12 ސެޕްޓެމްބަރ 2022 - 12:30
ދާދި ފަހުން މާލޭގައި ހުޅުވި ލަވިސްތާ ރެސްޓޯރެންޓުން އެކި ވައްތަރުގެ ތައި ފުޑް ލިބެން ހުންނާނެ ކަމަށް އެ ރެސްޓޯރެންޓުން ބުނެފި އެވެ.
އެ ރެސްޓޯރެންޓުން ބުނީ، އެ ތަނުގައި ތައި ފުޑަށް ހާއްސަކޮށް މެނޫއެއް ހަދައި ތައި ފުޑް ހެދުމަށް ތައި ޝެފެއް ވެސް ހުންނާނެ ކަމަށެވެ.
ލަވިސްތާ ރެސްޓޯރެންޓުގައި ތައި ފުޑަށް ހާއްސަކޮށް ގިނަ ވައްތަރުތަކެއްގެ "މެއިން" ޑިޝްތަކެއް ހުރެ އެވެ. އޭގެ ތެރޭގައި ކުކުޅާއި ސީފުޑް ހިމެނޭ އެކި ވައްތަރުގެ ޑިޝް އާއި ކުޅި ގަދަ އަދި ކުޅި މަޑު ތައި ސްޓައިލްގެ ގްލާސް ނުޑްލްސްއިން ތައްޔާރު ކޮށްފައިވާ ޑިޝް އާއި ބަތާ އެކު ކެވޭނެ އެކި ޑިޝްތައް ވެސް ހިމެނެ އެވެ.
ތައި މެއިން ޑިޝްތަކުގެ ތެރޭގައި ސްޓާ ފްރައިޑް ގްލާސް ނޫޑްލްސް އާއި ސީ ފުޑް ޗޮޕް ސުއޭ އާއި ޕަންޑަން ޗިކަން ފާހަގަ ކޮށްލެވެ އެވެ. އެ ރެސްޓޯރެންޓުން ބުނީ ދިވެހިންގެ ތެރޭގައި މަގުބޫލު ތޮމްޔަމްގެ ތިން ވައްތަރެއްގެ ސޫޕު ވެސް އެ ތަނުން ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި، ޗިކަން، ސީ ފުޑް އަދި ސްޕައިސީ ސޫޕް ހިމެނެ އެވެ.
ލަވިސްތާއިން ބުނީ އެ ތަނުގައި "ޗިކަން ސާޓޭ" ފަދަ ތައި ސްޓާޓާ އާއި "ސޮމް ތަމް ތައި" ފަދަ ތައި ސެލެޑު ވެސް ލިބެން ހުންނާނެ ކަމަށެވެ.
އެ ތަނުން ލިބޭ ތައި ފުޑަކީ ރަނގަޅު އަގެއްގައި ލިބެން ހުންނާނެ މީރު ފުޑެއް ކަމަށް ވެސް ލަވިސްތާއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހަދު
12 September 2022
އަސްުލު ވަަރައް މީރު
ދޮންޑު
12 September 2022
ކިހާވަރަކައްތަ ކާލެވެނީ
ސަނައްޓޭ
12 September 2022
އަގު ނުބަލަ ގޮސް ކާލަބަ. ކައިފަ މީރު ނޫނިއްޔާތާ އަގާ ގުޅޭ ވާހަކަ ދައްކާނީ