގިނައިން ވެކްސިން ގަނެގެން ހުސް ނުކުރެވިގެންތަ މި އުޅެނީ؟
ކަނަމަދު ފާއިޒް
08 September 2022
މިދިވެހިން ނަށް ރަގަޅު އެއްވެސް ގޮތެއް ނޯންނާނެ.