އިނގިރޭސި ރާނީ އެލިޒަބަތު: އެކަމަނާގެ ހާލުކޮޅު ގޯސްވެ، ފަރުވާ ދޭން ވަނީ ފަށާފައި
08 ސެޕްޓެމްބަރ 2022 - 19:44
އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު ސިއްހީ ހާލުކޮޅު ގޯސްވުމާ އެކު، އެ ކަމަނާގެ އަރިގަށް އާއިލާގެ ބޭފުޅުން ޖަމާވެއްޖެ އެވެ.
އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް މިވަގުތު އޮތް ރާނީ އެލިޒަބަތު މިވަގުތު އޮންނެވީ ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގަނޑުވަރު ބެލްމޯރަލް ކާސަލްގަ އެވެ.
އުމުރުފުޅުން 96 އަހަރުގެ އެލިޒަބަތުގެ ސިއްހީ ހާލުކޮޅާ މެދު ޑޮކްޓަރުން ކަންބޮޑުވެ، ޑޮކްޓަރުންގެ ބެއްލެވުމުގެ ދަށުގައި އެކަމަނާ ބޭއްވުމަށް ޑޮކްޓަރުން ލަފާ ދީފައިވާކަން ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްއިން ވަނީ ކަށަވަރުކޮށްފީފަ އެވެ.
އެކަމަނާގެ ސިއްހީ ހާލުކޮޅާ ބެހޭ ތަފްސީލް ބަކިންހަމް ޕެލަސްއިން ހާމަ ނުކުރިޔަސް، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކަމަނާއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ، އެކިފަހަރު މަތިން ފަރުވާ ހޯއްދެވި އެވެ. އިނގިރޭސި ސަރުކާރުގެ އެންމެ އިސްވެރިންނާ އެކު، އެކަމަނާ ބާއްވަން ހަމަޖެއްސެވި ބައްދަލުވުން ވެސް މިއަދު ވަނީ ކެންސަލްކޮށްފަ އެވެ.
އެލިޒަބަތު ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު އަދި ކިންގް ޖޯޖް 1952 ވަނަ އަހަރު އަވަހާރަވުމުންނެވެ. އޭގެ 70 އަހަރު ފަހުން މިހާރު އެކަމަނާ އަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ބޭފުޅާ އެވެ. އެލިޒަބަތުގެ މާމާފުޅު ކުއީން ވިކްޓޯރިއާއަށް ވުރެ ވެސް ދިގު މުއްދަތަކަށް އެކަމަނާ މިހާރު ރަސްކަން ކުރައްވައިފި އެވެ. އެކަމަކު އިނގިރޭސިވިލާތުގެ ސަރުކާރު ހިންގުމުގައި ރަސްކަމުގެ އެއްވެސް ދައުރެއް ނޯވެ އެވެ.
ރާނީ އަވަހާރަވެއްޖެ ނަމަ، ރަސްކަމުގެ ތަޚުތާ ދެން ހަވާލުވެ ވަޑައިގަންނަވާނީ އެކަމަނާގެ ދަރިކަލުން އަދި އުމުރުފުޅުން 73 އަހަރު ޕްރިންސް ޗާލްސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރްލަމާނީރަސް
08 September 2022
ބަރްލަމާނީ އެންމެ ކާމިޔާބީ ރަސްކަން އޮންނަގައިމުތަކުގައި. ވެރިކަން ހިންގުމުގެ ތެރެއަށް ރަދުންނަށް ސީދާ ބާރު ނުފޯރުވޭތީއާ އެކު ވެރިކަން ފަސާދަވާނަމަ އެކަމުގައި މަތިއަޅާކަށް ރަސްގެފާނުގެ ބޭނުމެއް ނޯވޭ. އެއަށްވުވެ ރައްޔިތުންގެ ފަޅިގައި ހުންނަން ބޭނުންވާތީވެ ރައްޔިތުންގެ ބާރުވެރިކަމާއެކު ދުސްތޫރުން ދީފާވާ ބާރު ބޭނުންވާ ވަގުތުގައި ކުރެވޭ. ޖުމްހޫރީ ބަރްލަމާނީގައި އެއާ ކާތިއަށްވެސް އެފެކްޓިވެއް ނޫން.
ރާަނީ
08 September 2022
ރަސްކަމާއި ޖުމުހޫރީވެރިކަން ތަފާތުވާނެދޯ
އަލަންގިރި
08 September 2022
ސޯސޭޑް
ބަރުބާދު
08 September 2022
ޔޫކޭގެ ރަސްކަމުގަ 70 އަހަރު ހުރީމަ ސަރަފެއް، އެހެން ގައުމެއްގަ 15 އަހަރު ވެރިކަމުގަ އެކަކުހުއްޓަސް ޑިކްޓޭޓަރއެއް. ޔޫރަޕްގެ އިންސާފު.!!!!!!.
ބޯރުނ
08 September 2022
ރޯނު އެދުރު.
ޯރޯމް
09 September 2022
ޢެއްޗެއް އެގިގެން ލިޔެބްލަ. ޔޫރަޕްގަ އަދިވެސް އެހްން މޮނާކް އެބައޮތް. ނަމުގަ މޮނާކީ އަކަސް އެތަންތާގަ ކަންހިގާގޮތް ދަސްކޮއްފަ ލިޔެބަލަ.
ތީ ބަރުބާދު
09 September 2022
ކަލޭގެ ކަނޑުކޮސްކަން ވަކި ކުޑަތަ؟ ތަނެއްދޮރެއް ނޭގުނަސް ކޮމެންޓްކުރާތި.
ހސވސވ
08 September 2022
އެހެންމީހުންނަށް ޑެމޮކުރަފި ކިޔަވައިދޭ މީހުންގެ ކަންހުރިގޮތް ދެކިލާ. އެއީ ދުނިޔޭގައި ލިޔެފައިވާ ޤާނޫނު އަސާސީއެއްވެސް ނެތްތަނެއް.
ހުސެން ބެންގަލޫރު
08 September 2022
ސޭޑް ވެއްޖެ
އޮނަރަބްލް އަފީފު ދީދީ
08 September 2022
މާތްވެގެންވާ އިޤިރޭސި ދައުލަތުގެ ވެރިޔާ ކްއީން އެލިޒެބަތް އަށް އަވަސް ޝިފާއަކަށް އެދެން.
ނަތަންޔާހޫގެ ކާފަ
08 September 2022
ހާސްވާންޖެހޭ ކަމެއްނޫން، މަރު އެއީ ކޮންމެ މީހަކަށްވެސް އޮތް އެއްޗެއް، ރާނީއަކަސް، ސަކީނާޔަކަސް، މަރުގެ މަލާއިކަތާޔަކަށް ތަފާތެއްނޯންނާނެ!